އަންގާރަ ދުވަހު ނިޔާވި އުމުރުން ދިހަ އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން ލަސްވި ސަބަބާއި، އެކަމުގައި އިހުމާލުވި މީހުން ދެނެގަންނަން ހެލްތު މިނިސްޓްރީން އެކުލަވާލާ ރިޕޯޓްގެ މަސައްކަތް އަދި ނުނިމޭ ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ މިޝްކާ ނިޔާވުމާއި ގުޅިގެން ހަދަމުން އަންނަ "ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް މިއަންނަނީ ކުރަމުން." ކަމަށެވެ. މި މައްސަލައިގައި ގިނަކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތު ނަގާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ވީއެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް ކަމަށެވެ.

މިޝްކާގެ މަރާއި ގުޅޭ ރިޕޯޓް އަދި ނުނިމޭކަމަށް ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވެފައި މިވަނީ ރިޕޯޓް ނެރުން ލަސްވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުންނެވެ.

ރިޕޯޓްގެ މަސައްކަތް އަދި ނުނިމޭ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވިއިރު އިއްޔެ ހެނދުނު ހެލްތު މިނިސްޓަރު ކެރަފާ އަހްމަދު ނަސީމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިޕޯޓްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އިއްޔެ ހަވީރު ރިޕޯޓްގެ މައުލޫމާތު އާއްމު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ނަސީމް މީޑިއާގައި ވިދާޅުވެފައި ވެއެވެ.

މިޝްކާގެ ހާލު ކުއްލިއަކަށް ސީރިއަސް ވުމުން އެމްބިއުލަންސެއް ފޮނުވައި ދިނުމަށް އެދުނުތާ ދެ ގަޑިއިރަށް ވުރެ ގިނަ އިރުވުމުން ވެސް އެމްބިއުލަންސެއް ފޮނުވާފައެއް ނުވެއެވެ. އެމްބިއުލަންސެއް ލިބިގެން މިޝްކާ ހޮސްޕިޓަލަށް ގެންދިޔަ އިރު، އެ ކުއްޖާގެ ހާލު އޮތީ ވަރަށް ސީރިއަސްވެފައެވެ.

މިޝްކާ ނިޔާވުމުގައި އިހުމާލު އެބައޮތް ކަމަށް މިނިސްޓަރ ނަސީމް ވަނީ އިއުތިރާފު ވެފައެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އިހުމާލުވި މިންވަރަކާއި އިހުމާލުވީ ކޮންބައެއްކަން އެނގޭނީ ރިޕޯޓް ނިމުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައްޑޫ މީހާ

    ކޮރަފާ ނަސީމް ހިނދުކޮޅުގަ ހުރެގެން ބުނިއެއްޗެއް އެސޮރަކަށް އަސްލު ތީގެ ވާއެއް ނުވާއެއް ނޭގޭނެ ހަމަ ބުއްދިފިލައިދާ އުމުރު ބޭފުޅަކު ރައްޔިތުންގެ އެންމެ މުހިންމު އެއް މުއައްސަސާގެ ވަޒީރު ކަމުގައި ބެހެއްޓި މީހާވެސް ހަމައިގައި ހުރިހެނެއް ހިޔެއްނުވޭ ހެލްތް މިނިސްޓަރުކަން ކުރުމަކީ އާދައިގެ ކަމެއް ނޫނޭ ދައުލަތުގެ ހުރިހާ މިނިސްޓަރުންނަށް ވުރެން އެކްޓިވް ވާންޖެހޭ މީހަކު އެތަނުގައި ހުންނަން ޖެހެނީ މިވެރިކަން ހިތި ގޮތަކަށް ނިމި ރައްޔިތުންނަށް މިނުން ފާގަތި ހިތް ހަމަޖެހޭ ދުވެހެއް ދައްކަވާނެ އިންޝަﷲ އާމީން

    30
  2. ޙުސްނުހީނާ

    ސުލޯ ރިޕޯޓް. ރިޕޯޓް ކޮން މެގޮތަކަސް،، މަ މިބަލަނީ، އެ މުޓޯ އިސްތިއުފާ ދެޭނެ އިރަކަށް. މީހަކު ކަ މަކަށް އިހު މާލު ވެގެން ދޭނެނަ މަ މމިފަހަރު ދިނީސް..

    23
  3. ހުސެންދީ

    މޯ ރީޒަން ޓް އިސްތިއުފާ... ދޮގުހަދާ ނަސީމް... ކައެއަށް ކިހިނެއް އިތުބާރު ކުރާނީ ދެން. ފައިބާ. އިނަފް އިޒް އިނަފް. އެއްވެސް ބޭފުޅެއް ނަސީމަށް އިތުބާރުކޮށް އެމްބިއުލޭންސް އަނަންދެން ގޭގައި ނުހުންނާތި. އިމަޖެންވެއްޖޭއްޔާ ޕޭޝެނަޓް ގޮވާގެން ދެވުނުގޮތަކަށް ހޮސްޕިޓަލަށް ދާންވީ...

    27
  4. ޙަފޯ

    ކެރަބޭ ޢިސްތިއުފާ ނުދޭން ދައްކާ ބަހަނާ. އެންމެފަހުން ތި ރިޕޯޓެއް ނެރޭއިރު ކުއްވެރިވާނީ އެންބިއުލާންސް ޑްރައިވަރު.

    16
    1
  5. ޝެލަރީ

    ކެރަފާ ނަސީމް އިސްތިއުފާ

    16
    1
  6. އިބްރެޒް

    ހަހަހަ. މި ކެރަފާ ދެން ކީކޭބާ ކިޔާނީ؟ އަދިވެސް ޒިންމާ ނުނެގެނީ ދަސުގައި ތިބި މުވައްޒަފުންދޯ؟

    15
    1
  7. Anonymous

    ހަދާންވަނީ އިބިލީހު ކާވެނި މަތިން.
    ކަދުރު ރުކަށް އެރި މީހާގެ ނަދުރު މަތިން.
    ބަހާއި ޢަމަލުވެސް ދިމާނުވޭ.
    އޭ އިސްތިއުފާދީ. ރައްޔިތުންނަށް ފުދިއްޖެ.
    އިތުރަށް ބޭނުމެއްނޫން. ޤާބިލުކަން ހުރި މީހުން ދިވެހި ޤައުމުގައި އެބަތިބި. އިބިރިހިމާ. މިކަލޭގެ ތަފާތުވެސް މިދައްކަނީ ހަމަ ވ. ތަފާތު ގޮތަކަށް ދޯ. ދެރައީ ރައްޔިތުންގެ ފުރާނައިގެ އެއްވެސް އަގެއް މިކަލޭގެމެން ކުރިމަތީ ނެތީމަ.

  8. އެދުރޭ

    ރިޕޯޓް ނިމެގެން ނެރޭއިރު މުޅި ރިޕޯޓްގައި އޮންނާނީ " ޤައުމީ ސަލާމަތަށްޓަކައި ސިއްރުކުރެވިފައި" މިހެން ލިޔެފައި.