އެމަނިކުފާނު ހުންނެވީ އިސްލާމް ދީނުގެ މަތީގައި ކަމަށާއި، "ލާދީނީ" އަށް ގޮވަން ޖެހޭނީ އިސްލާމް ދީނާއި ހިލާފުވާ މީހުންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު މިހާރު ފުރައްވަމުން ގެންދަވާ ނަޝީދުގެ ޓްވިޓާ އެކައުންޓުން މިއަދު ވަނީ "ލާދީނީ" ގޮވުމާ ގުޅޭ ގޮތުން އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުމެއް ހިއްސާކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ، ލާދީނީ މީހެއް ކަމަށް ފެނިއްޖެނަމަ އެ މީހަކާ ދިމާއަށް ލާދީނީ ގޮވުމުގެ ހައްގު އޮންނަން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށެވެ. އެ ކަމުގައި، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް އެހާ މުހިއްމު ނޫން ކަމަށާއި، އެމަނިކުފާނަކީ ކަނޑައެޅިގެން އިސްލާމަކަށްވާއިރު އެމަނިކުފާނާ ދިމާއަށް ބަޔަކު "ލާދީނީ" ގޮވާން އެދިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ލާދީނީ މީހެއް ކަމަށް ބުނުމަށް އަޅުގަނޑަކު ނުއެދޭނެތާ،" ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ލިޔުއްވެވިއެވެ.

މިދިޔަ މަހުގެ ތެރޭގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި މަރުގެ ތުންފަށް މައްޗަށް ދިޔައިރު ވެސް ޝަހާދަތުގެ ދެކަލިމައިގެ ބަސްތައް ހިތަށް ގެނެވުނުކަން ހަނދާން އާ ކުރައްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ނަސީބު ގަދަ ކަމަށާއި، އީމާންތެރިކަން އިހުނަށްވުރެ ވަރުގަދަވުމަށް މާތް ﷲ އަނެއްކާ ވެސް މެދުވެރި ކުރެއްވީ ކަމަށެވެ.

"އިސްލާމް ދީން ގަބޫލު ކުރާ އެހެން މީހުންގެ ހިތްތަކުގައި އަޅުގަނޑާއި މެދު ނަފްރަތު އުފެއްދުން، އިސްލާމް ދީނުގެ ދިފާއުގައި އަޅުގަނޑުގެ ގޯސް އޭނާ ފާހަގަ ކުރަނީ،" އެމްޑީޕީގެ ރައީސ ކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ދިވެހި އުންމަތަކީ ފުރިހަމަ އިސްލާމީ އުންމަތެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނީ ހުކޫމަތު ބިނާވެފައި ވަނީ އިސްލާމް ދީނުގެ އަސްލުތަކާއި ހަމަތަކުގެ މަތީގައި ކަމަށެވެ. މީހަކު ލާދީނީ ވެއްޖެނަމަ، އެމީހެއްގެ މައްޗަށް ގާނޫނު އަބަދު ވެސް ހިންގޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ވަކި މީހަކީ ލާދީނީ މީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުމެއް. ދައުވާ އުފުލޭނެ ސަބަބެއް. އެއްވެސް ދިވެހި ރައްޔަތެއްގެ އެނގުމާއި ފެނުމުގެ ތެރެއިން، އެހެން އެއްވެސް މީހެއް ގާނޫނާއި ހިލާފް ވާނަމަ، އެރައްޔިތެއްގެ ވާޖިބަކީ، އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުން. ވައްކަން ކުރީމާ ވަގަށް ގޮވޭ ހަމާގައި އިސްލާ ދީނާ ހިލާފް ވީމާ ލާދީނީ ކަމަށް ބުނެވޭން ޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

"ލާދީނީ" މި މައުޟޫއުގައި ނަޝީދު ވާހަކަފުޅު ދައްކަވާފައި މިވާ ދަނޑިވަޅަކީ ނަފްރަތު އުފެއްދުން މާނަކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލެއްގެ މައްސަލައާ އެކުއެވެ. އެބިލްގައި ވަނީ އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

އެ މައްސަލަ ހޫނުވެފައި ވަނިކޮށް ސަރުކާރުން ވަނީ އެ ގާނޫނަށް އިސްލާހު ގެނައުމުގެ އިތުރު ބިލެއް، މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުއްވާފައެވެ. ި ބިލުގައި ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށް އިތުރަށް ތަފްސީލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

67 ކޮމެންޓް

  1. އަނެއް އަންނި

    ގޮވޭނެ ޔަހޫދީންނަާއި އެކު ދައްކާފައި ހުރި ލާދީނީ ވާހަކަތައް އެބަހުރި ރެކޯޑް ކުރެވިފައި ލާދީނީ ގޮވާނެ

    174
    13
    • ޑިނޯ

      ޥައް ކަން ކުރުމާއި ދޮގުވާހަ ކަ ފެތުރުމަ ކީ އިސްލާމްދީނުގަ ހުއްދަކަމެއްތޯ؟؟؟

      67
      1
      • އެމްޑީޕީ

        މިރާއްޖޭގަ ސާބިތުނުހިފޭ ވާހަކަދެއްކުމާއި، ވަގަަށްގޮވުމާއި، ތަންތާނގަ ހުޅުޖެހުމާއި ހޭޓް ސްޕީޗް ފެތުރުމަކީ އެމްޑީޕީގެ އާދައެއް. މިއަދު އަމިއްލައަށް ފޭހުނު އިލޮށިގަނޑު ތިމާމެންގެ ލޮލަށް ހެރުނީމާ ކުރެވޭނެ މާތާހިރުކަމެއް ނޯންނާނެ.

        76
        1
    • Anonymous

      "މާލޭމީހުން އަތްކަނޑާކަށް ބޭނުންމެއްނުވޭ! މާލޭ މީހުން، ރަޖަމް ކުރާކަށް ބޭނުމެއްނުވޭ!! މާލޭ މީހުން މަރަށް މަރުހިފާކަށް ބޭނުމެއްނުވޭ!! އަޅުގަނޑަށް އެނގޭ މާލޭ މީހުން ބޭނުންވާގޮތް!!! އެހެންވީމަ އަޅުގަނޑުމެންގެ ވެރިކަމެއްގައި ކަންކުރާނީ މާލޭ މީހުން އެދޭގޮތަށް!!" މިއީ މާލޭ މޭޔަރަކަށް މީހަކު ނެރެގެން އުޅުނު އިރު ދެއްކި ވާހަކަ. މިއީ މުރުތަދުވުމެއް ނޫންތޯ؟؟ މާލޭ މީހުނަށް އަދި، ތި ބުނި "އަޅުގަނޑު މެނަށް" ﷲ ތައާލާގެ އަމުރު ފުޅުގައިވާގޮތަށް އަމަލު ނުކުރުމަށް ކަނޑައެޅޭނެކަމަށް ބުނެވޭނެތަ؟ މުސްލިމަކަށް ވާނީ، ޝަހާދަތް ކިޔާ ﷲ ގެ އަމުރުފުޅުތަކަށް ބޯލަނބާ އެއާ އެއްގޮތަށް އުޅުމުން. އަނގައިން އަހަރެންނަކީ މުސްލިމެކޭ ބުނުމަކުން ނުވެވޭނެ. އީމާން ވާން ފުރަތަމަ ޖެހޭނީ...

      65
      2
      • ޢަހުމަދުވަގާރު

        ޢެއީ ދޮގެއްތަ؟

  2. އަލްހަމްދު ލިއްލާހި

    މަނިކުފާނު އީމާންތެރިކަމުގެ މަތީ ސާބިތުކޮށްދެއްވާ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި! އަމީން

    129
    14
  3. ާއދ.

    ހަމަ ރީތިކޮށް ހުއްޓާލާ ނުކިޔާނެ ކިޔަންޖެހެނީ އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަކޮށް އުޅޭތީ

    165
    8
  4. ފަރުދު

    ލާދީނީ ގޮވަނީ މަނި ކުފާނު ވީމަކާ ނޫން ދީނާ ހިލާފް ވާހަކަ ދައްކާތި އެހެން ގޮވަނީ ޤުރުއާނާއި ސުއްނަތާއި ނޫން އެހެން ގޮތެއް ހޯދާކަށް ދީނީމީހަކު ނޫޅޭނެ ކޮސް ނުގޮވާ

    151
    7
  5. ރައްޔިތުން

    މަރުހަބާ . ނަޝީދު

    18
    86
  6. ސަޑުހަސަނު

    އަޅުގަނޑުވެސް ބޭނުމެއްނޫން ނަޝީދަށް އެވެސް ބޭފުޅަ ކު ލާދީނީއޭ ކިޔައިގެން ގޮވާ ކަށް. އެ ކަމަ ނުވެސް މަނި ކުފާނު ބައެއްފަހަރު ދައް ކަވާ ވާހަ ކަފުޅުތަ ކުން ހިތްހަމަ ނުޖެހިގެން ބައެއް ބޭފުޅުންނަށް ކެއްނު ކުރެވިގެން ލާދީނީއޭ ގޮވެނީއެ.

    121
    1
  7. ހުދުކާޅު

    އެމީހެއްގެ ޢަމަލުތައް އިސްލާމް ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ ބޭތުގެ ދައުލަތް ތަކުގެ ކުރިމަތީގައި ބޮޑެތި ޖަލްސާތަކުގައި އިސްލާމްދީނާ ޚިލާފު ވާހަތައް ފަތުރާ އަދި އިނގިރޭ ޕާލިމެންޓްގެ މެމްބަރެއް ކަނޑައެޅިގެން މަނިކުފާނަކީ ދީންޤަބޫލު ނުކުރާމީހެއްކަމަށްބުނެފައިވާ ވީޑިއޯއެއްއޮތުމާއި ޢިޒްރޭލުން މޯލްޑިވްސް ފްރެންޑަށް މަރުހަބާ ކިއުމާއި މިހިރަ މިހިރަ ފެންނަކަންކަމަކީ މަނިކުފާނުގެ ކިބައިން ފެންނަ ކަންކަންވީމާ ޢަމަލުތައް އިޞްލާޙް ނުވާހައިދުވަހަކު އެގޮވެލި ދިވެހިން ގޮވާނެ.

    64
    1
  8. ފަޓާސް

    ހިސާނު ކަނބުލޯ. މިސްކިތް ހުޅުޖެހިމީހާވެސް އަހާލިކަމަށްވޭ. މިސްކިތް ހުޅުޖެހީ ތިމަންނައޭޭއެމީހުން އެތާންގަތިބެގެން އެބަކިޔައިހޯ.

    65
  9. ހުވާމިބުނީ....

    މަށަކީ މީ ދުވަހަކުވެސް ރައީސް ނަޝީދަށް ތާޢީދު ކުރި މީހެއް ނޫނެވެ. އަދި ބައެއްފަހަރު ވިދާޅުވާ ބަސްފުޅުތަށް ބަލައެއް ނުގަނެވެއެވެ. ބޮން ގޮއްވުމާއި ގުޅިގެން ރައީސް ނަޝީދުގެ ސެކިއުރިޓީ އުނދަގޫ ކަމަށް ހާމަ ކޮށްފައިވާ ލިޔުމުން، އެމަނިކުފާނުގެ ބޮޑާކަމެއް ނެތް ސާދާ ލައިފް ސްޓައިލް އިތުރަށް ހާމަ ވެއްޖެއެވެ. އެއާއިއެކު ބޭއިޚްތިޔާރުގައި، ހިތުގެ އެއްކަނެއްގައި ރައީސް ނަޝީދަށް، ޙަމްދަރުދީ އާއި އިޙުތިރާމްގެ ކުރި ފަޅައިފި އެވެ. މިހާރު ރައީސް ނަޝީދު އެވަނީ، އެމަނިކުފާނަކީ މުސްލިމެއްް ކަމާއި، ލާދީނީއޭ ގޮވަން ނޭދޭކަން، ފާޅުގައި ހާމަ ކުރައްވާފަ އެވެ. ރަސޫލާ ޞޢޥ ޙަދީސް ކުރައްވާފައި ވަނީ، އެއްވެސް މީހަކާއި ދިމާލަށް، އެމީހާ ނުރުހޭ ނަމަކުން މުޚާޠަބް ނުކުރުމަށެވެ! އެހެންކަމުން މީގެފަހުން ރައީސް ނަޝީދާ ދިމާލަށް ލާދީނީއޭ ގޮވައިފި މީހަކު ޔަޤީނުން ވެސް ފާފަވެރި ވާނެއެވެ!

    14
    61
    • ހާދަހާ

      ހާދަހާ ހިތްސާފް އަގިދާ ވަރުގަދަ ތެދުވެރި މާތް ސޯލިޙް ތަގްވާވެރި އިންސާނެކޭ

      23
      4
    • ސަކޫން

      ކިތައްމެ ސާދާސީދާ ދިރިއުޅުއް ވުމެއް އުޅުއްވިޔަސް ކިތައްމެ ކިބުރުވެރި ބޮޑާ ދިރި އުޅުއްވުމެއް އުޅުއްވިޔަސް މަމެންނަށް ވަރިހަމަ. އެކަމަކު ރަސޫލާއަށާ އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހުނަށް ހިތްވަރުދީ އަދި ޤުއާނުގައި އައިސް ފައިހުރި ހުކުމްތަކާ ދެކޮޅަށް ވާހަކަ ދައްކާނަމަ މަމެންނަށް ބުނެވޭނެ ދީނާ ދުރުމީހެކޭ އެއީ. ޒިނޭކުރީމަ ހައްދު ޖެހުމާބެހޭ ގޮތުން ރައްޔި ތުންގެ ޚިޔާލު ހޯދަން ބުނާނީ ކިހާބޮޑަކަށް ދީނާ ދުރުމީހެއްވީމަ.
      ދެންވެސް މަޢާފަށް އެދިފައި އެފަދަ ވާހަކަތައް ނުދައްކާ ހުރެބަަަަަލަ އެއް ވެސް މީހަކު ނުކިޔާނެ ލާދީނީ އެކޭ. ބޯންވާނެ ބޮވެންވާނެ އެއް ވެސްމީހަަކު 24ގަޑިއިރު ހަމަހޭގަަ ހުރެގެންނުވާނެ .ނިދިނައިމަ قرآنގެ އާޔަތެއް ނޫނީ حديث އެއް ކިޔު މުގެ ބަދަަލުގަ އެހެންގޮތެއް ހޯދަން ޖެހޭ ކަމަށް ބުނުންފަދަަ ދީނާ ދުރު ކިތައްމެވާހަކަތަކެއް އަގަަމައިތިރި ނުވެގެން ދައްކާފަހުރީ. އެހެންވީމަ ހަމަ ކިޔެނީ ދީނާ ދުރޭ ލާދީނީޔޭ

      53
    • ބައި

      ތިކަން އެނގުނޭ ބޮންގޮއްވި ދުވަހު އެ މަނިކުފާނުގެ ދަރިކަނބަލުންގެ ޓުވީޓްތަކުން.

  10. ލަދު

    ތިޔަކަން މިހަރު ރައްޔިތުން ގަބޫލުކުރެޔޭ

    12
    5
  11. ނޫރު

    މިއީ މުނާފިގުންތޯ، ގޮޅާބޯ ކީތޯ. ވަގު ވަގު ގޮވާ ހެދިތޯ.
    އެއްވެސް މީހަކު ބުނިތޯ ރައީސް ނަޝީދަކީ މުސްލިމެއްނޫނޭ. ރ.ނަޝީދަށް ލާދިނީ ކިޔާ ލޭބަލް ކުރި މީހުން މިއަދު ތިބީ ސިޔާސީގޮތުން މަތި ފަޑީގަ.އެއީ އަދުގެ ލާތް. ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސެކިއުލަރ ނިޒާމް ތައާރަފް ކުރުމުގެ ވިސްނުމަކީ ކޮންބަޔެއްގެ އިސްނެގުމެއްކަން މިނިވަން ރޭޑިއޯ އަޑުއެއްސެވި ދެވެހިންނަށް އިނގޭނެ. މަޖްލިސްގެ އަޢްލަބިއްޔަތު އޮތަސް މިވަތަނުގެ ދީނާއި، ޤައުމިއްޔަތާއި އެހެން ރާގުތަކެއްގައި ކުޅެލުމުގެ ޖާގަ ދިވެހިން ނުދޭނެ. ދިވެހިރާއްޖޭގެ ދަރިންގެ ތެރޭ ތިބި ދީނީ އިލްމުވެރިންނާއި، މުފައްކިރުންނާއި، ނޫސްވެރިންތިބީ ތިޔަ ޖައްސަވާ މިއުޒިކަށް ނައްޓަވާކަށް ނޫން. އެއްވެސް ސިޔާސީ މީހަކަށް އޮތް ހައްގެއްނޫން، ވަތަނާއި ވަތަނުގެ ވެލިއުސްތަކާއި ކުޅުމީ.

    42
    2
  12. Anonymous

    ރައީސް ނަޝީދު ދީން ގަބޫލުކޮށް އީމާން ވާނަމަ ވަރަށް އުފާކުރަން ރައީސް ނަޝީދަށް އެދެނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ، ރައީސް ނަޝީދު ގެ ބަސް މުހިންމު މިކަމުގައި، ދިވެހިންނަށް ޙިޔާލު ފާޅު ކުރުމުގެ މިނިވަން ހޯދައިނީ ރައީށް ނަޝީދު ، ކޮބައިތޯ "ލާދީނީ" މާނައަކީ ކޮބައިތޯ " އިސްލާމް ދީނާ ޙިލާފު " މާނައަކީ ، ޒިނޭ ކުރުމަކީވެސް ދީނާ ޙީލާފު ލާދީނީ އަމަލެކޭ ބުނެވިދާނެ ، އަދަބު ލިބޭ ގާނޫނެއް ހަދާ އިރު މި ބަސް ބަހުގެ މާނަ މުހިންމު

    10
    14
  13. ޙުދާ

    . ކޮންމެ މީހަ ކުވެސް ރަގަޅު އެއްޗެއް ބުނެފިއްޔާ އެ ކަމެއް ރަގަޅައް ބަލައިގަންނަންވާނެ.. ޢަންނި ގެނިންމުންރަގަޅު

    10
    20
  14. ޖެޒުއެޓް އެލެކްސް މުހައްމަދު ނަޝީދު ކެރަފާ ސިއްކަ ކެނަރީގެ

    މައުމޫންއާއި ދިމާލަށް "ގޮޅާބޯ" އޭ ކިޔައި އުޅޭ. ވަހީދުއާ ދިމާލަށް "ކާޅު ވަހީދު" ކިޔައި އުޅޭ. އަދީބުއާ ދިމާލަށް "ވަގު" ކިޔައި އުޅޭ. އަދުރޭއާ ދިމާލަށް "ޓިނު ވަގު" ކިޔައި އުޅޭ. މިއިން އެއްވެސް މީހަކަށް ލާދީނީ ކިޔައެއް ނޫޅޭ. ލާދީނީ ކިޔަނީ ހާޖަރާ ކެރަފާ ސިއްކަ ކެނަރީގޭ މުހައްމަދު ނަޝީދުއާ ދިމާލަށް. އެއީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގަ ދީނުގެ އަސާސްތަކަށް ގޮން ޖަހާ ދީނުގެ ހުކުމްތައް އެކި ޕޯޑިއަމްތަކުގަ ފުނޑަމުންދާތީ. ބޯން ޖެހޭނެ ބޮވެން ޖެހޭނެ ފަދަ ޤްރްއާންގައިވާ ވަޙީ ބަސްފުޅުތަކަށް ގޮންޖަހާ ޝިއާރުތަކަކީ އެލެކްސް އަންނިގެ ދުލުން ނުކުތް ލާދީނީ ޝިއާރުތަކެއް. ސައްޙަ ޙަދީޘުން އައިސްފައިވާ بسمك اللهم أموت وأحيا އަށް ގޮންޖަހައި، އެ ދުޢާ އުނގެނި އުނގަންނައިދޭ މީހުންނަށް ހަޖޫ ޖަހައި މަލާމާތާއި ފުރައްސާރަކޮށް، އެ ދުޢާ ދޫކޮށްލާފައި ޓެބްލެޓެއް އުފައްދަން ތިމަންނަ ބޭނުންވެއޭ، މުޝްރިކުންގެ ޖެޒުއެޓުން ކުރާ އިސްލާމްދީނާއި ދެކޮޅު މަސައްކަތްތަކަށް ވަރަށްވެސް ފާޅުކަން ބޮޑު ގޮތެއްގަ ހިތްވަރުދީ ސާބަސް ރައްދުކުރީ އެއީ އެންމެ އާދައިގެ އިސްލާމެއްވެސް ކުރަން ބިރުވެތިވާނޭ، ލަދުވެތި އަމަލެއް.

    34
    1
  15. ެިރިއޖސ

    މީދެން ކާކު ތައް މާއް ސޯލިހުވެގެން
    މީނަ އާކި އިސްލާމްދީނަށް ފުރަސާކުރާމީހުންނަށް
    ބޮޑެތި މަގާމުދޭމީހެއް
    ބާލަބަލަ އެންމެފަހުން ވެސް ޙުތުބާ ޖޯކު ޖެހުމީހުންނަށް ބޮޑެތިމަގާމުދޭ އެމްޑީޕީ. އެމްޑީޕީ
    އެމެންނަކީ ލާދީނީ ބަޔެއް.ހަމަ ސީރިއަސް ކޮށް
    މިރާއްޖެެ ހަލާކުވެއްޖެ މިހާރު ހަމަ ކާފަރު ގައުމަކާއި ހަމަ އެގޮތެކެއެވެ.

    25
    1
  16. ގޮޅާބޯ.

    ކަލޭޔަކީ ދޮގުހަދާމީހެއް ، އެލަކުސް އަކީ ކަލޭގެނަން .

    45
    3
  17. ގޮޅާބޯ.

    ކަލޭޔަކީ ދޮގުހަދާމީހެއް ، އެލަކުސް އަކީ ކަލޭގެނަން . ކަލެޔަކީ ހުޅަގުުގެ އިންޑިއާގެ

    40
    2
  18. ސިއްދީގު

    އެހެންވެދޯ ގާންދީގެ މަހާނަމަތީ އޭނާއަސް ދުއާކުރަން ހުއްޓާ ފެނުނީ.

    38
    1
  19. Anonymous

    ޑެންމާކުގެ ޒައިނިސްޓުން ކައިރީ "އަހަރެމެން މި 1400 އަހަރުވީ ދީން ބަދަލުކުރަންޖެހޭ" މިހެން ބުނިއިރު، އަހަރެމެން ނިސްބަތްކުރީ ޒައިނިސްޓުންނަށް. އެހެންވީމަ، އެބައިގަ ހިމެނުމަށްފަހު މިހާރު ތައުބާވީތޯ؟

    25
  20. ކާފަ

    އިސްލާމް ދީނަ ކީ ﷲ ބާވާލެއްވި ދީން. އިސްލާމަ ކަށް ވެ ހުރެ ﷲ އާއި އެ ކަލާންގެ ރަސޫލާއަށް ފުރައްސާރަ ކުރާނެތޯ؟ ނަޝީދަ ކީ ލާދީނީ މީހެއް. ހަމަ މިހެން ކިޔާނި.. އެއްގޮތެއްވެސް ނުހެދޭނެ.

    42
    2
  21. ކާފަބޭ2020

    ޑެންމާކުގަދެއްކިވާހަކަތަކަށް ﷲ އަށްތައުބާވެ އަދިމިރާއްޖޭގެރައިއްޔަތުންގެކިބައިން މައާފަށްނޭދޭހާދުވަހަކު ހަމަގައިމުވެސް އަޅުގަނޑަށްކިޔޭނެ ލާދީނީމީހެކޭތިޔައީ

    41
    1
  22. ކާފަ

    އިސްލާމް ދީނަ ކީ ﷲ ބާވާލެއްވި ދީން. އިސްލާމަ ކަށް ވެ ހުރެ ﷲ އާއި އެ ކަލާންގެ ރަސޫލާއަށް ފުރައްސާރަ ކުރާނެތޯ؟ ނަޝީދަ ކީ ލާދީނީ މީހެއް. ހަމަ މިހެން ކިޔާނި.. އެއްގޮތެއްވެސް ނުހެދޭނެ. ތެޅިތެޅިފެ ހުރޭ...

    36
    2
  23. ޝޮކްތެރަޕީ

    ނަމެއްގެ ދީނީ ތާކިޔާ އަޅައިގެން. ﷲ ހުކުންތަކަށް ފުރަގަސް ދިނުމަކީ ދީނުން ބޭރުވާނެކަމެއް.

    46
    1
  24. ހެޔޮހިތުން

    މި މައްސަލަގައި އަޅުގަނޑަށް ވަރަށް އަސަރު ކޮށްފިއެވެ.

    9
    6
  25. ހުސެންދީ

    ޓްވީޓް އިނީ ދިވެހިންތަ؟ އިނގިރޭސިންތަ؟ ދިވެހިން އިނދެއްޖެއްޔާ ތިއީ ދެއްކުއްތެރިކަން. ތެދެއްނޫން. ވަރަށް ވާހަކަމީ.

    32
    1
  26. ހަގީގީމީހާ

    ނަޝީދު ފާޅުގައި އިސްލާމީ ހުކުމް ތަކާއި ހިލާފަށް ވާހަކަދައްކާ މީހުން ބެލެވެވޭނީ ކާފަރުންގެ ގޮތުގައި .

    38
    1
  27. ތެދު ބަސް

    ލާދީީނީ ކަމުން ބަރިއްޔަ ވުމަށްޓަކައި ބައެއް ފަރުދުން މިހާރު މިވަނީ ވަރަށް ގިނަ އަދި ބުރަ މަސައްކަތް ތަކެއް ކުރަން ޖެހިފަ

    31
  28. ފޭރާން

    މަކަރާހީލަތްތެރިކަމުގެ އެއްވަނަ! ޔަހޫދީން ކަލޭ ތަމްރީނުކޮށްފައި ތިހުރީ ހަމަ ރަނގަޅަށްވެސް އެމީޙުން ބޭނުންވާބައްޓަމަށް! މި ޤަައުމަށް ބޭނުމެއްނުވޭ ކަލެޔެއް! ތިތާ މަޑުކުރޭ!

    43
    1
  29. އަލީ

    މަނިކުފާނަކީ ކާފަރެއްނޫން. ތިޔަދައްކަވާ ވާހަ ކަފުޅުތައް މައްސަލައަ ކީ: އެއިގެމިސާލަކީ : ސޫރަތުއްނިސާ 143 ވަނަ އާޔަތުގައިވާގޮތް !!!

    19
    1
  30. މައިކް

    އިސްލާމެއްގެ ކުރިމަތީ މާތްރަސޫލާ ޔައް ހަޖޫޖެހިޔަކަނުދޭނެ.
    އިސްލާމުން އިސްލާމްދީންހިމަތްކުރަނީ
    އިސްލާމުން އިސްލާމްދީން ހިފަހައްޓާ މަތްﷲ ހަރާމްކުރެއްވިކަންކަމާދުރުވާނެ
    އިސްލާމުން ހަމަހޭގަތިބެނީ މަރުވަންދެން

    20
  31. ހ މ ޒ

    ލާދީނީ ގޮވާނެ!!!

    28
    1
  32. ަަަައޯކޭ

    އޯކޭ ގެ ކޮމެންޓު ސާއިއު ނުކުރީތީ ވ ދެރަވެއްޖެ. ކީއްވެތޯ ނުކުރީ. ާ. އެއީ ވ މުހިއްމު ސުވަލުތަކެއް ހިމެނޭ ކޮމެނޓެއް. ށުކުރިއްޔާ.

    6
    1
  33. ބޯޖަލީލު

    އެމް ޑީ އެން ގެ ރިޕޯޓު ވެސް މީނަޔަށް ވަރަށް ފައްކާ ޒިނޭކޮންގެން ބަލިވެ އިނީމަ އެބޯޓުކުރަން ވެސް މީނަ އޯކޭ ސަލާމަތްވާނީ ދޮންފަރަންޖީން އުޅޭގޮތަށް އުޅެގެނޯ ، ބޮވެންޖެހޭނެޔޯ ނުބޮއި ސަލާމަތެއްނުވެޔޯ ، ސްކޫލްތަކުގައި ގުރުއާން މާއްދާ އިހުތިޔާރީ މާއްދާޔަކަށް ހަދަން އުޅުނީވެސް ދީނަން ލޯބިކުރާވަރުންދޯ ހުތުބާތެރެޔަށް މައުމޫނަން ފުރައްސާރަކޮށްފަ ލިޔުންއެޅީވެސް ދީނަންހުރި ލޯއްބެއްގެ ބޮޑުކަމުން ، ތިޔައީ ހަމަ ފައްކާ ލާދީނީ ޖާހިލެއް އިސްލާމް ދީނުގެ އަދުއްވެއް

    20
  34. Anonymous

    ސޫރަތުލް ބަޤަރާގެ 11 ވަނަ އާޔަތުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ވަހީކުރައްވަނީ ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ އެއުރެންނާ ދުމާލައައް ބުނެފި ނަމަ އެއުރެން ބުނާނޭ ތިމަންނާމެންނަކީ އިސްލާހް ކުރަން އުޅޭ ބަޔަކު ކަމުގައި އެއުރެން ބުނެ އުޅެތެވެ. މިއީ މިލާދީ މީހުން ބުނެ އުޅޭ ވާހަކައެއް.

    17
    1
  35. Anonymous

    ކައޭތީ ރަނގަޅު މީހެއްނަމަ މާތް ނަބިއްޔާ صلي الله عليه وسلم އަށް ފުރައްސާރަ ކުރާނެތަ.
    ނުވިތާކަށް ކައޭ މިޤައުމުގެ ދީނީ ޢިލްމުވެރިންނަށްވެސް ހާދަ ފާޑުފާޑުގެ ވާހަކަ ދައްކައި . ކުޑަނަމަވެސް އިޙްތިރާމެއް ޢިލްމުވެރިން ނަށް ކޮށް ނަފްސު އިސްލާހުކޮށް ބަލަ. ރައްޔިތުން ގެ އިތުބާރު ވެސް ކުރާނެ

    21
    1
  36. ރާއްޖެތެރެ

    ފޭލްވެފަ ހުރިމީހުން ލައިގެން އެމްޑީޕީ ކިހިނެއްތަ ހިންގާނީ ދެން

    21
    1
  37. މޭރީ

    މަމެންނަށް ހެޔޮ އިސްލާމްދީން ގަބޫލު ނުކުރިޔަސް އަދި އެއްވެސް ދީނެއް ގަބޫލު ނުކުރިޔަސް މަމެންނަކު ނުކިޔާ ނަން ލާދީނީއެކޭ .އެކަމަކުރަސޫލާއަށް ފުރައްސާރަ ކުރާމީހުނަށް ހިތްވަރުދީ އިސްލާމްދީނުގެ ހުކުމްތަކާ ދެކޮޅުވާހަކަ ދައްކާނަމަ އަދި އެފަދަ މީހުނަށް ހިތް ވަރުދޭނަމަ ހަމަ ނުކިޔާން ހުއްޓަސް ކިޔޭނެ ލާދީނީއޭ

    18
  38. ށަވިޔަނި

    ނަޝީދު އަކީ މުސްލިމެ އް އެކަމަކު އިސްލާމްދީނުގެ އަސާސްތަޢް އޮޅުން ފިލުވާ ދީފަނެތީ. މާތްﷲ ދެނެވޮޑިގެންވާނީ.

    7
    3
  39. އަބްދޫ

    ފުރައްސާރަ ކުރި ވިޑިއޯތައް ފެންނަން އެހިުރީ އަހަރެންގެ އަތުގަ ވެސް މިހުރީ އެ ވީޑިއޯތަކަށް ބެލުމުން ތިޔަ މީހާ މުސްލިމަކަށް ވާނެގޮތެއްނުފެނޭ ލާދިނީ ގެ ހަގީގީ މާނަޔަކީ މުސްލިމެއްނޫނާ.މުސްލިމެއްނޫންނަމަ ދެންވަނި ކާފަރަކަށް.

    17
  40. ސަޓޯ

    ދިޔާ އެއްޗެހި ބޯންވާނޔޭ ގޮވީ ދީން ވެރިކަމުން ދޯ ؟؟؟

    17
  41. އަހްމަދު

    މުއުމިނެއްކަން ޔަގީން ކުރުމަށް ހިތް ފަޅާ ބެލުން އެއީ ﷲއާ ރަސޫލާ އަމުރުކުރެއްވި ކަމެއް ނޫނެވެ.
    ޝަހާދަތުގެ ދެ ކަލިމަ ދުލުން ކިޔައި އިސްލާމް ކަން ބޭރުފުށުން ފާޅު ކޮށްފި މީހެއްގެ ކިބައިން އޮތީ އެކަން ޤަބޫލުކޮށް ބޭރުފުށުން މުސްލިމެއްކަމުގެ ހުކުމް ކުރުމެވެ.

    މުސްލިމުން ކިޔައިގެން އުޅޭ މީހުން ތެރޭގައި މުނާފިގުން އުޅޭނެ ތީ އެބައިމީހުންގެ ނުރައްކާތެރި ކަން ބޮޑު ކަމުން އެބައިމީހުންނާ މެދު އިންޒާރު ލިބިގަތުމަށްޓަކައި ﷲ ތަޢާލާ ވަނީ އެބައިމީހުންގެ ސިފަތައް ނުހަނު ސާފުކޮށް ބަޔާންކުރައްވާފައެވެ.

  42. ކޮރަލް

    ޑެންމާކްގަ ދެއްކި ވާހަކައިގެ ތަރުޖަމާ އެއޮތީއެވެ. އަދި އެދެއްކި ވާހަކަ އާ ދެރަވެގެން ވާހަކަ ދައްކާފަ އެއް ނެތެވެ.

  43. މިއަދުގެސުވާލު ؟

    ލާދިނީ ކޯއްޗެއްކަން މީނަޔަށްއެނގޭބާ ؟؟ ނޫނީވިއްޔާ ލާނުދެވިގެންއުޅެނީކޯއްޗެއްބާ؟؟

  44. ލައިލާ

    އަޅުގަނޑަކީ އިސްލަމެކޭ ބުނި މުނާފިޤުންގެ ވެރިޔާ އުބައްޔުބިން ސަލޫލު ވެސް..؟.

    އެހެންވީމަ ތިމަންނައަކީ އިސްލާމެކޭ ބުނުމަކީ މުސްލިމަކަށްވާ ކަމެސް ނޫން..

    އަހުލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާގައި އީމާންކަމަކީ ދުލުން ކިޔުމާއެކު ހިތުން ޤަބުކޮށް ޢަމަލުން އެކަން ދެއްކުން.

    ބުނަން މިއުޅެނީ މީހެއްގެ އަނގައިން ތިމަންނައަކީ މުސްލިމެކޭ އަދި ބުނި ކަމުގައިވިޔަސް އިސްލާމްކަން ނަފީކުރާ ޢަމަލުތައް ކުރާނަމަ ނުވަތަ މުރުތައްދުވެ ދީނުން ބޭރުވާ ފަދަ ބަސްތައް ބުނާނަމަ،. އެއީ އިސްލާމެކޭ ފުރިހަމަ މުއުމިނެކޭ އެއީ ސުވަރުގޭގެ އަހުކުވެރިޔެކޭ ބުނާނެ ޝަރުޢީ އެއްވެސް ހަމައެއް ނޯންނަ ކަމެވެ.

    އެފަދަ މީހުންނަށް ޝަރުޢީ ގޮތުން ކިޔާނީ އެމީހަކު ނިސްބަތްވާނީ ޤަބޫލުކުރުނަމަށް ނިސްބަތްކޮށެވެ.
    އެއީ ލާދީނީ ކަމުގައިވިޔަސް ޔަހޫދީ ކަނުގައިވިޔަސް އެވެ

    3
    1
  45. އެމަންޖެ

    މަނިކުފާނައް ދެދުނިޔޭގެ ކުރިއެރުން ތިޔައީ ހަމަ ހުރިގޮތައް ހުރި އަލިފެއް.

  46. ޖީމް

    ކަލޭތީ ބޮޑު ލާދީނީ އެއް ފާޅުގަ ޖެޒުއިޓުންނަށް ދައުވަތުދިން އިސްލާމީ ޙައްދުތަކަށް އިންކާރުކުރި ޙަރާމް ކުރައްވާފަވާ ތަކެތި ބޮވެންޖެހޭނެއޭ ބުނި ނަބިއްޔާއަށް ފުރައްސާރަކުރި ......،.. !

  47. އުސްމާނުބެ

    ހެއްހެއްހެއް ހެއް ހަމަ ހިނިއަންނަނީ ، ކަލޯ ދެންވެސް މައިތިރިވެބަލަ

  48. ޙަސަނާ

    އަލަހަމްދުލިއްލާހި ކުރިން ކޮންމެ ގޮތަކައްކަންވިއަސް ﷲތައާލާ ނަސީދުގެ ހިތްއިސްލާމްކަންމަތީ ހަރުދަނާކަން ދެއްވައި އިސްލާމްދީންދެކެ ލޮބިވާ ލީޑަރެއްގެ ގޮތުގަ ފެނުމަކީ ދިވެހިން އެދޭގޮތް ..

  49. ާަފާތުން

    ޢެހެންވީމާ ނަޝީދުއަށް ފުރަތަމަ ލާދީނީ ވާގޮތް ކޮންމެސްމީހަކު އެބަޖެހޭތާ އޮޅުންފިލުވާދޭން...
    ޢޭނާ އެހުރީ ވަރަށް ބޮޑު އޮޅުމެއްގައިތާ....

  50. Anonymous

    ކަލޭގ އިސްލާމްކަން ދައްކުވައިދޭ ބައެއް ކަންތައްތައް..
    1. ރާބޮވެންވާނެ ބޮވެންޖެހޭނެކަމަށް ބުނި
    2. އިސްލާމްދީން ނޫންގޮތެއް ހޯދަންޖެހޭކަމަށް
    3. ކައިވެނި ބޭރުން ޖިންސީގުޅުން ހިންގަން ހިއްވަރުދީ ވާހަޖަދެއްކި
    4. ރަޖަމުކުރުމުގެ ޙައްދަށް އިންކާރު ކުރި
    5. ވައްކަނުގެ ޙައްދަށް އިންކާރު ކުރި
    6. ރަސޫލާ ޞ އަށް ފުރައްސާރަ ކުރި މީހުން ހިމާޔަތްކުރި
    7. އިސްރާއާއިމޢުރާޖަށް ޖޯކުޖެހި މީހުން ހިމާޔަތްކުރި
    8. ރައްޔިތުންގެ މަޖިލީހުގައި ކީރިތި ޤުރުއާން ކިޔެވުން މަނާކުރި
    9. ޣީބަބުބުނެވޭނެޔޭ ޣީބަ ބުނާށޭ ބުނ

  51. ރިޒޫ

    ނަޝީދުގެ އިސްލާމްކަން ދައްކުވައިދިން ބައެއް ކަންތައްތައް..

    1. ރާބޮވެންވާނެ ބޮވެންޖެހޭނެކަމަށް ބުނި
    2. އިސްލާމްދީން ނޫންގޮތެއް ހޯދަންޖެހޭކަމަށް
    3. ކައިވެނި ބޭރުން ޖިންސީގުޅުން ހިންގަން ހިއްވަރުދީ ވާހަކަދެއްކި
    4. ރަޖަމުކުރުމުގެ ޙައްދަށް އިންކާރު ކުރި
    5. ވައްކަމުގެ ޙައްދަށް އިންކާރު ކުރި
    6. ރަސޫލާ ޞ އަށް ފުރައްސާރަ ކުރި މީހުން ހިމާޔަތްކުރި
    7. އިސްރާއާއިމޢުރާޖަށް ޖޯކުޖެހި މީހުން ހިމާޔަތްކުރި
    8. ރައްޔިތުންގެ މަޖިލީހުގައި ކީރިތި ޤުރުއާން ކިޔެވުން މަނާކުރި
    9. ޣީބަބުބުނެވޭނެޔޭ ޣީބަ ބުނާށޭ ބުނި

    މިއީ ކަލޭ ދެއްކި ވާހަކަ އެއް ނޫންތަ..!؟
    ދެން ކަލޭ ތީ ބޮޑު ފޖޤުހުވެރިޔެކޭޔަ އަހަރުން ކިޔަންވީ..

  52. ހަސީން

    ފަހުޒަމާނުގައި ތިބޭނެ ނުރައްކާތެރި ބަޔެއްވޭ. އެއީ ފައުޅުގައި މުނާފިގު މީހުން. އެެއީ ތިމަންނާމެންއަކީ މުސްލިމުންނޭ ބުނެ އެކަމަކު ސީދާ ދީނުންބޭރުވާ އަމަލުތައް ކުރުންމަތީ ދެމި ތިބޭނެ ބަޔަކުގެވާހަކައެެވެ. އެފަދަ ބަޔަކު މިރާއްޖެއިން އެއްވެސް ރައްޔިތަކު ދުށިންތޯ.؟

  53. ޝަބީން

    ނަޝީދު ސިމްޕަތީ ހޯދަން ދައްކާ އެެއްވެސް ވާހަކައެއް ގަބޫލުކުރުމަކީ ނުރައްކާތެރިކަމެއް. ކިތައް ފަހަރުތޯ މީނާ ދޮގު ހަދަނީ ރައްޔިތުން ކުރިމަތީ..އިރާއި ހަނދުގެ އަލި ފެންނަ ފަދައިން ބުހުތާނުކަން ރައްޔިތުންނައް އިނގޭއިރު. އަނގަ އޮމާން ކުރާނެ ކަމެއް ނެތް ނަޝީދު. ކަލޭގެ ހާލު ހުރި މިންވަރަކީ ކަލޭގެ ޢަމަލުތަކުގެ ސަބަބުން މިހާރު ތިހިރީ ތިމާގެ ދީން އެހެން މީހުންނައް ކިޔާދޭންޖެހޭ ހިސާބައް ގޮސްފަ. ބަލަގަ މުސްލިމެއްގެ ދިރިއުޅުން އުޅޭމީހަކައް އެމީހާއަކީ މުސްލިމެކޭ އެހެން މުސްލިމުންނައް ކިޔާދޭންޖެހޭ ދަރަޖައަށް ކަންކަން ދޭތޯއެވެ.؟

  54. ޒަމީރުލް

    މިކަލޭގެ ސިކުނޑީގަ އަދި ރޭޒާފުކެއްވެއްޖެހެން ހީވަނީ ޑޮކްޓަރުންނައް ނުނެގިއިން.

  55. ޝައުގީން

    'ބޯން ޖެހޭނެ ބޮވެންޖެހޭނެ' ބުނާ މީހާ މުރުތައްދު ނުވޭތަ.؟

  56. އަދުރޭ

    އަބަދުވެސް އަނގައިން ބުނަނީ މުސްލިމެކޭ އެކަމަކު ބައެއް ހިނދުކޮޅުތަކުގައި މަނިކުފާނުގެ ބަހާއި އަމަލުތައް ހުންނަ ގޮތުން މަނިކުފާނަށް މީހުން ލާދީނީއޭ ގޮވަނީ. ދިވެހި ރައްޔިތުންގެ އުންމީދަކީ މަނިކުފާނަކީ ބަހާއި އަމަލުންވެސް މުސްލިމެއްގެ ގޮތުގައި އަބަދުވެސް ހުރުން.

  57. ޖާބިރު

    ލާފީނީ ނީނިއްޔާ ލާބަންބާ އޯކޭތޯ ކޮންމެ ގޮތެއްބިއަސް ކުރިއައްލާ އަންނާނެ އެއީ ލަ އިލާ ގެފަރާތުން އަންނަ ނަ މެއް ތޯއްޗެ . ބިރުންނޫޅެ ނަސީދު ކަލޭ އަވަހައް މާކެ އަންނަން އުޅޭ ނީނީ ރެޑއ ނޯޓިސް ނެރެގެން ގެނެބިދާނެ...

  58. ސަހަރޯ

    މަނިކުފާނު މިއަދު ބުނާނެ އިސްލާމެކޭ، އެކަމަކު މާދަންކަން ނޭނގޭ ދީނުގެ އޮންނަ ހުކުމަކަށް ގޮންޖަހާފަ ވާހަކަ ދައްކާނީ. ދެދުވަހު އެކައްޗެއް ނުކިޔާތީ މައްސަލައަކީ. އެއްވެސް މީހަކަށް ލާދީނީ ކިޔާކަށް ބޭނުމެއްނޫން. އެކަމަކު ކަނޑައަޅެގިން މީހަކު ދީނުގެ ސާބިތު ކަންކަމަށް ގޮންޖަހާ ވާހަކަދައްކާ ފަސާދު އުފައްދަން އުޅޭންޏާ ލާދީނީއޭ ގޮވާ އެކަން ހުއްޓުވުމަކީ ކުރަންޖެހޭނެ ކަމެއް.

  59. ކައުންސެލަރު 🙌

    ނަރަކައަށް ކިޔާނީ ނަރަކަ، އަބޫޖަހުލަށް ކިޔާނީ އަބޫޖަހުލު، ފިރުއައުނަށް ކިޔާނީ ފިރުއައުނު. ލާދީނީ އަށް ކިޔާނީ ލާދީނީ.

  60. އައިސާފާނު

    ވައްކަން ކުރުމަކީ ހުއްދަކަމެއް ނޫންކަމަށާ، ދޮގު ހެދުމަކީ ވެސް ހުއްދަ ކަމެއްނޫންކަން އެންގެވި ފަރާތަށް ﷲ އަށް ފުރައްސާރަ ކުރުމާ އެކަނލާގެ ރަސޫލާއަށް ފުރައްސާރަ ކުރުމާ، ކީރިތި ޤުރުއާނަށް ހަޖޫ ޖެހުމާ އެއްވަރެއް ނުކުރެވޭނެ. އަސްލު އޮޅުވާނުލާ.