ކޮވިޑް-19 ޖެހި ހާލު ދެރަވެގެން ގއ.ދާންދޫން މާލެ ގެނައި 28 އަހަރުގެ ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ.
ނިޔާވި މީހަކީ ސިއްހީ އެއްވެސް ބޮޑު ބައްޔަކަށް ބޭސް ކުރަމުން އައި މީހެއް ނޫނެވެ.
ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން އޭނާ ކޮވިޑަށް ޓެސްޓް ކުރީ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. މިދިޔަ މަހުގެ 16 ވަނަ ހާލު ސީރިއަސްވާން ފެށުމުން އޭގެ ތިން ދުވަސް ފަހުން ދާންދޫ ސިއްހީ މަރުކަޒުގައި އޭނާ އެޑްމިޓް ކުރިއެވެ. އަދި އޭގެ ފަހުން ވިލިނގިލީގައި ހުންނަ ގއ.ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރިއެވެ.
އޭނާ ކޮވިޑަށް ޓެސްޓް ކުރަން ފުރަތަމަ ނެގި ސުންކުގެ ނަތީޖާ ނުލިބިގެން ވިލިނގިލިން އަނެއްކާ އިތުރު ސުންކެއް ނަގައިގެން ޓެސްޓް ކުރިއިރު ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ހާލު އިތުރަށް ގޯސްވާން ފެށުމުން އޭނާ ފްލައިޓްގައި މާލެ ގެނައީ ވެސް ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އާއިލާ މެންބަރަކު "ވަން" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ފުލައިޓު ތެރޭގައި ވެންޓިލޭޓަރުގެ ބެޓަރި ޑައުންވި ކަމަށެވެ. ބެޓަރި ޑައުންވުމުން އޮކްސިޖަން ދިނުމަށް ޕަމްޕެއް ބޭނުންކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ނިޔާވިއިރުވެސް އޭނާ އޮތީ ވެންޓިލޭޓަރުގައެވެ.
ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 181 އަށް އަރާފައެވެ.
ވަރަށް ދެރަ.
މިރާއްޖޭގެ ރައްޔިތުން އެބަޖެހޭ މަގުތަކަށް ނިކުމެ މިސަރުކާރުގެ އިހްމާލުތަކާ ދެކޮޅަށް އިހްތިޖާޖުކުރަން!! ރައިސް ސޯލިހް އަދި ސަރުކާރުން މިވަނީ ރައްޔިތުންނަށް މިބަލިފެތުރޭނެ އެތައްގޮތަކަށް ކަންކަންކޮށްފަ!! ރައްޔިތުންގެ ފުރާނަތައް ނުރައްކަލަށް ލެވިފައިމިވަނީ ދޯހަޅި ސިޔާސަޔުގެ ސަބަބުން!! އެތައް ގޯހެއް މިސަރުކާރުން ހަދައިފި! އަދިވެސް ދަނީ ހަދަމުން!! މިމީހުންނަށް އެއްމެކަމެއް ބޮޑުވެގެން ތެޅި ބާލާތަން މިފެންނަނީ މަޖްލިސްތެރެއިންވެސް!! ފާއިތުވި އެއްމަސް ދުވަސް މަޖްލިސްތެރޭ ސުޕަމެޖޯރިޓީ ހަޅޭ ލަވަމުން އަދި ތަހްގީގު ނުކުރެވިގެން ގާނޫނު ނެހެދިގެން އުޅޭތަން ފެނުނީ އެންމެ މީހެއްގެ ހިމާޔަތުގައި!! މިއޮތީ ބަލާވެރިކަމެއް މިހާރު މިރާއްޖޭގައި! މިވެރިކަމުން މިކުރާހާވެސް ކަމަކީ ވަގުތީ އުފަލަށް ގައުމު އިންޑިޔާއަށް ވިއްކަމުން ދިއުމާ ރައްޔިތުންގެ ޖީބުތައް ޖޫރިމަނާކޮށްގެން ފެލުން!! މުޅި ރާއްޖެއަށް ކޮވިޑް ފެތުރޭނެ ހުރިހާ ކަމެއްކޮށް މިސަރުކާރުން ކޮށްފި!! ރައްޔިތުންގެ ފުރާނަތައް ނުރައްލަލަށްލައިފި! އިހްމާލުތައް ބަލާލި ކޮންމެދިމާލަކުން ފެންނަން މިއޮތީ! ސަރުކާރުން ރައްޔިތުންނަށް ބިރުދައްކާ ރައްޔިތުން ގެއަށް ވެއްދުމަށްފަހު ކުރަނީ ވައްކަން! މިއީ މިސަރުކާރު ނިމުމަކަށް ގެންނަން ޖަވާބުދާރީ ކުރުވަން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ބިރުފަހައަނަޅާ ނިކުންނަންވީ ވަގުތު!! ނޭއްގާނީކަން އިންތިހާއަށްބޮޑު!! އިންޑިޔާގެ އުނގަށްވެއްޓި އެމީހުން ނޭދޭ އެއްވެސް ކަމެއް މިރާއްޖޭގައި ކުރެވޭތަނެއްނުފެނޭ!!
ކޮންދުވަހަކައް ހަދާނީ؟ މަ ރެޑީ
ދުނިޔޭގެ ހުރިހާގައުމެއް މިއޮތީ ދޯހަޅިވެފަތާ. ޢެހެންވީމަ ދުނިޔޭގެ ވެރިކަމާ ކަލޭ ހަވާލުވާންވީނު. ކަނޑުކޮސްވާހަކަ ނުދައްކާ ފުރަތަ ތިމާގެޒިއްމާ އަދާކުރެވޭތޯ ބަލާބަލަ.
އެކަމު އައިޖީއެމްއެޗުން ކުޑަ ކުއްޖެއްގެ ބޯ ބުރިކޮށްލާ، އެޗް އައިވީ ލޭ ދެމަފިރިއެެއްގެ ގަޔަށް އަޅާ މަރާލިއިރު ކަލޭ މެން ނުގޮވާ ތިޔަހެން މަގުމަތިން ވެރިކަން ވައްޓަންޖެހޭކަމަކަށް.. ދިވެހިންނަކީ ހަނދާންނެތޭބައެކޭ ބުނޭ އެކަމު އަހަރުން ހަނދާން އެބަހުރި.. ދުނިޔޭގެ އެންމެ ކުރި އަރާފަވާ އެމެރިކާ ޗައިނާ އިޓަލީ ފުރާންސް އަދި އިންގުލެންޑް ފަދަ ތަންތަނުގެ ސަރުކާރުތަކަށް ވެސް އޮބި ނޯވެ އެތަށް ބަޔަކު މަރުވެގެން ދިޔަ ބޮޑު ޕެންޑަމިކެއްގެ ތެރޭކަން ކަންކަން ހިތިހުރިހާ ގޮތަކަށް ނުވެ ދިޔައީމަ ތިޔަ ގޮވަނީ ސަރުކާރު ވައްޓަން.. ތިޔަ ޕީޕީ ޑީދުތޭޑު ޑީފެކުސަނު ތިބިނަމަ ހާލެއްވެސް ނޭނގޭ.. މާ މޮޅު ބަޔަކަށް ހަދައިގެން ވާހަކަ ދެއްކިޔަސް އެއީ ހަމަ ހައްޕުނޑު ނުވާނެ މެނޭޖެއް އެ ވެރިންނަކަށް..
إنَّا لله وإنا إليه راجعون
މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި!އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
🤲 آمیـــــــــــــن
ފާފަފުއްސަވައި ރަޙްމަތް ލައްވާށިއެވެ.
ކުރީގަ މީހުން ސުވާލު ކޮއްލަނީ ކިތައްމީހުން ތަ ޕޮސިޓިޔުވީ އެކަމް މި ހާރު ޤައުމުގެ ހާލަތު ބަދަލުވެ މި ހާރު ކޮންމެ މީހަކުވެސް އަހާލަނީ ކިތަ މީހުން މަރު ވި ތޯ؟إنَّا لله وإنا إليه راجعون މި ހެން މި ކަން މިހެން ވީ ސަރުކާރުން ރަޔަތުންގެ ބޮލައްކަޑާ ފަރުދީޒިން މާޔޭ ކިޔަކިޔާ ތިބީ ..
ﷲ ތަޢާލާ އެމީހެއްގެ މަރު އަޒަލުގާ ކަނޑައަޅުށްވާފާވާ ގޮތަށްހިތްޕަވާނެ އެޔަކު އިންސާނުންނަށް ކުރެވޭނެ ކަމެއްނޯންނާނެ ހައްގުބަސް އަށްބުނެލަންއޮރީ ކޮރޯނާޖެހިގެން މަރުވާން ހުރިމީހަކު މަރުވާނީ ކޮރޯނާޖެހިގެން މީގެ ސަރުކާރަކަށް އިބު ސޯލިހަކަށް ކެރެފާނަސީމަކަށް އެޗުޕީއޭ އަކަށް ޑޮކްޓަރުންނަކަށް ކުރެވޭނެ ކަމެއް ނޯންނާނެ އިންސާނުންނަށް ކުރެވޭނީ މަސައްކަތް ސިފާދެއްވާނީﷲ ކަލޭތީ ފިތުނަފަސާދަ އުފަށްދަން އުޅޭމީހެއް މިޔަށްތުރެން މުށްސަންދި ވަސީލަތްތައް ގިނަ ގައުމުތަކުގަވެސް އެއުޅެނީ ސަލާމަތްނުވެގެން
إنَّا لله وإنا إليه راجعون، ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން