ހިޔާ ފްލެޓުގެ ތެރެއިން ފުލުހުންނަށް ކަނޑައެޅި 300 ފްލެޓު ލިބުނު މީހުންގެ ތަފްސީލްތައް ހާމަކުރަން އާންމުންގެ ޖަމިއްޔާ އިން ގޮވާލައިފިއެވެ.

ފްލެޓުތައް ގުރުލުމާ ހަމަޔަށް ދިޔައިރުވެސް ފުލުހުންގެ ތެރެއިން ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު އިއުލާން ނުކުރާތީ އާންމުންގެ ޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ލިސްޓުތައް އާންމުންނަށް ފެންނަހެން ހާމަ ކުރުމަށް ޖަމްއިއްޔާއިން ވަނީ ދެ ފަހަރު ގޮވާލައިފައެވެ.

އާންމުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ގުރުއަތުލާން ފެށިއިރުވެސް ފުލުހުންނަށްވެސް ފައިނަލް ލިސްޓު ނުދައްކައި އޮވެފައި މިހާރު އެ ލިސްޓު ފުލުހުންނާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ސޮއިކޮށް އިއްޔެ ނެރުނު މި ލިސްޓަކީ ފުލުހުންގެ ތެރޭގައި ފުލުހުންނާއި އެކަނި ހިއްސާ ކުރެވުނު ލިސްޓެއް ކަމަށާއި އެ ލިސްޓު އަދިވެސް އާންމު ނުކުރާ ކަމަށް ބަޔާނުގައިވެއެވެ.

"މި ލިސްޓުން ފެންނަނީ ލިބިފައިވާ ޖުމްލަ ޕޮއިންޓު އެކަނިކަން ފާހަގަ ކުރެވެއެެވެ. މި ލިސްޓަށް އެކަނި ބަލައިގެން ޕޮއިންޓު ދީފައިވަނީ ކިހިނެއްކަން އާންމު މީހަކަށް ނޭނގޭނެއެވެ. ނަން، އައިޑީ ކާޑު ނަމްބަރު، ރޭންކު އަދި ޖުމްލަ ޕޮއިންޓު އެނގޭނެހެން ފުލުހުންގެ ތެރެއިން ކުރިމަތިލި 1434 ފަރާތާއި ސިވިލް މުވައްޒަފުންގެ ބައިން ކުރިމަތިލި 28 ފަރާތުގެ މައުލޫމާތު ލިސްޓުގައިވެއެވެ. ފުލުހުންނަށް ހާއްސަ ކުރެވުނު 300 ފްލެޓުގެ ތެރެއިން ސިވިލް މުވައްޒަފުންނަށް ކަޑައެޅުނީ ފަސް ފްލެޓެވެ،" އާންމުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައިވެއެވެ.

އާންމުންގެ ޖަމިއްޔާ އިން ބުނި ގޮތުގައި އެ ޖަމިއްޔާ އިން ކުރިން ގޮވާލާފައިވާާ ގޮތަށް މިހުރިހާ ލިސްޓުތައް މިއީ އާންމުންނަށް ފެންނަހެން އާންމު ކުރަން ޖެހޭ ލިސްޓުތަކެކެވެ. ލިސްޓުތައް އާންމު ނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

"މިހާރު ނެރުނު ލިސްޓުން ފެންނަނީ ޖުމްލަ ޕޮއިންޓު އެކަންޏެވެ. އެހެން ހުރިހާ ބައެކޭ އެއްފަދައިން ޕޮއިންޓުދިން އުސޫލާއި އޭގެ ތަފްސީލަކީވެސް އާންމުންނަށް އެނގެން ޖެހޭ އެއްޗެކެވެ." ބަޔާނުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސސ

    ބަލަ ފުލުހުންގެ ވަކިން ހާމަ ކުރަންޖެހޭ ސަބަބަކީ ކޮބައިތޯ، އެއީ ވަކި މުހިންމު ކަމެއްތޯ ؟

  2. ޕޮލިސް

    ބަލަ އާންމު ކުރަން ޖެހޭތަ؟

  3. އަނދުން ހުސައިން

    ޕޮއިންޓް ދިނުމުގައި އެންމެ ރަނގަޅު އުސޫލުތަކެއް ކަނޑައެޅިގެން ތިކަން ކޮށްފަ އޮތީ ފުލުހުންގެ ތެރެއިން. ސިފައިންގެ ގޮތެއް ނޭނގޭ. ތިޔަލިސްޓް ޢާންމުކުރުުުމުން ފައިދާއެއް ވާނަމަމަ ރަނގަޅު ޢާންމުކޮށްލަން. ޢެކަމް ފުލުހުންގެ ހުރިހާ އައިޑެންޓިޓީއާއި އެކު ޢާންމުކުރުން ރަނގަޅެއް ނޫން. ޢާންމުން ކުރިގޮތަށް ކުރަންވީ.

  4. ޝަކުވާ

    ފުލެޓްތަކަށްކުރިމަތިލާ މީހުންގެ ތެރެއިން ދަރިން ލިބުމުން މަހުރޫމްވެފައި ތިބި މީހުންނަށް އޮތް ފުރުސަތަކީކޮބާ؟މާރަގަޅުދޯ ކައިވެނީގެ މުއްދަތު ބެލިއްޔާ!