އައްޑޫގައި ކޮންސިއުލޭޓެއް ގާއިމްކޮށްގެން އެ ސިޓީއަށް ތަރައްގީ ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރަން އިންޑިއާގެ ކެބިނެޓުން ނިންމުމާއެކު އެކަމާ ދެކޮޅަށް އެތައް ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮންސިއުލޭޓް އެޅުމާ ދެކޮޅަށް އައްޑޫގެ ޒުވާނުންތަކެއް ހިންގާ "ސޭވް އައްޑޫ" އިން އިސްނަގައިގެން ރޭ ކުރިއަށް ގެންދިޔަ އޮންލައިން ޑިސްކަޝަން އެއްގައި ވާހަކަ ދައްކަވަމުން އުގައިލް ވިދާޅުވީ, ކޮންސިއުލޭޓެއް ގާއިމްކުރަނީ ވިސާ ދޫކުރަން ކަމަށްވާ އިރު، އިންޑިއާގެ އެހާ ގިނަ ބަޔަކު އައްޑޫއަށް ޒިޔާރަތްކޮށް ނުޅޭ ކަމަށެވެ.

ކޮންސިއުލޭޓެއް ގާއިމްކުރުމުގެ ސަބަބުން އިގްތިސާދީ ގޮތުން އައްޑޫ އަށް ކުރިއެރުން އަންނާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރިޔާއަތް ކުރައްވާ އައްޑޫ އަށް އުފަން އުގައިލް ވިދާޅުވީ، ފަތުރުވެރިކަން ނުވަތަ އިގްތިސާދީ މާބޮޑެތި ހަރަކާތްތަކެއް އައްޑޫގައި ކުރިއަށްދާ މަންޒަރެއް ނުފެންނަނަ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް އަދި ނުފެނޭ މިކަހަލަ ކަމެއް ވާން އުޅޭނެ ކަމުގެ މަލަމައްޗެށް" އުގައިލް ވިދާޅުވިއެވެ.

އެހެންކަމުން އައްޑޫ ކައުންސިލަށް ސިޓީގެ ތަަރައްގީއަށް ވުރެ ކޮންސިއުލޭޓެއް ގާއިމްކުރަން މުހިންމުވެގެން އުޅޭ ސަބަބާ މެދު އުގައިލް ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑުމެންގެ ކައުންސިލްގެ މެންޑޭޓަށް ވާނީ ކޮންސިއުލޭޓެއް ހުޅުވުންތޯ؟. ތަރައްގީގެ ބައިވަރު ކަންތައް ހުއްޓާ މިކަންތައް ތޯ ކުރަންވީ؟. އެއްވެސް ކުރަން ޖެހޭ ސުވާލެއް. މުހިއްމު ސުވާލެއް" އުގައިލް ސުވާލު އުފެއްދެވިއެވެ.

ކޮންސިއުލޭޓެއް އެޅުމާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލާ މަޝްވަރާވެސް ހޯދުން މުހިއްމުކަން އުގައިލް ފާހަގަކުރެއްވިއެވެ.

ކޮންސިއުލޭޓެއް އެޅުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އިންޑިއާއިން ކޮންސިއުލޭޓެއް ގާއިމުވެގެން ދިއުމުން އައްޑޫގައި އިންޑިއާގެ ޑިޕްލޮމެޓުން ތިބޭނެ ކަމަށާއި އެހެން ކަމުން ދެގައުމުގެ ޑިޕްލޮމެޓިކް ޕްރެސެންސް އިތުރަށް ވަގުގަދަ ވެގެން ދާނެ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑިނޯ

    ތަރައްގީ ލިބޭނީ ދޮންކު ދިން ގެނެސްގެން ކަލޭ ސަކަރާތްޖަހަން ފަޅުރަށެއް ދިނީމަދޯ. ޔާމީނުވެރިކަންވެސް ކަލެއަށް ކަމުނުދިޔައީ އެހެންވެގެންނު.

    1
    4
  2. ސަބަސް

    އެންމެ ފަހުން އިންޑިޔާގެ އެމްބެސެޑަރު ޑިނޯ ގަނެލައިފިއެވެ. ޑިނޯ ކަލޭތީ ހާދަ ގޮތެއްފޮތެއް ނެތްމީހެކެވެ، ކަލޭބޭނުންވާގޮތަށް ރީތިބަހުންވެސް ވާހަކަދެއްކިދާނެއެވެ. ކޮންމެގޮތެއްވިޔަސް ޕްރެޕެސަރު އުގައިލާއި ތިގޮތައް ތިމާކޮއްގެނެއްވާނެ މޮޅެއްނެތެވެ. އައްޑޫރައްޔިތުންގެ މެޖޯރިޓީ ތިޔަކުރަން އުޅޭ ކަމާދެކޮޅެވެ. ޑިޔޯމެންކަހަލަ ކެނާ ތަކެއް އިންޑިޔާގެ އުގައްވެއްޓުމަކީ ގައުމިއްޔަތުގެ މިންވަރެއް ތިމާމެން ކިބާގެ ނެތްކަން ދަލީލިކޮށްދޭ ކަމެކެވެ. ލާރިކޮޅަކަށް ނަފުސު ވިއްކާލީއެވެ.

  3. އަބްދޫ

    އިންޑިޔާގެ ޓްރިވިންޑްރަމްގަ 15000 ދިވެހިން ދިރި އުޅޭތީ އެތާގެ ކޮންސިއުލޭތެއް ހެދީ ދިވެހިންނަށް ހިދުމަތްދިނުމަށް . ދިވެހި ކޮންސިއުލޭޓްގެ ސަބަބުން އިންޑިޔާއަށް އައި ތަރައްގީ ކިޔަދީބަލަ.. އައްޑުގަ ކިތައްހާސް އިންޑިޔާ މީހުން މިހާރު ދިރިއުޅޭތަ؟ އިންޑިޔާގެ ކޮސިއުލޭޓެއް ހަދަނީ ކީއްކުރަން. މިހާތަނަށް އައްޑޫއަށް އެންމެ ބޮޑު ހިލޭ އެހީއެއް ވެދިނީ ޖަޕާނު ސަރުކާރުން އެކަމަކު ޖަޕަނު ކޮންސިއުލެޓެއް އައްޑުއަކު ނަހަދަާ ރައްޖޭގެ ކޮންމެ އަތޮޅަކު އަތޮޅުތައުލިމީ މަރުކަޒެއް ހެދީ ޖަޕާނު ސަރުކަރުގެ ހިލޭއެހީގެ ދަށުން .ފެލިވަރުގަ ކޭނިން ފެކްޓްރީހެދީ ޖަޕާނު ކުންފުންނަކުން. އެކަމަކު ހައިކޮމިސަނެއްނުވަތަ ކޮންސިއުލޭޓެއްގެ މިންވަރުވެސް ރާއްޖެއަކުނެތް. ؟އިންޑިޔާގެ ކޮންސިއުލޭޓެއް ހެދުމަށް އިންޑިޔާގެ ކެބިނެޓުން ފާސްކުރުމުން ވިސްނުނީ އިންޑިޔާއަށް އައްޑޫން ބިންވިއްކާލެވިފައި ވާކަމަށް އެބިމުގަ އިންޑިޔާމީހުން ވަޒަންވެރިކުރަން އިންޑިޔާސަރުކާރު ބެނުންވާކަން.