ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު ސީރިއަސް ވާން ފެށުމުން އެމްބިއުލަންސް ފޮނުވައިދޭން ބެލެނިވެރިޔާ އާދޭސް ކުރިއިރު ވެސް އެޗްއޯސީ އިން އެކަމަށް ސަމާލުކަން ނުދިންކަން ތަހްގީގު ރިޕޯޓުން ހާމަވެއްޖެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ 21:06: ކުއްޖާގެ ހާލަތު ގޯސްވުމާއި ގުޅިގެން ބެލެނިވެރިޔާ ކޯލް ސެންޓަރަށްވަނީ ގުޅާފައެވެ. އަދި ކުއްޖާގެ ހާލު ގޯސްވާހެން ހީވާކަމަށާއި ނޭވާލާން އުނދަގޫވެ އަތްތަޅުވާ ހަދާކަމަށް ބުނެ، އަދި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށް ބުނެފައިވެއެވެ.

21:10: މި މަޢުލޫމާތު ކޯލް ސެންޓަރުން "އޯބީ" ސިސްޓަމަށް އަޅާ، ޓިކެޓް ރެއިސްކޮށްފައިވެއެވެ. 21:15: އަދި މި މަޢުލޫމާތު ކޯލް ސެންޓަރުން މަޢުލޫމާތު ޝީޓަށް އަޅާފައިވެއެވެ. 21:53: މިމަޢުލޫމާތާ ގުޅިގެން ޖީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކުރިނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައި ނުވާކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި މަޢުލޫމާތު ޝީޓަށް 'އެޓެންޑަޑް' ކަމަށް ޑީއެމްއާރްޓީއިން އަޅާފައިވެއެވެ.

22:06: ޑީއެމްއާރްޓީގެ ޑޮކްޓަރު ކުރި ކޯލް މިސްވެފައިވާތީ ކޯލް ސެންޓަރަށް ބެލެނިވެރިޔާ އަލުން ގުޅާފައިވެއެވެ. އަދި ކުއްޖާއަށް ނޭވާނުލެވިގެން އުނދަގޫވާކަމަށް ބެލެނިވެރިޔާ މަޢުލޫމާތުދީފައިވެއެވެ. މިކޯލްގެ މަޢުލޫމާތު ސިސްޓަމަށް އެވަގުތު އަޅާފައިވެއެވެ.

22:12. އަދި މި މަޢުލޫމާތު ކޯލް ސެންޓަރުން މަޢުލޫމާތު ޝީޓަށް އަޅާފައިވެއެވެ. 22:33: ޑީއެމްއާރުޓީގެ ޑޮކްޓަރު ބެލެނިވެރިޔާއަށް ގުޅުމުން ކުއްޖާގެ ހާލަތާ ގުޅޭގޮތުން، މައުލޫމާތު ދެމުން މިއީ ކޮވިޑް ޕޮޒިޓިވް ކޭސްއެއްކަމާއި، ނޭވާލާން އުދަގޫވާކަމާއި (1 ދުވަސް ވަންދެން)، ހިކި ކެއްސުމާ (2 ދުވަސް) އަދި 6 ދުވަސް ވަންދެން ހުންއަންނަކަމާއި، އަދި ޙާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި އެއްވެސް ދާއިމީ ބޭހެއް ބޭނުންނުކުރާކަމާއި، ނަމަވެސް ޙާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގާކަމާއި އަދި ކުއްޖާގެ ބަލި ޙާލަތުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައި ނުދެވޭކަމުގެ މަޢުލޫމާތު ބެލެނިވެރިޔާ ދީފައި ވެއެވެ.

22:39: ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މި މަޢުލޫމާތު ސީމެޓަށް ޖީއެމްއާރްޓީގެ ޑޮކްޓަރު ވަނީ ފޮނުވާފައެވެ. އެމްބިއުލަންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަމުގައިވާ، ޑީއެމްއާރްޓީއާއި ސީމެޓަށްވެސް މިމަޢުލޫމާތު ހިއްސާކުރެވިފައި ވީނަމަވެސް، އެމްބިއުލަންސް ދާން (އެޗްއީއޯސީ) އިން އަންގާފައިނުވާކަމަށް ރިޕޯޓްގައި ވެއެވެ.

23:16 އިން 23:33: އިތުރު 5 ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިން ގުޅާފައިވެއެވެ. މިތަނުން އެއް ކޯލްގައި ކުއްޖާގެ ހާލު ދައްވަމުންދާކަމާއި، ހޭނެތިފައިވާކަމާއި ނޭފަތުން ލޭ އަންނަކަމަށް ބުނެފައިވެއެވެ. މިކޯލް ތަކުގައި، ކުއްޖާ ބަލާ ފޮނުވާނެކަމަށް (އެޗްއޯސީ) އިން ބުނެފައިވާކަމަށާއި، އެމްބިއުލަންސް އައިސްފައިނުވާކަމާއި އެމްބިއުލަންސް އައުން ލަސްކަމަށް ބެލެނިވެރިޔާ ބުނެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެމްބިއުލަންސް ފޮނުވިފައިވާކަމަށް ކޯލް ސެންޓަރުގެ ފަރާތުންވެސް ބުނެފައިވީ ނަމަވެސް އެމްބިއުލަންސް ގޮސްފައި ނުވާކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެންމެ ފަހުން އެމްބިއުލެންސް ގޮސްފައި ވަނީ 23:32 ގައި ބެލެނިވެރިޔާ ފޮނުވި މީހަކު ދަރުބާރުގެ އަށް ގޮސް އެމްބިއުލެންސް ފޮނުވައި ދިނުމަށް އެދުމުންނެވެ.

އެމްބިއުލެންސް މިޝްކާގެ ގެއަށް ގޮސްފައި ވަނީ 23:38 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ޙައްވަ

  މިމީހުންމީ ކީއްކުރާބައެއް ދަރުބާރުގޭގަތިބެގެން މަޖާނެގުންނޫންކަމެއް ނުކުރޭ

  37
  1
 2. ޙައްގުބަސް

  މިވަގުތުން ވަގުތައް ހެލްތް މިނިސްޓަރ އިސްތިއުފާ ދޭނެޖެހޭ!! މިކަމުގައި މިނިސްޓަރަށް އެއްވެސް ބަހަނާއެއް ނުދެއްކޭނެ!! ދެއްކޭނެ އެއްވެސް ޖާގައެއްނެތް!! އަދި މިމައްސަލަ ތަހްގީގު އިދާރާއަކުން ތަޙްގީގުކޮށް އިހްމާލުވީ އެންމެނަށް ދަޢުވާކުރަން ވަރަށް އަޑުހަރުކޮށް އަދި ހަރުކަށިކޮށް ގޮވާލަން!!

  51
  1
 3. މަޑުކަށި

  މިކަމުގަހަމަ އެއްވެސް ވަރެއްގެ އިހުމާލެއް ނެއްތާ

  19
  2
 4. ކުއްވެރިކުރަން

  އަދަބުދޭ...

  18
 5. ޢައިމިނަ

  ޢެކަމަކުވާދޯތިޔައޮތީވާކޯލްސެންޓަރެއް

  32
 6. މުހަންމަދު

  ރައްޔިތުން ބިރުކަޑާލާފަ މަގުތަކަށް ނުކުންނަންވީ، ނުކުމެ ވެރިކަން ބަދަލުކުރަންވީ...

  41
  2
 7. ވޭން

  މި ރިޕޯރޓް ކިޔާލުމުންވެސް އަޅުގަނޑުގެ ހިތުގަ ވަރަށް ވޭން އަޅާ. ދެން ވިސްނަވާ ތުއްތު ކުއްޖާގެ ބެލެނިވެރިންނަށް ކުރާނެ އަސަރު

  40
 8. މޯޑު

  ހުސް އިހުމާލު! ކޯލްތައް މުހިއްމެއްނުވި. ކީކުރާ ކޯލް ސެންޓަރެއް؟؟؟؟؟

  33
 9. ރޮކް1

  އެދުވަހު މެންދުރު ބެލެނިވެރިޔާ ގުޅިކަމަކަށް މިއަކުނެތް؟
  ސީމެޓުން ނޫމީ އީއެމްއެސްއިން އެމްބިއުލާސް އެކްޓިވޭޓް ނުކުރީ ކީއްވެތޯ؟؟

  16
 10. އަޙުމަދު

  މި މައްސަލަ ނިމޭނެ ކަމަށް ފެންނަނީ ދެ ގޮތަކަށް އެއީ އެއްވެސް މީހަކު ޒިންމާވާންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް، ދެވަނަ ގޮތަކީ ދަރިފުޅުގެެ ބެލެނިވެރިން ޒިންމާ އަދާކުރުމުގައި ފަރުވާކުޑަ ކުރެވިފައި ހުރިކަން ތަޙުޤީޤަށް ފަހަގަކުރެވުން، ސިޔާސި ގޮތުން ބަލާނަމަ ނިމިދާނެ ކަމަށް ލަފާކުރެވެނީ ، ކަމާއި ބެހޭ ފަރާތްތަކުން ނާއި ބެލެނިވެރިން ކުއްޖާއަށް ފަރުވާ ދިނުމުގެ ރަގަޅު ނިޔަތުގައި މަސައްކަތް ކޮށްފައި ވާކަން އެނގޭ ކަމާއި ބަލިމަޑު ކަމުގެ ޙާލަތުގައި އިންސާނީ އެރާއެއް އެރުމަކީ ކުރިއަރާފައި ހުރި ގައުމުތަކުގައިވެސް ދިމާ ވެދާނެ ކަމެއް ކަމަށްބެލެވޭ ކަމަށް، ވީމާ މި މައްސަލަ ގައި ވަކި ބަޔަކުއްވެރި ކޮށް އިހުމާލުވިކަމަށް ނިންމުމުގެ ޖާގަ ނެތްކަމަށް، އެހެންކަމުން މިފަދަ ކަންކަމުން އިބުރަތް ހާސިލްކޮށް ދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅު ކުރާނެ ކަމުގެ ޔަޤީން ކަންދެމުން، ކިހާ ރީތިތޯ މި ސްޓޯރީ .މިއީ ޚިޔާލީ ވިސްނުމެއް އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ކުޑައި މީސްކޮށް ހިތައި ބަޔަކު ބަދުނާމު ކުރުމުގެ ނިޔަތުގައި ލިޔުނުއެއްޗެއް ނޫން.

  23
 11. އަލީ

  ހާދަ ބޮޑެތި އިހުމާލެއްވެފައޭ މިއޮތީ. އިބޫ ސޯލިހު އެބަޖެހެ ނުހިންގުނުކަމަށް ބުނެ އިސްތިއުފާދޭން.

  28
  1
 12. ސޮރު

  ލޮބްވެތި ރައްޔިތުންނޭވެ. ތުއްތު ކުދިންނަށް މިފަދަ ހާލަތު ދިމާވެ ނިޔާވުމީ މުޅި ރާއްޖެ ރޮވެ ހިތާމަކުރާކަމެއް، މިސަރުކާރަކުނެތް ތެދުވެރިކަމެއް، ދޮގްމަށްޗަށް ދޮގް. ވީމާ ތުއްތު ކުއްޖަކުބަލިވެ ހާލަތު ބޮޑްވެއްޖެނަމަ އަމިއްލަ ވެހިކަލްގަ ގެންދިއުންނޫން އިތުރު ގޮތެއްނެތް. މިތުއްތު ކުެްއްޖާގެ މަރުގެ ޒިންމާ އުފުލަންޖެހޭއިރު ކޮނމެ މީހަކު ބުނާނީ މަށެނޫން. .. މާބަޑު އަންހެނެއގެ ދަރި އެމްބިއުލާންސް ގައި ވިހާ ނިޔާވުން، އާންމު ވަނީ. އިމަރޖެންސީ ރެސްޕޯންސް ޓީމްތައް ތިބެންވީ ލަސްވެގން 111 މިނިޓުން ފަރުވާ ހަމައަށް ގެންދެވޭގޮތަށް. ވެހިކަލް ނެތްނަމަ ރަށު ޕިކަޕް ނުވަތަ ބަރޯވެސް ރަގަޅުވާނެ. ޕަބްލިކް ޑިއުޓީގަ ތިބޭ ކޮންމެ މީހަކީ ރައްޔިތުންގެ ޚާދިމުން.

  24
  2
 13. ޚިޔާލު 3

  ރައްޔިތަކު ކިތައްމެ އާދޭހެއްކުރިއަސް ދިރިހުރުމުހެ ހައްގުން މަހުރޫމްވެދާ ފަދަ ސަބަބެއް މެދުވެރިވެގެން ސަރުކާރުގެ އެދުނަސް އެކަމަކަށް އަޅައިލުމުގައި ރައީސްއޮ ފީހާއި ހަމައިންވެސް އިހުމާލުވެ ލަސްވަތަކެއްވާކަށް އަޅުގަނޑަށް ފާހަގަ ކުރެވި ފައިވެއެވެ. ރަސްމީ މަސައްކަތަށް އެންމެންވެސް ފަރުވާތެރިވާންޖެހެއެވެ. ރަގަޅު ގިނަކަންތައްތައް ހުއްޓަސް ނުރަގަޅު ކަމެއް ވެއްޖެނަމަ އެކަމެއްގެ އަޑު ވަރަށް ގަދަވާނެކަށް އެގެއެވެ.

  12
  1
 14. އަކުރަމް

  ކުޑައިމިސް ބަހެއް ބުނަނީކީ ނޫން؟ އެކަމަކު ސުވާލެއް؟ ކުއްޖާހެ ހާލަތު އެހާ ގޯސްވަންދެން ކީއްވެ ތޯ ސިއްހީ އެހީއެއް ހޯދުމަށް އާއިލާއިން ލަސްކުރީ؟ ސުވާލު ހަމަ އުފެދޭ އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގަ އެހާ ގޯސް މަރު ހަލާއަކަށް ދާނެ ކަމަށް އަދި މިހާ ތަނަށް އެކަހަލަ ރިކޯޑެއް އެއްވެސް ދިމާލަކުން ކޮވިޑް އާއި ގުޅިގެން ފެންނަން ނެތުމުން؟
  ސެންޓަރުން ހިދުމަތް ހޯދި މީހެއްވީމަ ބުނެލަން ބޭނުން ސެންޓަރުން އެދުނު ކޮންމެ ފަހަރަކު ހިދުމަތް ލިބުނު ކަން. އަދި ހިދުމަތަށް ބަލިމީހާގެ ހާލު ގޯސް ނުވަނީސް އެދެން ޖެހޭނަކަށް ކިރިޔާވެސް ޝައްކެއް އުފެދޭ ނަމަ. މިކޮމެންޓް ޖަހާލަ ދޭތި ވަގުތުން.

  4
  15
  • ޖައިލަމް

   ކޯލް ސެންޓަރަށް ގުޅާ ގިނަ ފަރާތްތަކަށް އެޓެންޑެއް ނުވޭ... ހާލު ބެލުމުން ގުޅާވެސް ނުލާ... އެހެންނުވާނީ ތި ހުރިހާ ކްލަސްޓަރތަކުގެެ ހެޑުން އަބަދުވެސް ގެޔަށް ދާންޖެހިފަ އޮންނަނީ... އެޗްއީއޯސީގަ ގިނަވަގުތު މަސެއްކަތެއް ނުކުރޭ.... ޅަ ޒުވާން، ގައުމީ ޔުނިވަރސިޓީގަ ކިޔަވާ، ތަޖުރިބާއެއް ނެތް ޒުވާނުންނާ ކްލަސްޓަރ މަސެއްކަތް ހަވާލްކޮށްފަ ކްލަސްޓަރ ހެޑުން ގޭގަ.... އެޗްއީއޯސީ ތެރަޔަށް ވަނީ އަނެއްކާ ނިކުމެގެން ދިޔައީ... ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭ ބައެއްހެން.... ކަމަކާ އެޓެންޑެއް ނުވޭ... ކްލަސްޓަރ ހެޑުންނަށް ފިޔަވަޅު އަޅަން ޖެހޭ....

   13
 15. ތިލަދުންމަތިން

  ބަލަ މިސަރުކާރަކީ ނާގާބިލް އަދި ގައުމުދަވާލަން ގައުމުގެ ހަރުމުދާވިއްކަން ދީނައްފުރައްސާރަކުރާމީހުން ހިމާޔައްކުރަން ނުހައްގު މީހުންހަޔަރުކޮއް އަންހެންކަބަލުންނައް ޖިސީފުރައްސާރަކުރުމާއި ނޭގޭގޮތައް އެކަބަލުންގެ ޖިންސީގުނަވަނުގާހިފުމައް ދާހިލީވަޒީރު އިމުރާނު ލަފާދީފައިވޭ ދެންކޮން އިހުމާލެއްގެވާހަކަތިޔަދައްކަނީ ؟ދެއްކިޔަސް އެއްވެސްކަމެންނުވާނެ ދޭނީ ރަގަޅު މަގާމެއް މިގައުމުގާއެތައްބަޔަކު.މަރުވަމުންދާއިރު ކޮބައިރައީސް؟؟ކޮބައި ނައިބު؟؟ މިއީކިހާދެރަކަމެން ރައްޔަތުން ވިސްނާބަލަ ކޮންބާރެއް ސަރުކާރައްނުދނީ؟ގިނައީ ހިޔާނާތެރިން އަދުއިންސާކޮބައި؟ ކޮބައި އަދުލުގެ އާމާލްކޫލުނީ ހިސާންގެލޯފާމުންހިންގާ ޖޫޑިސަރީ؟ މިވަރުގެ ލަދުކުޑަ ޖެހުނުގޮތަކަންމަޅާލަމުންރިދަނީ؟

 16. ނަސީމު

  ޛަރުބާރުގޭގަ އެމީހުން ތިބެނީ ފޭސްބުކަށާ ދެންވެސް ދުނިޔޭގަ ލެއްވިހާ އެއްޗަކަށް ވަދެ އަމިއްލަ މަސައްކަތުގަ އަވަދިނެތި. ދެންތިބެގެން މީހުންކާރީގަ މި ކިޔަނީ ތިމަންނާމެންނަކީ ފުރަންޓުލައިން މީހުންނޭ. އެލަވަސް ނުލިބި އެންމެ ދުވަހެއް ލަސްވިޔަސް ނިމުނީއޭ.

 17. މަހާ

  ކެރަފާނަސީމް މިހާރުން މިހާރަށް އިސްތިޢުފާ ދިނުމަށް ގޮވާލަން.

  14
 18. ދެރަ

  22:39: ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މި މަޢުލޫމާތު ސީމެޓަށް ޖީއެމްއާރްޓީގެ ޑޮކްޓަރު ވަނީ ފޮނުވާފައެވެ. އެމްބިއުލަންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަމުގައިވާ، ޑީއެމްއާރްޓީއާއި ސީމެޓަށްވެސް މިމަޢުލޫމާތު ހިއްސާކުރެވިފައި ވީނަމަވެސް، އެމްބިއުލަންސް ދާން (އެޗްއީއޯސީ) އިން އަންގާފައިނުވާކަމަށް ރިޕޯޓްގައި ވެއެވެ
  މިކަން ކުރާނީ ކާކު؟

 19. އަހްމަދު

  ހެލްތުމިނިސްޓަރު ނޫސްވެރިންނާބައްދަލްކޮށްފަބުނާނީ މިރިޕޯޓު ބަލާބަލާވެސް މިނިސްޓަރުގެކުށެއް ނުވަތަ އިހްމާލެއް މީގެންފެންނާކަށްނެތޭ މީގައޮތީ އެންބީލާންސްގެއިހްމާލޭ އެއީއެމްބީލާންސް ނުދިއައިމަ އެއިހްމާލު އެމްބީލާސް އުފުލަންޖެހޭނެތާ ދެން ސޯލިހްއެތަނަށް އިތުރު ސްޓޭޓްމިނިސްޓަރެއްލާންފެނޭ

 20. ދެވަރެންދާ

  ތިޔަ ބުނާ ކޯލު ސެންޓަރ ހިންގުމުގައި އެޗުޕީއޭގެ ދައުރެއް ނެތް، ތިޔަ ތަނެއް ހިނގަނީ ރައީސް އޯ ފީބުން ތިޔަ ކޯލްސެންޓަރ ގެ ވެރިޔަކަށް ލާ ފައި ހުންނަނީ އެމްޑީޕީގެ ހާރޑުކޯ އެކުޓިވެސްޓު ބ. ތުޅާދޫ އަޒުމީލް ކިޔާ ސޮރެއް މިސޮރަކީ ފުލުހުންގެ ވަޒީ ފާއިން އުންގޯސްވެގެން ކަންޑަލިސިރެއް! މިއީ ތިޔަ ކޯލުސެންޓަރ ގެ ހަގީގަތަކީ!

 21. ޢަލިބެ

  ވީމާ ދިވެހިމާލިއްޔަތު އެއްކޮށް ދަރުބާރުގޭގަ ތިއުޅޭމީހުނަށް ދީ. މިހާރުލިބޭވަރު މަދީކަމަށް ވރދާނެ

 22. އައްޑޫ މީހާ

  އެޗް.އޯ.ސީ ކަލޭމެން ވަރަށް ގަދަ ތިޔަވަރުގެ ބަޔަކު ދުނިޔެއިން އެތައް މިތަނުން ހޮވައިގެންވެސް ނުލިބޭނެ ތިހިރީ ކަލޭމެން ކަންތައް ކުރާގޮތް އަހަރެންވެސް ކޮވިޑަށް ފައްސިވެގެން ތެޅެން ޖެހުނު ހާލު އަހަންނަށް އެގޭނީ ހަމަ ތިޔަހެން ކަލޭމެން ކަންތައްކުރީ މިހާރުތާ މިއެނގެނީ އެއްްވެސް ރަހުމެއް ހަމްދަރުދީއެއް ރައްޔިތުންނަކަށް މިމީހުންގެ ހިތަކު ނެތްކަން ނޫނިީ ކޮވިޑް ޖެހޭ މީހުން މަރުވާން ދޫކޮށްލުމަށް ސަރުކާރުން އަންގާފައި އޮތީދެއްތޯ؟ ހާދަހާ ރަހުމު ކުޑަވީމައޭ ތިގޮތައް ކަންތައް ކުރާނީ

 23. ފިޔަވަޅު

  މަމީ ތިތަނައް ދިޔަ މީހެއް . ފޯނު ނުނަގައިގެން .
  މަށަށް ފެނުނީ މަޖާވެގެން އުޅޭ ބައެއް .
  ވަޤުތުން ރަށްޔިތުން ނިކުމެ ދަރުބާރުގެ ބަންދު ކުރަން ޖެހެ .
  ސިފައިންނާ ފުލުހުން މިކަމާ ހަވާލު ވާން މާ ބޮޑަށް ވެސް ލަސް ވެއްޖެ
  ދަރުބާރު ގެއަށް ވަނީ ޕާޓީ އެކްޓިވިސްޓުން އަޅާ ފުރާލާފަ .

 24. ފިޔަވަޅު

  ދެވަރެންދާ ތި ބުނާ ސޮރު މަވެސް ދަންނަން .
  1 ހަފްތާ ވަންދެން ގުޅައިގެން ފޯނު ނުނަގައިގެން އެތަނަށް ދިޔައިމަ ބުނީ މީ ޝަކުވާ ހުށައަޅަން އަންނަން ޖެހޭ ތަނެއް ނޫނޯ .

  8
  1
 25. ނޫސްކިޔާމީހާ

  މިޝްކާގެ މަރުގެ ރިވިއު ރިޕޯޓުން ދިވެހި ރައްޔިތުންނަށް ހާމަ ވެގެން މިދިޔައީ މިނިސްޓްރީ އޮފް ހެލްތު ގެ ހުރިހާ ސެކްޝަނެއް މަސައްކަތް ކުރާގޮތުގެ ހަގީގީ ސިފަ . އަބަދުވެސް ލިބޭނެ ޖަވާބަކީ ފޮނުވާއިފިން. އެތާނގެ ކޮންމެ ކޮންމެ މޭޒަކީ ވަކި ސަރުކާރެއް. އެސިސްޑައިރެކްޓަރުންނާ ޕޮޅިޓިކަލް އެޕޮއިންޓީންނާގެން ތަން ފުރިފަ. ކޮލިޓީ ކޮންޓްރޯލް ކުރނީ މީހުންގެ ކުށް ހޯދައިގެން. ވެރިންނަށް ލާފަ ތިބެނީ ފުލަށްބަރު ކޮމިޔުނިޓް ހެލްތު ވޯކަރުން. ކަމަކީ އަބަދު މީޓިންގތައް ބޭޢްވުން. ކޮނޑުގައި ލެޕްޓޮޕް ދަބަސް އލުވައިގެން ދެކޮޅަށް ހިނގުން. ޕޮލިޓިކަލް އެޕޮއިންޓީސް ކަމަކީ ދެޖީބައް އަތްޖަހައިގެން ކެފޭތަކުގައި ފޯރިމެރުން. ވިސްނަވާ ދިވެހި ރައްޔިތުން ސިއްޙީ ނިޒާމް ރަނގަޅު ކުރަން ބޭނުމެއް ނުވޭ އެތާ ވެރިންނަށް ތިބޭ މީހުން. ލާރިވެސް ހުރޭ. ދެންވެސް ނުވާނެ ރަނގަޅެއް. ދެންވެސް ހަމަ ފަލަ ސުރުޚީ މިއަޅަނީ.