މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ އޮފީހާއެކު ހުޅުމާލެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލް އިދާރާގެ ޙިދުމަތްތަށް ދިނުމަށާއި އިދާރީ އޮފީސް ހިންގުމަށް ޔުނިޓެއް ހަމަޖެއްސުމަށް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއަދު އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މީގެ ކުރިން ހުޅުމާލެ ރައްޔިތުންނަށް ކައުންސިލްގެ ހިދުމަތް ލިބެން ދިޔައީ ވަރަށް ދަތިކޮށެވެ. ބައެއް ހިދުމަތްތައް ހޯދަން އެތައް ދުވަހެއް ހޭދަވެއެވެ.

އެހެން ނަމަވެސް މިއަދު ވެވުނު އެއްބަސްވުމާއެކު، އެތަނުގެ މަސައްކަތް ނިމުމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޝުޖާއު ގަބޫލުކުރައްވައެވެ.

ޝުޖާއު ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ އައު އޮފީހާއި އެކު ގިނަ ހިދުމަތް ތަކެއް ހުޅުމާލޭގެ ރައްޔިތުންނަށް މާލެ ނުގޮސް ތަނަވަސް ވެގެން ދާނެ ކަމަށެވެ.

ހުޅުމާލެ ރައްޔިތުންގެ އިންތިޒާރު ތަކަށް ނިމުން އަންނަ ވަގުތު ކައިރި ވަނީ".ޝުޖާއު ވިދާޅުވިއެވެ.

އެޗްޑީސީއާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެޑްމިނިސްޓްރޭޓިވް އޮފީސް ސްޕޭސްގެ ގޮތުގައި ހުޅުމާލެ އަމީން އެވެނިއު މޭޕަލް ޓަވަރުގެ ޔުނިޓް (އޭ.އެމް-1-05) ސިޓީ ކައުންސިލްގެ ޙިދުމަތްތަށް ފޯރުކޮށްދިނުމަށް ވަނީ ކަނޑައަޅާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ސާބަހޭ ދަރިފުޅާ . ޝުކުރިއްޔާ ވ. ބޮޑަށް.
    ރައީސް ޔާމީންގެ މަސައްކަތްތައްޕުޅުތައް ތިހިރަ ފެނިގެންދަނީ. މިނާޤާބިލު ސަރުކާރަށް ތަފާތު ދައްކާލައިފަ ނޫނީ ހުއްޓާ ނުލާތި.

    11
    5
  2. ޢަހުމަދު ރަޝީދު

    ހަމަ ހަގީގަތުގަވެސް ޕީއެންސީގެ ނައިބުރައީސް މާލެ ސިޓީކައުންސިލްގެހުޅުމާލެ ތަމްސީލްކުރައްވާ ކައުންސިލްމެބަރ ސުޖާއަކީ ރައްޔިތުންނައްލިބުނު އަލިމަހެއް ޖަވާހިރެއް

    11
    4
  3. Anonymous

    ވާހަކަ ދެއްކޭ ގޮލައެއް.
    ކަންކުރެވޭ ގޮލައެއް.
    ސަބާސް.
    އިބޫ ސޯލިހޫ ފެނޭތަ. ކަލޭ ބަހާއި ޢަމަލު ދިމާނުވޭ
    އިސްތިއުފާ. ޞިއްހަތާއި ބެހޭ ވަޒީރު ތަފާތު ދައްކާނެއޭ ކިޔާފައިލީީ. ނާޤާބިލްކަން އިންތިހާއޭ. ކިތައް މަރު. ޒިންމާ ނަގަން ޖެހޭ ކަލޭމެން.
    . ޒިންމާ އަދާކުރަން ތިބި މީހުން ފަރުވާ ކުޑަކުރީ

    2
    1
  4. ޒީ

    ޝުކުރަން ޝުޖާ

    4
    1