ކޮވިޑް ބަލީގައި އަންގާރަ ދުވަހުގެ ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާގެ ހާލު ބޮޑުވި އިރު ވެސް އެމްބިއުލަންސް ނުފޮނުވާ ދެ ގަޑިއިރު ލަސްވި ފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހދ. ކުޅުދުއްފުށީގެ މޭޔަރު އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަ ކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދަށް އަވަސް ފަރުވާއެއް ނުލިބުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަން ހެލްތު މިނިސްޓްރީން އާންމު ކުރި ތަހުގީގު ރިޕޯޓުން ވަނީ ހާމަވެފައެވެ.

މިޝްކާއާ އާއިލީ ގޮތުން ގާތް ބޭފުޅެއް ކަމަށްވާ އާތިފް ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ އަދި އެއް ފަހަރު ނަމަވެސް "ތިއްތިބެއޭ ކިޔާފަ {މިޝްކާ} ގޮވާލާ އަޑު އިވޭނެނަމައޭ،" ހިތަށް އަރާ ކަމަށް ވިދާޅުވެފައެވެ. އަދި މިޝްކާއަކީ އޭނާގެ ހިތުގާ ހާއްސަ ލޯތްބެއް ދެވިފަވާ ކުއްޖެއްކަން ފާހަގަކުރައްވާފައިވެއެވެ.

މޭޔަރު ވިދާޅުވީ މި މައްސަލަ ތަހުގީގުކޮށް އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅެންޖެހޭނެ ކަމަށެވެ. އިހުމާލު ވެފައިވާ ފަރާތްތަކަށް ފިޔަވަޅު ނޭޅިއްޖެ ނަމަ މިފަދަ ދެވަނަ ހާދިސާއެއް ހިނގުމަށް މަގުފަހިވާނެ ކަން ފާހަގަކުރައްވަމުން ވަނީ އެ ފުރުސަތު ދެވިގެން ނުވާނެ ކަމުގައި ވިދާޅުވެފައެވެ.

"ޔަގީނުންވެސް އިހުމާލުވާ ފަރާތްތަކެއް އެބަވޭ، މި މައްސަލަ ތަހުގީގުކޮށް އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅެންޖެހޭނެ، އަދި މިފަދަ ހިތާމަވެރި ދެވަނަ ހާދިސާއެއް ތަކުރާރުވުމުގެ ފުރުސަތު އޮވެގެން ނުވާނެ" އެމްޑީޕީގެ މޭޔަރު އާތިފް ވިދާޅުވިއެވެ.

މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ ނުވައެއް ޖެހީއްސުރެ އެކި ފަހަރުމަތިން މިޝްކާގެ އާއިލާގެ މެމްބަރުން އެމްބިއުލާންސް އަވަހަށް ފޮނުވުމަށް އެދުމުން ދިޔައިރު މިޝްކާގެ ހާލު ސީރިއަސްކަން އެޗްޕީއޭއަށް އެކިފަހަރު މަތިން އާއިލާއިން ދިޔައީ އަންގަމުންނެވެ. ނަމަވެސް ދެ ގަޑިއިރާއި 25 މިނެޓް ފާއިތުވެ، އެ ކުއްޖާގެ ހަބަރު ހުސްވިއިރުވެސް އެމްބިއުލާންސްއަށް އާދެވިފައި ނުވާކަން އާއިލާއިން ހިތާމައާއެކު ފާހަގަކުރެއެވެ.

ވިންދު ހުއްޓުނު ފަހުން އައިޖީއެމްއެޗްއަށް ގެންގޮސް ޕީސީއާރު ދެމުން ދަނިކޮށް ވިންދެން ޖެހުމުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން ދަނިކޮށް އޮކްސިޖަން ލެވެލް ދަށްވެ، މިޝްކާ ނިޔާވީ އަންގާރަ ދުވަހުގެ މެންދަމު 12:10 ގައެވެ.

މި މައްސަލާގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އަދި އާއިލާގެ ފަރާތުން އެކަމުގައި މާފަށް އެދި މައްސަލަ ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި މައްސަލަ ތަހުގީގުކުރުމަށްފަހު ހެލްތު މިނިސްޓްރީއިން ނެރިފައިވާ ރިޕޯޓުން ހާމަވެގެން ދިޔައީީ އެ އިދާރާއިން މިޝްކާއަށް އިހުމާލުވެފައިވާ މިންވަރެވެ. އަދި މިހާތަނަށް އައިރު އެއްވެސް ފަރަތާކާއި މެދު ފިޔަވަޅު އަޅާފައި ނުވާ ކަމެވެ.

މިޝްކާގެ މަރުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައްޑޫ މީހާ

    ދެން ތިބޭފުޅާ ތިޔަހެން ވިދާޅުވީމަ އާއިލާއަށް ފައިސާކޮޅެއް ދީފަ އެވާހަަކަ އޮއްބާލާނެ ސިޔާސީ ސްޓަންޓް އާންމުކޮށް ޖައްސާނެ އެގޮތައް އާއިލާއަށް ދަންނަވަން އޮތީ މިކަމުގައި ފައިސާ ދިނަސް ދޫނުދެއްވާށޭ

    16
    2
  2. އޭއެމް

    މޭޔަރ ބަސްމަގުރިވެތި ތިޔާޥީ ކުލަ އެއްގޮތްވުމުން އެހެންނޫންނަމަ ހާދަހާވާ އެތިވަރު ގޮވީހޭ !!! ފެންނަން ހުރިތަނެއް ދައްކަވާނެ !! އުމުރުން ދޮށިނަމަވެސް ހެލްތު މިނިސްޓްރީ ހިންގުމުގެ ގާބިލްކަން ނެއިކަން މިހާރު ކެރަފާއައް ރަގަޅައްއެގޭނެ !!!! ރީތިގޮތަކީ ކުލަރީދޫކުދިންބުނާހެން އިސްތިއުފާ ދިނުން. އަވަސް އަވަސް ކެރަފާއަވަސް

    13
    1
  3. އަބްސީ

    މިޤައުމުން ރީދޫކުލަ ފޮހެލެވުނީމަ ހުރިހާކަމެއް ރަގަޅުވީ، ތިމީހުން ވެރިމަކުގަ ތިބިއްޔާ 2 3 4 5 މަރުވެސް ވާނެ، ކިހާބޮޑު ވަބާއެއް މިޤައުމަށް ކުރިމަތި ވެފައޮތް، އެންމެން ދުޢާކުރޭ މިވަބާއިން ސަލާމަތް ވުމަށްއެދި.

    12
    2
  4. އަލީ

    އެއްފަރަހަރު ވެސް ފެނުން އޯކޭތަ؟

    9
    1
  5. އަބްދޫ

    ތިޔައީ ތިގޮތަށް ދިމާވި 2 ވަނަ މަރު.ފުރަތަމައީ ށ.މަރޮށީ ހުސައިން އަބްދުﷲ ގެ އަނބިކަނބަލުން .އެފަހަރުވެސް ބުނި ދެން މިފަދަކަމެއް ނުވަނެކަމަށް. އެކަން ހަނދާންނެތިއްޖެ އެވާހަކަވެސް ނުދައްކަ. މިހާރު މިސްކާ ދެން 3 ވަނަމީހާ އެހަތަނުން މިސްކަގެ ހަނދާނެއްވެސް ނުހުންނާނެ.

  6. ކުޅުދުއްފުށި މީހެއް

    ކަލޭ ކޮންމެހެން އެއްޗެއް ބުނަން މަޖުބޫރުވީތަ؟ ކޮބާ ލަދު؟