ބަޅެއްގެ ސިފަ ދައްކަން ފެށީމަ ބަޅަށް އޫރަށް ވެސް ގޮވެން ޖެހޭނެ ކަމަށާއި އިސްލާމް ދީނާ ޚިލާފު ވުމުން ލާދީނީ ގޮވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު މިހެން ވިދާޅުވީ މީހަކާ ދިމާއަށް "ލާދީނީ" ގޮވުމާ ގުޅޭ ގޮތުން އެމަނިކުފާނު ޝާއިއު ކުރައްވާފައިވާ ލިޔުއްވުމެއް ޓްވިޓާގައި މެދުވެރިކޮށް ޚިއްސާ ކުރައްވަމުންނެވެ.

މި ގޮތުން ރައީސް ނަޝީދު ލިޔުއްވާފައިވަނީ އިސްލާމް ދީނާ ޚިލާފުވެއްޖެނަމަ "ލާދީނީ" ގޮވެން ޖެހޭނެ ކަމަށެވެ. ވައްކަން ކުރި ކަމަށް ބެލެވޭނަމަ "ވަގަށް" ގޮވި ކަމަށް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

މި ކަމަށް މިސާލެއްގެ ގޮތުގައި ރައީސް ނަޝީދު ލިޔުއްވާފައި ވަނީ "ބަޅެއްގެ ސިފަ ދައްކަން ފެށީމަ ބަޅަށް އޫރަށް ވެސް ގޮވެން ޖެހޭ،" ކަމަށެވެ.

ނަޝީދު ވިދާޅުވީ، ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްގު އެހެން މީހުންނަށް އޮންނާން ޖެހޭނެ ކަމަށް އެތައްބަޔަކު ދެކޭ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް އެހާ މުހިއްމު ނޫން ކަމަށާއި، އެމަނިކުފާނަކީ ކަނޑައެޅިގެން އިސްލާމަކަށްވާއިރު "ލާދީނީ" ގޮވާން ނޭދޭ ކަމަށެވެ.

"އަޅުގަނޑަކީ ލާދީނީ މީހެއް ކަމަށް ބުނުމަށް އަޅުގަނޑަކު ނުއެދޭނެތާ" ލާދީނީއޭ ކިޔަމުންދާ ކިޔުމަށް ރައްދު ދެއްވައި ނަޝީދު ލިޔުއްވެވިއެވެ.

"ލާދީނީ" މި މައުޟޫއުގައި ނަޝީދު ވާހަކަފުޅު ދައްކަވާފައިމިވާ ދަނޑިވަޅަކީ، ނަފްރަތު އުފެއްދުން މާނަކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލެއްގެ މައްސަލައާ އެކުއެވެ. އެބިލްގައި ބުނެފައި އޮންނަނީ އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ކުށެކެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ ރާއްޖޭގައި ލާދީނިއްޔަތު ފެތުރުމަށް ހުށަހެޅި ބިލެއް ކަމަށް ދެކި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބިލަށް އެމްޑީޕީގެ ބައެއް މެންބަރުންނާއި، އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީ ވެސް ދެކޮޅެވެ.

އެ މައްސަލަ ހޫނުވެފައި ވަނިކޮށް ސަރުކާރުން ވަނީ އެ ގާނޫނަށް އިސްލާހު ގެނައުމުގެ އިތުރު ބިލެއް، މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުއްވާފައެވެ. އެއީ އިސްލާމް ދީނަށް ފުރައްސާ ކުރުމުގެ ކުށް އިތުރަށް ތަފްސީލްކޮށް ބަޔާން ކޮށްދީފައިވާ ބިލެކެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ކިޔާބާތުހޭ

  ޕާޓީގެ މެންބަރުން މީނާ ހިމާޔަތް ކުރަން އުޅޭއިރު ބަލާބަލަ ހުރެފަ ބުނެލި އެތި....ހާހާހާހާ...މުޅިންވެސް ކުރާނީ މިކަހަލަ ކަންކަން..ހީހީ ބަލި ވެއްޖެ..

  82
  7
  • އަޒަލީމް

   ބަޮލުގަ އަދިވެސް ރޭޒާފުކެއް ހުރީތޯއްޗެއް.

   46
   4
   • 😂😂

    🤣😂🤣😂🤣😂🤣😂🤣😂🤣😂

  • ޞާރި

   ތީ ހަމަ ބަޅެއް އޫރަށް ވެސް ގޮވެން ޖެހޭ

 2. .....

  ތިހީކުރާ ގޮތަކަށް ނޫން....ރައްޔިތުން ގެ މަގުބޫލުކަން ހޯދަން ދަނޑިވަޅު ބަލާފަ އެނދަކުރި ހިފީ އެ...

  33
  7
 3. އަބްދޫ

  މޫނު މައްޗަކު ރަނަގަޅު މީހެއްގެ ސިފަ ނުޖަހާ.ތުހުމަތު ކުރެވޭ ކަންކަމާ ނުލަފާކަން ދައްކަން ވިދާލުވުމުން ތިޔައި ލަފާމީހެކޭ ބުނެވިދާނެބާ.

  30
  4
 4. ހަސަނު

  ވަރައްދެރަ އަޅުގަނޑުވެސް މިފަދަބަހަކުން އެއްވެސް މީހަކައް މުޚާތަބުކުރާކައް ބޭނުމެއްނޫން ނަމަވެސް މަނިކުފާނަކީ ތިޔަވިދާޅުވާ ވައްތަރުގެ މީހެއްކަން އަޅުގަނޑުމެންނައް ކިޔައިދީ އޮޅުންފިލުވައިދީހެދީ މިހާރުގެ ހޯމް މިނިސްޓަރ އިމްރާނުއާއި އިލްޔާސްއާއި ދެމީހުން

  35
 5. ޕސޓ

  ޖެހޭނެ ޖެހޭނެ

  27
 6. އެކޮއި1

  އަންނިޔަކީ އަޑިނޭގޭ ދޮގުވެސް ހަދާމީހެކޭ، އަންނިގެ ބޭބެ، އަންނިގެ ކަޒިން ، ޅިޔަނު ، މުޅިއާއިލާ ބަލާބަލަ . ރޭގަ ބުނީ ރޭގަ ރިޕޯޓްނެރޭނަމޭ. އަމިއްލަޔަށް ރިޕޯޓްހެދިޔަސް ހެޔޮވާނޭ، އެމްޑީޕީވިއްޔާ ، ކެރަފާ ނަސީމް ވިއްޔާ އޯކޭ، ދޯ ، 5 އެމްބިއުލާން މަސަތްކަތް ކުރޭތަ ، ހަރަދުކުޑަކުރަން ޑްރައިވަރުން ގޭގެދޯބޭތިއްބީ، ދެން ކޮބާ ތިމިނިސްޓްރީގެ މެއިންޓެނަންސްވެސް ބަންގާޅީން ލައްވާ ކުރުވާފަ އެލާރިވެސް ޖީބައްދޯތިލަނީ، އާ ކެރަފާ ނުން އަންނިގެ ބޮޑުބޭބެ ވިއްޔާދޯ ، ކީކޭބުނާނީ ބިރެއްވެސް ނުގަންނާނެނުން އާހިރަތެއްވެސް ނޯނާނެވިއްޔާ ދޯ އަސްލު ބާޢީ.

  30
  2
  • ނުބުނާނަން

   އައްނި ކަލޭ ހުރޭ މީހުން މޮޔަ ނަހައްދާ މަޑުން. ތީ މި ރާއްޖޭގެ ހުރި އެންމެ ބޮޑު މޮޔަ

   9
   1
 7. ރިޔާޒުބެ

  އިރާދަކުރެއްވިއްޔާ މުޅި އެތި އަޕުޑޭޓުވެފަ ހުރީ އަލްހަމްދުލިއްލާހި.

  15
  2
 8. ކޮންކަހަލަ

  ބަޅަށް އޫރަށް ގޮވާ އުޅޭތަ ރަގަޅު މުސްލިމުން؟ އެކަން ކުރަން ރަސޫލާ ހުއްދަ ދެއްވާފައިވޭތަ؟ އަޅެ ކޮންމެވެސް ޝޭހަކު ސާފުކޮށްދެއްވާ.

  26
  2
 9. މައިކް

  އޭނަހިތުން މިއުޅެނީ ރައިތުން ގެ ރުހުން ހޯދާޝޯ..ހީހީހަލާކު. މަކަރުވެރި އިބިލީސް

  32
  2
 10. އޮޑީހަސަނޫން

  އަންނިޔަކީ އެދުމުން ފުރިފަިވާ ދައްކާވާހަކަ ދިމާނުވާމީހެއް ، ތިކިޔާއެއްޗެއްގެ އަޑިނޭ އަޑީސަރުކާރުގެ ބޮޑު، ކެރަފާ ނަސީމްމެން ތަންތަނަށް ލާގެން މުޅިއާއިލާ އަދިވެސް އަގައިން އަރަން ނުވޭ ، މިގައުމު ހިންގަން ގާބިލް މީހުންބޭނުންވަނީ. މިކަހަލަ ދެއުޅިޔެއްނުވާ މީހުން ބޭނުމެއްނޫން.

  30
  3
  • އަދިވެސް

   އަދިވެސް އަންނި ބުނީމަ ވޯޓްދޭން ހުރޭ ތައްޔާރަށް

   18
   2
 11. ކިނބޫ

  "އަޅުގަނޑަކީ ލާދީނީ މީހެއް ކަމަށް ބުނުމަށް އަޅުގަނޑަކު ނުއެދޭނެތާ"
  ބަޅެއްގެ ސިފަ ދައްކާ މީހާވެސް އޭނައަށް ބަޅަށް އޫރަށް ގޮވާކަށް ނޭދޭނެތާ.
  މީހަކު އެދޭހާ ގޮތަކަށް ނޫންތާ މީހުން ގޮވާނީއަކީ.
  އެހެންވެގެންތާ ކަލޭވެސް މީހުނާ ދިމާއަށް ހުތުރުގާ ގޮވެލި ގޮވަނީ.
  ނާދުރަކަށް ދާނެ ކަމެއް ނެތެއްނު. މިދިޔަ ކައުންސިލް އިންތިޚާބުގަ މުއިއްޒު އަށް ނަފްރަތު އުފައްދަން ކަލޭ ނުގޮވަނީ ކޯޗެއް! މުއިއްޒު އެއްފަހަރު ލާދީނީއޭ ކީއްކުރަން އެނޫންވެސް ހުތުރު ބަހެއް ބުނިތަ ކަލޭ އެ ހުރިހާ އެތިވަރެއް ގޮވިއިރުވެސް އަދި ކުރިންވެސް!
  ކަލޭގެ ޕަޕެޓުން ފިތުނައޭ ކިޔާފަ އަނގަ ހުޅުވާވަރު ނުވޭ.

 12. ހަސަނުބެ

  އަމިއްލަ އަށް ގޯނިތެރެއަށް ބޭނޭ އިރުވެސް ނޭނގޭ ދޯ..... މަ ހީހީ ހަލާކު....

 13. ދޮންތަކުރު

  ބަޅަކަށް ބަޅެކޭ ކިޔޭނެ. ލާދީނީ މީހަކަށް ލާދީނީ މީހެކޭ ކިޔޭނެ. މުނާފިގުން ވެސް ބުނޭ ތިމަންނާމެންނަކީ އިސްލާމުންނޭ. އިސްލާމުންނޭ ބުންޏެއްކަމަކު އެމީހުންނަށް ކިޔަނީ މުނާފިގުން. ލާދީނީ ވެގެން އުޅޭ މީހަކު ތިމަންނާއަކީ އިސްލާމެކޭ ބުންޏަސް ލާދީނީ މީހެކޭ ކިޔޭނެ.

 14. Anonymous

  މީނާއާ ދިމާ އެއްޗެކޭ ބުނާ މީހާވެސް ޖަލައް ކޮމެންޓެއް ކޮއްލިޔަސް ޖަލައް.

 15. ބޯދިގު

  لاديني نشيد

 16. ޙަސަނާ

  ޖަރުމަނައްވަޑައިގެންނެވީ މިވަގުތު މާލެތެރޭ ކޮވިޑުހާލަތުގޯސްވީމަ ކޮވިޑުޖެހިދާނެކަމުގެބިރައް ކަމައްވުންވެސް އެކަށީގެންވޭ..

 17. ޔާން

  ކާފަރަކާ ދިމާ އައްވެސް ކާފަރެކޭ ބުނާކައް ނުޖެހޭނެ... އެހެނީ މުސްލިމުން ވާންވާނީ ނަމޫނާ ރިވެތި އުސޫލުތަކެއްގެ ވެރި ބަޔަކައް...

 18. ާަސ

  މީނާގެ ބަހުރުވަ ވެސް ހާދަ ހަޑިޔ

 19. ޙައި

  މި ވަރައް ނުބައި މީހެއް.މީނަ ބޭނުންވާ ގޮތްތައް މީނަގެ ބައިވެރިންލައްވާ ކުރަމުން އަޑިން ނުބައިހަދަމުން މާހެޔޮމީހެއްކަމައް ދައްކަނީ މަތި އޮމާަަން ކުރަނީ.މިއީ ހަމަ ނުބައިވެގެންވާ މުނާފިގެއް.