ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާނެ ސީނިއަރ ނުވަތަ ކޮންސަލްޓަންޓް އިން ނެފްރޮލޮޖީ ޑޮކްޓަރަކާއި ސީނިއަރ ނުވަތަ ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީ މަގާމަށް ދިވެހިން ހޯދަން ހެލްތު މިނިސްޓަރީ އިން އިއުލާން ކޮށްފިއެވެ.

ހެލްތު މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިނިސްޓްރީ އޮފް ހެލްތު ގެ ދަށުން ހިނގަމުންދާ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔާކަމަށާއި މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެއް ކަމަށެވެ.

ވަޒީފާ އަށް ހޮވޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ޑޮކްޓަރުންނަށް 54430 ރުފިޔާގެ މުސާރައެއްގެ އިތުރުން ކޮންމެ ދުވަހަކު ސާވިސް އެލަވަންސްގެ ގޮތުގައި 430 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 28 ޖޫން 2018 ގެ 13:30 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ވެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 ވަނަ އަހަރުގެ ޖުލައި މަހު ކަމަށާއި ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދޭކަމަށް ވެސް އިއުލާނުގައި ވެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އާއި ކުރިން ސަރުކާރުން ހަވާލުކުރިއެވެ. ނަމަވެސް އެކުންފުންޏަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވުމުން ސަރުކާރުން ވަނީ ހޮސްޕިޓަލް ހިންގުމާއި ހަވާލުވެފައެވެ.

ނޫރުލް އިސްލާމް އާއި އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުން އުވާލާފައިވާ ކަމަށް މީގެ ކުރިން ވާހަކަދެކެވުނެވެ. ނަމަވެސް ހެލްތު މިނިސްޓްރީ އިން ވަނީ އެކަން ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަތަން

    ހެޔޮނުވާނެ އެޔޮއްރީތި ކުޅި އެޔޮތީ ދުވަސް ދުއްވާލާފަ...އަދިވެސް އެންވަރަމަންޓޭ ހަންގަޑޭ ގޮވާނެ މިނިސްޓަރު ނުފުރޭ ޖީބު އަރާ

  2. މީހެއް

    މިހާރު އިންޑިޔާ ކުންފުނިން ހިންގުންނިމުނީ މިސަރަހައްދުގެފެންވަރުން 1 ދެއްތޯ ކޮންމެއާއިލާޔަކައްޑަކްޓަރެއް ލޮލަކައް ނުފެނެއެބުނާޑަކްޓަރެއް