ފަތުރުވެރިކަމުގެ ހަބެއްގެ ގޮތުގައި ބޮޑު ތިލަދުންމަތި ތަރައްގީވެގެން އަންނާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު ޑރ އަހުމަދު މައުސޫމް ދެއްވައިފިއެވެ.

މިނިސްޓަރު މިޔަގީންކަން ދެއްވާފައި ވަނީ ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި އެކުލަވާލާފައިވާ ޓޫރިޒަމް ސިނާއަތުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފައިވާ 'ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން' ޕްރޮޖެކްޓްގެ ދަށުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާ ކުރުމާއި ބެހޭ ގޮތުން އެ މިނިސްޓްރީ އން ތިލަދުންމަތީ އުތުރުބުރީގެ ރަށްރަށުގެ ކައުންސިލު ރައީސުންނާއި އެއްކޮށް ބޭއްވި އޮންލައިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ތިލަދުންމަތީ އުތުރުބުރީގެ މަޖިލިސް މެމްބަރުންނާއި އަތޮޅު ކައުންސިލް ރައީސް އާއި ޓޫރިޒަމް މިނިސްޓަރ ޑރ. އަހުމަދު މައުސޫމްގެ އިތުރުން އެ މިނިސްޓްރީގެ އެކްސްކޮމް މެމްބަރުންނާއި އެޕްރޮޖެކްޓްގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ މައުސޫމް ވަނީ ފަތުރުވެރިކަމުން ރައްޔިތުންނަށް ސީދާ އަދި ނުސީދާ ގޮތުން ފައިދާ ހޯދައި ދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކައުންސިލްތަކާއި ގުޅިގެން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ފަތުރުވެރިކަން ކުރި އެރުވުމަށްޓަކައި ދޭން ޖެހޭ ފަންނީ އެހީ މިނިސްޓްރީގެ ފަރާތުން ލިބިގެންދާނެ ކަމަށް ފާހަގަ ކުރައްވާފައެވެ. އަދި ފަތުރުވެރިކަމުގެ ހަބެއްގެ ގޮތުގައި ބޮޑު ތިލަދުންމަތި ތަރައްގީވެގެން އަންނާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރ ދެއްވިއެވެ.

މި ބައްދަލުވުމުގައި ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކަނޑައަޅާފައިވާ ހަ ސިޔާސަތުގެ ދަށުން ކައުންސިލްތަކާއި ގުޅުންހުރި އެކިއެކި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ މައުލޫމާތާއި ފަތުރުވެރިކަމާއި ބެހޭ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއި އެކު ފަތުރުވެރިކަމާއ ގުޅެ މަސައްކަތްތަކުގައި މިނިސްޓްރީ އާއި ކައުންސިލްތަކާއި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި އަދި މީގެ އިތުރުން ސީދާ ކައުންސިލްތަކުން ކުރާނެ މަސައްކަތްތަކުގެ ތެރެއިން ވަކިން ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރެވޭ ބިންބިމުގެ ބީލަން މަސައްކަތަށް މިނިސްޓަރީގެ މުވައްޒަފުން ވަނީ އަލިއަޅުވާލާފައެވެ.

ހއ. އަތޮޅުގެ މަޖިލީސް މެމްބަރުން ވަނީ މި ބައްދަލުވުމުގައި އެއަތޮޅުގެ ޓޫރިަމް ފުޅާކުރުމުގެ މަސައްކަތްތަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއަތޮޅުގެ ކައުންސިލްގެ ރައީސް މޫސާ ޝަފީގު ވަނީ އެއަތޮޅުގައި އާ ރިސޯޓުތައް ހުޅުވި، ޓޫރިޒަމް ޑައިވާސިފިކޭޝަން ޕްރޮޖެކްޓްގެ މަސައްކަތާއެކު ރަށްރަށޫގައި ލޯކަލް ޓޫރިޒަމް ފުޅާވެ ހޯމްސްޓޭ ވިޔަފާރި އާއި ގެސްޓްހައުސް އަދި ހޯޓާ ފަދަ ތަންތަން ހުޅުވި ރައްޔިތުންނަށް ފަތުރުވެރިކަމުގެ ފައިދާ މިހާރަށްވުރެ ބޮޑަށް ލިބެން ފަށާނެ ކަމުގެ އުއްމީދު ރައްޔިތުންނަށް އާކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ކަނޑުކޮސް

  ހެޑްލައިން ހެދުމުގައި އުޅޭ ވުޒާރާއެއް،

  21
 2. ރިފާ

  ތިޔަ ވުޒާރާއަށް އިތުބާރެއް މިހާރަކު ނެތް

  19
 3. ދިޔާ

  ތިޔަ ފޮޓޯގައި ތިބި 2،3 މީހެއް ފިޔަވައި ދެންތިބީ ފްރޭމް ކުރުމުގެ ތަޖުރިބާކަރުން. ވަރަށް ވާހަކަ.

 4. ކުރިނބީ

  ކޮންފަދަ އަނދުނެއްބާ މިއުޅެނީ އަޅުވަން

 5. މައު މޫން

  ދެން ތި ހުރިހާ ހަބެއް ގައި ރަން ބިސް ކުކުޅު އާލާ ކުރެވޭތޯ ބަލާ ބަލަ

 6. ޒާ

  މަުސޫމަކީ އަބްދުﷲ ޝާހިދު ފަދައިން ބައިސާ ކަނޑާ ދޮގުހަދަން މި ސަރިކާރަށް ލިބުނު ރަންގަނޑެއް. މައުސޫމް ބުނިދޯ އައްޑޫ މީހުންނަށް ދެންލިބޭނީ ޕައުންޑޭ.

 7. Anonymous

  މައުސުޫމު ކަމެއްނުކުރެވެޭ ހަާލު ފޮނިއަގަ ނުތަޅަާ މަޑުން ހުރެވެޭ ތޯ ބަލަާ

 8. ބޯދުޅަ

  ރާއްޖެ އަށް ކޮވިޑް ފަތުރާ ވަޒީރު ކެލާ މައުސޫމު

 9. ސަޑުހަސަނު

  ސަޅިބައިސާ ކެނޑު މުގައި މިނިސްޓަރު މައުސޫ މް ހަ މަ ވަރަށް މަތި. ބުނަން އޮތް އެތި ބޮޑު ކަ މުން ނުބުނެ ހުއްޓާލީ މި

 10. ކާފަ

  އަނެއް ކޮސް

 11. ޢބްދުއްﷲ

  ފަތުރުވެރިކަމުގެ ހަބެއްގެ ގޮތުގައި ބޮޑު ތިލަދުންމަތި ތަރައްގީ ވެގެން އަންނާނެ- މައުސޫމް

  13 ގަޑިއިރު ކުރިން ( ޖޫން 3, 2021 )
  استغفر الله
  އަނެއްކާ އަނެއް އަތޮޅެއް ވިއްކާލާ ނިމުނީ
  އައްޑުއަތޮޅައްގޮސް ބުނީ އިނގިރޭސި ޕައުންޑް ދޭވާހަކަ ،
  އެވެރިންނަށް ލިބުނީ އަޅުވެތިކަން . ހާރަކަސް ތަރާވީހަކަސް ލިބުނީކޮންސިއުލޭޓެއް.
  ރަނގަޅުތާ؟ އެވެރިން ހެވިފަ ވިއްޔަ؟

 12. ވގ

  މިވާހަކަޔެއްދައްކަނީ އަހަރުމެން ކުޑައިރުންސުރެ މިހާ މީހަކާއިދެ ކާފަކީ ހަބު އަދިވިސް ވީތަނެއްނޭގެ މިނިސްޓަރުކަންލިބޭ އިރައް ގެރިޔައް ރަތްފެންނަހެން ބޮޑު ތިލަދުންމަތި ދެން ވޯޓްލާ ދުވަސްވަރު ބޮޑު ތިލަދުންމަތި