އެމަޖެންސީގައި އައިޖީއެމްއެޗް އަށް ގެންދިޔަ ކޮވިޑް-19 ބަލީގެ މާބަނޑު މީހެއްގެ ދަރިފުޅު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަންހެން މީހާ ވިހާފައިވަނީ އެމްބިއުލާންސްގެ ތެރެއަށެވެ. ނަމަވެސް މިކަން އަދި މިހާތަނަށް ހޮސްޕިޓަލުން ޔަގީންކޮށެއް ނުދެއެވެ.

އެ އެމްބިއުލާންސް ގައި އެފަދަ ހާލަތެއްގައި ފަރުވާދެވޭނެ ރަނގަޅު އާލާތެއް ނެތްކަން ވަގުތަށް މައުލޫމާތު ލިބިފައިވެއެވެ. ބަނޑުގަައި އޮތް ދަރިފުޅު އެމްބިއުލާންސްގެ ތެރޭގައި ނިޔާވެފައިވާއިރު މި ހާދިސާ ހިނގީ ދާދިފަހުން އެމްބިއުލާންސް ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި ކުޑަކުއްޖަކު ނިޔާވުމަށްފަހު އެމްބިއުލާންސް އުސޫލުތައް ބަދަލުކުރަން ނިންމި ފަހުންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފަައިވާ ގޮތުގައި މިހާރު އެ އަންހެން މީހާއަށް ފަރުވާދެމުން ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާގެ އޮކްސިޖަން ލެވެލް ހުރީ ރަނގަޅު މިންވަރެއްގައި ނޫނެވެ.

މުޅި ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯހުން ގޯހަށް ދާއިރު މިފަހަރުގެ މި ކޮވިޑު ރާޅުގައި ފައްސިވާ މާބަނޑު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން މައްޗަށް ޖެހިފައެވެ. އަދި ވިހެއުމަށްފަހު ކޮވިޑަށް ފައްސިވުމުން ކުޑަކުދިންގެ ހާއްސަ ފަރުވާާދޭ ތަނުގައި ފަރުވާދޭން ޖެހޭ ކުޑަކުދިންގެ އަދަދުވެސް ވަނީ ބޮޑުތަން އިތުރުވެފައެވެ.

މާބަނޑު މީހުންނަކީ ކޮވިޑު ބަލީގެ ހައި ރިސްކު ގިންތީގައި ގުނާލެވޭ ބައެކެވެ. މިހާތަނަށް އައި އިރު ގިނަ އަަދަދެއްގެ މާބަނޑު މީހުންނަަށް ވަނީ މި ބަލީގައި ފަރުވާދީފައެވެ. އަދި މި ހާލަތުގައި ދުވަސްނުފުރާ ވިހާ ރޭޓުވެސް މަތިވުން އެކަށީގެންވާ ކަމަށް ޑޮކްޓަރުން ލަފާދީފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 65،868 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 41،779 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި މި ވަގުތު އެކްޓިވްކޮށް 23،909 މީހަކު ތިބިއިރު، އޭގެ ތެރެއިން 197 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މި ބަލި ޖެހިގެން މިހާތަނަށް ނިޔާވެފައިވަނީ 173 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޢަޖީ އެމއ

  ޢެޗް ޕީ
  އައިޖީ އެމް އެއޗް
  ހެލަތު
  އިސްތިއުފާ ދެއްވާފަ ގެއައް ވަޑާގަނަވާ

  70
  1
  • ވާނުވާ

   އެންމެން އިސްތިއުފާ ދިނީމަ ކާކު އެތަންތަން ހިންގަނީ. ކަލޭތަ؟

   18
   34
   • Anonymous

    ދެން އެތަން ހިންގާނީ ވާނުވާއެއްނު

   • އަލަނާސި

    ހެޔޮ ކޮންމެ މީހަކު ހިންގިޔަސް މީހަކު ހުރުމެކޭ ނެތުމެކޭ އޮތީ ކޮންތަފާތެއްކަ

   • އިސްތިއުފާ

    ބަޔަކު ތިބެގެން ވާ ކަމެއް ހަރާން.. ހުރުމެކޭ ނެތުމެކޭ މާބޮޑު ތަފާތެއް ނެތް..

  • Anonymous

   ސޯލިހަކީ ފުއްޖައްސާފަ ބަންދާފަ އިން ބުދެއްތަ؟ އޭނައަކަށް ނޭނގޭތަ އޭކަން މިހުރިހާ ކަމެއްގަ ޒިންމާވާންޖެހެނީ.... ނަސީމަށް ނުވީމަ އޭނަ ވަކިކުރުމުގެ ބާރަކީވެސް އެ ސޮހޮލު ސޯލިހަށް އޮތް ބާރެކޭ.. ނަސީމަށް ދައުލަތުން ބޮޑުމުސާރަދޭންވެގެން މިނިސްޓަރުކަން މިދިނީ ސޯލިހު.

   44
   2
  • މަ

   ދެން ކިހިނެކޯވާނީ
   ސިދާތާވެސް އިސްތިއުފާ ދިން އެކަމުން ވީހެވެއް ބުނެދީބަލަ

   18
   8
 2. Anonymous

  އިބޫ ސޯލިހު އިސްތިއުފާ!!! މިގައުމު ނިމިދާއިރުވެސް ދެނަހުރިކަމަށް ނުހަދާ އެހުންނަނީ. ބަލަ ގައުމުގެ ހުރިހާކަެއް ބެލޭނެތީނޫންތަ ވެރިކަމަށް ވަގަށް އަރާ ތިހުރީ!!! ހެލްތު މިނިސްޓަރ މިހާރު ވަކިކޮށްފަ ހެލްތު ދާއިރާ ރަނގަޅުކުރޭ. އަންހެނުންގެ ބޮޑުބެބެ ވީމަ މުސްކުޅިވެ ލޯބޯ ކޮށިވެފަ ހުއްޓަވެސް މިނިސްޓަރުކަން ދީގެން ތިހުންނަނީ. ހަމަ މީނައަށް ވާކަމެއްވެަް ނޫނޭދޯ!! އިބޫ ސޯލިހު ޖެހޭނީ މިގައުމުން މިބަލީގައި މަރުވާ އެންމެގެ މަރުގެ ޒިންމާ އުފުލަން.

  34
  3
 3. އާންމުން

  ދެންތިފަދަ ކަމެއްނުވާނެ. އަޅުގަނޑު އަޅުގަނޑުގެ މައްސަލަ ބަލާނަން

  19
  2
  • ަހުމަދު

   ބަލަ އެއޮތީ އަނެއްކާ އަނެއްކަންތަން ހިނގާފަ... މިބެޔަކަށް ވާކަމެއް ޙަރާމް..... އިސްތިއުފާ އިސްތިއުފާ...

 4. ފާތުން

  ހެޔޮނުވާނެ މި ކޮވިޑްތެރޭ ކަލޭމެން ބަނޑުބޮޑުނުވެބަލަ. 😡

  3
  42
  • މ

   އަމިއްލަ އަށް ވާނެ ކަމެއްތަ އެއީ؟ އެހެން ނަމަ ދަރިން ނުލިބޭ މީިހުނެއް ނޫޅޭނެ.. ތިކަހަލަ ވާހަކަ ދައްކަން ހެޔޮ ނުވާނެ..

   38
 5. އައްޑޫ މީހާ

  ދިވެހިރާއްޖޭގައި އެންބިއުލާންސް މާނަ ކުރެވިފައި އޮންނަނީ އާދައިގެ ޓެކްސީއެއްގޮތައް ނަރުހެއް ޑޮކްޓަރެއް ނުދާނެ ބަލި މީހާއަށް ފަސްޓްއެއިޑް ދެވޭނެ ގޮތެއްވެސް ކުޑަމިނުން ނުހުންނާނެ ޑްރައިވަރު ކައިރީގައި ދާށޭ ބުނީމަ ދާނެ

  34
 6. މަލަކާ

  ބަމަ ކެރެފާނަސީމުވެސް އިސްތިއުފާ؟ އިސްތިއުފާ އިޒުރޭލު ނަސީމުއިސްތިއުފާ ؟؟؟؟؟؟،،

  24
 7. ޙަރީރާ

  Eyna othee voadu ga

 8. Anonymous

  ނަޝީދު މިގައުމު ހިންގާނެ ކުރި ނޭރިޔަސް

 9. ހަސަނާ

  ރައީސް ސޯލިހުއަކީ ހެޔޮވެރިކަމެއްކޮއްދޭ ބޭފުޅެއްނަމަ ނަސީމު ވަކިކޮއް މޑޕ ގެ ޒުވާންތީމުގެ ގާބިލް ބޭފުޅަކު މިނިސްޓަރުކަމައް އައްޔަންކުރަންވީވަގުތަކީ މީ