ކޮވިޑް-19 ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.

ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް އެމެރިކާއިން ވަނީ އިމަޖަންސީ މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް ފޮނުވުމަށް ނިންމާފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރަށާއި އެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވަމުން ޝާހިދު ވިދާޅުވީ އެމެރިކާއަކީ އަބަދުވެސް ގާތް ރަހުމަތްތެރި ގައުމެއްކަމަށާއި، މި ހައްސާސް ދަނޑިވަޅުގައި ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން ކޮވިޑާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރާ ޕަލްސް އޮކްސިމިޓަރ އަދި ޕީޕީއީ ރަސްމީކޮށް ހަވާލުކުރުން އޮންނާނީ މާދަމާއެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން ރާއްޖެއަށް އެހީތައް ހޯދަން ޝާހިދު ގެންދަވަނީ އެކި ގޮތް ގޮތުން މަސައްކަތް ކުރައްވަމުންނެވެ. ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ރާއްޖެއަށް އެހީލިބޭނެ ގޮތްތަކާއި ގުޅޭ ގޮތުން ޝާހިދު ގިނަ މަޝްވަރާތަކެއް ޝާހިދު ކުރައްވަމުން ގެންދަވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޮޔަގިޓަ

    ހަހަހަ ކުޑަ ކަންމަތީ ފިހާރައަކުން ދޭވަރުގެ އެހީއެއް. ބުނެލިނަމަ.

    4
    1
    • Anonymous

      މިހިރަ ބިރުވެރި މީހާ އެމެރިކާގަ ބަނޑަހަ ޖަހައިގެން ހުންނަތަކާ ކިތައްދުވަސް ވެއްޖެ؟ މިވެރިކަން ނިމުމުން މިކަލޭގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްކޮށް ޕީޖީ އަވަދިވިޔަސް ނިމުމެއް ނުވާނެ!!!

  2. އައްޑޫ މީހާ

    އެމެރިކާއިން އެހީ ދިނަސް އިންޑިއާއަށް ވެސް ޝުކުރު ދެންނެވި ނަމަ ހަހަހަ އޮޅިގެން

    5
    1
  3. އަލިކޮއި

    އެމެރިކާ އިޒްރޭލް އިންޑިއާއެހީ ހޯދަން ގޮސްނުން ތިހުންނެވީ .ހެހެހެހ

  4. ދޮންކަލޯ

    ތިޔަވަރުގެ އެތިފުކެއްދީފާނެ ކިއްލިހަދާމީހެއްވެސް ހަހަހަ

    2
    1