ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެ އިން ތިންވަނަ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 63 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.

މިއަދު ކޮވިޑްގައި ނިޔާވި ތިން މީހުންގެ ތެރެއިން ދެމީހުން ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.

ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 174 އަށް އަރާފައެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 22375 އަށް މަދުވެފައެވެ. މިއީ ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދު މެއި މަހުގެ 22 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ. ނަމަވެސް މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވެފައެވެ. މިހާރު 213 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އައީ 197 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތުމަ އެޅި ވަގު މިސްކިތް

    ޢިސްތިއުފާ