އައްޑޫ ސިޓީ ކައުންސިލުން ޖަލްސާތައް ލައިވް ކުރަނީ ބޮޑާކަން ދެއްކުމަށް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް ބ. ހިތާދޫ ކައުންސިލްގެ މިނިވަން މެމްބަރު އައިޝަތު ރީޝާ ދޮގު ކުރައްވައިފިއެވެ.

އައްޑޫ ކައުންސިލުން ޖަލްސާތައް ލައިވް ކުރަނީ ބޮޑާކަން ދެއްކުމަށް ކަމަށް ރީޝާ ވިދާޅުވި ކަމަށް ބުނެ ހަބަރުތައް ފެތުރެމުން އަންނަ ދަނޑިވަޅެއްގައި ރީޝާ "ވަގުތު" އަށް ވިދާޅުވީ، އެ ވާހަކަތައް ދެކެވުނީ ރަށުގެ ނޫސްވެރިންތަކެއް ކައުންސިލް ޖަލްސާތައް ލައިވް ކުރުމަށް ހުށަހަޅާފައިވާ ލިޔުމަކާ ގުޅިގެން ކުރިއަށް ދިޔަ މަޝްވަރާއަށް ފަހު ކަމަށެވެ.

އެ މަޝްވަރާގައި ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން އެކަމަށް ތާއީދު ނުކުރާ ކަމަށާއި އައްޑޫ ފިޔަވައި އެއްވެސް ރަށެއްގައި ޖަލްސާތައް ލައިވް ކުރާ މަންޒަރު ނުފެންނަ ކަމަށް އޭނާ ފާހަގަ ކުރި ކަމަށް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު އައްޑޫ ސިޓީ އޭ ކިޔާފައި ދެން އެއްވެސް ގޮތަކަށް ވާހަކައެއް ނުދައްކަން. އަޅުގަނޑު ބުނީ ހަމަ އެކަނި ޖަލްސާ ތެރޭގައި ލައިވް ކުރުން އަޅުގަނޑަށް ސިފަ ވަނީ ބޮޑާ ވުމުގެ ސިފައެއްގެ ގޮތުގައި ކަމަށް. ހަގީގަތުގައި ޖަލްސާ ތެރޭގައި އެންމެ އެދެވޭ ވާހަކައެއް ނުދެއްކޭނެއޭ ލައިވް ކުރާ ނަމަ. އަޅުގަނޑު ފޭސްބުކުގައި ޖަހާލި ސްޓޭޓަސް އިން ވެސް ވަކި އައްޑޫ އެކޭ ނުބުނަން" ރީޝާ ވިދާޅުވިއެވެ.

ލައިވް ކުރަން އެ ބޭފުޅާއަށް ނުފެންނަނީ މެމްބަރުންގެ ކަރާމާތާއި އިއްޒަތަށް އުނިކަމެއް އަންނާނެ ކަމަށް ދެކޭތީ ކަމަށް ވެސް ރީޝާ ވިދާޅުވިއެވެ.

އެހެންކަމުން އައްޑޫ ކައުންސިލާއި އެ ސިޓީގެ ރައްޔިތުންގެ އަބުރާއި އިއްޒަށް ގެއްލޭ ފަދަ އެއްވެސް ގޮތަކަށް ވާހަކަ ދައްކާފައިވާ ނުވާނެ ކަމަށް ރީޝާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މުއްލާ

  ތަޖްރިބާ ދަތުރެއްގައި އައްޑުއަށް ޖައްސާލަދީ . ދަތުރުގެ އެންމެހާ ކަންކަން މިކޮޅުން ބަލަހައްޓާލަ ދޭނަން

  5
  5
  • އެމްޑީޕީ ބުރޯ

   ކަލޯގަޔާ! އައްޑޫއަށް ކޮންކަމަކާތޯ ތަޖުރިބާ ދަތުރު ކުރަން ޖެހެނީ؟ ތިއީ ކޮން ކަމެތް އޮތް ތަނެއްތޯ؟ ތިކަހަލަ ނާތަހުޒީބު ބަޔަކު ދިރިއުޅޭ އަތޮޅެއް މި ދިވެހިރާއްޖޭގަ ނޯންނާނެ! ކަލޯމެންގެ ބޮޑާކަމާއަ ކިބުރުވެރިކަމުގެ ސަބަބުން ތިޔަ އަތޮޅައް ތިއުޅެނީ ތަރައްގީ ނުލިބިގެން! އައްޑޫއައް ނިސްބަތްވާ ހެޔޮވިސްނޭ ގިނަ މީހުން މިހާރު ތިޔަ އަތޮޅު ދޫކޮށް މާލެ އަށާއި ރާއްޖޭގެ ތަރައްގީވެފައިވާ ރައް ތަކައް ވަނީ ހިޖުރަކޮށްފަ! މިހާވަރުން އަދިވެސް ތިއުޅެނީ ބޮޑާބަސް ބުނެ ތިމާމެންގެ ނާތަހުޒީބުކަމާއި ޖާހިލުކަން ޕްރޮމޯޓް ކުރަން އުތަ!

  • ހުވަދޫ މީހާ

   ކަލޯގަޔާ! އައްޑޫއަށް ކޮންކަމަކާތޯ ތަޖުރިބާ ދަތުރު ކުރަން ޖެހެނީ؟ ތިއީ ކޮން ކަމެތް އޮތް ތަނެއްތޯ؟ ތިކަހަލަ ނާތަހުޒީބު ބަޔަކު ދިރިއުޅޭ އަތޮޅެއް މި ދިވެހިރާއްޖޭގަ ނޯންނާނެ! ކަލޯމެންގެ ބޮޑާކަމާއަ ކިބުރުވެރިކަމުގެ ސަބަބުން ތިޔަ އަތޮޅައް ތިއުޅެނީ ތަރައްގީ ނުލިބިގެން! އައްޑޫއައް ނިސްބަތްވާ ހެޔޮވިސްނޭ ގިނަ މީހުން މިހާރު ތިޔަ އަތޮޅު ދޫކޮށް މާލެ އަށާއި ރާއްޖޭގެ ތަރައްގީވެފައިވާ ރައް ތަކައް ވަނީ ހިޖުރަކޮށްފަ! މިހާވަރުން އަދިވެސް ތިއުޅެނީ ބޮޑާބަސް ބުނެ ތިމާމެންގެ ނާތަހުޒީބުކަމާއި ޖާހިލުކަން ޕްރޮމޯޓް ކުރަން އުތަ!

 2. ސޮއި

  ރީޝާ ބެނީ ހަމަ 100ގެ ވާހަކާއް. ޢައްޑޫ މީހުން ބޭނުންވެގެން ކެރާ ކަމަކަސްނުން. ޢޭ ފޮނިކަމާއި ބޮނޑާކަން ދައްކާއް ކެރާކަމަށް..
  އަދި ދުވަސްކޮޅަކުން އައްޑޫ މީހުން ތެކަން ހުއްޓަލާށިޔެ.
  އައްޑޫ ތިބޭނެއި ވަރަށް ގޮތް ދައްކާއް ހިނގާ މީހާ.

  14
  3
 3. ޜައްޖެތެރެ މީހާ

  ތި ކައުންސިލް ތަކުން އުފެދޭހާވެސް އެއްޗަކީ ނަފްރަތް. ތި ކައުންސިލް ތައް އުވާލާފަ ސެންޓްރަލް ގަވަރމަންޓެއް ބޭވީމަ މާހިންގޭނެ މާރަގަޅުވާނެ. ތިކަމަކުން ވާހާވެސް ކަމަކީ ބޭކާރު ވާހަކަ އާ ފައިސާ ބޭކާރުވުން.

  9
  3
 4. ޙަވަސަ

  1އަސްލުވެސް ބޮޑާ ކަން ދައް ކަން ކުރާކަމެއް އައްޑޫ މީހުން ވަރަށް ކިބުރުވެރިވާނެ

  12
  8
 5. މިތުރާ

  މުޅި ރާއްޖެ އަށް 1 މޭޔަރ،1 ކައުންސިލަރު ފުދޭނެ،،،،،ބޭ ކާރު ބައެއް ،،ފިތުނަ އުފައްދަން ،،،ބޮޑުމުސާރަ ދީފަތިބޭބައެއް،،،

 6. ޙުސައިން

  ތި ކައުންސިލް 5 އަހަރު ކޮއްލާފަ ނިމިގެންދާއިރު އައްޑުއަށް އެއްވެސް ތަރައްޤީއެއް ނުގެނެވޭނެ. ސޯބޭ 12 އަހަރު މޭޔަރަކަށް ހުރެފައި ދިޔެއީ. ޢިހުނަށްވުރެ އައްޑޫގެ ޙާލަތު ގޯސް