ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ މައްޗަށް ދެ މަހުގެ ޖަލު ހުކުމެއް އަންނާނެ ދައުވާއެއް އުފުލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ އީސަގެ މައްޗަށް އުފުލީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އަދި އެ މައްސަލަ މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން މި ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހެވެ. އަދި ކުށުގެ އަދަބު މަތީވާނެ ހާލަތްތަކާއި ދަށް ވާނެ ހާލަތްތައް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާއިރު އެންމެ މަތީ އަދަބަކަށް ވެސް ހިމެނެނީ ހަ މަސް ދުވަހެވެ.

ގާނޫނު އަސާސީގައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެމީހެއްގެ މައްޗަށް 12 މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމައެވެ. އެހެންކަމުން، ޝަރީއަތުގައި މި ދައުވާ އީސަގެ މައްޗަށް ސާބިތުވިޔަސް އޭނާގެ ގޮނޑިއެއް ނުގެއްލޭނެއެވެ.

އީސަގެ މައްޗަށް ކުރަނީ އޭނާގެ ކުރީގެ އަނބިކަނބަލުން، ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތެވެ.

އަސްރާ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވެ އެންމެ ފުރަތަމަ އީސައާ ދެކޮޅަށް ބަޔާން ވެސް ދެއްވައިފައެވެ. އެކަމަކު ފަހުން މައްސަލަ ކުރިއަށް ނުގެންދަން އޭނާ އެދިވަޑައިގަތެވެ.

އެހެންވިޔަސް ފުލުހުން ވަނީ ޖިނާއީ ތުހުމަތެއް ހިމެނޭ ކަމަކަށް ވާތީ މައްސަލަ ކުރިއަށް ގެންދަން ނިންމައި ތަހުގީގު ފުރިހަމަކޮށްފައެވެ. އީސަގެ މައްޗަށް ދައުވާ އުފުލަން ނިންމީ ޕީޖީ އޮފީހަށް މައްސަލަ ފޮނުވިތާ ހަފުތާއެއް ވެސް ނުވަނީހެވެ.

އީސައަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ މިހާތަނަށް ވިދާޅުވެފައިވަނީ ގާނޫނު އަސާސީއާ ގާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ނުރައްކާ ކަމަށެވެ. އަދި "އަޅުގަނޑަކީ ސިޔާސީ މީހެއް، ސިޔާސީ މީހުނަށް އެކި ޒާތުގެ ތުހުމަތުތައް އަންނާނެ،" ކަމަށް އީސަ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ފަރީދު

  ޢީސަ ވީމާ ދެމަސް އެހެންފިކުރެއްވިއްޔާ ދެއަހަރު

  29
 2. ދިރާސާ

  ތިއީ އަދައިގެ މީހަކަު ކުށެއް ނަމަ ކުރެވެން އޮތް އެންމެ ބޮޑު އަންނަ ދައުވާ ކުރާނެ... މި ފަހަރު އަމަލު ކުރިގޮތަށް ތިޔަ ބާވަތުގެ ހުރިހާ މައްސަލައެއްގައިވެސް އަމަލު ކުރަން ގޮވާލަން. ތަފާތުކުރުން ނައްތާލާ..

  32
 3. އައްޑޫ މީހާ

  އިސްތިއުފާ ދެއްވާ އަވަހަށް

  25
  1
 4. ހުސެންދީ

  ތިއޮތީ އަންހެނުންގެ ހައްޤުތައް ކަށަވަރުވެފައި. ދެން މާރިޔާއާއި އީވާއާއި ރޯޒޭނާއާއި ޖީހާންއާއި ފެމިނިސްޓުން މަހަށްދޭ. އޭރުންއޭ ފިރި ހެނުންނާ ހަމަހަމަވީ. ވަރަށްވާހަކަ.

  24
 5. ގީޕީ ޣަމީމް

  މަޖިލިސް މެމްބަރެއްވީމަ ދެމަސް، އާންމު މީހާ ބަނޑުހައިވެގެން، އަތުގައި އެންމެ ލާރިފޮއްޗެއް ނެތި، ބަނޑަށް މަރުވާހިސާބަށް ދިޔައީމަ ރިހާކުރުފުޅި ވަގަށް ނެގީމަ އެއް އަހަރަށް ޖަލު ހުކުމް، މީ ކޮންކަހަލަ ސަރުކާރެއް، ޕީޖީ ސަމީމް އިސްތިއުފާ!!! މީތަ އިންސާފަކީ؟؟؟؟؟؟

  25
 6. އަލީ

  ގޮޑި ގެއްލުމަށް ވުރެ ބޮޑަށް މީނާއަށް ރައްޔިތުންގެ އިތުބާރު އޮތްތޯ އެބަ ޖެހެ ބަލަން.

  25
 7. ނާދިރާ

  ހަހަހަ. ތިވެސް އެންމެ ފަހު ވަގުތު ކެންސަލް

  14
 8. އަހްމަދު

  އުންސުރުހަމަވަނީ ދެމަހުގެހުކުމަކަށްކަމަށްތިވާނީ

  17
 9. ގިނިކަނދު

  ލާދީނީ އެމްޑީޕީގެ މުއްލާއެއްވީމާ 02 މަހުގެ ޖަލުހުކުމެއް އަންނަ ދަޢޫވާއެއްކުރީ އެކަމަކު ލާދީނީ އެމްޑީޕީ ނޫން މީހަކުނަމަ އަދި ނިކަމެތި ރައްޔިތަކުނަމަ 100 ދަޢުވާކޯށް 50 އަހަރު ޖަލުހުމެް އަންނަހާ ދަޢުވާކުރިސް މިހާތަނަށްވެސް ކަންކުރަމުން އަންނަނީ މިގޮތަށް ޖިނާއީ އިޖުރާޢަތުގެ ޤާނޫނާ ޤާނޫނު ޢުޤޫބާތް ބައްޓަންކޯށްފަ ވަނީ ސަރުކާރުން ބޭނުންވާ ބަޔަކު ކުށްވެރިކޮށް ބޭނުންވާހާ ދަޢުވާ އެއް އުފުލައި ބޭނުން މިންވަރަކަށް އަދަބު ކަނޑައެޅޭ ގޮތަށް މި ޤައުމުގަ ޢަދުލު އިންސާފު ޤާއިމުކުރުމަށް އެންމެ ކުރިން ކުރަންޖެހޭ ކަމަކީ ޤާނޫނުލް ޢުޤުބާތާ ޖިނާއީ އިޖުރާޢަތުގެ ޤާނޫނު އިސްލާޙުކުރުން

  17
 10. ނާނި

  އާދައިގެ މުވައްޒަފުން ކުށެއްގައި 1 މަސްދުވަހަށްވުރެ އިތުރަށް ބަންދުކޮށްފިއްޔާ މަޤާމް ގެއްލޭ،

 11. ރައްޔިތުން

  ގެވެށި އަނިޔާ ކޮއް މަރުގެ އިންޒާރު ދިނީ މަ ވެސް 2 މަސް ދުވަސް. ދީނައް ފުރައް ސާރަ ކުރާ މީހާޔާ ދި މާލައް ލާދީނީ އޭ ބުނީ މަ 5 އަހަރު. ވަޓް އަ ޖޯކް

 12. އަހުމަދު

  ތިގޮލާ ޖަލައް ލާފަ ޖަލުން ދޫކޮށްލީމަ ފަހުން ސަރުކާރު ގޮވާގެން ކޯޓަޢް. އެއަށް ފަހު ބޮޑު ބަދަލެއް ސަރުކާރުން މީނަޔައް ދޭންޖެހިފައި ކަންނޭގެ އޮންނާނީ!!

 13. Sami

  އީސައަކީ ސިޔާސީ މީހެއް ވިިޔަސް، މައްސަލަ ޖެއްސީ ސިޔާސީ ނީހެއް ނޫން.