ފާތިމަތު މިޝްކާ މުހައްމަދު ނިޔާވުމުގައި އެޗްއީއޯސީގެ އިހުމާލު އޮތް ކަމަށް އޭނާ ނިޔާވުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހްގީގަށް ފަހު އާއްމު ކުރި ރިޕޯޓުން ވެސް އިތުރަށް ހާމަވެއްޖެއެވެ.

ނަމަވެސް އަދި މިހާތަނަށް އިހުމާލުވި އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމަކަށް ރިޕޯޓްގައި ބުނެފައެއް ނެތެވެ.

މިޝްކާގެ މަރަށް ފަހު މިހާތަނަށް އެޅި ފިޔަވަޅުތައް ކަމަށް ބުނެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވަނީ ކޯލް ސެންޓަރަށް އަންނަ އިމަރޖެންސީ ކޯލްތަކަށް އަވަސް މިނުގައި ހުރިހާ ކްލަސްޓަރތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓަރކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމާއި ކޯލް ސެންޓަރަށް އަންނަ ކޯލްތަކުގެ ތެރެއިން އިމަރޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒްކުރެވޭނެ ނިޒާމް ހަރުދަނާކުރުމެވެ.

އޭގެ އިތުރން އިމަރޖެންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓްކުރަންޖެހޭ އެކި ފަރާތްތައް މަދުކޮށް، އިމަރޖެންސީ ކޭސްއަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑްވެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި އަދި މަދު ވަގުތުކޮޅެއްގެ ތެރޭގައި އިމަރޖެންސީ ކޭސްއަކަށް ބޭނުންވާ އެމްބިއުލަންސް ޓްރިގަރކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

އިމަރޖެންސީ ކޭސްއަކާ ގުޅޭ މަޢުލޫމާތު ޑީއެމްއާރްޓީއަށް ސީދާ ވަގުތުން ދާނެ ގޮތްތަކާއި، މި ކޭސްތަކަށް ޑޮކްޓަރުންނަށް އެޓެންޑްވެވޭކަން ކަށަވަރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި ކޯލް ސެންޓަރަށް ގުޅާ ފަރާތްތަކުގެ ތެރެއިން، އިމަރޖެންސީ ކޭސްތަކުގައި، ޑީއެމްއާރްޓީއިން ގުޅުމުން ދިމާނުވާ ފަރާތްތަކަށް އެޓެންޑްކުރެވޭނެ އިންތިޒާމްތައް ރާވާފައިވާ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

މިކަމަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ އޯބީ ސިސްޓަމް ހުރިހާ ކްލަސްޓަރތަކަކުން، ގަވައިދުން ބޭނުންކުރަމުންގެންދާކަން ކަށަވަރުކުރުމަށާއި އަދި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ ބެކަޕް ނިޒާމެއް ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

މިޝްކާގެ މަރާއި ގުޅިގެން ހެދި ރިވިއުއިން ފާހަގަ ކުރެވުނު ކަންކަމަށް ބަލައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް މިރޭ އާއްމު ކުރި ހެލްތު މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަސަނު

    ކުއްޖާގެ މައިންބަފައިން ބޭނުންވީ އިތުރައް އެހެންބަޔަކަށް މިފަދަކަމެއް ދިމާނުވާނެގޮތަކަށް ކަންކަންރޭވިގެންދިއުން. ތަހުގީގުކޮށް ހިންގުން އެއޮތީ ހަރުދަނާ ކޮށްފަ. ކަންކަމުގަ ގަސްތުގަ ިއހުމާލުނުވަންޏާ ހަރުކަށި ފިޔަވަޅެއްނޭޅޭނެ. ޢެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަގުތުން އަލިއަޅުވާލިނަމަ ރަގަޅުވީސް.

    4
    10
    • ޖ

      ފިޔަވަޅު އެޅެން ޖެހޭނެ... އެޗްއީއޯސީ އަކީ 17 - 25 އަހަރުގެ ޒުވާނުން މަޖާކޮށްލަން ދާތާކަށް ވެއްޖެ.... އެއްވެސް ތަސައްރަފެއް ނެތް ޒިންމާ ދާރުކަމެއް ނެތް ޅަ ޒުވާނުންތަކާ އެޗްއޯއޯސީގެ ކްލަސްޓަރ މަސެއްކަތް ކުރަން ޖައްސާފަ ސުޕަވައިޒް ކުރަން ހުންނަވާ އެޗްޕީއޭ ނޫނީ ހެލްތުގެ ސްޓާފުން މިތިބެނީ ގޭގަ.... މިކަމުގަ އިހުމާލުވި ކްލަސްޓަރ ހެޑުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ...

  2. ފިޔަވަޅު

    އެއްވެސް މީހަކަށް ފިޔަވަޅުއަޅާކަށް ތަނެއް ނެތް. މިހާރު އެންމެން އުޅެނީ ފިޔަވަޅުއަޅައިގެނެއް ނޫން. އެންމެންވެސް އުޅެނީ ސައިކަލުގައި. ފިޔަވަޅު ނޭޅިޔަސް ފުމެއަރާ ދުވެހަދާ ގޮނޑިދުއްވާ ހެދޭނެ. މިހާރު އޮންނަ ގޮތަކީ ޒިންމާ ނަގާފައި ޒިންމާ ބޭއްވުން. ނަގައިފި އެއްޗެއް ބޭއްވީމާ އެކަން ނިމުނީ ނޫންތަ! އިހުމާލަކީ އަދި މާފާޑެއްގެ އެއްޗެއް. އިހުމާލު އުފުލާފައި ނެގުނުހައި މައްޗަކަން ނަގާފައި ގައިގައި ހުރިވަރެއް ބަލާފައި ބޯމަތިން ވާނެއެއްޗެއް ވާން ދޫކޮށްލީމާ އިހުމާލުވެސް އެއަށް ވެވުނު ގޮތަކަށް އެކަން ކޮށްލާނެ. އެއީ ދެން މީހަކު ކުރާނެ ކަމެއް ނޫންތާ!

    8
    1
  3. ާއަލިހުދު

    މީހަކަ ފިޔަވަޅު އަޅައްޏާ ކްލަސްޓާ ހިންގާހުރި މީހާ އަޅަ..

  4. އަލީ

    ހާދަ ބޮޑެތި އިހުމާލެއްވެފައޭ މިއޮތީ. އިބޫ ސޯލިހު އެބަޖެހެ ނުހިންގުނުކަމަށް ބުނެ އިސްތިއުފާދޭން.

    10
    • ސޯލިހު

      ނުޖެހޭ .މަށާބެހޭކަމެއްނޫން.

      2
      5
  5. އައްޑޫ މީހާ

    ފިޔަވަޅެއް ނާޅާނެ

  6. ސަދަންގޫރު

    ކޮންފިޔަވަޅެއްތޯ އަޅާނީ މުޅިއެތި ރޭވިފައިވަނީ ސިސްޓަމަށް މައުލޫމާތު އެޅުމަށް. ބައެއް ފަހަރު ހީވޭ ރައީސް އޮފީހުން ޑިވޮލޮޕްކޮށްފައިވާ ސޮފްޓްވެއަރ އަކަށް މައުލޫމާތު އެެއްކުރުމަށޭ ނެޝިނަލް އެެމަޖަންސީ ސެންޓަރެއް ހަދާ ކުއްލި ހާލަތެއް އިއުލާންކޮށްގެން މިއުޅެނީ. އެތައް ބައެއްގެ އެތައް ޒާތީ މައުލޫމާތެއް އެމީހުން ކިޑްނެޕްކޮށްފައި އިންނަ މީހެއްގެ ފަރާތުން ހޯދާހެން ހޯދާގެން ސިޔާސީ ބޭނުމަށް ބޭނުންކުރަން ގަންނަހާ ގަނޑުތަކެއް. ހިދުމަތާއި އެހީތެރިކަން ދިނުމަށްވުރެ އެޗްއޯސީގެ ބޭނުންކޮށް އެހެން ސަކަރާތެއް ޖަހަމުން ގެންދާތަން ފެންނަނީ. ތިތަނަކަށް ރައީސް އޮފީސް ވަނުން ހުރިހާވެސް މަައްސަލައަކީ. ތިތަން ލީޑް ކުރަންޖެހޭނީ ސިއްހީ މާހިރުންނާއި ޑިޒާސްޓާ މެނޭޖްމަންޓާއި އެމްއެންޑީއެފް ފަދަ ތަންތަނުން. އެމީހުންނަށްވެރެ ސިޔާސީ މީހުން ބާރުުގަދަވާ ގޮތައް އޮތީމާ ވާނެހާ އެއްޗެއް ވަމުން އެދަނީ

  7. ސޯލިހުބޭ

    ރިޕޯޓްގައި އޮތީ އެޗްއީއޯސީގެ އިހްމާލު އޮތްކަމަށް. އެޗްއީއޯސީއަކީ ތަނަކަށް ކިޔާމަނެއް. އެތަނުން އިހުމާލު ވީކަމަށްވިއަސް އެއްވެސް މީހަކު ޒިންމާ އުފުލާކަށް ނުޖެހޭނެ. ތިތަން އުވާލީމާ އެއޮތީ ފިޔަވަޅު އެޅިފާ. މިނިސްޓަރ ނަސީމު އިސްތިއުފާދޭކަށް ނުޖެހޭ. ނަސީމަކީ ކޯލްސެންޓަރުގައި ކޯލްލޮގްކޮށް އެމްބިޔުލެންސް ފޮނުވާމީހެއްނޫން. އެއްވެސް މީހަކު މިނިސްޓަރަކާ ނުވެސްގުޅާ. ވީމާ އިހުމާލުވެފައި ތިޔައޮތީ އެ ސެންޓަރު. އަޅަންވީ ފިޔަވަޅުތައް ރިޕޯޓްގައި އެޮތީ ސެންޓަރަށް އަންގާފައި.

    3
    2
    • ޙަ

      ސެންޓަރެ ތެރޭ ސެންޓަރެ.

  8. އިހުމާލު އިދުރީސް

    ވަގުތުން ވަގުތަށް މިނިސްޓަރ އިސްތިއުފާ ދޭން ޖެހޭނެ ، ނޫނީ މިސަރު ކާރު އިސްތިއުފާން ދޭން ޖެހޭނެ .
    ކޮވީޑް ބަލި މަދޫކަމުގައި މަރުވި ގިނަމީހުން މަރުވީ މި ނާގާބިލު ސަރުކާރުގެ އިހުމާލުން ވެރިކަން ބަދަލު ކުރަން ރައްޔިތުން ނުނުކުންނަނީސް އިސްތިއުފާދީފަ ގެޔަށްދޭ

  9. Anonymous

    ޤައުމެއް މިޙާލަތަށް ދާއިރު ވަލިއްޔުލް އަމުރު ލަދުގަންނަން ޖެހޭ.
    ނާޤާބިލް މީހުންނާއި ކަންކަން ޙަވާލު ކޮށްގެން މުޅިޤައުމު މީންޒަމާނަކު ނުދާހާ ދަށުދަރަޖައަކަށް ވެއްޓިއްޖެ.
    އިހްމާލު އޮތީ މިޝްކާފަކީރަށް އެކަންނޫން. މިހާރުން މިހާރަށް އިސްތިއުފާ ދޭންޖެހޭ
    " މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމުވޭނެ" މީވ. ވާހަކަ

  10. ނަައީމް

    މިވެރިން ގެ އޮންނަނީ މިވެރިން ބޭނުން ނުވަތަ ވަރުގަދަ ބޮޑު އާއިލާއެއްނަމަ އެކަމެއްކުރާ ފަލްސަފާ ކޮބާ އީވާން މަރާލީ މައުމޫނުކަމުގާ ބުނެގެން ކިހާވަރެއްކުރި

  11. ނަައީމް

    މިހާރު ހެލްތު މިނިސްޓަރަކައް ދިވެހިންގެ ބަހުން ވާހަކަވެސް ދައްކާކައްނޭގޭ އިގިރޭސިބަސްއެކަނިއެގެނީ ދެން ދިވެހިބަހުން ކޮންމެ އެއްހެކޭބުންޏަސް އެގޭނެތަ މިހާރު މިކަލޭގެއައް ތަރުޖަމާނަކު ހަމަޖައްސާގޮތައް މި މައްސަލަ ބަލާނިމުނީ ކުރިޔައް އޮތްތާގާ އަވަސްހިދުމަތްބޭނުންވާ މީހުން އިގިރޭސި ބަސްދަސްކުރަން މިސަރުކާރުން މަޖުބޫރު ކުރާނެ

  12. ރުބުރިކު

    އިހުމާލުވި ބޮސްއެބުނަނީ މަރުވާރޭޓާ، މަރާރޭޓާ، ބަލިވާރޭޓް ރަނގަޅުކަމަށް މީބޮޑުވަރު މިޝްކާގެ މަރުގެމައްސަލާގައި އިހުމާލުވީ އެތައްނައިބަކާއެކުހިންގާ މިނިސްޓްރީއެއްގެ ބޮޑުބޮސް އިސްތިއުފާ

  13. ޑަރޯގާ

    މިނިސްޓަރު ކަމާ ހަވާލުވި ގޮތައް ދިމާކޮށްލިކަމށްވަނީ ޕްރޮފެޝަނަލް ކައުންސިލްތައް ފުނޑާލަން. މީނާޔާ މިހާރުގެ ޕީއެސް އާ ޓްރާންސްޕޯޓް މިނިސްޓާރީއަށް ނުކަތައިގެނ ް ހެލްތު މިނިސްޓާރީއަށް ބަދަލު ކުރި މީހާޔާ އަމިއްލަ ފައިދާއަށް ކައުންސިލްތަކާއި ޖައްސާލި ކަމަށް ވަނީ. ރައީސް މީހާއަނެއްކާވެސް ސްޓޭޓް މިނިސްޓަރަކު ޢައްޔަންކުރާނެ. އެނޫންތަ އެޅޭނެ ބޮޑފިޔަވަޅަކީ.