ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް ގާއިމު ކުރުމަށް ނިންމައިފިއެވެ.

ވިލިމާލޭ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީ ވިދާޅުވީ، އެ ނިންމުން ނިންމާފައިވަނީ ވިލިމާލޭގެ ރައްޔިތުންނަށް އެފަދަ މާރުކޭޓެއް ނެތުގުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނާތީ ކަމަށެވެ.

އެގޮތުން ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް ނެތުމާއި އެކު ރައްޔިތުންނަށް ބޮޑު ތަކުލީފައްކަވެފައިވާތީ ރައްޔިތުންގެ ކަންބޮޑުވުން ހައްލުކޮށްދިނުމަށްޓަކައި އެ ދެތަން ގާއިމު ކުރުމަށް ހުށަހަޅާ އެކަން ފާސް ކޮށްފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، ކުރިއަށް އޮތް ތިން މަސް ތެރޭގައި ވިލިމާލޭގެ ރައްޔިތުންނަށް މި ނިންމުމުގެ ފަސޭހަކަން ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ކައުންސިލްގެ އާ ދައުރުގައި ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް އެޅުމަށް މިހާރު ނިންމާފައިވާއިރު، ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވެފައިވާ އެތެރޭގެ ދަތުރުފަތުރުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް 24 ގަޑިއިރުގެ ހިދުމަތް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަދި މީގެ އިތުރުން، ވިލިމާލެގެ ފެރީ ޓާމިނަލް އަދި ފެރީ އޭސީ ކުރުމަށް އޭނާ ހުށަހެޅި ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.

ވިލިމާލެއަށް ދިމާވެފައިވާ މުހިއްމު ގޮންޖެހުންތަކަށް ހައްލެއް ގެނެއުމަށް މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ މަގުޗާޓުގައި ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ޝުކުރިއްޔާ. ކުރިން މާރުކޭޓު ހުރި އިރު ފެރީން އައިސް މާރުކޭޓުން ސާމާނުގަނެގެން ގެޔައްދަނީ. ވަރައްފަސޭހަ. އެކަމަކު އެތަންވެސް ފަހުން ނެގީ. ތިތަން ތަނަށް ބިން ކަޑައަޅާއިރު ބުރިޖި ލޭންޑިން އާދިމާލުން ދިނުން ވަރަށް އެދެން. އެއިރުން ކުރިނަ ލިބުނުފަސޭހަ ފަހުން ލިބޭނީ.

  2. ބުއްޅަބޭ

    މަސް މާރުކޭޓު އަޅާތާ 15 އަހަރު ވެއްޖެ!