އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19އަށް ދިފާއު ވުމަށް ޖަހާ ވެކްސިން ޖެހުމަށް އުޅޭ ގޮތް ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި މި ވަނީ އާއްމުވެފައެވެ. އެ މީހާ ވެކްސިން ޖަހަން ގޮސް ބިރުން ފިލަން ވަނީ ބެރެއްގެ ފަހަތަށެވެ.

މިއީ ހެލްތް ޑިޕާޓްމެންޓުން އެެޓްވާހްގެ ޗަންޑަންޕޫރް ވިލޭޖަށް ވެކްސިން ޖެހުމަށާއި، އަދި ކަންކަމަށް މީހުން އަހުލުވުވެރި ކުރުވަން ކުރި ދަތުރުގައި ވީ ކެމެކެވެ.

މިދިޔަ އަންގާރަ ދުވަހު އެ ޓީމުން އެ އަވަށަށް ގޮސް ގެއަކަށް ވަދެ ބައެއް މީހުން ވެކްސިން ޖެއްސުވިއެވެ. އެހެން ނަމަވެސް އެ މީހުންނަށް އުމުރުން 80 އަހަރުގެ ހަރް ޑޭވީގެ ގަޔަށް ވެކްސިން ޖެހޭ ގޮތް ނުވިއެވެ. އޭނާ ފުރަތަމަ ފިލަން ވަނީ ބޮޑު ދޮރުގެ ފަހަތަށެވެ. ދެން ފަހުން ގޮސް ވަނީ އެގޭގައި ހުރި ބޮޑު ބެރެއްގެ ފަހަތަށެވެ. މިއީ އޭނާ ވެކްސިން ޖަހަން ބޭނުން ނުވާތީ އުޅޭ ގޮތެވެ.

އެ ވީޑިއޯގައި މީހަކު ވެކްސިން ޖަހަން މީހުން އައައިސްފައިވާ ކަމަށާއި، މަންމަ ތިހުރީ ކޮންތާކުތޯ މީހަކު ކިޔާ އަޑު އިވެއެވެ.

އެހެން ނަމަވެސް އެ އަންހެން މީހާ އެތަނުން ނުކުމެފައެއް ނުވެއެވެ.

ބައެއް ސިއްހީ ހިދުމަތްތެރިންވެސް އެ އަންހެން މީހާ ކައިރީގައި ނުކުތުމަށް ނަސޭހަތްތެރިވާ އަޑުވެސް އިވެއެވެ.

އެންމެ ފަހުން ޑޮކްޓަރަކު ވަނީ އެ މީހާ ކައިރިއަށް ގޮސް އެތަނުން ނުކުތުމަށް ނަސޭހަތްތެރިވެފައެވެ.

"އަހަރެންނަކީ ޑޮކްޓަރެއް، އަހަރެން މި އުޅެނީ ކަލޭގެ ގަޔަށް އިންޖެކްޝަން ޖަހަން ނޫން، އަހަރެމެން މި އުޅެނީ ކަލެއާ ވާހަކަދައްކަން. ބޭރަށް ނުކުމެ އަހަރެމެން ދައްކާ ވާހަަކަ އަޑު އަހާބަ". ޑޮކްޓަރު ބުނެއެވެ.

ފަހުން އެ މީހާ ވަނީ އެތަނުން ނުކުމެފައެވެ. އަދި އޭނާ ވެކްސިން ޖަހާފައި ވެެއެވެ.