ގައުމީދިފާއި ބާރުން މަސައްކަތް ކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިޔަށް ގެންދަ އިންކުއައިރީ އަށް ހުރަސް އަޅުއްވަން ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނަަޝީދުގެ ސެކިއުރިޓީ ބަލިކަށި ވެގެން އައި ގޮތުގެ މައްޗަށް 241 ކޮމިޓީން ހިންގާ އިންކުއައިރީގެ ބޭނުމަށް ވަކި ވަކި ސިފައިން ހާޒިރު ކުރުމަށް އެމްއެންޑީއެފްގައި، 241 ކޮމިޓީން އޮތީ އެދިފައެވެ.

ނަމަވެސް ވަކި ވަކި ސިފައިން އެ ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމާއި، އެ ކޮމިޓީއަށް ޖަވާބުދާރީ ކުރެވޭނީ މުއައްސަސާ ކަމަށް ބުނެ އެ ކޮމިޓީއަށް ލިޔުމެއް ފޮނުވައިފައެވެ. އެހެންވިޔަސް އެ އިންކުއައިރީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެ ލިޔުމުގައިވެއެވެ.

އެމްއެންޑީއެފުން އެކަމާއި ގުޅޭ ގޮތުން އާއްމުކުރި ބަޔާން ރީޓްވީޓް ކުރައްވައި އިންތި ވިދާޅުވީ، "މިއީ މަޖިލީހުގެ އިންކުއައިރީ އަށް ހުރަސް" އެޅުން ކަމަށެވެ.

ޓްވީޓްގެ ތަފްސީލު "ވަގުތު" އާ ހިއްސާ ކުރައްވަމުން އިންތި ވިދާޅުވީ، ހަމައެކަނި ގާނޫނު އަސާސީސީ ގައި އެ ކޮމިޓީއެއްގެ ނަން އަައިސްފައިވާ ކޮމިޓީއަކީ 241 ކޮމިޓީ ކަމަށްވާއިރު ކޮމިޓީގެ ގާނޫނީ ބާރާކީ ސަލާމަތީ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުން ކަމަށެވެ.

ކޮމިޓީން ސިޓީ ފޮނުވައިގެން ދެންނެވުން އާއްމު އުސޫލެއްގެ ދަށުން މުއައްސަސާއަކުން ކޮންމެ ބޭފުޅަކަށްވެސް ވަޑައިގެން ބޭނުންވާ މައުލޫމާތުތައް ހިއްސާކުރެވެއެވެ.

ނަމަވެސް އިންކުއައިރީއެއް ހިންގަމުން އަންނައިރު ވަކި ވަކިން ބަޔަކު ހާޒިރުވާން އެންގުމުން ހާޒިރުވުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް ކަމަށް ވިދާޅުވިއެވެ. އެކަމަށް ދެކޮޅެއް ނެހެދޭނެ ކަމަށް އިންތި ވިދާޅުވިއެވެ.

''އިންކުއައިރީއަކަށް މައުލޫމާތު ހޯދަން ވަކި މީހަކު ގާތުގައި ދެންނެވުމުން، އިންކުއަރީގެ ބޭނުމަށްޓަކައި ގާނޫނީ ގޮތުން ލާޒިމު ކަމެއް ކޮމިޓީ އަށް ހާޒިރުވުމަކީ. އެކަމަކަށް ދެކޮޅެއް ނެހެދޭނެ" އިންތި ވިދާޅުވިއެވެ.

މި ކޮމިޓީގެ އިންކުއައިރީ ބިނާވެފައިވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ކަމަށް މީގެ ކުރިން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެއީ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސްގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމާއި، ދައުލަތުގެ މަތީ މަގާމުތަކުގެ ތިބި ބޭފުޅުންގެ ސެކިއުރިޓީ ދެވޭ ނިޒާމާއި، ރައީސް ނަޝީދުގެ ސެކެއިރުޓީ ބަލިކަށިވި ގޮތް ދެނެގަތުމާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ތަންފީޒު ކުރެވެމުން އަންނަ މިންވަރު ދެނެގަތުމެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބޭބެ

    އިންތި މާރިޔާއޯ މިހާރު ނޫހަށް މައުލޫމާތު ދިނީ!! ކަލޭމެންނަކަށް އޭނާއަކަށް އެއްކަމެއްވެސް ނުކުރެވޭނެ! މަގާމުން ވަތްކެއްވެސް ނުކުރެވޭނެ!! ރުޅިއައިސް ކޮޅުކޮޅު މައްޗަށް ދުވެ ހަމަ ގުނބުހެލިފަ ތިބެންޖެހޭނީ! ފިލާ ތިބެގެން ސަލާމަތީ ބާރުތަކުން ކަންކަމެއްނުރާނެ!! ކުރާކަމެއްކިރާނީ ވަރަށް ފާޅުގައި!!

    47
    2
  2. ޢަލީކޮއި

    މެޗު ބަލަން މިތިބީ، ގަދަވާ ޓީ މު އެނގިދާނެތާ!

    40
    • ރޯނު

      މެޗް ނިމޭނީ ބައިކޮޅަށް ގޯލެއް ޖަހައިގެން!! އެކަމަކު ރެފްރީ ރަތްކާޑު ދައްކާ ބެންޗުން ފޮނުވާލާނީ ކޯޗު!!

      26
  3. ހުސޭނުބޭ

    އަމައްޔާތް! މީނަ މިހާރު މި ހުންނަނީ ދިފާޢީ ބާރުތަކަށްވުރެވެސް މަތީގަ

    48
    1
  4. .....

    އެއްވެސް ދިވެއްސަކު އެބަހުރިތަ އެމް.އެން.ޑީ.އެފް ގެ ނިންމުންތަކަށް އިންތިއަށް ގޮތް ކިޔޭނެކަމަށް ގަބޫލުކުރާ...މަށަށް ހަމަ ހީ ނުވާތީ އަހާލީ...އިންތި މެން މިއުޅެނީ ރޯނު އެދުރު ހެދިގެން ތިމާމެނަށްވުރެ އިލްމީ މީހުންނަށް ފާޑު ކިޔަމުން ފިތުނަ އުފައްދަމުން....މީ ވަރަށް ދެރަވަރު ކަމެއް....ކޮންމެވެސް އިސްލާހެއް ގެނެސްގެން ހަދާއިގެން މިރޯނު އެދުރުންގެ ކިބައިން ސަލާމަތް ވެވޭތޯ ބަލަން ވެއްޖެ....

    53
    2
  5. ސސ

    އެމްޑީޕީ ބޮޑުން އުޅެނީ ޔަހޫދީން އަތުން ފައިސާ ހޯދައިގެން އިސްލާމް ފޯބިއާރ ހަރަކާތް ހިންގަން، އިސްލާމް ފޯބިއާރ ހަރަކާތަކީވެސް ފައިސާ ލިބޭ ހަރަކަތެެއް !

    40
    3
  6. އާދަންބެ

    އޮޅުވާލަން ނޫޅޭ އިންތި. ވަކިވަކި ފަރުދުން ހާޒިރުކޮށް ސިފައިންގެ އެތެރެއާއި ސިފައިންގެ ލީޑަރޝިޕްގެ އެތެރެ ހާވަން ނޫންކަމެއް ކުރާކަށް ނޫން ތި ތެޅެނީ. މަޖިލީހުގެ ގޮނޑިއެއްގަ އިށީނުމަކީ ސައިޒް އޮޅިގެން އުޅެންޖެހޭ ސަބަބެއްނޫން.

    46
  7. Anonymous

    އެ މްއެންޑީއެފް އިން ހެދީ ހަ މަރަނގަޅަށް، ކަލޭ މެންނާ ހެދި ބޮޑު މުޞީބާތަކަށްވެއްޖެ.

    46
  8. އާދަމުގެދަރި

    241 ކޮމިޓީއޭ ނަމަކަށް ކިޔާ ކޮމިޓީއެއް ގާނޫނު އަސާސީއެއްގައި ނޯންނާނެ. ގާނޫނުއަސާސީގައި ނެތް ކޮމިޓީއަކަށް ޖަވާބުދާރީވާކަށް ނުޖެހޭނެ. ގާނޫނުއަސާސީގައި އޮތްގޮތަށް ކޮމިޓީގެ ނަން އޮތިއްޔާ ޖަވާބުދާރީވާންޖެހޭނީ.

  9. ވަކަރުގެ

    މިހާރު ތިއޮތް ރަމަންރަމަންފޯލި ކުޅޭ މަޖިލީހަށް އެކަކުވެސް ދާނެ ކަމެއް ނެތް. ކުރާ ސުވާލަކަށްވެސް ޖަވާބުދޭނެ ކަމެއް ނެތް. ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. ރައްޔިތުންގެ ބާރަށްވުރެ ގަދަ ބާރެއް ނޯންނާނެ.

  10. އޭނާ

    އިންތިރޯނުއެދުރުގެ ވާހަކައިން ހީވަނީ އައްނީ ހެންއިދިކޮޅުލީޑަރަކީ: އަދި މަޖުލިސް ގޮނޑިއަކީ ގައު މީ ދިފާއީބާރުގެ އަ މުރުވެރިފަރާތްހެން!! ރޯނުއެދުރުމ ފުރަތަ މަ ކިޔަވަންދާންވީނޫން!!!!!

  11. ކާލި

    އިންކުއަރީ އޭ ކިޔާއިގެން ޑުރާމާ ކުޅެން އުޅެނީ، އިންތިއަކީ ވަރަށް މޮޅު ޑުރާމާ އެކުޓަރެއް !

  12. ނަޝީދު

    ކަލޯ އިންތީ އޮންނާނި ރާކަނި މަސް ކެވިފަ އެއްކަމެއްވެސް ނުކުރެވޭނެ ހަމަ ޖެހޭނި ފެލި ފެލި ތިބެން އަހަރެންގެ ބާރެއް އޮތްނަމަ މިހާރު ހިސާރި ސައިޒްކޮށްލާނަން ތި މަޖްލިސް ...

  13. މުޙައްމަދުބެ

    އިންތީ. މަޖިލީހަށް ވެސް ސެކިއުރިޓީ ދެނީ ސިފައިން. ސިފައިންނަށް ބަދުބަސް ރައްދުވާގޮތަށް ގަދަބަސް ބުނުމުގައި ވިސްނާލާތި.
    ސިފައިންގެ ތެރޭގައިވެސް ޕްރޮފެޝަނަލް އަސްކަރިއްޔާތަކުގައި ވެސް މިފަދަ ކަންކަމުގައި ޢަމަލު ކުރާ އުޞޫލުން އުޞޫލުތަކެއް ހުރޭ.
    ޤައުމީ ދިފާޢީ ބާރުތަކާ ކުޅެން ހަދައިގެން ފެބްރުއަރީ 7 ރިޕީޓް ވެދާނެ. ވިސްނާ ލައްވާ.
    ޤައުމުގެ އެންމެ ބޮޑު ބާރަކީ މަޖްލިސް އެއްނޫން. މަޖްލިސް ސައިޒުން ނައްޓަންޏާ ސައިޒް ކުރެވޭވަރުގެ ބާރު ޤައުމީ ދިފާޢީ ބާރުގަ ހުންނާނެ.
    ރީތި ގޮތުގައި މުއައްސަސާތައް ގުޅިގެން ތި މައްސަލަ ބަލަން ނަޞޭޙަތްތެރިވަން

  14. ޔޫ

    މަޖިލީހަކީ ކޯޓެއްނޫން...ހަމަ ކަމެއްވާއިރަށް މީހުން ހާޒިރު ކުރަން...

    12
  15. ކާފަބޭ2020

    ތިޔަމީހުނަށް މިރާއްޖޭގަފަރުވާނުލިބި ދުނިޔެއާވަކިވެގެންދިޔަ ސަތޭކައެތައްބައެއްގެ މައްސަލަމައްސަލައަކަށްނުވެފަ ވަކިފަރުދެއްގެމައްސަލަބޮޑުވެގެންތިޔަތެޅިބާލަނީ އެވަކިވެދިޔަ އަޚުންނާއުޚުތުންގެފަރާތުން ބައިވަރުތަކެއްނުލިބޭތީތޯ؟ މިވަގުތީ މަންޒިލުގައި ގުންފައިޖަހާފައުޅެވުނަސް އެކަނިމާއެކަނި އެއަނދިރިކަންމަތީއޮންނަންޖެހޭނެކަން ހަނދާންކުރާށެވެ.ﷲ ގެ އިމްތިހާނުންފާސްވާނީ ﷲ އަށްކިޔަމަންތެރިކަންއަދާކުރާ މިންވަރެއްގެމައްޗަށެވެ. ތިމާއަށްތިމާކިތަންމެމޮޅަސް މިދުނިޔެއާ ވަކިވާންޖެހޭދުވަހު ތިމާގެއާރެއްބާރެއްނެތްކަންފެންނައިރު ހުރެވޭނީ މިވަގުތީފާލަމުގެކޮޅުގާކަންދަންނާށެވެ.

  16. Anonymous

    މިރާއްޖޭގަ ތިންބާރު ވަކިވެފަވާއިރު. މަޖްލިހުން ތިޔަ އުޅެނީ އެގްސެކްޓިވް ޕަވަރއަށް ހުރަސް އަޅާ ޕަލަމެންޓްރީ ސިސްޓަމެއް ގާނޫނު އަސާސީއާ ޚިލާފަށް ގެންނަން. ގަނުނު އަސަސީ ހިމާޔަތް ކުރާނެ ކޮންމެ ގޮތެއް ހަދަފަވެސް..

  17. Anonymous

    ތިީޝަރުއިީ ކޯޓެއްނުން އިންތި ކަލެޭ ތިއުޅެނިީ ސައިޒް ޮލހިގެން

  18. ރިޔާޒުބެ

    ދެން ރާއްޖޭގެ ހުރި ހުރިހާ ތަހުގީގީ އިދާރާތައް އުވާލަންވީނު ކަލޭ މެން ތިކުރަނީ ވެރިކަން.

  19. ފައިކަށި

    މަހެއް ފަހާލާނެ މަހެއް ހުރެދާނެ. ސަލާމަތީބާރުތަކަށް ފުރައްސާރަކޮށް މީހަކު ކުރާކޮންމެ ކަމެއް ހަލާލުކޮށް ހަމަމަގުން ނައްޓުވާލަން މަޖިލީހުންކުރާ މަސައްކަތް ހުއްޓާލާ. ގައުމު ރޭޕްކުރަން ނުހަދާ އިންތިމެންނެއް ކަމަކު.

  20. Anonymous

    މި ތިބި ބައެއް މީހުން މީހަކު ހަމަ ނިޔާވާ އިރަށް ސަރުކާރަށް ތި ކަނޑާލަނީ ސަރުކާރުން ތަ ހުރިހާ މަރެއްގެ ޒިންމާ ނަގަން ޖެހެނީ. މިވަރަށް މިރާއްޖޭގެ ރަޢްޔިތުންގެ ވިސްނުން ހުރިއްޔާ ރާއްޖޭގައި ވެރިޔަކަށް ހުރި ކޮންމެ މީހަކާއި ވެރިކަމަށް ދެން އަންނަށް ތިބި މީހުންވެސް ވާނީ މުޖުރިމުންނަށް. އަހަރެމެންނަށް މިތިބީ އަޅެ ފަހެ ސިކުނޑީގެ ބައްޔެއް ޖެހިފައެއް ނޫންބާ!