ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އެއް މަހަށް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވަނީ ދުނިޔޭގެ އެކިގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ނުރައްކާ އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމި ނަމަވެސް ރާއްޖޭގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ.

އެހެންވެ، މާޗް 12، 2020 ގައި އިއުލާން ކުރި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމާއި އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ނަސީމްގެ ގަރާރުގައިވެއެވެ.

އެ ގަރާރުގައި ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމި ކަން ހާމަކޮށްފައެވެ. އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި ހާލަތުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ނަސީމްގެ ގަރާރުގައި ވަނީ އަންގަވައިފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވެފައިވާއިރު، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް ވަނީ އިތުރުވެފައެވެ،

މިއާއެކު މިހާރު މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  އިސްތިއުފާދީ

  12
  1
 2. މަޖީދު

  ދައުރު ތިހެން މުއްދަތް ޖަހާ ޖަހާ ހެން ހީވަނީ ނިންމާލާނީ؟ ޖަލުގަ ހުކުމެއްނެތި ވާނުވާގަ ތިބޭ މީހުންނަށް ބަންދު ޖަހާހެން. ހެހެހެ

  8
  1
 3. އަހުމަދު

  ނަސީމާ އަސްތިއުފާ

  10
  1
 4. ދެރަ

  މިއުޅެނީ އަނގަޔާއަތާ ދިމާނުވެގެން ދެންކިހިނެއް ތިނޯހަށް ރޮދިލައްވަނީ

  8
  1
 5. ހ މ ޒ

  ބާގީ ކެރަފާ ނަސީމު އިސްތިއުފާދީ

 6. ޢޭނަ

  ދެން ޖޫން މަހުގެ ތިނެއް މިއަހަރަކު ނުއަންނާނެ😊

 7. ޖާބެ

  ފައިސާ ކެވޭނެ މަގަކީ ތީ ރައްޔިތުން އިންދަޖައްސާ ގަޢުމުނީލަންކިޔާފި