ސިފައިންގެ ތެރޭގައި ތިބި ވަކި ވަކި މޮޅު ސިފައިންނަށް ބަސް ނުބުނެވޭ ގޮތަށް ހަމައެކަނި އިސް ބޭފުޅުންގެ ބަސް ރައްޔިތުންގެ މަޖިލީހަށް ޚިއްސާ ކުރެވޭ ގޮތަށް އޮތުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ސެކުއިރިޓީ ބަލިކަށިވި ގޮތުގެ މައްޗަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އިންކުއައިރީގެ ބޭނުމަށް ވަކިވަކި ސިފައިން ނުފޮނުވޭނެ ކަން އެމްއެންޑީއެފުން އަންގާފައިވަނިކޮށެވެ.

އެމްއެންޑީއެފްގެ އެ ނިންމުން ބަޔާން ކޮށްފައިވާ ނޫސް ބަޔާން ޓްވިޓާގައި ޚިއްސާ ކުރައްވަމުން ނަޝީދު ވިދާޅުވީ، އާންމު ސިފައިން ކަންކުރި ފުރިހަމަ ގޮތް ގެއްލުވައިލުމަށް "ޓޮޕް ބްރާސް" ނުވަތަ އިސް ބޭފުޅުންގެ އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު މަރާލުމަށް ބޮން ގޮއްވާލި ވަގުތު ކައިރީގައި ތިބި މޮޅު ކުދިންގެ ބަސް ނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް،" މެއި މަހުގެ ހަވަނަ ދުވަހު އެމަނިކުފާނަށް ދިން ހަމަލާއަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ސެކުއިރިޓީ ބަލިކަށިވި ގޮތުގެ މައްޗަށް 241 ކޮމިޓީން ހިންގާ އިންކުއައިރީއަށް ވަކިވަކި ސިފައިން ހާޒިރުކޮށްދޭން އެދުމުން އެމްއެންޑީއެފުން އެ ގޮތަށް އަމަލު ނުކުރަން ނިންމުމާ ގުޅިގެން އެމްޑީޕީގެ ބައެއް އެހެން މެންބަރުން ވެސް ވަނީ މިކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު މި ވަގުތު ހުންނެވީ ޖަރުމަނުގައެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ހަފުތާއެއްހާ ދުވަހު އަދި ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ވެސް ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދަވަން ޖެހުނެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ފުލުހުންގެ އިންޓެލިޖެންސާއި އެމްއެންޑީއެފްގެ ސެކިއުރިޓީއާ ގުޅޭ އެސަސްމަންޓްއެއް ހަދަން ދިފާއީ ބާރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ އަންގަވައިފައެވެ.

ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ވެސް ދެއްވިއެވެ. އެހެންވެ މި ކަމުގައި މާރިޔާގެ އިހުމާލު އޮތް ކަމަށް ބުނެ އެކަމަނާގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ފައިސަލް

  ކިތަންމެކުޑަކަމެއްދިމާވިޔަސް އަދި ބޮޑުކަމެއްދިމާވިޔަސް އެމްއެންޑީއެފްއިން އިންޓާނަލްތަހުގީގެއްހިންގާނެ އެހެންބަޔަކައްމައުލޫމާތުދޭނަމަ ދޭނީ އެރިޕޯޓުގެމައްޗައް ބިނާކޮކޮއް އަދި އެމައުލޫމަތު އެކިފަރާތްތަކާ ހިއްސާކުރާނީ މިނިސްޓަރ ނުވަތަ މިނިސްޓަރ ކަންޑައަޅާ ބޭފުޅެއް ނުވަތަ ކޮމިޓީއަކުން .

  41
  • އިބިޅިސް

   ބޮޑު އިބިލީސް ނުބެހޭ ކަމެއްވެސް ނޯވެ ބޯނުޅާ ދިމާލެއް ނެތީތަ.. ސިފައިންނާ ކުޅެން ނޫޅޭތި ހޭބަލި އަރައިން

 2. .....

  ދިފާއީ ބާރުގެ ނިންމުންތަކަށް ގޮތް ފާޑު ކިޔުމުގެ ހައްގެއް ނަޝީދަކަށް ނޯންނާނެ...ނަޝީދު ބުނޭ ރައީސް ކައިރި... ރައީސް ބުނޭ ސިފައިން ކައިރި....ޖަންޕް ނުޖަހާ

  64
  3
 3. އިސްމައިލް މުހައްމަދު

  އިސްލާމްދީނާ ހިލާފް ބިލުގެ ބަހުސް ރައްޔިތުންގެ އަޑު ގަދަވާން ފެށި މިދަނޑިވަޅުގައި ބޮޑު އިބިލީސް އަނެއްކާވެސް ފޯކަސް ބަދަލުކޮށްލާނަމޭ ހިތާ އެހެން ވާހަކައެއް ދައްކަން މިފެށީ ، ރައްޔިތުން ހޭއަރާތިބޭތި މީނަ ކޮންމެ ވާހަކައެއްވެސް މިދަނޑިވަޅުގައި ދައްކަފާނެ. މިގައުމުގައި އަލަށްތަ މީހަކަށް ހަމަލާއެއްދީގެން މިއުޅެނީ. މަޖިލީހަކީ ތަހުގީގު އިދާރާއެއްނޫން ވަކި ވަކި އޮފިސަރުން ހާޒިރެއް ނުކުރެވޭނެ .#މަޖިލިސް އުވާލާ

  62
 4. ސަކޫން

  ގާނޫނާ ގަވައިދާ ޚިލާފުވިޔަސް ވަރިހަމަ ދޮއްތަ ރޫޙާނީ ލީޑަރ ބުނާގޮތް ހަދަން ވާނީ . މަޖްލިސްގެ ރައީސްމީހާ ގާނޫނާ ގަވައިދާ ޚިލާފުވާން ތިޔަބުނަނީ . ހަމަ އެ ކަނި ލާދީނީ އެއްނޫން ކިޔަން ވީ ކީ ލާގާނޫނީ ވެސް ކިޔަންވެފަ ތިޔަ އޮތީ

  45
 5. ރަނާ

  ކޮޔާ މަތިންނެއް ނޫނޭ ނިންމަނީ. ތިރިން ގާނޫނުން ނިންމާފަ އޮތީ . ޖަވާބު ދާރީ ވާނެ ގޮތް. މާލެ އައިސް ފުރަތަމަ ގާނޫނު ތައް ދަސް ކުރުން ރަގަޅުވާނެ . ނޫނީ މާލެ އައިސް ބޭނުންވާ ގޮތަށް އަވަހަށް ގާނޫނު ބަދަލު ކުރޭ .

  42
 6. ބޮލުރޮދި

  ކޮންމެމީހަކުވެސް އެމީހެއްގެ ސައިޒްގަ ހުންނަން ދަސްކުރަންޖެހޭ......މިތާނގަ މިހިނގަނީ ވިރާސީ ރަސްކަމެއްނޫން.

  46
 7. ސަމަރު

  ސިފައިންނަކީ، ޗެއިން އޮފް ކޮމާންޑުގެ ތެރެއިން މަސައްކަތްކުރާ ބައެއް! އެހެންވީމާ ކޮމާންޑް ރެސްޕޮންސިބިލިޓީ ނަގަން ތިބޭނެ އެކި ލެވެލްގެ ކޮމާންޑަރުން! ހިތަށްއެރި ކޮންމެ ވަގުތެއްގައި އެންމެ އާދައިގެ ސިފައިންގެ ކުއްޖާ ތިޔަ މަޖިލީހަށް ހާޒިރު ކުރެވިގެން ނުވާނެ!

  61
  2
 8. ސސ

  ނަޝީދު އުޅުއްވަނީ އިސްލާމް ފޯބިޔާ ހަރަ ކާތް ހިންގައިގެން ދިވެހިން ބައިބައިކުރަން !

  37
  1
 9. Anonymous

  ވަރުގަދަ ބޮމެއްދޯ މިއޮތީ ގޮވާފަ

  33
  1
 10. ސޮލާ

  މަޖްލީހުގައި ނޫނަސް ސިފައިންނަށް އެމީހުން އެވަގުތު ލިބިފައިހުރި ގާބިލްކަން ބޭނުންކުރި ފުރިހަމަކަން ކިޔާދެވޭނެ..ޓީވީގައި ވެސް ނޫހުގައި ވެސް ކިޔާދެވޭނެ. ޓިކްޓޮކްގައި ވެސް ކިޔޭނެ. ކޮންމެހެން މަޖްލީހުގައި ހަދާފައިވާ އިންކުއެރީއަކަށް ކިޔާދޭންޖެހޭ ވަރުގެ ވާހަކައެއް ނޫންކަންނޭގެ. މަޖްލީހަށް ވާހަކަ ކިޔާދޭން ގެންދަންވީ މަޖިލިސްގެ ނައިބް އީވާގެ މަންމަ. ކުޑަކުދިންނަށް ވެސް އީސާގެފާނު ވާހަކަ ވަރަށް މޮޅަށް ކިޔާދޭ. ނަޝީދަށް ވީގޮތެއް ވެގެންވެސް ޓްވިޓަރުގައި ޒުހޭރާ އެދަނީ ޕޯސްޓަކަށް ފަހު ޕޯސްޓެއް ކުރަމުން. ބައެއް ފަހަރު ހިތަށް އަރާ މަޖްލިސްގެ ރައީސްކަމާއި އެމްޑީޕީގެ ރައީސްކަން އީވާއަށް ހޯދައިދޭން އާއިލާތެރެއިން ވެސް ބަޣާވާތް ހިންގީބާއޭ. ސާބެ އުޅޭގޮތުން ވެސް އެހީ އިތުރުވޭ. މިވާހަކަތައް މަޖްލީހުގައިި ވެސް ކިޔާދީބަލައަޅެ ހިތްވަރެއް ހުރިއްޔާ

  26
 11. ާއަބޫ

  ތިކަން ތިހެން ކޮށްފިނަމަ ދިވެހި އަޝްކަރިއްޔާ އެކޭ ތިމަޖިލީހެކޭ، ސިވިލް ސާވިސް ކޮމިޝަނެކޭ، ޖޭ.އެސް.ސީ އެކޭ އަދި ކޮބާ މަދަނީ ޖަމްއިއްޔާ ތަކެކޭ ތަފާތެއް ނުހުންނާނެ. ސިފައިންގެ ވަކިވަކި މީހުން އެމީހުންގެ މަސްއޫލިއްޔަތު ތައް އުފުލާނީ ހަމައެކަނި އަމުރު ތަންފީޒު ކުރުމުގެ ގޮތުން. ޟުއައްސަސާގެ ތެރޭގައި ހައިޖާނު އުފައްދަން ނޫޅޭ.

  30
 12. ސސ

  ކޮންމެ 40 އަހަރަކުން އިސްތޢުމާރީ އެޖެންޓުން ދުނިޔޭގެ ކަންކޮޅުތަކުގައި ފާޅުވާނެ، ބޮޑުތަކުރު ފާނުގެ ލަޝްކަރާއި ކުޅެންވެސް އުޅޭނެ ދިމާވެސް ކުރާނެ ! ލަޝްކަރު ހޭލާ ތިބެން ވާނެ !

  31
 13. ޙހހހ

  ދެން މިމީހާ ބުނީމަ މިކަންވެސް އޯކޭވާނެ ބަޔަކު ތިބޭނެ

  20
 14. ޙަސަނުބެ

  މިހިރަ ބުރާންޗާ ސިފައިންގެ އެންމެ އަދައިގެ މީހާ ކޮއްމެ ތާކު ބަސްބުނަންވެއްޖެ ނަމަ 7 ފެބްރުއަރީ ކަލޯ ސިފައިންގެ ތެރޭ ސިފައިންނައް އަނބުރުކޮށްފާ އުޅުނު ގޮތް ރައްޔިތުންނައް އޮންނާނީ ހާމަވެ ސޯޓްބޭލި ބޮކްސަރވެސް ބޭލިފާ ޝުކުުރުކޮށްބަލަ އެކަން އެގޮތަށް ނޯންނަ ކަމާމެދު މިހާރު ޤައުމެ ވެރިއަކީ ކޮންބޭކަލެއް ކަމެއް މިހާރު އޮޅިފުޅު ވެއްޖެ

  23
 15. ނާދިރާ

  ލައްކަ އަނގަ ގަދަވެއްޖެ. މިވީ ކިނެއްބާ

  19
 16. ޖުއްޅޭއި

  ގޮޅާފޯސް ތިޔަތިބީ ބޮޑި ބޮވިފައި ފިދަނަ ފޯހަކައް ހަދާފައި ފިދަނަ ފޯސް ފިދަނަފޯސް މިވެރިންނަށް ބޭނުން ގޮތެއް ހަދާ ފިދަނަ ފޯސް އެތިބީ ހުއްޓިފައި އަންނި ސާބަސް ތިޔައީ ކެރޭ މީހުން ބަސް ބުނެވެން ވާނެ

  8
  12
 17. ކޮރަލް

  މަޖްލީހަކީ ތަހުގީގު ކުރަން ހަދާފަ ހުރި ތަނެއް ނޫނެވެ. ވަކިވަކި ސިފައިން ގެންގޮސް ނުފޫޒު ފޯރުވަން ފުރުސަތު ދީގެން ނުވާނެ އެވެ.

  22
 18. ގައުމީ ލޯބި

  މީނަޔާއި މީނަގެ އައުވާނުންގެ ބަލާވެރިކަމުން ގައުމު ސަލާމަތް ކުރައްވާށި އާމީން

  މިފަދަ ނުރައްކާތެރި ހީލަތްތެރި ރޭވުންތަކުން އަޅަމެން މިންޖު ކުރައްވާނދޭވެ..އާމީން

  25
 19. އައްޑޫ މީހާ

  އަވަހަށް ގާނޫނު ބަދަލުކޮށްލާ އަދި މާއްދާއެއް އިތުރު ކޮށްލަން ވާނެ އޑޕގެ ވެރިކަން ނިމުނީމަ ސިފައިންނަކީ ފިނދަނަ ތަކަކަށް ބަދަލުވާނެ ކަމަށް

 20. ގލ

  މަޖިލީހުގައި ތިބި ކުލީ އެ ްކޓިވިސްޓުން ބޭރުނު ކޮށް
  މަޖިލިސް މިނިވަން ނުވާނެއެވެ މިނިވަން މަސައް ކަތް
  ކުރެވޭނީ މިނިވަން ކަމާއި އެ ކު ހަރަ ކާތްތެތި ވެވި ޚިޔާލާއި
  ވިސްނުން މިނިވަން ވެގެންނެވެ ވަ ކި މީހެއްގެ ތައްޕާހުން
  މަޖިލީހަށް ވަދެ ތިބުމަކ ކީ ދައުލަތަށް ލިބޭ ބޮޑު ގެެއްލުމު ކެވެ.

 21. ޑަރޯގާ

  އަވަހަށް ސިފައިންގެ ގާނޫނު އިސްލާހުކުރަން ހުށަހަޅާ. ފިނދަނަ ފޯސް ތިމާގެ ބާރުގެ ދަށަށް ގެނޭ. މީ މީނާ އެބުނާ ދިވެހިންނަށް ޙައްގު މިންވަރު. ޔާﷲ މިމުނާފިގު ކަލޭގެ ކިބައިން ދިވެހިރާއްޖެ ސަލާމަތް ކުރައްވާނދޭވެ. އާމިން.

 22. ފަރުކާދު

  ބަލަ ވަކި ވަކި ރައްޔިތުންނަށް އެމީހުން ބޭނުންވާ ބަހެއް ތިޔަ މަޖިލީހަކުވެސް ނީންވޭ ނޫންތޯ. ފާޑެއްގެ 19 އެއްގެ ދަށުން ހޮވާފައި ހުންނަ މެންބަރަކު ބޭނުން އެއްޗެއް ކިޔާ ނަގާއިރު ރައީތުމީހާގެ ބަހަކީ ކޮބައިތޯ ބަލަންތޯ. އެމެންބަރަކު ދާއިރާގެ މީހުންގެ ނުރުހުމުގައި ކަންކަން ނިންމާއިރު ކުރެވޭނެ ކަމެއް އެބަ އޮތްތޯ. އެންމެކުޑަމިނުން ހޮވި ބަޔަކަށް ބޭރުކުރެވޭނެ ގޮތެއް ހަދާދޭނަމޭ ކިޔާފަ އެކަން ކުރަން މަސައްކަތް ކުރާތަނެއްވެސް ނުފެނޭނޫންތޯ؟

 23. ސާންބި

  ތިއައީ ވަރައްބޮޑު ތެދުފުޅެއް ނޫނީ ކިހިނެއް ތިޔަކަން ތަހުގީގުކުރާނީ...ބޮންގޮއްވިމީހުންވެސް ގެންދާނެކަމެއްނެއް އެމީހުންގެފަރާތުން އެވެރިންގެ މައިންބަފައިން ގެންދަންވީ، މީކިހާ ތާކުންތާކު
  ނުޖެހޭ ކަމެއް..ބަލަގަ މީ 50 ގަރުނު ކުރިއެއް ނޫނޭ....

 24. ލޮނުމިރުސް

  ކަލޭ ބޭނުންވާ ގޮތަށް ، ބޭނުންވާ އިރަކު ޖަވާބު ދާރީ ވާން މުއައްސަސާތަކުގެ ކުދިބޮޑު އެންމެން ޖެހޭތަ؟ ކިހާ ބޮޑު މުސީބާތެއް ދެން މީ ..

 25. ޝަރީފާ

  މިސޮރުގެ ސެކިޔުރިޓީ ވަރުގަދަ ކުރަން އުޅޭއިރު ކޮބާތޯ މިޝްކާ އަށް ލިބެންވީ ދިރިހުރުމުގެ ހައްޤު؟

 26. ޔަހުޔާ

  ހާދަ ވަރަކަށޭ މިސޮރު ފުއްޕަނީ!

 27. ކޮއްޔާބެ

  ބޮޑު ސަކަރާތް ގުޅި!

 28. ސަންފަ

  ލަދު ހަޔާތެއް ނެތް!