ކޮވިޑް ޖެހިގެން ދ. ބަނޑިދޫން މީހަކު ނިޔާވެ، މި ބަލީގައި ދުނިޔެއާ ވަކިވި މީހުންގެ އަދަދު 176 އަށް އަރައިފިއެވެ.

ބަނޑިދޫ ކައުންސިލުން ވިދާޅުވީ ކޮވިޑް ޖެހިގެން އެ ރަށުން ނިޔާވީ 76 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ބަނޑިދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ އެމީހާ ނިޔާވީ ކޮވިޑް ޖެހުނުތާ މިއަދަށް 14 ދުވަސްވެފައި ވަނިކޮށް ކަމަށެވެ. އޭނާ ނިޔާވީ ނޭވާލަން ދަތިވެ ރޭ ހާލު ސީރިއަސްވެފައި ވަނިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އުމުރުން ދުވަސްވީ މީހާގެ ހާލު ސީރިއަސް ވާން ފެށުމުން އެމްއެންޑީއެފް އާއި ރޭ މެންދަމު ވާހަކަދައްކައިގެން މިއަދު މެންދުރު ފަހު 13:30 ގައި އޭނާ ލ.އަތޮޅު ގަމުގެ ކޮވިޑް ފެސިލިޓީއަށް ގެންދަން ހަމަޖެހުނު ކަމަށެވެ.

ނަމަވެސް އޭނާ ނިޔާވެފައި ވަނީ އެ ފެސިލިޓީ އަށް ގެންދިއުމުގެ ކުރިންނެވެ.

ނިޔާވި މީހާ ތަފާތު ބަލިތަކަށް ބޭސް ކުރަމުން އަންނަތާ 15 ވަރަކަށް އަހަރު ވެއްޖެއެވެ.

ހައިރިސްކް މީހަކު މިހާ ދުވަސްވީއިރު ވެސް ކޮވިޑް ފެސިލިޓީއަކަށް ނުގެންދިޔައީ ކީއްވެތޯ ސުވާލު ކުރުމުން ހެލްތު ސެންޓަރުގެ އޮފިޝަލް ވިދާޅުވީ ފެސިލިޓީއަށް ގެންދަން މަސައްކަތް ކުރި ކަމަށެވެ. ފެސިލިޓީއަށް ބަލި މީހާ ނުގެންދެވުނީ އާއިލާ އިން އެކަމަށް ދެކޮޅު ހެދުމުން ކަމަށާއި ފެސިލިޓީއަށް ގެންދަން އާއިލާ އިން އެއްބަސްވީ ރޭގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާއިލާ އިން އެދުނީ ބަލި މީހާގެ ހާލު ވަރަށް ގޯސްވެފައި ވާތީ އާއިލާގެ މީހަކު ވެސް ބަލި މީހާއާއެކު ދާށެވެ. ނަމަވެސް އެހީތެރިއަކު ދިއުމުގެ ފުރުސަތު ނުލިބުމުން އާއިލާ އިން ވަނީ ބަލި މީހާ އެކަނި ފެސިލިޓީއަށް ގެންދަން ދެކޮޅު ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކަލޯބެއްޔާ

    ވެންޓިލޭޓަރ އުދުހެނީ .އަބަދުވެސް އަންނަނީ. . އަތޮޅު ތެރެއަށް އަޅާނުލެވި ވާނެ އެއްޗެއްވާން ދޫކޮށްފަ. ލަދު ނުގަނޭތަ، 3 ލައްކަ މީހުން އޮތް ބޮޑް އާބާދީ މާ ލެ އޭރިއާގައި 5 އެމްބިއު ލާންސް. . ރައްޔިތުން އަދިވެސް ހެވިފަ ތިބެންވީތަ . ބޮޑް ބޭބެ އިންޑިއާ އަތަކު ވިކްސިނެއްވެސް ފައިސާއެއްވެސް ނެތް.

    8
    1
  2. Anonymous

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި, ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمین ياربّ العالمين 🤲

    13
  3. ސަހަރޯބެ

    ރެއިން ފެށިގެން އޭނާގެ ހާލު ސީރިއަސްކަމަށް އެމްއެންޑީއެފް އާއި ވާހަކަ ދައްކައިގެން މިއަދު މެންދުރު ފަހު ގެންދާނެކަމަށް މީ ދެން ބޮޑުވަރު އެކަމު ހެލްތް އޯކޭ ސަރުކާރު އޯކޭ މިދެން ރައްޔިތުންނަށް ޖެހިފައި އޮތް މުސީބާތެއް ކަހަލަ ސަރުކާރެއް ސަރުކާރުގެ މަޖުނޫނުން ފުށްޖަހާފަ ކޮވިޑަށް ތައްޔާރޭ ކީއިރު މީހުން މަރުވަމުން މިދަނީ މިބައިމީހުންގެ ނުކުޅެދުންތެރިކަމުންކަން ނޭގޭބާ ރައީސްއަކަށް ހުރި މީހާއެކޭ ކުރިވެއްޓިފައި ހުރި ރުކެކޭ އެެއްވަރު އެވެސް މީހަކު ކަޑަންދެން ނުވަތަ ފީވެގެން ވެއްޓެންދެން ކޮޅަށް ހުންނާނެ މިއޮތީ ވާ މުސީބަތެއް ދިވެހިންނަށް ޖެހިފައި އޮތް މިކަމުން ސަލާމަތްވުމަށް އެންމެން އެބަޖެހޭ

    8
    2
  4. މަމެން

    ޢާއިލާއިން ދެކޮޅު ހަދާނެތާ! ކޮވިޑް ފެސިލިޓީތަކުގެ ހާލަތު އެންމެނަށްވެސް އެނގޭވިއްޔާ! ފަރުވާއެއް ނުލިބި ގޭގައި އޮވެ މަރުވުންވެސް މާ ހިތަށް ފަސޭހަ!

    6
    3
  5. ނަޒީފް

    ބަލަހައްޓާނެ މީހުން ނެތީމަ އާއިލާއިން ދާން އެދެނީ. އެދުނީމަ ހުއްދައެއް ނުދޭ. މާލޭގެވެސ ގިނަ މީހުން ހާލުބޮޑުވެގެން މިދަނީ އެތަނަށް ހެންދިޔާމަ ހިތްދަތިވެގެން

    11
    1
  6. ފާތުމަ އެޅި ވަގު މިސްކިތް ހުޅުމާލެ

    ޢިސްތިއުފާ

    7
    2
    • ޒުވައިލް

      އާމީން

  7. Aminath

    Hama eiee sarikaaruge ihimaal 😠😠

  8. Aminath

    Hama sarikaaruge humaal 😠😠 isthi ufaa

  9. ޒުވައިލް

    އާވީން

  10. ޒުވައިލް

    އާމީން