މާލެ ރައްޔިތުންގެ ޚިޔާލު ހޯދަން ސިޓީ ކައުންސިލްގެ އޮންލައިން ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މާލެ ރައްޔިތުންގެ ގެދޮރުވެރިކަން ކަށަވަރުކުރުމަށްޓަކައި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ދެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންނާއެކު އާއްމު ބައްދަލުވުމެއް އޮންލައިންކޮށް މާލެ ސިޓީ ކައުންސިލުން ބާއްވާނަން"/ މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން މާލެ ސިޓީގެ ރައްޔިތުންގެ އަޑުއެއްސެއްވުމަށް އެ މީހުންގެ ގާތަށް ވަޑައިގަންނަވާ މަންޒަރު ދަނީ ފެންނަމުންނެވެ. އެގޮތުން ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ޑރ. މުއިއްޒު ވަނީ މާލޭގެ މާރުކޭޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި،މާލެ ސިޓީގެ ސިނާއީ މަސައްކަތް ކުރާ ފަރާތްތަކާއި ވަނީ ބައްދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެހިވެރި އެޖެންޑާ

    މިހާރު މިއޮތް ވަގު ސަރު ކާރުން މާލޭ ރައްޔިތުންގެ އަޑެއް އަހާނެ ކަމަށް ނުބެލެވޭ.

    10
    2
    • ކޮންތާކު

      "ވަގުސަރުކާރު" އޮތީ ކޮންތާކު؟ އަހަރެމެން ވޯޓުލައިގެން ހޮވި ރައީސް ވަގުސަރުކާރެއް ނޫފައްދަވާނެ. ނަފުރަތު އުފައްދަން ވާހަކަދައްކަންޏާ އެބަޖެހޭ ފިޔަވަޅުއަޅަން.

  2. ދެކުނު ސިޓީ

    އޮން ލައިނު ކޮށް މާލޭ ރައްޔިތުން ގުނބޯ ހައްދަން އެ އުޅެނީ

    1
    1
  3. މޮހޮއްމާ

    ސިޓީކައުންސިލް އިން ފުރަތަމަ ކުރަން ފެއްނަނީ އެއްމެ އިސްކަމެއްދީގެން މާލޭ ރައްކާތެރި އަމާންތަނަކަށް ހެދުން. ވައްކަން ކުރުން ހުއްޓުވުން މަގުމަތި ފަސޭހައިން ހިގާއުޅޭމީހުންނަށް ބޭނުންކުރެވޭގޮތް ހެދުން މަގުމަތި ރަގަޅަށް އަލިކުރުން ....