22:02

މިއަދު ކޮވިޑަށް ފައްސިވީ 432 މީހުން

21:44

އައްޑޫ ސިޓީގައި ކޮވިޑް-19 ގެ ވެކްސިން ޖެހޭ އާބާދީގެ 50 އިންސައްތަ މީހުން ދެވަނަ ޑޯޒު ފުރިހަމަކޮށްފި

20:16

ކެނެޑާއިން ވެސް ރާއްޖެއަށް ކޮވިޑް-19 ވެކްސިން ހަދިޔާ ކުރަން ނިންމައިފި

20:01

އައްޑޫ ސިޓީޏް އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ ސިޓީން ފައްސިވި މީހުންގެ ޖުމްލަ އަދަދު 300 އަށް އަރައިފި

19:29

ކޮވިޑް-19 ޖެހިގެން ވިލިމާލެ އިން މީހަކު ނިޔާވެއްޖެ.

16:48

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތަށް އެހީވުމުގެ ގޮތުން، އެމެރިކާއިން ފޮނުވި ސިއްހީ ސާމާނު ރާއްޖެއަށް މިއަދު ލިބިއްޖެ.

16:19

އިންޑިއާގައި މަޝްހޫރު ކަމެއް ހޯދަމުން އަންނަ ތަރި އަޔުޝްމަން ޚުރަންނާއާއެކު ޑްރީމްގާލް އިން ފެނިގެންދިޔަ ކޯ ސްޓަރ ރިންކޫ ސިންގް ނިކުމްބް ކޮވިޑް-19 ބަލީގައި މަރުވެއްޖެ.

11:00

ކޮވިޑް ޖެހިގެން ބިދޭސީއަކު ނިޔާވެއްޖެ.

10:37

ނޭފަތަށް ސުޕްރޭ ކޮށްލައިގެން ކޮވިޑުން ސަލާމަތްކޮށްދޭ ވެކްސިނެއް ޗައިނާއިން އުފައްދައިފި.

09:38

މިޝްކާގެ މަރާއި ގުޅޭ ރިޕޯޓް އަދި ނުނިމޭ - ހެލްތު މިނިސްޓްރީ

ކޮވިޑް-19 އަށް ރާއްޖެ އިން ޓެސްޓް ކުރާ މީހުންގެ އަދަދު 4000 އަށްވުރެ މަތީގައި ހުންނަތާ 12 ދުވަސް ފަހުން ބުރާސްފަތި ދުވަހު ޓެސްޓް ކުރި އަދަދު ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް މަދުވެފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބުރާސްފަތި ދުވަހު ކޮވިޑަށް ޓެސްޓް ކުރީ 3832 މީހުންނެވެ. އޭގެތެރެއިން %17 މީހުން ކޮވިޑަށް ފައްސިވިއެވެ. އެއީ 648 މީހުންނެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު މަދުވަމުން އައިނަމަވެސް ވަކިތަރުތީބެއް ނެތި ސުންކު ނެގުން ހުއްޓާލާފައި އޮތުމުންނާއި، ކޮވިޑަށް ފައްސިވާ މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުންގެ ތެރެއިން ހައި ރިސްކް މީހުން ފިޔަވައި އެހެން މީހުންނަކީ ގާތުން އެއްތާވި މީހުން ކަމަށް ނުބަލާތީ މިހާރު މާލޭގެ ހާލަތު އޮތް ގޮތް ނޭނގޭ ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޮވިޑް-19 އަށް ވީހާވެސް ގިނަ މީހުން ޓެސްޓް ކުރުން އެއި ބަލި ކޮންޓްރޯލް ކުރުމަށް އެންމެ މުހިއްމު ކަންތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރާ އަދަދު ދޭތެރެ ދޭތެރެއިން ވަރަށް ބޮޑަށް މަދުވެއެވެ.

މެއި މަހު ވެސް ރާއްޖެ އިން ކޮވިޑަށް ގިނަ މީހުން ޓެސްޓް ކުރި ދުވަސް ދުވަހު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. އަދި ޓެސްޓް ކުރާ މިންވަރު މަދުކުރުމާއިއެކު ފައްސިވާ މީހުންގެ އަދަދު މަދުވެގެން ދިޔައެވެ.

ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ ނަތީޖާ ލަސްވުމުގެ މައްސަލަ ވެސް ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުމާފުޅު- ހިރިލަންދޫ

    ޓެސްޓް / ޓެސްޓް ތީ ބޭކާރު ކަމެއް ... ބަލިވެގެން ދާ މީހުން ޓެސްޓް ކޮށްފައި ޕޮޒިޓީވް ނަތީޖާ ދިނީމަ އެ ނިމުނީ ، ކޮންމެ ކަމަކުން ވައްކަން ކުރަން އުޅެގެން ފެންނަ ނަތީޖާ ވަރަށް ހިތިވާނެ

  2. ފާތުމާ

    ވަގުތުގެ ނޫސްވެރިންނަށް.

    ތިބޭފުޅުން ވެއްޖެ މިހާރު ސަރުކާރުން މި ހިންގާ ޖަރީމާ ކަންތައް ތަންކޮޅެއް ގާތުން ބަލާލަން ...ޓެސްޓް ކޮށްގެން ކޮންމެ ދުވަހު އެ ޢާއްމު ކުރަނީ އެދުވަހު ނެގި ސާންޕަލްތަކުގެ ނަތީޖާ ތޯ ނޫނީ ހަފްތާ ނޫނީ ދެހަފްތާ ކުރިން ނެގި ސާޕަލްތަކުގެ ނަތީޖާތޯ ، ރައްޔިތުންގެ ކަންބޮޑުވުމެއްވީމަ ބަލާލަ ދޭންވީ 6 ން 6 ށް ނަގާ ސާންޕަލް ތޯ ؟ ޢަދަދު ދިމާ ނުވާތީ ޔަޤީން ކޮށްލަން ބޭނުންވަނީ

    ކިޔުންތެރިއެއް.