އައްޑޫ ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ ސިޓީން ފައްސިވި މީހުންގެ ޖުމްލަ އަދަދު 300 އަށް އަރައިފިއެވެ.

އައްޑޫ ސިޓީން މިއަދު ފައްސިވި ތިން މީހުންގެ ތެރެއިން ދެ މީހަކު ފައްސިވެފައި ވަނީ ހިތަދޫންނެވެ. އަދި މަރަދޫން އެކަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިފަހަކުން އައްޑޫން ކޮވިޑަށް ފެނުނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުއެވެ.

އެ ދުވަހުގެ ފަހުން މިހާތަނަށް އައްޑޫގެ އެކި ރަށްތަކުން ކޮވިޑްގެ ވޭދަނަތައް ފެނިފައި ވެއެވެ.

މިފަހަކުން އެރަށްތަކުން 308 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 119 މީހެކެވެ.

އައްޑޫން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގައި ކޮވިޑްގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. އެގޮތުން މިޙާރުވެސް ރާއްޖޭގެ 70 އަށްވުރެ ގިނަ ރަށަކަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރެއިން ބައެއް ރަށްތަކަށް އަރާ ފޭބުން މަނާ ކޮށްފައި އޮންނަތާ މަހަކަަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.