ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިތުރު އަންހެނަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 54 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ މިރޭ 12:00ގެ ފަހުން ކޮވިޑްގައި ނިޔާވި ފުރަތަމަ މީހާ އެވެ.

އިއްޔެ ކޮވިޑްގަައި ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.

މިއާއެކު މި މަހު މިހާތަނަށް ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 18 އަށް އަރާފައެވެ. އަދި ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 179 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއަލީ

    ކީކުރާނީ މަރުވިޔަސް ކާކު އެވާހަކަ ދަކާނީ ...ނިކަމެތި ރަޔަތުންވިޔަ މަރުވަނީ ވެރިކަމު ހުރީ ނުކިޔާ މީހަކު ވިޔަ އޭނަ ޔަކައް ނޭގެ ވިޔަ ހަދަން ވީގޮތެއް ވެސް