ދީނީ އިލްމުވެރިން ނުވަތަ ޝައިޚުން އެހެން މީހުނާއި ދިމާކޮށް "ލާދީނީ" އޭ ގޮވައި މުޚާތަބް ކުރުމަކީ އިސްލާމް ދީން ދަންނަ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.
ޑީއާރުޕީން ސިޔާސީ ހަޔާތް ފެށި އަދި ފަހުން އެމްޑީޕީއާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީގައި ވެސް ސިޔާސިީ މަސައްކަތް ކުރެއްވި އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދީނާއި ޚިލާފުވާ މީހުނާއި އަޤީދާ ބަލިކަށިވާ މީހުނާއި މެދު އަމަލު ކުރަން ވާނެ ގޮތަކީ ދީނީ އިލްމު ރަނގަޅަށް އުނގަންނައިދީ ވިސްނައިދިނުން ކަމަށެވެ.
"ޝައިޚުން ލާދީނީއޭ ކިޔައިގެން މީހުންނާ ދިމާކޮށް ފުރައްސާރައަކަށްވާ ގޮތަށް އެ ކަން ކުރުމަކީ އިސްލާމް ދީން ދަންނަ ކަމެއް ނޫން،" މިހާރު ސިޔާސީ ޕާޓީތަކާ ދުރުގައި ހުންނެވި އަލްހާންގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.
ދީނާ ޚިލަފު ވާހަކަ ދައްކާ، ދީނީ ޢަޤީދާ ބަލިކަށި މީހުންނަށް ދީން އުނގަންނައިދިނުމާ،ދީނީ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރައްވަންވީ ޝައިޚުން #ލާދީނީ އޭ ކިޔައިގެން މީހުންނާ ދިމާކޮށް ފުރައްސާރައަކަށް ވާގޮތަށް އެކަން ކުރުމަކި އިސްލާމް ދީން ދަންނަ ކަމެއް ނޫން!#ނަސޭހަތާހިކުމަތް
— Alhan Fahmy (@AlhanFahmy) June 5, 2021
"ލާދީނީ" ގޮވުމާ ގުޅޭ ބަހުސެއް އަލުން ގަދަ ވެގެން މި އައީ ނަފްރަތު އުފެއްދުން މާނަ ކުރުމަށް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހްގެ ސަބަބުންނެވެ. އެއިސްލާހްގައި ބުނެފައި ވަނީ ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ކުށެއް ކަމަށެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ ޖާގަ ހޯދުމަށް ތައްޔާރުކޮށްފައިވާ ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެ ބިލަށް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުންގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އާދަލަތު ޕާޓީން ވެސް ތާއީދެއް ނުކުރެއެވެ.
މި ބިލަށް ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން އިތުރު ބިލެއް ތައްޔާރުކޮށް ރައީސް އޮފީހަށް ފޮނުވައިފައެވެ. އެ ބިލަކީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ދީނަށް ފުރައްސާރަ ކުރުމުގެ ކުށް އިތުރަށް ތަފްސީލްކޮށް ފޮނުވާފައިވާ ބިލެއް ކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.
ޝައިޚުންނޭ ކިޔާފަ ވާހަކަފުޅުދައްކަވާނީ އެ ފެންވަރުގެ ބޭފުޅުން އިނގޭތޯ. ތީ ކާކުތަ ޝެޚުންނޭ ކިޔާފަ އަނގަ ފުޅާކުރަން.
އަލްހާން! ކަލޭ މިސްރުގައި ކިޔެވީ ކޯޗެއްތަ. އިންޖިނޭރިންތަ؟
އަހަ މާލޭ ސިޓީ ނުމޭޔަރު އެބައުޅޭ ދޯ؟
ކަލޭ ހިމޭނުން ހުރޭ
ލާދީނީ މީހެކޭ ކޮންމެ މީހަކާއިމެދު ނުބުނާނެ. އެމީހާގެ އަމަލާ އި ބަހުން އިސްލާމްދިނަށާއި ކީރިތި ރަސޫލާ އަށާއި ކީރިތި ގުރްއަނަށް ބަދުބަސް ބުނުމާއި ގަބޫލުނުކުރާކަމަށް ދަލީލު ލިބެފަދަ ބަސް ބުނުމާއި ، އިންސާމް ވުމަށް ފަހު ކާފަރު ވެދާފަދަ ބަސްތައް ތިމާގެ ދުލުން ބޭރުވީމަ އެކަން ދަންނަ ފަރާތަތަކުން އެވާހަކަ ބުނާނެ ، ބުނަންވެސް ޖެހޭނެ. އިސްލާމްދީނުގެ ތެދުވެރި އިސްލާމީ އިލްމު ވެރިންނަކީ ނަބީބޭކަލުންގެ ދަރަޖާގެ ބައެއް.
ދީނުން ބޭރުވާ މީހުންނާ ދީނައް ފުރައްސާރަ ކުރާމީހުންގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅާނަމަ ޝޭހުން އަނގައިން ނުބުނާނެ އެވެ.
ކާކުދޯ އައްޑޫގައި ބުދު ބެހެއްޓީވާހަކަ ގޮވީ، އަދި ވެސް ބަހައްޓާނަމޭ ބާރު އަޑުން ގޮވާ ހަޅޭލީ!
މިއީ ކޮންތާކުން ކިޔެވި ޢިލްމުވެރިއެއްބާ! ބޮޑަށްބެލެވެނީ މަޖްލިސް އިދާރާއިން އުގެނިވަޑައިގަތް ބޭފުޅެއްކަމަށް ބެލެވެއެ ވެ.
އަލްހަާނު ކޮންމެެއެއްޗެއްކިޔަސް ރައްޔަތުން ދެން ކަލެު ބަލައިނުގަންނަާނނެ