ކޮވިޑް-19 ޖެހިގެން ވިލިމާލެ އިން މީހަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ.
އެ މީހާއަކީ ވިލިމާލޭގައި ހުންނަ ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ. އެ މީހާއަކީ މިއަދު ހަވީރު ވަގުތެއްގައި އެރަށު ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ.
އެޗްޕީއޭއިން ވިދާޅުވީ، އެ މީހާއަކީ މިއަދު 4:30 ގައި ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހެއް ކަމަށެވެ.
މިއީ ރާއްޖެއިން ކޮވިޑްގައި މިއަދު ނިޔާވި ތިން ވަނަ މީހާ އެވެ.
މިއަދު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ މިއަދު ހެނދުނު 11:17 ހާއިރު ބަނޑިދޫން އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކާއި، އައިޖީއެމްއެޗްއަށް ގެންދިޔަ ސްރީލަންކާ މީހެކެވެ.
ވިލިމާލެ އިން މިއަދު ނިޔާވި މީހާއާއެކު މިހާރު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 177 އަށް އަރާފައެވެ.
މިއީ މި މަސް ތެރޭގައި ރާއްޖެއިން އެ ބަލީގައި ނިޔާވި 16 ވަނަ މީހާ އެވެ.
ފަހަކަށް އައިސް ރޭއްޖޭގައި ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވެދިޔަ މެއި މަހު ރާއްޖެއިން 88 މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޮވިޑް-19 އިންތިހާ އަށް ފެތުރި، ނުރައްކާ ބޮޑުވެފައިވާ އިރު، މިފަހަކަށް އައިސް އަތޮޅު ތެރެއިންވެސް ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ވަނީ މައްޗަށް އަރާފައެވެ.
ރާއްޖޭގައި އެންމެ ބޮޑަށް ކޮވިޑް ފެތުރެމުންދަނީ މާލެ ސަރަހައްދުގައެވެ. މާލެ ސަރަހައްދުންވެސް ކޮވިޑްގެ ބިރުވެރިކަން ނުރައްކާ މިންވަރަަށް އިތުރުވެގެން ދިޔުމުން، ކޮވިޑްގެ ވޭދަނަތައް މަދު ކުރުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.
ކޮވިށީޑު ވެކުސިން ފުރަތަމަ ޑޯޒު ޖަހާފަތިބިމީހުން
ދެވަނަ ޑޯޒު ޖަހަންދާންވީކޮންތާކަށް
އެޗުޕީއޭ ކާރިން މިކަންތައް ކޮންމެވެސް ނޫސްވެރިއަކު ސާފުކޮއްދީބަލަ
ދިވެހިންނައް ހެޔޮއެދޭ މޮޑީ ދެވަނަޑޯޒުނުދިނީ ރަގޅުކަމުންތަ