ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަަމަލާއެއް ދެވިގެން އައި އިރު، އެމަނިކުފާނުގެ ސެކުއިރިޓީ ފޫދުއްވާލި ގޮތުގެ މައްޗަށޤ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އިންކުއައިރީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، ހަމީދަކީ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމެންޓްރީ އިންކުއަރީއަށް އެންމެ ފުރަތަމަ ހާޒިރު ކުރާ ބޭފުޅާއެވެ.

އެ ޓްވީޓްގައި 241 ކޮމިޓީގެ ބައްދަލުވުމެއް ކޮމިޓީ ކޮޓަރިއެއް ތައްޔާރުކޮށްފައިވާ ދެ ފޮޓޯއެއް ވެސް ޚިއްސާ ކުރައްވާފައިވެއެވެ. މިއިން އެއް ފޮޓޯއެއްގައި ކޮމިޝަނާ ހަމީދު އިންނަވަން ހަމަޖެހިފައިވާ ގޮނޑިއެވެ. މި ގޮތުން ހަމީދުގެ ނަން ހިމެނޭ ބޯޑެއް މޭޒުމަތީގައި ބަހައްޓާފައިވެއެވެ.

ފަހުން މަޖިލީހުގެ އިދާރާއިން ވަނީ ހަމީދު ހާޒިރުވި ވީޑިއޯއާއެކު ވެސް ޓްވީޓެއް ކޮށްފައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި 241 ކޮމިޓީން ވަނީ ހާޒިރު ކުރާނެ ބަޔެއްގެ ލިސްޓެއް ތައްޔާރުކޮށްފައެވެ. މި ލިސްޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސިފައިންނާއި ފުލުހުންނެެވެ.

ސިފައިންގެ އިސް ވެރިން ހިމެނޭހެން 40 ސިފައިންނާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި އިންޓެލިޖެންސްގެ ޔުނިޓްގެ ބައެއް އޮފިސަރުންގެ ނަން އެ ލިސްޓުގައި ހިމެނެއެވެ.

ސީޕީ ހަމީދާއެކު ކޮމިޓީން އެދޭ ވަކިވަކި ފުލުހުން ވެސް ހާޒިރު ވާނެ ކަމަށް ފުލުހުންގެ މުއައްސަސާއިން ވަނީ ވިދާޅުވެފައެވެ. އެކަމަކު އެމްއެންޑީއެފުން ކޮމިޓީއަށް އެންގެވީ ވަކިވަކި ސިފައިން ހާޒިރު ކުރުމަކީ ކޮމިޓީއަށް ލިބޭ ބާރެއް ނޫން ކަމަށް ވިދާޅުވެ އެ ކަން ނުކުރައްވާނެ ކަމުގައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނު ވިލާތުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވައިފައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަރުމަނުގައެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު ނީލޯފަރު ހިނގުމާއި މަޖިދީ މަގާއި ދެމެދު ކަންމައްޗަށްވާ ގޮތަށް ހުރި ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލި އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭގެ ފަހުން ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހަރުކަށި ފިކުރުގެ ވިއުގައަށް ނިސްބަތްވާ ކަމަށް ތުހުމަތުވާ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ހައްޔަރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައްޑޫ މީހާ

    ފުލުހުންނަކީ ބާރުކަނޑުވާފަ ބޭނުންގޮތަކަށް ކުޅެން ތިބި ބައެއް ސިފައިންނަކާ ނުކުޅެވޭނެ ސިފައިންނާ ކުޅެންވެގެން ޖަހާ ސަކަރާތް ހަމަ ހިލާ އެހެން ހެދުމުގެ ފުރުސަރު ދީގެން ނުވާނެ މިހާރު ފުލުހުންނާ ސިފައިން ބޭކަރުކުރަން ކުޅޭ ކުޅިގަނޑުގެ ދެވަނަ ބާބު ފެށުނީ

    37
    1
    • ބޭބެ

      މިކޮމެންޓަށް ތާޢީދުކުރެވޭ!! ފުލުހުންގެ މުއައްސަސާ ޚަރާބުކުރަން ފެށުނީ ކޮމިޝަނަރ އަހްމަދު އަރީފުގެ ދައުރުން ފެށިގެން! އޭގެކުރިން ހުރި ސީޕީ ޙުސައިން ވަޙީދުވެސް ވަނީ މަގުމަތީގައި ޖަހާފައިވާ ފެންފޯށް ރުއްކަނޑާލާފަ!! އަދި ފިސްތޯލައެއް ވަޒީރެއްގެ އެޕާޓްމަންޓުގައި އިންދާފަ!! މިއީ އޭރުގެ ނައިބު ރައިސް އަހްމަދު އަދީބުގެ އޯޑަރަށް ކޮށްފައިވާ ދެކަން!! މިއީ ފުލުހުން ކުރި ކަމެއްކަމަށް (ފެން ފޯށް ރުއްކެނޑުމާ ފިސްތޯލަ އެޕާޓްމަންޓުގައި އިންދުން) ގިނަ ބަޔަކު ތުހުމަތުކުރާތީ މިހެން މިދެންނެވީ!! އަހްމަދު އަރީފް އަޑީގައި ހުރެގެން އޭރުގެ އިދިކޮޅާވެސް ގުޅިގެން ފުލުހުންގެ އިސް ދެތިން ފަރާތަކާ ގުޅިގެން އޭރުގެ ރައިސް ޔާމީން ހައްޔަރުކުރަން ކޯޓް އަމުރެއް ނެރުމާއި، އަދި އޭރުގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އިދިކޮޅާ އަދި ފުލުހުންގެ ވަޒީފާއިން އެކިއެކި މައްސަލަތައް ޖެހިގެން ކަނޑާފައިވާ ފަރާތްތަކާ ސަސްޕެންޝަނުގައިވާ ފަރާތަކާ ގުޅިގެން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލުވާލާ އޭރުގެ ސަރުކާރު ނިމުމަކަށް ގެންނަން މަސައްކަތްކުރި ކަމީވެސް ރައްޔިތުން ތުހުމަތުކުރާ ކަންކަން!! މިއީ އަރީފު މަގާމުގެ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު ނުކޮށް ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރުމަށް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންކަން!! އެހެންކަމުން ފުލުހުން ސިޔާސީ ކުރުމާ ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުމުގައި މުއައްސަސާގެ އިސްވެރިްންގެ ދައުރުވެސް ވަރަށްބޮޑު!! ސިފައިންވެސް މިހާރު މިދައުރުގައި މިމަގުންދާތަން ފެންނަނީ!! ޚާއްސަކޮށް އެތާނގައި ތިބި އިސްބައެއް ފަރާތްތަށް ސިޔާސީ ކަންކމުގެތެރެއަށް ވައްދަން މަސައްކަތްކުރާތަން ފެންނަ ބައެއް މަންޒަރުތަކުން ސިފަވޭ!! މި ދެ މުއައްސަސާގެތެރެއަށް އެއްވެސް ސިޔާސީ ނުފޫޒެއް އަދި ބާރުވެރިކަމެއް ވެއްދޭގޮތަށް އޮތުން ރަގަނޅުނުވާނެ!!

  2. ނަައީމް

    ސިޔާސީމީހުންގެ ހޮހަޅައަކައް ސީޕީހަމީދު ވެއްދުމަވީ ގައުމައްހުރި ބިރުވެރިކަމެއް

    22
    1
  3. ޢަހުމަދު

    ނަޝީދު އާއި ގުޅިފައިވާ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ބަލާތި... އެއީ ހަމަ އެކަނި މުހިއްމު މީހަކީ... 2023 އަށް ސަލާމް

    22
    1
  4. ލލ

    މިހާރު އެއެމްޕީއާރުސީ ކޮރަޕްޝަން ނިމުނީތޯ ؟

    20
    1
  5. ސަޓޯ

    ދެން އެންމެނަށްވެސް އެނގޭނު ހަމީދަކި ވިކިފަ ހުރި ކަން.. ސިފައިންނަކާ ނުކުޅެވޭނެ... އަންނި ސޯރ ހަމީދަށް އެމަގާމު ދިނީވެސް ފުލުހުންގެ އަގުވައްޓަން...

    24
    1
  6. މަސީހު

    އެތައްއަހަރެއްވަންދެއް ސިޔާސީ ކަނކަމުގައުޅުނު މީހަކައް މަގާމުދީގެން ތިޔަކުރާކަންތަކުގެ ނަތީޖާހިތިވާނެ

    7
    1