އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ އިއްތިހާދުން ދެކޮޅު ހަދައިފިއެވެ.

ރައްޔިތުންގެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ އެޓާނީ ޖެނެރަލްގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ބިލަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްދަކޮށް އެފަދަ އަމަލުތައް ކުރާ މީހުން ގާނޫނީ ގޮތުން ހިމާޔަތް ކުރެވި ބާރުވެރި ކުރެވި، އެމްޑީއެން އިން ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި އުތެމެ ޖަމާއަތުން ނެރުނު ޝިރުކު ކުރުމާއި ކުފުރުވުމާއި ޒިނޭ ކުރުން ހުއްދަ ކުރަން ހުއްދަ ކުރަން ލިޔެފައިވާ ރިޕޯޓްތައް ދިފާއުކޮށް ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ސީދާ ހަމަލާ ދިނުމުގެ ގޮތުން ކުރަން އުޅޭ ކަމެއް ކަމަށެވެ.

މިއީ ވަކި ބަޔަކު އަޑީގައި ތިބެގެން ލާދީނީ އަދި ޣައިރު ގާނޫނީ އަމަލެއް ކަމުގައި ރައްޔިތުންގެ އިއްތިހާދުން ދެކެއެވެ. ރައްޔިތުންގެ އިއްތިހާދުން ވަނީ މި އަޑި ނުބައިވެގެންވާ އަމަލު ކުށްވެރިކޮށް މިހާރުން މިހާރަށް ފަސާދަ ހުއްޓާލުމަށް ވެސް ގޮވާލައިފައެވެ.

މަދު ބަޔަކު އިގްތިސާދުގެ ނަމުގައި ފަސާދަ ވިއްކައިގެން މަންފާ ނަގަމުން އަންނަ ކަން ފާހަގަކޮށް ރައްޔިތުންގެ އިއްތިހާދުގެ ބަޔާނުގައި ވަނީ ރާއްޖެ ފަދަ ސައްތަ އިން ސައްތަ އިސްލާމީ ގައުމެއްގައި ބަނގުރާ އާއްމު ކުރުން ކުރީގެ ސަރުކާރެއްގެ ފަރާތުން ހުށަހެޅި މެމްބަރުންނާއި އެކަމަށް އަތް ނަގައި ވޯޓު ދިން މެމްބަރުންނަކީ މި ބޮޑުވެގެންވާ ފާފަ ދިރުވައި އާލާކުރުމުގެ ފަސާދަ އާއި ނުބައިކަން ރާއްޖޭގައި އޮތްހާ ދުވަހަކު އެ މެމްބަރުންގެ ފާފައިގެ ފަތަށް މިހާރު ވެސް އިތުރުވަމުންދާނެ ބައެއް ކަން މުސްލިމުން ހަނދުމަ ކުރަން ޖެހޭނެ ކަމަށް ބަޔާނުގައިވެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ ލާދީނިއްޔަތު ފަތުރަން ޖާގަ ލިބޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ކޯލިޝަން ސަރުކާރުގެ ތެރޭގައި ހިމެނޭ ދެ ޕާޓީއެއް މިވަނީ މި ބިލާއި ދެކޮޅުކަން ހާމަކުރައްވާފައެވެ. އެއީ ޖޭޕީއިންނާއި އަދާލުޕާޓީ އިންނެވެ. އެމްއާރުއެމްގެ ސްޓޭންޑްއެއް އަދި ހާމައެއް ނުކުރެއެވެ.

އޭގައިވާ ގޮތުން ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާ އަށް ކަންތައްތަކެއް އިތުރު ކުރަން ހިސާން ހުށަހަޅުއްވާފައިވެއެވެ. އެގޮތުން އިސްލާހުގައި ފުރަތަމަ ކަމެއްގެ ގޮތުގައި އޮތީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާއި ހިލާފަށް ނުވަތަ އިސްލާމް ދީނާއި ހިލާފު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އޭގެ ފަހުން އަންނަނީ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި ވަކި މީހަކާއި މެދު ނަފްރަތު އުފެއްދުމާއި، އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަ ކުރުމުގެ ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކީ ކާފަރެއްގެ ގޮތުގައި ސިފަ ކުރުމަކީ ވެސް ކުށެއް ގޮތުގައި ކަނޑައަޅައި އިސްލާހުގައި ބުނެފައިވެއެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަތަނީ

    ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގާނޫންތަ ކަށް ބަދަލު
    ގެންނަންޖެހޭނީ ގައުމީ މަސްލަހަތު އިސްކުރެވޭ ގޮތަށެވެ
    ވަ ކިމީހަ ކަށް ނުވަތަ ބަޔަ ކަށް ނާޖާއިޒް ފައިދާ ނެގޭ ގޮޮތަށް
    ބަދަލްތައް ގެނައުމަ ކީ ވަރަށް ނުރައް ކާތެރި ކަމެ ކެވެ.

  2. ތުއްތުބޭބެ

    ތިޔަކަމަކީ ރޭވުންތެރިކަމާއެކު ދީން ރައްކާތެރިކުރުމުގެ ނަމުގަި އޮޅުވާލަިގެ މަޑުމަޑުން ނެރޭ އެޖެންޑާއެއްގެ ފެށުން

  3. ތުއްތުބޭބެ

    ހާދަހާދެރަކަމެކޭ މީހަކުބުނީމަ ބުނިގޮތަކަށް ކިޔަވަިގެންތިބި މޮޅެތިކުދިން ބޯލަބައި ބުނިގޮތަކަށްހަދާކަން އެއީ ބުއްދިފަސްވުން ކަމަށްވާނީ

  4. ބެރު

    ރާއްޖޭގެ ރައަްޔިތުން ރުހުނަސް ނުރުހުނަސް އެމް ޑިޕީން ކުރަންއުޅޭ ކަމެއް ކުރާނެ ވޯޓު ދިން މީހުން ނާއި އަދި ނުދޭ މީހުން ލަލަލާ ކިޔަންތިބޭ މިތަން އިންޑިޔާ ސިޓީއަކަށް ނަހަދާނެ ގޮތެއް ދެން ނެހެދޭނެ ބާރަށް ހަޅޭލަވާ ބަލަ އަދިވެސް އިމްރާނު ގާސިމް 30 އަހަރު އެތިބީ އެމް ޑީޕީން ގުއިރޯނުގައި ޖައްސާފައި ކަޑުބުޑާ ޖެހެންދެން ފައިސާ އަޅާފައި އަގައި ނުބުނެވޭ ވަރަށް ފުލްފެފައި ލަލަލާ ކިޔާ އެއްކަމެއްވެސް ނުވާނެ 5 އަހަރު ނިމެންދެން ކުއްލި ހާލަތު އޮންނާނެ ކޮވިޑްވެސް ރަގަޅެއްނުވާނެ ދެން އަންނާނީވެސް އެމްޑިޕީ ސަރުކާރު ސާބަސް