ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން އަންގައިފިއެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ އެކު، އެމަނިކުފާނުގެ ސެކުއިރިޓީ ބަލިކަށި ވެގެން އައި ގޮތުގެ މައްޗަށް 241 ކޮމިޓީން ވަނީ އިންކުއައިރީއެއް ފަށައިފައެވެ.

މި އިންކުއައިރީގެ ބޭނުމަށް ވަކި ވަކި ސިފައިން ހާޒިރު ކުރުމަށް އެމްއެންޑީއެފްގައި 241 ކޮމިޓީން އޮތީ އެދިފައެވެ.

އެކަމަކު އެމްއެންޑީއެފުން ވަނީ ވަކި ވަކި ސިފައިން އެ ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމާއި، އެ ކޮމިޓީއަށް ޖަވާބުދާރީ ކުރެވޭނީ މުއައްސަސާ ކަމަށް ބުނެ އެ ކޮމިޓީއަށް ލިޔުމެއް ފޮނުވައިފައެވެ. އެހެންވިޔަސް އެ އިންކުއައިރީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެ ލިޔުމުގައިވެއެވެ.

241 ކޮމިޓީގެ ބައެއް މެންބަރުން ވެސް ވަނީ "ވަގުތު" އަށް މި ކަން ކަށަވަރުކޮށްދެއްވައިފައެވެ.

މި ކޮމިޓީގެ އިންކުއަރީ ބިނާވެފައިވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ކަމަށް މީގެ ކުރިން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެއީ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސްގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމާއި، ދައުލަތުގެ މަތީ މަގާމުތަކުގެ ތިބި ބޭފުޅުންގެ ސެކިއުރިޓީ ދެވޭ ނިޒާމާއި، ރައީސް ނަޝީދުގެ ސެކެއިރުޓީ ބަލިކަށިވި ގޮތް ދެނެގަތުމާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ތަންފީޒު ކުރެވެމުން އަންނަ މިންވަރު ދެނެގަތުމެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢުދައްޔު

    ރަނގަޅު ނިންމުމެއް ! އެމް.އެން.ޑީ.އެފް އަކީ ހައިރާކީ އެއް ކަނޑައެޅި އެހައިރާކީގެ ނިޒާމުގެ ތެރެއިން އަންނަ އަމުރުތައް ތަންފީޒު ކުރާ މުއައްސަސާއެއް. ވީއިރު އެފަދަ އުސޫލަކުން މަސައްކަތް ކުރެވޭނީ އެމަސައްކަތުގައި ފަރުދީ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރެވިގެން. ނޫނީ އެހެނިހެން ކޮމިޓީ، މުއައްސަސާ ތަކުގެ ސީދާ ނުސީދާ ނުފޫޒާއި ބާރު ވަކިވަކި ސިފައިންގެ މައްޗަށް ހިނގައި، ތަނުގެ ޗެއިންއޮފް ކޮމާންޑް އަދި ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލިގެންދާނެ.

    42
  2. ....

    ސައިޒްކޮށްލީ

    29
    1
  3. މަޖީދު

    މަޖިލީހަކީ ތަހުގީގީ އިދާއެއް ކަމެއް ނުދެނެހުރިން. އަދި އަހަރުމެން ތަހުގީގު އިދާރާއަކަށް މެމްބަރުން ނެއް ނުވެސް ހުވަމު. މަޖިލިސް އަކީ ފަނޑިޔާރު ގެޔެއް ކަމެއް ނުދެނެ ހުރިން، ފަޑިޔާރުން އަންޏަށް ކުރާކަށް ވޯޓެއް ނުމެސް ލަމު.
    އަހަރުމެން މިޔޮތްހާދުވަހުވެސް މި ހީކުރެވެނީ މަޖިލިސް އަކީ ދައުލަތް ހިތްގުމަށް ގާނޫނީ ގޮތުން ވާގިވެރިވެ ދައުލަތް ހިންގުމަށް ބޭނުންވާ ގާނޫ ތަށް ވުޖޫދައް ގެނެސް ގާނުނުތައް އިލްމީ ގޮތުން ދިރާސާކޮށް ގާނޫނުތައް އުފަންވެގެން އަންނަ ހިދު އިސްލާމު ދީނުގެ ހަމަތަކާ އުސޫލުން އުފަންކުރުވާ އިސްލާމީ ޝާރިޢާއާއި އެގޮތަށް ކަންކަން ކުރާނެ ތަނެއްގޮތުގަ އަދި ވޯޓްލާގެން ހޮވަނީވެސް މި ބުނެވުނު މަސައްކަތްތައް ކުރުވުމަށް.

    44
  4. ދެބޯގެރި

    އެކަތިފަހަރުން މަޖިލީސް ސައިޒްކޮއްލީ ދޯ...

    36
  5. ޠަންޑާ

    ކޮމެޓީ ސައިޒް އޮޅިގެން އުޅެނީ. ކޮމެޓީއަށް ވަކިވަކި ފަރުދުން ހާޒިރުކުރަން އުޅެނީ މިނިސްޓަރާއި ޗީފް އަދި ސިފައިންގެ އެތެރެ ކޮންނަން. އެކަމެއް ނުކުރެވޭނެ. ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓި އެސްޕީޖީގެ ސިފައިންނަށް ޓާސްކް ހަވާލުކުރި އެމްއެންޑީއެފުން. އެހެންވީމަ ކޮމެޓީއަށް ހާޒިރުވާނީ އެމްއެންޑީއެފް.

    45
  6. ނާޅި

    ސާބަހޭ ސާރ ! ސާބަހޭ ސާރ ! ސާބަހޭ ސާރ! އުތީމު ރަދުން ބޮޑުތަކުރުފާނުގެ ލަޝްކަރާއި ހަމަ އެކަކަށްވެސް ކުޅެލަދީ އަގުވައްޓާލަ ދީގެން ނުވާނެ، ތިޔައީ ޤައުމުގެ ޝާނާއި ޝައުކަތު ދިފާޢީ ސަލާމަތީ ބާރު !

  7. ލލ

    މަޖިލިސްގެ ބަޔެއް ކޮމޮޓީ އުޅެނީ މެއިންޑޭޓުން ބޭރުވެގެން ޗާޓުން ބޭރުވެގެން ސައިޒު އޮޅިގެން އެހެންވީމާ ރަގަޅަށް ސައިޒުކުރަންވެސް ޖެހޭ މުޅިމަޖިލިސް މިއަދު މިވަނީ ރައްޔިތުން ހަވާލުކުރި މަސައްކަތް އޮޅުވާލާ އޮޅުން ބޮޅުން ކޮށްފަ ރައްޔިތުންވެސް އެބަޖެހޭ މަޖިލިސް ސައިޒުކުރަން ! ހުރިހާ ބާރެއްފެށެނީ ރައްޔިތުންގެ ފަރާތުން !

  8. ލޯބިވާ ވަޠަން

    ވަރަށް ބަރާބަރު ނިން މުމެއް.

    30
  9. ކަލްމޫ

    އެމްޑީޕި އުޅެނީ އިސްލާމް ފޯބިއާރ ހަރަކާތް ހިންގަން !

    19
    1
  10. ކޮރަލް

    އެމްއެންޑިއެފް އަށްބިރެއްނުދެއްކޭނެ އެވެ.

    31
  11. ަޖަލީލު

    ތިޔަގޯސްވަނީ މާރިއާޔާ ނުބެހޭ ތިޔަ އެންޑީޕީ ސައިޒްކޮށްލަން ޖެހިދާނޭ ކޮން 241 އެއް އަހަރުމެން ނިރިގަންނަވަން...

  12. ތިމަރަ މުސްތޯ

    އެ މްއެންޑީ އެފްއާއި ޝިއާ މު ހުރިއިރު ކުޅެވުނަސް ސަ މާލުއައް ނުކުޅެވޭނެކަ މައް ސަބަސް ސަ މާލު...

  13. ދިވެހިލޭ

    ގައު މީ ސަލާ މަތީ ބާރުތަކަށް ޖެއްސުން ނުކޮށް މައިތިރިވޭ. ބޭކާރު ކޮ މިޓީތައް އުވާލާ. މުައައްސަސާ ތަކަށް ބާރު ފޯރުވޭނެ އެއްވެސް ބާރެއް ކޮ މެޓީތަކަކަށް ނޯންނާނެ. މަޖިލިސް މެ މްބަރަކަސް އެ މްއެންޑީއެފް އަށް ދޮގު ތުހު މަތު ކުރުން އެއީ ޖިނާއީ ކުށެއް. ދައުވާ ކުރެވޭނެ.

  14. ޢަދީލް

    ދިވެހި ސިފައިން ނަކީ ދިވެހި ޤައުމުގެ ފަޚުރު. ޞަޔަކު ބޭނުންވާ ހާ ގޮތަކަށް ނުކުޅެވޭނެ...

  15. ޖާބެ

    ކޮބާހޭ އެގްރީމެންޓު އައްޑޫ ހިސޯރުކުރީ މިހާރު