ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއްގެ އެމްބިއުލަންސްގައި ވެސް ކޮވިޑް ބަލި މީހުން އުފުލޭ ގޮތް ހެދުމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިހެން ބުނީ ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ނުދީ ލަސްކުރި މައްސަލަ ތަހްގީގު ކުރުމަށް ފަހު ނެރުނު ރިޕޯޓްގައެވެ.

މިޝްކާގެ މަރަށް ފަހު ދެން ރަނގަޅު ކުރާނެ ކަންކަން ބަޔާންކޮށްފައިވާ ބައިގައި ހެލްތު މިނިސްޓްރީން ބުނެފައި ވަނީ ކޮވިޑް-19 އަށް ފައްސިވާ ފަރާތަކުން އިމަޖެންސީ ހާލަތުގައި އެމްބިއުލަންސް ހޯދުމަށް ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ، އެ ތަނަކުން އެ ފަރާތެއް ބޭނުންވާ ސިއްހީ ޚިދުމަތް ދިނުމަށްޓަކައި އެމްބިއުލަންސް ފޮނުވަން ޖެހޭނެގޮތަށް އުސޫލުތައް ކަނޑައަޅައި، ސިއްހީ ޚިދުމަތްދޭ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އުސޫލު ހަދަން ކިހައި ދުވަހެއް ނަގާނެ ކަމާއި، އުސޫލު ސިއްހީ ހިދުމަތްދޭ ތަންތަނަށް ފޮނުވޭނީ ކޮންއިރަކު ކަމެއް ރިޕޯޓްގައި ބުނެފައެއް ނުވެއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވާ ފަރާތްތައް، ޑޮކްޓަރަށް ދައްކައި އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމް މާލެ، ވިލިނގިލި އަދި ހުޅުމާލޭގައި ހަމަޖައްސައި، އެތަންތަނަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަންތަން ކަމުގައި ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ މިހާރު ކުރަމުންނެވެ. އަދި މިތަންތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތައް އަމިއްލައަށް ގޮސްގެން ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ކޮވިޑުގެ ހާލަތުގައި އެމަޖެންސީ ކޭސްތަކުގައި އެޗްޕީއޭއިން ބޭނުންކުރަމުންދަނީ އެންމެ ފަސް އެމްބިއުލަންސެވެ. ކޮވިޑުގެ ކަންކަމުގައި ސިއްހީ ހިދުމަތްދޭ އެހެން ތަންތަނުގެ އެމްބިއުލާންސް މިހާރު ބޭނުމެއް ނުކުރެވެ އެވެ.

މިޝްކާ ނިޔާވީ އޭނާގެ ބެލެނިވެރިޔާ އެމްބިއުލަންސެއް ފޮނުވައި ދިނުމަށް ތަކުރާރުކޮށް އެތައް ފަހަރަކު ގުޅައިގެން ވެސް އެމްބިއުލަންސް ނުލިބިގެން އެންމެ ފަހުން ދަރުބާރުގެއަށް މީހަކު ގޮސް އެމްބިއުލަންސެއް ހޯދައިގެން މިޝްކާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މިޝްކާގެ ގެއަށް އެމްބިއުލަންސް ގޮސްފައި ވަނީ އެމްބިއުލަންސަށް ގުޅިތާ ދެގަޑިއިރާއި 26 މިނެޓް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދިވެހިސޮރު

  ހެލްތް މިނިސްޓްރީގަ ތިބި ގަމާރުތަކަށް ބުނެލަން. މިހާރުވެސް ތިގޮތަށް އެމްބިއުލެންސް ލިބޭ..މާލޭގަ އެމްބިއުލެންސް އޮޕަރޭޓްކުރަނީ އައިޖީ އެމް އެޗް...އޭޑީކޭ އަދި ހުޅހުމާލެ ހޮސްޕިތަލް ޓްރީޓޮޕް ހޮސްޕިޓަލްގަ. އެމްބިއުލެންސަށް ޕޭކުރަންޖެހޭތީ ގިނަމީހުން ގުޅަނީ އައި ޖީއެމް އެޗާ.. އެހެންހޮސްޕިޓަލްތަކުންވެސް މީގެކުރިންވެސް ގުޅީމަ އެމްބިއުލެންސް ފޮނުވާ މާއަވަހަށް. ތިޔަނިންމުމުން ރައްޔިތުންނަށް ލިބުނީ ކޮން ކުރިއެރުމެއް؟ ހީވާގޮތުން ދެންމާގޯސްވާނެ..އެއީ މީގެކުރިން ކޮވިޑްބަލިޟިހުން އުފުލާ އެމްބިލެންސްގަ އެބަލިނުޖެހޭމީހުން ނުއުފުލާ ..ދެން ތަނެއްދޮރެއްނުބަލާ އުފުލަން ފެށިމަ ނިކުންނާނީ ކޮން ނަތީޖާޢެއްތޯ؟ އެމްބިއުލެންސް މައްސަލަ މިދުވަސްކޮޅު..ތަންކޮޅެއްކުރިން ކެމިކަލްގުދަން..ހަމަކުކުޅުގެ އުޞޫލު..ވާރެވެހެންފެށީމަ ގެއަޅަން ހަނދާންވަނީ..މިއެއްނޫން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގަ މީހުން ކަންކަން ކުރާގޮތަކީ...ތިޔަ ފްލީޓަށް އެމްބިއުލެންސް އިތުރުކޮށްބަލަ. އައިޖީއެމްއެޗްގަ ޕާކިން ޒޯނުގެ 4 އުލަދު އޮއްވަ އެބަބުނޭ ނެތޭ އަވަހަކަށް އެމްބިއުލެންސް ލިބޭކަށް..މީ ހާލުހުރިގޮތަކީ ނަސީމޫ

  12
 2. ޢަހު

  ގދ. ޏަޑައްލާގަ ބަލިމީހުން އުފުލަންޖެހެނީ އަތްގާޑިއާގަ

 3. ފިޔަވަޅު

  ތިކަހަލަ ފިޔަވަޅު ތަކެއް އެޅިޔަސް އިހުމާލު ވި މީހުނަށް އަދަބު ލިބެންޖެހެ .
  މިސަރުކާރުގަ ކިތަންމެ ނުބައި ކަމެއް ހިނގާލިޔަސް އަދަބެއް ނުލިބެ އެމީހުންގެ މީހަކަށް

 4. ލލ

  ބަލަ ކުއްލި ހާލަތުގައި ގުޅާނެ ނަމްބަރު ނެތިގެންތޯ މިއުޅެނީ އިމެޖެންސީގައި އަބަދުވެސް ގުޅާނީ އެމްބިއުލާންސަށް ރެސްޕޮންޑު ނުކުރާތީ މައްސަލައަކީ، އެމްބިއުލާންސު ގެންގުޅެނީ ހޮސްޕިޓަލް ތަކުންނާއި ރެޑްކުރެސެންޓު މީހުން ނުންތޯ އެމީހުން އެމްބިއުލާންސު ފޮނުވީމާ މައްސަލަ ހައްލުވާނެ !

  • ކަމަނަ

   ހަމަ ޔަގީނުންވެސް އެމްބިއުލާންސް ރަނގަޅަށް އޮވެ ދަތުރު ނުކޮށެވެސް ނޯންނާނެ ކަން ޔަގީން. އެއް އެމްބިއުލާންސް ގަ އެންމެން އުފުލަން ޖެހުމުން އެއީ އިތުރު ސްޕްރެޑަކަށް ދިއުން. އަދި ކޮވިޑް ބަލިމީހަކު އުފުލާފައި 20 މިނެޓް ނަގާނެ އެންމެ އަވަސްކޮށް ޑިސްއިންފެކްޓް ކޮށް އަލުން ދަތުރު ދިއުމަށް

 5. ޔައުޤުބު

  ހެލްތު މިނސްޓަރ ކެފަރާ އެނގޭތަ މިހާރުވެސް ގިނައީ ނުދުވާ އެންބިއުލާންސް ތައް ، ގިޔަރު ބޮ ކުސް ފުނޑިފަ ، ސްޓާޓު ކުރަން ބޭނުން ކުރާ ބެޓެރި ނެތިފަ އެބައޮތް 16 އެންބިއުލާންސް

 6. ސސ

  މިރާއްޖޭގައި މިވާގޮތަކީ އެމްބިއުލާންސުވެސް ނުދުއްވާ އޮވެއޮވެ ހަލާކުވަނީ، އިންޖީލު އެއްޗެއްސަކީ އިސްޓާޓުކޮށް ބަލަހައްޓަން ޖެހޭއެއްޗެއް ! ބޮޑުކަމެއް ދިމާވެގެން ގުޅާއިރު ގޭރު ހަލާކުވެފައި ފަހަތަށް ނުޖެހޭނެ !