ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ރައީސް ސުޖާއު ހަސަން އޭނާގެ ފުރަތަމަ ވައުދު ރައްޔިތުންނަށް ވެވަޑައިގެންފިއެވެ.

ސުޖާއުގެ ފުރަތަމަ ސިޔާސަތަކީ އަސާސީ މުސާރަ، އަންއެމްޕްލޯއިމެންޓް އެލަވަންސް އަދި މަސައްކަތްތެރިންނަށް ވަގުތީ އަދި ކުއްލި ހާލަތުގައި ހިޔާވަހިކަމުގެ ސިޔާސަތެވެ.

މި ސިޔާސަތު ކަނޑައެޅި އެންމެ ބޮޑު ސަބަބެއް ކަމަށް ބުނެފައިވަނީ ޒުވާނުން ވަޒީފާއަށް ދިއުމުގައި ދިމާވާ އެންމެ ބޮޑު ހުރަހަކީ "އަސާސީ މުސާރަ" ނުވަތަ މިނިމަމް ވޭޖް ކަނޑައެޅިފައި ނެތުން ކަމަށެވެ.

މި ސިޔާސަތުގައި ބުނެފައިވަނީ ވަޒީފާ ހޯދުމަށް ހިނގާ ހަރަދު ހަމަޖައްސަން އަން އެމްޕްލޯއިމެންޓް އެލަވަންސްގެ ގޮތުގައި ތިން ހާހާއި ފަސް ހާހާއި ދެމެދުގެ އިނާޔަތެއް ލިބެންޖެހޭ ކަމުގައި އޭނާ ގަބޫލު ކުރާ ކަމަށެވެ.

"ސްކިލްޑް ވަޒީފާގެ އަސާސީ މުސާރައަކަށް 10 ހާސް ރުފިޔާ ނޮން ސްކިލްޑް ވަޒީފާގެ އަސާސީ މުސާރައަކަށް ފަސް ހާސް ރުފިޔާ ލިބެންޖެހޭ ކަމަށާއި މަސައްކަތުގެ މާހައުލުގައި ދިމާވާ ކުއްލި ޚާލަތަކާއި ދިމާވާ ކުއްލި ހާލަތަކާއި ގުޅިގެން ވަގުތީ ހިޔާވަހިކަމެއް ބޭނުންވާ ފަރާތްތަކަށްއެކަން ފުރިހަމަވެފައި އޮންނަން ޖެހޭ ކަމަށް" ސުޖާއުގެ ސިޔާސަތުގައި ވެ އެވެ.

"އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެފަދަ މަރުކަޒުތައް ގާއިމް ކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ." ސުޖާއުގެ ސިޔާސަތުގައި ވިދާޅުވެފައި ވެ އެވެ.

2013 ވަނަ އަހަރު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް ސުޖާއު ހުސައިން މަގާމުން ވަކިކުރީ އަމިއްލަ މަސްލަހަތު އިސްކޮށް، މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށެވެ. އެ އޮތޯރިޓީގެ ހަތަރު މެމްބަރަކު ސޮއިކޮށް އެލްޖީއޭގެ ބޯޑުގެ ބައްދަލުވުމެއް ބާއްވަން އެދުމުން ވެސް ބައްދަލުވުން ބޭއްވުމަށް އިންކާރުކޮށް "އަމިއްލަ މަސްލަހަތު" އިސްކޮށްފައިވާ ކަމަށާއި ބޯޑުން ނިންމަންޖެހޭ ކަންކަން ކުރުމުގައި އޭނާ އިހްމާލުވެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ސުޖާއު އަކީ ކުރިން އެމްޑީއޭ އާއި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި ބޭފުޅެކެވެ. ނަމަވެސް މިހާރު އޭނާ ހުރީ ކޮން ޕާޓީއެއްގައި ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްދުއްލާ

    މި ވައުދަކީ ކޮށްގެންވާނެ ވައުދެއްނޫން . މިއީ ރައްޔިތުންނަށް ރިސްވަތު ދޭން ބުނުން.އެންމެ ފުރަތަމަ މީހނާއަށް ދުޅަހެޔޮގައުމެއް ހޯދާ ނުދެވޭނެކަން މިވައުދުން ކަށަވަރު ވެއްޖެ.ކިތައްބިލިއަނުގެ ދަރަންޏަކަށްތޯ ފައިނެންގެވުނީ ބުނަން އެގިލައްވާބާ ؟މިހިސާބުން ގައުމު ހުއްޓުމަކަށް އަންނާނެ.

  2. ނަޖްވާ

    މީ އެއްކަލަ ގަޅި އަނެއް މީހާ!

  3. އުމަރުގެ ލެޕްޓޮޕް

    އަނެއް އުމަރު ނަސީރު......... ޑޭމިޓް... ހުސް ޖުހާއިން..........