ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ރާއްޖެއަށް ފޯރަމުންދާ ނިސްބަތާއި ފޯރަމުންދާ ހަލުވިމިނަށް ބަލާއިރު، އަޅުގަނޑުމެންނަކީ، މިގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުޞަތު ލިބޭ، އެންމެ ފަހު ޖީލު ކަމަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިއަދު ނެރުއްވި ޚިޠާބުގައެވެ.
ރައީސް ޞާލިހް ވިދާޅުވީ އަޅުގަނޑުމެންގެ ހަލާކުވަމުންދާ މާޙައުލީ ނިޒާމު އިޢާދަކުރުމަށްޓަކައި، މިއަދު މިތިބަ ޙާލަތުގައިވެސް، އާވިސްނުންތަކާއެކު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އަޅުގަނޑުމެންގެ އަތްތަކުން ދިން ގެއްލުންތަކުގައި ހަލާކުވެފައިވާ، ކުޅިތަކާއި، ފާތަކާއި، ޗަސްބިންތަކާއި، ފަރުތަކާއި ގޮނޑުދޮށްތައް، އޭގެ ޠަބީޢީ ޙާލަތަށް އިޢާދަކޮށްދެވޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ޤުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މާޙައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް، ދިވެހިރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަޙައްދުތަކުގެ، އެންމެ ކުޑަވެގެން 20 އިންސައްތަ ޙިމާޔަތްކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ޙިމާޔަތްކުރުމުގެ ބައިނަލްއަޤްވާމީ މަސައްކަތުގައިވެސް ރާއްޖެ ވަނީ ބައިވެރިވެފައިކަން ރައީސް ފާހަގަ ކުރެއްވިއެވެ. ހަމައެފަދައިން، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް، "ނޫ އިޤްތިޞާދު"ގެ ދަށުން، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މާހައުލަށް ގެއްލުމެއް ނުދިނުމަށް އިލްތިމާސް ކުރައްވާފައެވެ. "މާޙައުލީ ނިޒާމަކީ، އެ ނިޒާމަށް ލިބޭ ކިތަންމެ ކުޑަ ގެއްލުމެއްވެސް އަލުން އިޢާދަކުރުމަށް، އެތައް އަހަރެއް ހޭދަވާ އަދި އެތައް ބުރަ މަސައްކަތެއް ކުރަންޖެހޭ ވަރަށް ނާޒުކު ނިޒާމެކެވެ. އަދި ބައެއް ބާވަތުގެ ގެއްލުންތަކަކީ އެއްގޮތަކަށްވެސް އިޢާދަ ނުކުރެވޭނެ ގެއްލުންތަކެވެ. އެހެންވީމާ، ވެށީގެ ނިޒާމަށް ލިބޭ ގެއްލުން އިޢާދަކުރަން ތިބުމުގެ ވިސްނުމަށް ވުރެ، އަޅުގަނޑުމެން އިސްކުރަންޖެހޭނީ، އެ ނިޒާމަށް ގެއްލުމެއް ލިބުނަ ނުދީ ރައްކާތެރިކުރުމުގައި ދެމިތިބުމުގެ ވިސްނުމެވެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް، ރާއްޖެއިން ޖައްވަށް ދޫކުރަނީ ކިތަންމެ މަދުން ކަމުގައި ވިޔަސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ރާއްޖެއެވެ. ދުނިޔޭގެ ނިސްބަތުން ރާއްޖެ ކިތައްމެ ކުޑަކަމުގައި ވިޔަސް، މާޙައުލީ ނިޒާމު އިޢާދަކޮށް ރައްކާތެރިކުރުމުގައި، ރާއްޖެއަކީ، ބޮޑެތި ޤައުމުތަކަށްވުރެވެސް، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމެއް ކަމަށާއި ސަބަބަކީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް، އަޅުގަނޑުމެންގެ ރަށްތަކަށާއި، އަޅުގަނޑުމެންގެ އިޤްތިޞާދަށާއި، ޢާންމު ސިއްޙަތަށާއި ކާބޯތަކެތީގެ ޔަޤީންކަމަށް، އަދި ގޯތިގެދޮރަށްވެސް ކުރިމަތިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަ ދި ވަރަށް ވެސް ހޫނުކަން ބޮޑު ދުވަހެއް އެބަވޭ الله ބިރުވެތި ވަމާ.
ތާހިރެއްނު މިހާރު މިކިޔަނީ ކީކޭ ރައީސްޔާމީން ބޭނުންވީ ކުދިރައްރައް ކއްކުމުގެ ބަދަލުގާ ބޮޑެތި ރައްރަށައް މީހުން ބަދަލްވާ އޭރު މިމީހުން ގޮވީ ކަމަކުނުދާނޭ މިހާރު މިގޮވަނީ ކަމުދާނޭ ބިންތައްހިތްކާއިރު އުސްކުރުމައްވެސް އޭރު ހަމަޖެހިގެން ކުރިޔައް ދިޔައީ މިހާވެސް ދުރުވިސްނައިގެން ކަންކަންކުރަމުން ދިޔައީ އަޖަލުޖެހޭނީ ކޮން ދުވަހަކުކަމެއް ހަމަ އެކަކައްވެސް ނޭގޭ
މިރާއްޖެ ތިމާވެއްޓައް އަންނަމުން ދާ ނުރައްކާ އޮއްވާ ތި ބައިގަނޑެއްގެ ސަބަބުން މިވަނީ އަޅުވެތިކަމުގެ ދުއްތުރާޖެހުމުގެ ސިގުނަލް އަޅާ، ތިމާވެށީގެ ނުރައްކަލަށްވުރެ ކުރިން ތި ބައިގަނޑުގެ ނުރައްކަލުން ސަލާމަތްވާން ޖެހިފަ. ޢެހެން ޖީލުތަކަށް މިގައުމު އޮތަސް ސަލާމަތެއްނެތް
އެހެން! ކީއްވެބާ ކަރަންޓު ބޭނުންކުރަން ޑީސެލް އަން ދަނީ؟ ސޯލަރ ބޭނުން ކުރަންވީނުން،،،،،ހުސްވާހަކަ އަމަލެއް ނުފެނޭ.....
ދެން މި ޤައުމު މި ޖީލާ ހަވާލު ކޮށްފަ ކަލޭ އިސްތިއުފާ ދީބަލަ ހެޔޮނުވާނެ. މި ޖީލް ފަނާވެނުދަނީސް މި ސައުމު ސަލާމަތް ކުރަން ކަލޭ މިޤައުމުން ފެއްސޭ އިސްތިއުފާދީ ޕްލީސް.
އިސްތިއުފާ ދިނީމަ ކާކު ދެން ރައީސް އަކަށް އަނާނީ
ގަމާރު ލޯބި އަޔަސް މިއައްވުރެ ހަރުދަނާ ވާނެހެން ހީވަނީ..... ނަމުން ގަމާރަކަސް ހިންގުންތެރި ވެދާނެތާ ދޯ؟
ދެރައީ، މިޖީލުގައި ތިބި ވެރިންނަކީ ދޮގާއި އޮޅުވާލުމާއި މަކަރުވެރިކަން އިންތިހާ އަށް ބޮޑު ބަޔަކަށްވުން! ޑިމޮކްރަސީ އާއި މިނިވަންކަމުގެ ނަމުގައި ގައުމު ހިސޯރުކޮށް ކަރާމާތްތެރި މުއައްސަސާތައް ހަރާބު ކޮށްފި! އެއްވެސް ތަޢުލީމީ ފެންވަރެއް ނެތް ރަނގަޅަށް ހިނައިގަންނަން ނޭނގޭ މީހުން މަޖިލީހަށް އައިސް އެތިބީ އަހަރެމެންގެ މައްޗަށް ގާނޫނު ހަދަން! ދެން ކިހިނެއް ތޯ މި ދީބު ސަލާމަތް ކުރަން ހަދާނެގޮތް ފަހުމްވާނީ!
ހަނދު ފަޅިއަކާ ތަރި އެކުލެވޭ ފެއްސާ ،ރަތާ،ހުދު އެކުލެވޭ ދިދަ އަކާ ހަނދު ފަޅިއެއް އެކުލެވޭ ފެއްސާ ،ރަތާ،ހުދު އެކުލެވޭ ދެ ދިދައިގެ ދެމެދުގާ ބޮޑުކޯޓް ލައިގެން ހުންނަން ޤާބިލް މީހެއްނޫން ތީ. އިސްތިއުފާ ދީފަ ރައްކާވޭ މިޤައުމުން. މި ޤައުމުވެސް ކަލޭ އަށް މަލާމަތް ކުރަނީ ، މަހެއް ހަމަވާން އަންނަ އިރު އެތަށް ފުރާނަ އެއް ދިޔައިރު އަނގަ ފުޅާކޮށް ވާހަކަ ދައްކަން ލަދެއް ހަޔާތެއް ނެތެއްނު ކަލޭ،
ބެަެކަާރު ވަާހަކަ ނުދައްކަާމިބަލިމަޑުކަމުން ދިވެހިން ސަލަާމަތް ކުރަން ކަލެ އަާއި ކަލެޭގެ ނަާއިބުރައިަިސް ކުރަކަމެއް ބުނެބަލަ
ވަރަށް ބޮޑު ތެދުފުޅެއް .
މި ޖީލު ހުސްނުވަނިސް އިސްތިއުފާ ދެއްވަން މާބޮޑަށްވެސް ލަސް
މޫސުން ކުރިއައް ދައްކާގޮތުން ހީއެއްނުވޭ މިޖީލައް ނޫން އަންނަން އޮތް ޖީލައްވެސް މިގައުމު ސަލާމަތް ކުރެވޭނެ ހެނެއް،
އެހެންވެގެންތޯ މިޖީލުގެބޭފުޅެއް ކުއްލިގޮތަކަށް ހެލްތުމިނިސްޓަރަކަށް ތިޔަހަމަޖެއްސީ އެބާފުޅާގެނިންމުންއެހުރިގޮތުންތިޔަވިދާޅުވާހެން މިޖީލު ނެތިދާކަށްމާގިނަދުވަހެއނުނަގާނެ ސާބަސް ރައީސް ސޯލިހް
ކަލޭ ވެރިކަމުގައި މިތަން ފަނާވާތަށް އެބަ ފެނޭނު. ޒުވާން ޖީލަށް ފުރުސަތު ދޭވަރު ފެނޭނު. މުސްކުޅިވ އެއް ނޫނީ ނުފެނުނު ވިއްޔަ ޞިއްހަތާއި ބެހޭ ވަޒީރަކަށް ލާކަށް. ކިޔަވައިގެން ތިބި ޤާބިލު އެތައް ދަރިންނެއް ތިއްބާ ބާޣީ އަކަށް ނުވާތީ ވަޒީފާނުދެވޭ ވިއްޔާ. ރައްޔިތުން މަރުވާއިރު ލޮލުން އެއިން ތަނެއް ދެކެލަން ނުދެވޭ. ކިތައް ފުރާނަ މިދަނީ ކޮންމެ ދުވަހަކު. އަދިވެސް ބޭކާރު ވާހަކަ. އިސްތިއުފާދީ
ﷲގެ މަގަށް ރުޖޫޢަވެ ތިބެ ފަސްގަނޑުވެސް ދެންހުރިތަނެއްވެސް އުސްކުރަންވީ. އެހެންނޫނީ ސަލާމަތެއްނެތް. ވަކި ޖީލަކަށް އޮތްކަމެއް ނޫން.
ﷲ ޙަރާމްކުރެއްވިކަންކަން ޢާންމުވެއްޖެނަމަ ބިންގަނޑު އުސްކަމަކުން ނުވަތަ ޢިމާރާތްތައް އުސްވުމަކުން އަމާންކަމެއް ނުލިބޭނެ. ﷲއަށް ތަޤްވާވެރި ޖީލެއް ބިނާކުރެވިގެން ސަލާމަތްކަން ލިބޭނީ.
ކެނެރީގޭ ނަށީދު ދެއްކި ބީދައިން މިގޮވެއްޔެއް މިގޮވަނީ. އަޑުއެހުމުން ވައްކަން ކޮށްގެން ޓީވީސްކްރީނަށް ބަލަން އިދެ، ހިޔާލީ ވާހަކަ ދައްކާނެ ކަމެއްނެތޭ
ކޮން ވާހަކަ އެއް ދައްކާކަށް. ރާއްޖެ ސަލާމަތް ކުރަންވީ އަންޑިޔާގެ ސަބަބުން . މިދާވަރުން ވިއްޔާ މިކަލޭ ވެރިކަން ނިމުމުގެ ކުރިން ރާއްޖެ ެ އިންޑިޔާ ގެ އަޅުވެތި ކަމަށް ދުއްވާލާނެ. އެހެން ވީމާ މިޖީލު ނިމޭއިރު ރާއްޖެއެއް ނޯނާނެތާ. މިތަނަށް ކިޔާނީ އިންޑިޔާ ވިއްޔާ.
ދެން ވެރިކަ މަށް ﷲ އިރާދަ ކުރައްވައި ފިނަމަ ގެންނާނީ ހަމަ ރައީސް ސޯލިހު މިހާލަތުގައިވެސް ރަތްޔިތުންނާއި ދޭ ތެރޭ ކަންތައްތައް ކުރައްވަނީ އޯގާތެރި ކަމާ އެކުގަކަން ގަބޫލު ކުރެވޭ ﷲ ރައީސް ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާ ކުރިއެރުން ދެއްވާށިއެވެ އާމީން
މީނާ މީ ބޯހަމަ ޖެހޭ މީހެއްތޯ ސަރުކާރުގެ ކޮންމެވެސް އިދާރާއަކުން އެބަޖެހޭ ޓެސްޓުކުރުވަން..
އެމްމެ ފުރަތަމަ ރާއްޖެ ސަލާމަތްކުރަންވީ އެމްޑީޕީއާ އިންޑިއާގެ އައތްދަށުން އޭގެފަހުން މިނިވަންކަންމަތީ ތިބެގެންތާ އެހެންކަމަކާ އުޅެވޭނީ ދިވެހިން ވިސްނާ މިއަދު ފުރުސަތުލިބި އިސްލާހު ނުވިކަމަކަށް މާދަމާ ހިތާމަ ކުރުމުން ކުރާނެ މަންފާއެއް އޮވެދާނެތޯ؟
ގެރި އިންޑިޔާއައް ގައުމު ހަވާލުކުރަން އުޅަެނެ ކަމެއްނެތް
އިބުރަާހިީމް ވެރިކަމުގެ ފަހުފުރުސަތު މިއިީ ކަލެޭ މިހަާރުން މިހަާރައް އިސްތިއުފަދިީ
އިބޫ މިހާރު ދިވެހިންނައް މާސްއިން ޕްލެނެޓް ނުވަތަ ޖިޕިޓަރ އިން އައްޑޫމީހިން ޕްލުޓޯޔައް ފުވައްމުލަކު މީހުން ވީނަސްއަށް މެދުރާއްޖެތެރެ ބަހާލާނެ ޕްލެނެޓްތަކުގަ ޖާގަހުރިވަރަކުން ގޯތިދޭނެ އިންތިޒާމް 2023 ގަ ކެމްޕޭނުވަޢުދު މެނިފެސްޓޯޔައް ލާނެ ހާސްކަނޑާލާ ދިވެހިން
ރާއްޖެ ސަލާމަތް ކުރަން މަޖިލީހަށް ކުރެވޭނެ އެއްކަމެއްވެސް ނެތް. ރާއްޖެ ސަލާމަތް ކުރަން ބޭނުމިއްޔާ ތިމާމީހާ އިސްތިއުފާދޭންވީ.
ރާއްޖެ އިންޑިއާ ގެ ކިބައިން ސަލާމަތް ކުރަން މި ޖީލަށް މާ މުހިއްމު ..
މަނި ކުފާނޫ ނަމަމަ އިސްތިއުފާ ނުދޭތި މިހާލަތުގަ....މަނިކުފާނު އިސްތިއުފާ ދިނީމަ ދެން ބުއްޅަބޭ އަންނާނީ..މުޅިގައުމު ވިއްކާލާނީ..ހެޔޮނުވާނެ އިސްތިއުފާނުދޭތި..ފެއްސިގަނެގެން ދިޔަޔަސް އޯ ކޭ.....
ޖުހާވެސް މިޔައްވުރެއް ރަންގަޅުވާނެ