ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދަނިކޮށް ދެގަޑިއިރު ތެރޭ ތިން މީހަަކު ނިޔާވެއްޖެ އެވެ.

އެންމެ ފަހުން ނިޔާވެފައި ވަނީވެސް ދިވެހި އަންހެނެކެވެ. އެއީ 79 އަހަރުގެ މީހެކެވެ.

މިރޭ 11 ޖެހިއިރު ކޮވިޑްގައި ނިޔާވެފައި ވަނީ 72 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުން މިރޭ 12ގެ ފަހުން ފުރަަތަމަ ނިޔާވީ 54 އަހަރުގެ އަންހެނެކެވެ.

މިރޭ ނިޔާވި ތިން މީހުންނަކީވެސް ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހުންނެވެ.

މި މަރުތަކާއެކު މިހާރު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 180 އަށް އަރާފައެވެ.

އަދި މި މަހު މިހާތަނަށް ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 19 އަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން ފަހަކަށް އައިސް ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެޗްޕީއޭ އިން ވިދާޅުވާ ގޮތުގައި ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދަށް ބަލާއިރު ނިޔާވާ މީހުންގެ އަދަދު ނިސްބަތުން އިތުރުވަމުންނެއް ނުދެއެވެ.

ކޮވިޑް ޖެހިގެން ގިނަ ބަޔަކު ނިޔާވާ އެއްސަބަބަކީ ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑްގެ އާވޭރިއަންޓް ކަމަށްވުން އެކަށީގެންވާ ކަމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ސަރުކާރުން އެހެން ނުބުނެއެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދަނީ ކޮވިޑްގެ ކޮން ވޭރިއަންޓެއްތޯ ބެލުމަށް ޓެސްޓްތައް ހަދަން ސުންކު ރާއްޖެ އިން ބޭރަށް ފޮނުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް އޭގެ ނަތީޖާ ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަންކޮ

    ކޮވިޑް ފެޒިލިޓީގައި މީހުން މަރުވާ އަދަދުން އެބައެގޭ އެތަނުގެ ފަރުވާކުޑަކަން އިންތިހާއަށް.

    • ބޭބެ

      މިރާއްޖޭގެ ރައްޔިތުން އެބަޖެހޭ މަގުތަކަށް ނިކުމެ މިސަރުކާރުގެ އިހްމާލުތަކާ ދެކޮޅަށް އިހްތިޖާޖުކުރަން!! ރައިސް ސޯލިހް އަދި ސަރުކާރުން މިވަނީ ރައްޔިތުންނަށް މިބަލިފެތުރޭނެ އެތައްގޮތަކަށް ކަންކަންކޮށްފަ!! ރައްޔިތުންގެ ފުރާނަތައް ނުރައްކަލަށް ލެވިފައިމިވަނީ ދޯހަޅި ސިޔާސަޔުގެ ސަބަބުން!! އެތައް ގޯހެއް މިސަރުކާރުން ހަދައިފި! އަދިވެސް ދަނީ ހަދަމުން!! މިމީހުންނަށް އެއްމެކަމެއް ބޮޑުވެގެން ތެޅި ބާލާތަން މިފެންނަނީ މަޖްލިސްތެރެއިންވެސް!! ފާއިތުވި އެއްމަސް ދުވަސް މަޖްލިސްތެރޭ ހަޅޭ ލަވަމުން ތަހްގީގު ނުކުރެވިގެން ގާނޫނު ނެހެދިގެން އުޅޭތަން ފެނުނީ އެންމެ މީހެއްގެ ހިމާޔަތުގައި!! މިއޮތީ ބަލާވެރިކަމެއް މިހާރު މިރާއްޖޭގައި! މިވެރިކަމުން މިކުރާހާވެސް ކަމަކީ ވަގުތީ އުފަލަށް ގައުމު އިންޑިޔާއަށް ވިއްކަމުން ދިއުމާ ރައްޔިތުންގެ ޖީބުތައް ޖޫރިމަނާކޮށްގެން ފެލުން!! މުޅި ރާއްޖެއަށް ކޮވިޑް ފެތުރޭނެ ހުރިހާ ކަމެއްކޮށް ރައްޔިތުންގެ ފުރާނަތައް ނުރައްލަލަށްލުން!! ރައްޔިތުންނަށް ބިރުދައްކާ ރައްޔިތުން ގެއަށް ވެއްދުމަށްފަހު ވައްކަންކުރުން!! މިއީ މިސަރުކާރު ނިމުމަކަށް ގެންނަން ޖަވާބުދާރީ ކުރުވަން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ބިރުފަހައަނަޅާ ނިކުންނަންވީ ވަގުތު!! ނޭއްގާނީކަން އިންތިހާއަށްބޮޑު!!!