ކޮޕާ އެމެރިކާ އާއި ޔޫރޯގެ އެންމެ މަޤްބޫލު ޓީމުތަކުގެ ޖާޒީ ގަންނަން ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯރޓްސް (މާރންސް) އިން ހުޅުވާލައިފިއެވެ.

ފުޓުބޯޅަ އަށް ޝައުގުވެރިވާ ފަރާތްތަކަށް އެ މީހަކު ސަޕޯޓުކުރާ ގައުމެއްގެ ޖާޒީ ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ވާދަކުރާ 6 ގައުމެއްގެ ޖާޒީ އާއި ކޮޕާ އެމެރިކާގައި ވާދަކުރާ އެންމެ މަޤްބޫލު ދެގަމު ކަމަށްވާ ބްރެޒިލާއި އާޖެންޓީނާގެ ޖާޒީ ލިބެންހުންނާނެ ކަމަށް މާރންސް ޖަމިއްޔާއިން ބުނެއެވެ.

ޔޫރޯގައި ކުޅޭ ގައުމުތަކުގެ ތެރެއިން ޕޯޗުގަލް، ޖަރުމަނު، ފްރާންސް، ސްޕެއިން، އިންގްލެންޑްގެ އިތުރުން ޖޯޒީ ލިބޭނެކަމަށްވެސް މާރންސް ޖަމިއްޔާއިން ބުންޏެވެ.

މާރންސް އިން ބުނީ އެޖަމިއްޔާގެ "މޯލްޑިވްސް ފޭންސް އެޑިޝަން ގެ ޖޯޒީ ގަންނަން ބޭނުންވާ ފަރާތްތަކުން މި ވާ އަންނަ ހުކުރު ދުވަހުގެ ކުރިން، ޕްރީއޯޑަރ މަހު 4 އެގޮތުން 7556604، 9128412، 9577202، 7491338 މި ނަމްބަރުތަކަށް ގުޅައި ޕްރީއޯޑަރ ދިނުމަށް މާރންސް ޖަމިއްޔާ އިން އެދެއެވެ.

މި ޖާޒީ ހުރިހާ ސައިޒަކުން، އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނަށް ހާއްސަ އަތްދިގު އަދި އަތްކުރުކޮށް ވެސް ލިބޭނެ ކަމަށާއި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ޖާޒީ ފޮނުވައި ދޭނެ ކަމަށް މާރންސް ޖަމިއްޔާއިން ބުނެއެވެ.

މިއީ އެ ޖަމިއްޔާއިން މީގެ ކުރިންވެސް ހިންގާ ކަމެއް ކަމަށާއި މިކަމަށް ވަރަށް ހޫނު ތަރުހީބެއްވެސް ލިބޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.