ޖޫނިއާ ކޮލެޖް އަދި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރުތައް ގާއިމް ކުރުމާއި ބެހޭ ގޮތުން ކައުންސިލްތަކާއި އެދާއިރާތަކަށް ނިސްބަތްވާ މަޖްލިސް މެމްބަރުންނާއިއެކު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ވާޗުއަލްކޮށް ކުރިއަށް ދިޔަ ބައްދަލުވުމުގައި އަލަށް އިންތިހާބުވި ކައުންސިލްތަކުގެ މެމްބަރުންނަށް މި ޕްރޮޖެކްޓް ހިނގާ ގޮތުގެ ތަފްސީލް އަދި މި ޕްރޮޖެކްޓްގެ މަގްސަދާއި ބެހޭގޮތުން މިނިސްޓަރު އަލިއަޅުވާލާ ވާހަކަދެއްކެވިއެވެ.

އެ ޕްރޮޖެކްޓަކީ މީހުން ބިނާ ކުރުމުގެ ގޮތުން ރަށްރަށުގެ އަދި އަތޮޅުތަކުގެ މުސްތަގްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދީ މަސައްކަތަކަށް ވެގެންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

އަދި ޖޫނިއަރ ކޮލްޖް އާއި ޓިވެޓް ސެންތަރުތައް ގާއިމްވެމެންދާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގް އަތޮޅު ތެރޭގައި ފަހި ކުރުމަށް ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުންކުރެވޭ މަސައްކަތެއްގެ ގޮތުންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޖޫނިއަރ ކޮލެޖް، ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރުތައް އަދި ޕޮލިޓެކްނިކް ކެމްޕަހެއް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި އެޅުމަށް ހަމަޖެހިފައިވެއެވެ.

ޖޫނިއަރ ކޮލެޖް ގާއިމްކުރާނީ ހއ. ދިއްދޫ އަދި ނ.ކެނދިކުޅުދޫގައެވެ. ޕޮލިޓެކްނިކް ކ.ތުލުސްދޫ ހިންގުން ޕްރައިވެޓް ޕާޓީއަކާ ހަވާލު ކުރުމާއި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރު ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، އަދި ރ.އަލިފުށި ގައި ގާއިމްކުރުން ހިމެނެއެވެ.

މިކަންކަމަކީ މަތީ ތައުލީމާއި ތަމްރީންގެ އާ ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސއްކަތެއްކަންވެސް ޑރ އިބްރާހިމް ހަސަން ފާހަގަކުރެއްވިއެވެ.

އަދި މި އިންސްޓިއުޓްތައް ގާއިމްކުރެވޭނީ ދަނާލަކާއި އެކުގައި ކަމާއި މި ޒަމާނުގައި ދަނާލެއް ނެތްނަމަ އެހެން ރަށްރަށުން އަންނަ ކުދިންނަށް އެތަނުގައި ތިބެގެން ތައުލީމް ހާސިލް ކުރުންފަދަ ކަންކަމެއް ނުކުރެވޭނެތީވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް މިކަހަލަ އިންސްޓިޓިއުޓްތައް ހެދިގެން ދާއިރު ދަނާލެއްގެ ހިދުމަތް ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.

އަދި އިންވެސްޓަރުންނަށް ޢިމާރާތް އަޅަންދޭ ބިމުގައި އިތުރަށް ރެވެނިއު ޖެނެރޭޓް ކުރުމަށް އެހެނިހެން ކަންކަން ކުރެވިދާނެ ކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކައުސިލްތަކުގެ މެމްބަރުން ފާހަގަކުރެއްވި ގޮތުގައި މިއީ ރަށްރަރަށުގެ ވަރަށް ތާއީދުކުރާ އަދި ރަށުގެ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީ ކުރިއަރައިގެންދާނެ ފަދަ މުހިންމު ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއިއެކު ފުރިހަމަކުރުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމުއް ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ކައުންސިލްތަކުގެ މެމްބަރުން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯ ހަލާކު

    ސަރުކާރު މައި ޔުނިވަރސިޓީގެ ފަސް ކެމްޕަސް މިހާރުވެސް މާލެ، ކުޅުދުއްފުށި، ލ. ގަން. ތިނަދޫ، އައްޑޫގައި. މީގެ ބޭރުން އެމްއެން ޔޫގަ ހަދާފަ އެބަހުރި އައުޓްރީޗް ސެންޓަރުތައް ބައެއް އެހެނިހެން އަތޮޅުތަކުގައި. ސަރުކާރުގެ އިސްލާމިކް ޔުނިވަސިޓީ ކެމްޕަސް ތައް އަތޮޅުތަކުގައި. ސަރުކާރުގެ ޓިވެޓްތައް އަތޮޅުތަކުގައި.
    އަމިއްލަ ފަރާތްތަކުގެ ކޮލެޖު ތައް އަތޮޅުތަކުގައި.
    ދެން ކކިޔަވްން މިދަނީ ކޮން ބައެއް؟ ބަންގްލާދޭޝް އިން ކުދީން ގެންނަން ވީނުން ކިޔަވާދޭން.

  2. ބޯހަލާކު

    ސަރުކާރު މައި ޔުނިވަރސިޓީގެ ފަސް ކެމްޕަސް މިހާރުވެސް މާލެ، ކުޅުދުއްފުށި، ލ. ގަން. ތިނަދޫ، އައްޑޫގައި. މީގެ ބޭރުން އެމްއެން ޔޫގަ ހަދާފަ އެބަހުރި އައުޓްރީޗް ސެންޓަރުތައް ބައެއް އެހެނިހެން އަތޮޅުތަކުގައި. ސަރުކާރުގެ އިސްލާމިކް ޔުނިވަސިޓީ ކެމްޕަސް ތައް އަތޮޅުތަކުގައި. ސަރުކާރުގެ ޓިވެޓްތައް އަތޮޅުތަކުގައި.
    އަމިއްލަ ފަރާތްތަކުގެ ކޮލެޖު ތައް އަތޮޅުތަކުގައި.
    ދެން ކކިޔަވްން މިދަނީ ކޮން ބައެއް؟ ބަންގްލާދޭޝް އިން ކުދީން ގެންނަން ވީނުން ކިޔަވާދޭން