ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތަށް އެހީވުމުގެ ގޮތުން، އެމެރިކާއިން ފޮނުވި ސިއްހީ ސާމާނު ރާއްޖެއަށް މިއަދު ލިބިއްޖެއެވެ.

ކޮވިޑް ފެތުރުން ހުއްޓުވާ މީހުންގެ ފުރާނަ ސަލާމަތްކުރަން އެހީއެއްގެ ގޮތުގައި އެމެރިކާ ސަރުކާރުން ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަަނަލް ޑިވެލޮޕްމެންޓް (ޔޫއެސް.އެއިޑް) މެދުވެރިކޮށް މެޑިކަލް އެއިޑް ފޮނުވަން ނިންމާފައިވަނީ ރާއްޖެ، ސްރީލަންކާ އަދި ޕާކިސްތާނަށެވެ.

މިތަކެތި ރާއްޖެއަށް ފޮނުވާނެ ކަމަށް އެމެރިކާއިން ހާމަ ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޔޫއެސްއޭއެއިޑް މޯލްޑިވްސް އިން ބުނީ އެމެރިކާއިން ފޮނުވާ ސިއްހީ ސާމާނު މިއަދު ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޮކްސިޖަން ހުރި މިންވަރު އަންގައިދޭ 600 އޮކްސިމީޓަރާއި، ޑައިގްނޮސްޓިކް ޓޫލްސް އަދި ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޕީޕީއީ ކިޓު (32،000 މާސްކު، 4،000 ގޮގުލްސް، 256،000 އަންގި) ހިމެނޭ ކަމަށް އެ ފަރާތުން ބުނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ޔޫއެސްއޭއައިޑީ މެދުވެރިކޮށް އެމެރިކާގެ ފަރާޔުން ވަނީ މިހާތަނަށް 2.75 މިލިއަން ޑޮލަރުގެ އެހީ އާއި، 60 ވެންޓިލޭޓަރު ފޯރުކޮށްދީފައެވެ. މީގެ އިތުރުން ޔޫއެސްއޭއައިޑީގެ ފަރާތުން ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ކޮވިޑް މެނޭޖް ކުރުމަށް ކްލިނިކަލް ޓްރޭނިން ފޯރުކޮށްދީ، މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ކޮވިޑް-19 ބަލިމަޑު ކަމާއި ގުޅޭ ގޮތުން އިޖުތިމާއީ ރައްކާތެރިކަން އިތުރު ކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާލި

    ތިވެސް ވެރިންނައް ބަހާލާ

    9
    1
  2. ގައުމީ ލޯބި

    މީގެ ބަދަލު ގައި ކޮން ކަމަކަށް ތޯ ޝާހިދު އެއްބަސްވީ.. އިޒްރޭލާއި އެއްކޮޅަށް ވޯޓު ދޭންތޯ؟

    މީނާ ޓެކްސްފައިސާއިން އދ ހޮވޭތޯ ކެންޕޭން ކުރަން އެމެރިކާގައި އުޅެފަ ހަދިޔާކޮޅެއް ހޯދައިގެން އައީ،، ލިބިުނު ހަދިޔާއަށްވުރެން ކުރި ޚަރަދު ބޮޑު..

    މީނާއަކީ ބަޖެޓަށް އެންމެ ބުރަ ބޮޑު ކަލޭގެ.. ..

    މީ މީހުން ކުރާ ކަރަދަށް އަހަރުމެން މިދައްކަނީ ޓެކްސް ނުވިތާކަށް ގައުމު ދަރުވާ ފައި ލޯނުނަގައިގެންވިޔަސް އެ ޙަރަދު ކުރަން އެބަޖެހޭ..!

    13
    3
    • ގަމާރު ލޯބި

      ޔޫއެސް އެއިޑް.

  3. ޖާމިނު

    ޝުކުރިއްޔާ ރައީސް ޔާމީން

  4. ލލ

    އެދުމެއްނެތި ވެދުމެއް ނުކުރާނެ ، ކޮންމެސް އެދުމެއް އޮންނާނެ ފަހަތުގައި، އެމީހުންގެ ކެމަރާއެއް ނަމަވެދް ކޮންމެސް ތަނެއްގައި ހަރުކުރުވާނެ !