ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ކޮންމެހެން ވެސް ބަދަލު ކުރަން ޖެހޭނެ ކަމަށާއި އެ ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ، ދެން ދުވަހަކު ވެސް ރާއްޖެ އަތުނުޖެހޭ ހިސާބަކަށް ހިނގައިދާނެ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ފަށާފައިވާ "ޖަޒީރާ ރާއްޖެ" ކެމްޕޭނަށް މާލޭގައި ތައްޔާރުކުރި އައްޑޫ ޖަހަގަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް ސުއޫދު ވިދާޅުވީ، އެމްޑީޕީން މި ފަށައިގަންނަނީ ވަރަށް ވެސް ބޮޑު މަސައްކަތެއް ކަމަށެވެ.

ސުއޫދު ވިދާޅުވީ ތަރައްގީގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ކޮރަޕްޝަން އޭގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި އޭގެ ނާޖާއިޒު ފައިދާ ވެސް ބަޔަކު ނަގަމުންދާ ކަމަށެވެ.

މި މަސައްކަތުގެ ބޭނުމަކީ ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރުން ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން ޖެހޭ ސަބަބުތައް ވަރަށް ގިނަ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

"ވެރިކަން ބަދަލު ކުރަން ޖެހޭ ސަބަބުތަށް ވަރަށް ގިނަ. އޭނގެ ތެރޭގައި އިންސާފު ނެތުމާއި އަދުލު އިންސާފު ނެތުން. އެތައް ބަޔަކަށް އަނިޔާ ލިބިގެންދާ ދިއުން. ރާއްޖެ ފޭރިގަންނަމުން ދިއުން. ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި ދުވަހެއް ދުވަހަކަށް މި ސަރުކާރު ކުރިއަށްދާ ދިއުން ހުއްޓުވަން އެބަޖެހޭ." ސުއޫދު ވިދާޅުވި އެވެ.

"މިވެރިކަން ދަމަހައްޓާ ކަމަށް ވެއްޖެއްޔާ އަނެއްކާ ވެސް މިވެރިކަން އިތުރު ފަސް އަހަރަށް ދެމިގެން ހިނގައްޖެ ނަމަ އަޅުގަނޑުމެންނަށް މި ރާއްޖެ ދުވަހަކު ވެސް ދެން އަތުޖެހިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ." ސުއޫދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    ސުއޫދު ވެރިކަން ބޭނުން ވީތޯ.

  2. ނުކުޅެވޭނެ

    ސޫދު ވެރިކަން ކާލާ! ސޫދު ތީ މިގައުމުގައި ހިންގާ ހުރިހައި ނުބައިކަމެއްގެ އަޑީގަހުންނަ މީހާ ! ހުރިހާ ކުއްވެރިންގެ ބަލަދުވެރިޔާ !!!

  3. ގްރީސް

    ދިވެހިރާއްޖެއެއް މޑޕ ގެ ހަޔާތްކުޑަ މީހުންގެ އަތްމައްޗަކަށް ދުލެއްނުކޮއްލެވޭނެ.

  4. ހުމުދު

    ސުއޫދު ކެނެރީ ނަސީދު މިގައުމު ވިއްކާލާ ނޮޅާލާ ދިރުވާލާ ޕަކަޅާ ކޮށްލިއިރު ތިބޭފުޅާ ހުރީ ހަމަހޭގަތޯ

  5. ޙައްގު

    ސުއޫދު ކެނެރީ ނަސީދު މިގައުމު ވިއްކާލާ ނޮޅާލާ ދިރުވާލާ ޕަކަޅާ ކޮށްލިއިރު ތިބޭފުޅާ ހުރީ ހަމަހޭގަތޯ

  6. ތަރާގަނޑު

    ސުއޫދު މޮޔަފުޅުވީތޯ ތިބޭފުޅާތީ ޖަލުތަކުގެ ބަލަދުވެރިޔާ ފަތްބޯބޭފުޅުންގެ ބަލަދުވެރިޔާ މީހުންމަރާ ބޭފުޅުންގެ ބަލަދުވެރިޔާ ގައުމުގެ ހަލާކު.

  7. ނުރަބޯ

    ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ޖެހޭ އެއްވެސް ސަބަބެއް ފެންނާކަށް ނެތެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަން ބަދަލުނުކޮށް އޭނާއަށް އިތުރު ފުރުސަތު ދޭންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އެއްމެ ފުރަތަމަ ސަބަބަކީ ސޫދުބެމެންގެ ރީނދޫ ސަރުކާރުން އިނދަޖައްސާލި މިގައުމުގެ އިގްތިޞާދު، މާތްﷲގެ ވާގިފުޅާއެކު ވަރަށް ޙިކްމަތްތެރި ކަމާއެކު ހަމަޔަކަށް އެޅުވިއެޅުވުމެވެ. އެކަމަށްޓަކައި ބައިނަލް އަގުވާމީ މާލީ އިދާރާތަކުން ވަނީ ރައީސް ޔާމީންގެ މާލީ ސިޔާސަތަށް ތާއީދުކޮށް ތަޢުރީފް ކޮށްފައެވެ. ދެވަނަކަމަކީ ސޫދުބޭގެ ރީނދޫސަރުކާރުން މިގައުމުގެ ޞިއްޙީ ނިޒާމު ވިޔަފާރި އުޞޫލުން ހިންގާގޮތަށް ހަމަޖެއްސުމުން އެނިޒާމު މުޅިން ބޮއްސުންލާ އިނދަޖެހިފައި އޮތްއޮތުން ހަމަޔަކަށް އެޅުވުމަށް ކުރި ބުރަ މަސައްކަތެވެ. އަދިމިހާރު މާތްﷲގެ ވާގިފުޅާއެކު، އެނިޒާމު އަންނަކީ ބާރު ސްޕީޑްގައި ކުރިއަރަމުންނެވެ. މިކިޔާ ދެވުނީ ސޫދުބޭ މެންގެ ރީނދޫ ސަރުކާރުގެ ޚުދުމުޚުތާރު ކަމާ ނުބައި ނުލަފާކަމާ ހިންގުންތެރިކަމެއް ނެތްކަމާ ކޮރަޕްޓްކަމުގެ ކުޑަ މިންވަރެކެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ހިންގުންތެރި ކަމާ ގައުމަށް ކޮށްދިން ފައިދާޔާ ލާބަޔާ މަންފާގެވެސް ކުޑަމިންވަރެކެވެ. އަދި ސޫދުބޭމެންނަށް މިގައުމުގަ ވެރިކަން ކުރަން ފުރުޞަތު ދޭންނުޖެހޭ ސަބަބާ ރައީސް ޔާމީންގެ ވެރިކަން ބަދަލު ނުކޮށް އޭނާއަށް އިތުރު ފުރުޞަތު ދޭންޖެހޭ ސަބަބުތަކެވެ.