ކ. ގުޅީފަޅުގައި ޕޯޓެއް ހެދުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.

ޝުޖާއު އެގޮތަށް ވިދާޅުވެފައި ވަނީ ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފައި ވަނިކޮށެވެ. އެ މަޝްރޫއު ފެށުމަށްޓަކައި އެމްޓީސީސީން ވަނީ ޕްރޮޖެކްޓް ސައިޓް ބުދަ ދުވަހު މޮބަލައިޒްކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމާފައި އޮތީ، ގުޅީފަޅު ހިއްކުމަށް ފަހު އެ ތަނުގައި ވިޔަފާރި ބަނދަރެއް ހެދުމަށެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެކެވެ.

އެކަމަށް އިޝާރާތް ކުރައްވައި ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި މަންޒިލެއް ކަމަށެވެ.

ކުރީގެ ސަރުކާރުން އެ މަޝްރޫއަށް ކިއާފައި ވަނީ "ވިލިމާލެ 2" މިގޮތަށެވެ. ވިލިމާލެ 2 ތަރައްގީކުރަން ނިންމާފައި ވަނީ، 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެންނެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން ކުރީ ސަރުކާރުން ނިންމާފައި ވަނީ ގުޅީފަޅާއި ފުށިދިއްގަރު ފަޅުން 1،000 ހެކްޓަރު ބިން ހިއްކައި، މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އާއި ގުޅީފަޅުގެ އިތުރުން ތިލަފުށި ބްރިޖުތަކުން ގުޅުވާލައިގެންނެވެ.

އެ މަޝްރޫއުގެ ދަށުން އޭރުގައި 300،000 މީހުންގެ އާބާދީ އަށް އަމާޒުކޮށް، ޖުމްލަ 80،000، ފްލެޓާއި ބިން ދޫކުރަން ހަމަޖެހިފައި އޮތެވެ.

ޝުޖާއު ވިދާޅުވީ ސަރުކާރުން އެއްވެސް ވަރަކަށް ނުވިސްނައި ރައްޔިތުންގެ ހިޔާލު ނުހޯއްދަވާ މިތަނުގައި ޕޯޓް ހެދުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާ އެއް ކަމަށެވެ.

މި ސަރުކާރުން ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވި އިރު އެ މަޝްރޫއަކީ ޖުމްލަ 8.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީ އިން ބުނީ އެ މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ 55 ދުވަހުގެ ތެރޭގައި ކަމަށެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދާދި ފަހުން ވަނީ މާލޭ ރައްޔިތުންނަށް އެތަނުން 1200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސުންކޫ

    މިކަން ހައްލު ކުރުމަށް މާލޭގެ ރައްޔިތުން މަސައްކަތް ކުރަންޖެހޭ، ސަރުކާރަށް އިލްތިމާސް ކުރަންޖެހެވެ. ރައްޔިތުން ނަށް ގެއްލުން ވާގޮތަށް ފަރަންޖީންނަށް މަންފާ ވާގޮތަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށް އިލްތިމާސް ކުރަންޖެހެވެ. މާލެ ސަރަހައްދުގައި ގައި ހިއްކާނެ މާގިނަ ފަޅުތަކެއް ނެތް ހިނދު މިކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ.

    18
    1
    • ޢަހޫ

      މާލޭ ކީއްކުރަން ރާއްޖޭ ގެ ހުރިހާއެއްމެން ފުރަތަމަ ކުރަންވިކަމަކީ ޔާމީނު އެކައުންޓް ގަ ހުރި 100 މިލިއަން ރުފިޔާއަކީ ވަގަށްނަގާފައިވާ ފައިސާތޯ ބަލަން ޥިޔާފާރި ނުކުރާމިހެއްކަމަށް ބުނެފައިވާއިރު މިކަންޖެހޭ ރަ ގަޅަށް ބަލަން. ޢަދި ދަރިފުޅު އެޕާރޓްމާންޓްގެ ކުލިދަޢްކާނެ ފައިސާވެސް ނެތްކަމަށްބުނިއިރު މީއީ ގޭފުރާޅަށްވެހުނު ފައިސާތޯވެސް ބަލަން.

  2. ދިރާސާމަގެ

    މާލެއާއި ދުރުގައި ވިޔަފާރި ޕޯރޓް ހަދައި ގުދަން މުދާ ގުދަން ކުރުމަ ކީ މުހިއްމު ކަމެ ކެވެ. ވިޔަފާރިވެރިންގެ ވިންނުމުން ވިސްނަންޏާ އަނިޔާއަ ކަށް ވެދާނެ. މާލޭގެ ދުއްވާ އުޅަނދުތަ ކުގެ ބޮޑު
    ޕި ކަޕު މަގުމަތީ އޮޕަރޭޝަން މަދުވެގެންދާނެ... ރަގަޅު ނިންމުމެއް..

    10
    2
  3. Anonymous

    ގުޅިީ ފަޅުންރައްޔަތުންނައް ގެދޮރުދިނުން އެގޮތައްތަންފިީޒު ކުރައްވަާ އިބުރަހިީމު ބޯހަރުކަން ނުދައްކަާ ތިމަާގެ ތަންދޮރު ނުދަންނަކަން ގަބޮޮލު ކުރައްވަާ

    15
    6
  4. ެިސި އްޕޭ

    އެމްއެމްޕީއާރުސީ ގެ ލާރި ގަނޑު ދަވާލި އިރު އަނިޔާ އެއްވި ތަ؟

    12
    23
  5. ޔޯގާ ތެރި ރައީސު

    އަނިޔާވެރި ވެރި ކަން ނިމިއްޖެ@ ރ ޔާމިނު ވެސް އެހުންނަވަނީ ގެ ކޮޅުގައި@ މީ ރައްުޔިތުންނަށް އެންމެ އޯގާތެރި ވެރި ކަން

    9
    24
  6. ގުރޭޓާ

    މާލޭ ސަރަހައްދު ނޫން އެހެން ސަރަހައްދެއް ނެތީތަ
    ހުރިޙާ ކަމެއް މާލެ ސަރަހައްދުގަ

    3
    4
  7. ރާގޮޑިރާޖަ

    ބާރަށު ސުޖާއު ރައްޔިތުންނޭ ކިޔާފަ އަނ ގަ ހުޅުވަން ލަދުނު ގަނޭތޯ.