ކޮވިޑް ބަލީގައި އަންގާރަ ދުވަހުގެ ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް ސިއްހީ އިދާރާތަކުން އިހުމާލެވެފައިވާ މިންވަރު ދެނެގަތުމަށް ކުރި ތަހުގީގަށްފަހު އާންމު ކުރި ރިޕޯޓުގައި ދޮގު މައުލޫމާތުތަކެއް ހުރި ކަމަށް އާއިލާ އިން ބުނެފިއެވެ.
ހެލްތު މިނިސްޓްރީއިން އާންމުކޮށްފައިވާ ރިޕޯޓްގައި ވަނީ މެއި މަހުގެ 31 އެއްވަނަ ދުވަހުގެ ރޭ 23:38 ގައި މިޝްކާ ބަލާ އެމްބިއުލާންސް ދިޔަ ކަމަށެވެ. އަދި އެވަގުތު މިޝްކާގެ ހަރަކާތެއް ނެތުމުން ސީޕީއާރު ފެށި ކަމަށާއި، 23:42 ގައި އީއާރު ގެންދެވުނު ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަން އާއިލާއިން ވަނީ ހާމަކޮށްފައެވެ. އާއިލާ އިން ބުނާ ގޮތުގައި ހެލްތުން އާންމު ކުރި ރިޕޯޓުގައިވާ ގަޑިއަށް އެމްބިއުލާންސް އައިސްފައެއް ނުވެއެވެ. އަދި އެމްބިއުލާންސްގައި ސީޕީއާރު ދީފައި ނުވާއިރު، އީއާރަަަށް ގެންދެވުނު ކަމަށް ބުނާ ގަޑިވެސް އޮޅުވާލާފައިވާ ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ.
މި ކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން އާއިލާއިން ވަނީ ކޯލް ސެންޓަރަށް ގުޅިި ކޯލް ލޮގް ވެސް އާންމުކޮށްފައެވެ. އެ ކޯލް ލޮގްގެ ފޮޓޯ އިން އެނގޭ ގޮތުގައި އާއިލާއިން 23:23 ގައި ވެސް އެމްބިއުލާންސް ނައިސްގެން ގުޅިއެވެ. އޭގެ ފަހުން 23:33 ގައި ގުޅުމަށްފަހު ވެސް އެމްބިއުލާންސް އައުން ލަސްވާތީ 23:42 ގައިވެސް ގުޅާފައިވެއެވެ. އެންމެ ފަހު ކޯލްގައި ހަ މިނެޓަށް ވުރެ ގިނަ ވަގުތު ވާހަކަދައްކާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އެހެންވެ، އެ ކޯލު ނިމުނު ކަމަށް ގަބޫލު ކުރެވެނީ 23:48 ގައެވެ.
So many misinformation in this report.
1. Ambulance didnt arrive at 23:38, the call log shows a 6+mins call to 1676 at 23:42 regarding the amb so how on earth did they arrive @igmhmv ER at 23:42?
2. She had no pulse, but they didn’t start CPR in the amb otw. #JusticeForMishka pic.twitter.com/WWEn11apBP— Adam Ahumadh (@AAhumadh) June 4, 2021
އައިޖީއެމްޗްގައި މަސައްކަތް ކުރާ ނަރުހެއްގެ ފަރާތުން މިއީ ކަނޑައެޅިގެން ދޮގު މައުލޫމާތެއްކަން "ވަގުތު" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
އެ ނަރުހަކީ މިޝްކާގެ އާއިލީ ބޭފުޅެކެވެ. އޭނާ ވަނީ ކަން ހިނގާ ދިޔަ ގޮތް "ވަގުތު" އަށް މީގެ ކުރިން ވެސް ހިއްސާކޮށްފައެވެ.
އޭނާ ކިޔައިދިން ގޮތުން 11:30 ކަށް ހާއިރު އެގެއަށް ގޮސް މިޝްކާގެ ވިންދު ނެތްކަން އެނގުމާއެކު ސީޕީއާރު ފެށުމަށް ތައްޔާރުވަމުން ދަނިކޮށް އެމްބިއުލާންސް ގޭ ކައިރިއަށް އައިސްފައިވެއެވެ. އެމްބިއުލާންސް އައުމާއެކު ސީޕީއާރު ނުފަށާ ވެހިކަލްއަށް މިޝްކާ ގެންދިޔައީ އެމްބިއުލޭސް ތެރޭގައި އިތުރު ފަރުވާ ދެވޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ހީކުރި ގޮތާއި ހިލާފަށް އެ އެމްބިއުލޭންސްގައި ވަސީލަތްތައް ނެތުމުން އެއްވެސް ފަރުވާއެއް ދީފައި ނުވާ ކަމަށާއި، ސީޕީއާރު ދޭންވެސް ފަށާފައި ނުވާކަން ފާހަގަކުރިއެވެ.
މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ ނުވައެއް ޖެހީއްސުރެ އެކި ފަހަރުމަތިން މިޝްކާގެ އާއިލާގެ މެމްބަރުން އެމްބިއުލާންސް އަވަހަށް ފޮނުވުމަށް އެދުމުން ދިޔައިރު މިޝްކާގެ ހާލު ސީރިއަސްކަން އެޗްޕީއޭއަށް އެކިފަހަރު މަތިން އާއިލާއިން ދިޔައީ އަންގަމުންނެވެ. ނަމަވެސް ދެ ގަޑިއިރާއި 25 މިނެޓް ފާއިތުވެ، އެ ކުއްޖާގެ ހަބަރު ހުސްވިއިރުވެސް އެމްބިއުލާންސްއަށް އާދެވިފައި ނުވާކަން އާއިލާއިން ހިތާމައާއެކު ފާހަގަކުރެއެވެ.
ވިންދު ހުއްޓުނު ފަހުން އައިޖީއެމްއެޗްއަށް ގެންގޮސް ޕީސީއާރު ދެމުން ދަނިކޮށް ވިންދެން ޖެހުމުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން ދަނިކޮށް އޮކްސިޖަން ލެވެލް ދަށްވެ، މިޝްކާ ނިޔާވީ އަންގާރަ ދުވަހުގެ މެންދަމު 12:10 ގައެވެ.
މި މައްސަލާގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އަދި އާއިލާގެ ފަރާތުން އެކަމުގައި މާފަށް އެދި މައްސަލަ ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މި މައްސަލަ ތަހުގީގުކުރުމަށްފަހު ހެލްތު މިނިސްޓްރީއިން ނެރިފައިވާ ރިޕޯޓުން ހާމަވެގެން ދިޔައީީ އެ އިދާރާއިން މިޝްކާއަށް އިހުމާލުވެފައިވާ މިންވަރެވެ. އަދި މިހާތަނަށް އައިރު އެއްވެސް ފަރަތާކާއި މެދު ފިޔަވަޅު އަޅާފައި ނުވާ ކަމެވެ.
ދޮގު މައްޗަށް ދޮގު ނާގާބިލު ވެރިންގެ ވެރިކަން.
މިވެރިންގެ ނެތް ލަދު ޙަޔާތުގެ ކަންފުޅެއްވެސް.
މި ކޮރަފާ ނަސީމު ބުއްޑާއަށް ހީވާ ކަހަލަ ދޮގު ހަދާ އޮޅުވާލަން އުޅޭއިރު ދިވެހި ރައްޔިތުންނަކީ އެއްވެސް އެއްޗެއް ނުދަންނަ ތަންދޮރުވެސް ނޭގޭ ބައެއްކަމަށް މިހާރުން މިހާރަށް އިސްތިފާ ދީފަ ގެއަށްދޭ އަދި ރައްޔިތުން މިހާރުން މިހާރަށް މުޒާހަރާއަށް ނިކުމެ މިސަރުކަރު ހަމަ މަގަށް އަޅުވަންޖެހޭ
މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް ޔާމީން. އެމްބިއުލާންސް ޑްރައިވަރަކީ ޔާމީނައް ތާއިދު ކުރާ މީހެއް. ކޮވިޑް ކަންތަކުގައި ސަރުކާރު ވައްޓާލުމައް ރޭވުން ތަކެއް ރާވަމުންދާ ކަމައް އެނާ ބުނި.
ލޮލް
މަ ކަރާއި ހީލަތުން ހުރިހާ ކަމެއް ވެސް ކޮއްދެނީ
މިހާރު މިޤައުމުގައި ކަންތައް ވާގޮތުން ހީވާނީ އިންސާނުންނަކީ ސިޔާސީ މީހުންނާއި މަޖިލީހުގެ މެންބަރުންހެން. ފިކުރުހިނގާ ބަޔަކަށް ރައްޔިތުން ހަދަންވެއްޖެ.
ހެލްތުގެ ބެލެނި ވެރި ކަމައް ޓިއުޝަން ޓީޗަރަ ކު ލުން ކިހިނެށްބާ.
ކޮބައިތާ އެންބިއުލަންސަށް ގުޅައިގެން 2 ގަޑިއިރުވީ ކޯލް ލޮގް؟؟ ގުޅިކަމަށް ފެންނަންތިހުރީ 23:23 އެންމެ ފުރަތަމަޗެސް.
ކަލޭ އިނދެބަ ނޭނގެންޏާ އަނގަ މަޑުން ލައިގެން... މައްސަލަ އަ ކީ މިހާރު މި މީހުން
ރައްޔިތުން ކުރިމަތީގައިއ ކަނޑައެޅިގެން ދޮގު ހެދުމެއްނު
ކާކުތަ ބުނީ އެެއީ ފުލް ކޯލް ލޮގޭ؟
ކަލޭ ހާދަ ގެޅޭ ހިއްވެޔޭދޮތަ.ކަލޭވެސް ތީ ކޮވިޑުން ކަޓުލިބޭ ވަގެއްތަ
ކަލޭތީ ކާ ކުތަ ތިގޮތަށް މީހުނަށް އަމުރު ކުރަން. ޙާދަ ގޮތެއްވެސް ނެތޭދޯ
ގޮގު އާއި މަކަރާއި ޙީލަތާއި ވައްކަމުން ފުރިފަވާ ސަރުކާރުން އަނެއްކާ ދޮގު ރިޕޯޓެއް ނަރުނީ!
ކެރަފާގެ ތަހްޤީޤް ނިމޭއިރު މިޝްކާ ކުއްވެރިވާނީ ކީއްވެހޭ ކޮވިޑް ޖެހުނީ އަދި ކީއްވެހޭ ނޭވާނުލީ މިކަހަލަ ގަމާރު ވެރިކަމެއް ހިއެއް ނުވޭ މުޅި ދުނިޔޭގަވެސް އޮތް ކަމެއް ހެޔޮނުވާނެ މިކަމުން ސަލާމަތްވާން ވީ މިޝްކާއަކީ އަހަރެމެންގެ ދަރިއެއްފަދަ ފަދަ ލޯބި ކުއްޖެއް މިގަމާރު ވެރިކަމުގައި ތިބި ސޮހޮލުންގެ ފަރުވާ ކުޑަކަމުން އެކުއްޖާފުޅުވެސް ދިޔައީ ކީކޭ ބުނާނީ ހެލްތް މިނިސްޓްރީ ހިންގަން ލައިފަ ހުރީ ހައިރިސްކް މީހެއް ޤައުމު ހިންގަން ހުރީ އެވަރުގެ އަނެކަކު ދެން ތިބި ހިނަ މީހުންނަކީ ކޮވިޑުން ފައިސާ ޕަކަޅާ މީހުން މިކަހަލަ މީހުން ދެން ކިހިނެއް ގައުމު ހިންގަނީ ވެރިއަކަށް ހުރި މީހާ ދެިއރު ދެދަޅައަށް ޓްވީޓްއެއް ކޮއްލާނެ ދެން ހަރާން އޭނަ ވީ ތަނެއް އެގޭ ރައްޔިތަކު ތިބި ހެނެއް ދެން ހުރި ނައިބް ރައީސް އޭނަ ވީތަނެއް އޭނަ ކުރާ ކަމެއް އެގޭ މީހަކު ނެތް މަ ސަލާމް މިހެން ކިޔާފަ 300000 ލައްކަ ސަފްހާގެ ފޮތެއް ވެސް ލިޔެވިދާނެ މިނާގާބިލް ކޮރަޕްޓް ސަރުކާރާއި ހެދީ
މީގަ މޮޅުކަމަކީ ލާރިކޮޅެއްދިއްކޮށްލާއިރައް ،މާދަމާ އަށް
ވިސްނާލުމެއްނެތި ވޯޓު ވިއްކާލާތީ. ފާއިތުވީވަގުތެއް އަބުރާ ނުލިބޭނެ. ވިސްނާފިކުރުކޮށްލުމަކީ ދިވެހިންގެ ކިބާގަ ހުންނަސިފައެއްނޫންވީމަ ވާގޮތް. އިއްޔެ މިގައުމުހިންގަމުން ދިޔަގޮތް ކަމަކުނުދިޔަ ދިމާލައް ފެންނަން ހުރިތަންތަނާ ހެދީ ނުފެންތަންތަނައް ބަދަލުގަ
ތަނެއްދޮރެއް ކަނޑެއްފަޅެއް ރައްބީއެއް ރަސޫލެއް ދީނެއް
މިއްލަތެއް މަޒްހަބެއް ނޭންގޭ ބައެއްގެ އަތްމައްޗައް ގައުމުގެ ހުންގާނު ދޫކޮށްލީ، އޭގެހުރިހާ ހިތިކަމެއް ދެކެން
މިޖެހުނީވެސް ހަމަ އެއްބަޔަކަށް. މިއަދު ނެތިއެދިޔައީވެސް ނިކަމެތި މީހާގެ ދެލޯނޭދިއެދޭ އުންމީދުންފުރިފަވާ ޅަކުއްޖެއް ބޮޑުންގެ ދަރިއަކުނަމަ މިވަރުކަމެއްހިނގިނަމަ ޒިންމާވާންޖެހޭ މީހުން ތިބޭނީ އުލުބައިންދާފަ. މިއީދިވެހިން އަމިއްލައަތުން ފައިން ހެދިގޯހުގެ ހިތިނަތީޖާ ފޭހުނުއިލޮށި ލޮލައް.
ވެރިން ގޯސް އެކަމް ތީގަ ހަމަ އެކަނި ވެރިން ނުބައި ކޮއްލައިގެން ލިބެވޭކައް ނެތް. އާއިލާ އިން ވެސް ތިއޮތީ އިހްމާލްވެފަ. ނޫނީ ބަލި ކުއްޖެއް ވީމަ އަޅާނުލީ ކަމައްވެސް ވެދާނެ. އާއިލާ ކަންތައްވެސް ތަހުގީގުކުރުން ރަގަޅު. މިހާރު އެބަ ކިޔާ ދަރުބާރުގެ ކައިރިއަށްވެސް ދިޔަިމޭ
ކެރަފާ ނަސީމްކަތިލަނީ ހުރިހާ ބްލޭމެއް ކެރަފާބޮލައް ޖަހާފަ ރައީސް މިހާ ފިލާ ކިހާތާހިރު؟
މިނިސްޓަރައް ދޮގު މަޢުލޫމާތް ދިންފަރާތް ތައް ވަޒީފާގެ ޒިންމާއިން ދުރުކޮށް އެއީ ދޮގުކަމައްވާނަމާ ވަޒީފާއިން ވަކިކޮށް ޖިނާޢީ ތަހުޤީގެއް ފަށަންގޮވާލަން
ކޮބާތަ އިހުމާލުވީ ސްޓާފުން ވަޒީފާއިން ވަކިކުރޭ
ސީދާ ކަޑައެޅިގެން ދޮގު...ކޯލް ސެންޓާގަ ތިބޭކުދިން ދޮގު ނަހަދާވާކައް ނޯވޭ ...ހުރިހާ ކޯލްތަކައް އެޓެންޑު ވާންޖެހޭ ދުވާލަކު އާދޭ 10000 ފޯން ކޯލް..ސޮރީ މިސްކާ
ކެރަފާބޭ ކަލޭ އިސްތިއުފާ ދޭށޭ. ތިބޭ ތީ ތިތަނަށް ކީއްކުރަން އެއްވެސް ވުޒާރާއަކަށް ކުފޫ ހަމަވާ މީހެއް ނޫން. ރޔ ވެސް އިންނެވީ ހިނިފުޅު ވަޑުވަން. ޢެއީ ތިބޭގެ ނާގާބިލްކކަން ހުންނާނެވަރު ހިތްޕުޅަށްއަރާފަ. މީ ތެދެއްކަން ތިބެއަށް އެގޭނެ!!!!!!
ސިއްހަތާއިބެހޭ ވަޒީރު ގެއަށްދާން ވެއްޖެނޫންތޯ؟ ޒިންމާ އުފުލިފަކޮބާތޯ؟ މިފަދަ ހިންގުންތެރިކަމެއްނެތް މީހުން އެމީހުންގެ މަގާމުން ދުރުކުރަން ނުކެރިގެން ރައީސަށް މިއުޅެނީ ކިހިނެއްވެގެންތޯ؟ މިފަދަ މީހުންނަށް ބޮޑެތި މުސާރައާއި އިނާޔަތްތައް ދޭން ހެޔޮނުވާނެ. އަދިވެސް މިމީހުން މިބަލަނީ ދޮގެއް އޮތިއްޔާާ ދޮގެއް ހެދޭތޯ. އޮޅުވާލެވޭތޯ؟ ދުނިޔޭގެ އެހެންތަނެއްގަ ނަމަ ވަގުތުން އެމީހަކު އިސްތިއުފާދޭނެ. އެހެން މީހަކަށް ފުރުސަތުދޭނެ. ދާދިފަހުން އިރާގު ހޮސްޕިޓަލެއްގަ ހިގިއަލީފާނުގެ ހާދިސާއަކާއި ގުޅިގެން އެގައުމުގެ ސިއްހަތާ ބެހޭ ވަޒީރު އިސްތިއުފާދެއްވި. މީނުންތޯ ނަމޫނާދަށްކާ މީހުންނަކީ.
މިކަހަލަ ސީރިއަސް މައްސަލަ ތަކުގަ އާއިލާ އަށް ހިތްދަތިކަން ލިބޭ ގޮތައް މީގައި ކޮމެންޓް ކުރައްވާ ބޭފުޅުން މާދަމާ ތިމާއަށް މިފަދަ ކަމެއް ދިމާ ވެދާނެ ކަމަށްޓަކައި ގޯސްކޮށް ހުރިކަންކަން ސަރުކާރަސް ފާހަގަ ކޮށްދީ އިސްލާހު ކުރުމަށް ބާރު އެޅުން ރަނގަޅުވާނެކަމަށް ފެނޭ.
ކޮބަ ރެކިގައްނަން އަދިވެސް ރައްޔިތުން ފުރުސަތު ދެނީތަ؟ ރައްޔިތުންގެ އަތު ބާރު އެބައޮތް. މީގެ އެކަތިވެސް ނުހަދާނެ އިރާދަކުރެއްވީތީ ތެދެއް. ތި ނިމޭއިރު ގޯސްވާނީ އެކުއްޖާގެ އާއިލާމީހުން.
މަ މިކަމުގައި އާއިލާވެސް ކުއްވެރި ކުރަން
ތަޙްޤީޤު ނިމުނީ! ސަޅި! ދިވެހިންގެ ލޭ ބޮއިގެން ހުރި ގައްދާރުވެރިއެއްގެ ތަޙުޤީގު ހުންނާނެ ގޮތް ދިވެހިރައްޔިތުން އިޙްސާސްކޮށްލައްވާންވާނެ މި އަދު.! ލުޠުފުއި އެހުރީ ގޭގައި އަރާމުގައި ނަށާލާ ލަވަކިޔާލާ ފިނި ކޮޓަރީގައި. މިއަދު އެދުވަނީ ހަރުކަށި މީޙުން ހޯދާށޭ ގޮވަމުން ދިވެހިންގެ އެތައްފުރާނައެއް ދުނިޔެއާއި ވަކިވެދާއިރު ވެސް ފިނި ކޮޓަރީގައި. ލާދީނީ ކަލޭގެ ފާޑު ފާޑުގެ ބަޔާންތައް ދެމުން ބޭރުގައުމެއްގައި ފައިވްސްޓަރ ރޫމްގައި. ގައުމު ހަލާކުކޮށް ވީރާނާކުރަނީ، ވެރިޔަކަށްހުރި ގުނބޯ މިހުރީ ބީތާ އަރާފަ ދެއިރު ދެދަޅަޔަށް އެސް އެސް ކޮށްލަކޮށްލާ! ދެން މި ޤައުމުގައި ބަރުލަމާނީ ނުގެނެވިގެން އިންޑިޔާގެ ކާފަރުންންނަށް މިޤައުމު ނުދެވިގެން.
ސޯލިހޫ އާ ކެނެރީގޭ ލާދީނީ އާއި ކެރަފާ އަށް ބުނަންތޯ ވާހަކައެއް! 2023 މަތިން ހަނދާން ނައްތާލާ. މަވެސް މީ ކުޅުދުއްފުށީ އާއިލާގެ މީހެއް! ވަރަށް ވިސްނާގެން ތިބެންވާނެ ލަދުހަޔާްތްކުޑަ ބައިގަނޑު!
ނިޔާވި ކުޑަކުއްޖާގެ ފޮޓޯ ނުޖެހުމަށް އެ ދެމެވެ.
“މިސަރުކާރު އޮތީ އަޅުގަނޑުމެން ސަރޕްރައިސް” ވާވަރަށް ތައްޔާރު ވެފަ. އިހަވަންދޫ މޮޔަ.
ހަގީގަތައް ކަންތައް ވީ ގޮތް ހާމަކުރުން އެއީ އެންމެބުއްދިވެރިގޮތް
އެމްބިއުލެންސް ޑްރައިވަރުންއެބައުޅޭ ރަސްމިޑިއުޓީގަ ޓެކްސީކުރަންވެސް.ޑްރައިވަރަކު އޭނަ އަމިއްލަޔަށް އެވާހަކަ ދހެއްކިއަޑުއެހިން.
ތިރިޕޯޓުގައި ހުރިމަޢުލޫމާތުތައް ދޮގުކަމަށް ބުނި ނަރުހަށް ނަސީމުުހަދާނެގޮތެއްވެސްނޭގެއި ބުނެދޭކަށް މީ ވަރަށް ހަރުކކަށިސަރުކާރެއް ބަލާނީ އެންމެރައްޔިތެއްގެ މައްސަލަދެންހަދަނީދޮގު
ރައްޔިތުންގެ ވިންދުންވެސް ވައްކަން ކުރަންފެށީދޯ މިހާރު. އަމީނު ފަކީރު ގޯސްވީ.
މިހާރު ރައްޔިތުންނަށް ދޮގު ހަދާގެން އުޅެވޭކަށް ނެތް ، މިޤައުމު ހަލާކުނުވަނީސް ޤައުމުދެކެ ލޯބިވާދަރިންނާ ޤައުމު ހަވާލުކޮށް ، ނަވާރަދިވެހިންގެ ލޭދަވާލި ހާއިނުންގެ އާއިލާތަކުން މިޤައުމުދޫކޮށްދާންވީނު
އެމްބިއުލަންސް 23:38 ގައި އައި ވާހަކައަކީ ދޮގެއް، އޭގައި މިޝްކާ އަށް ސީޕީއާރު ނުދޭ!
8 ގަޑިއިރު ކުރިން ( ޖޫން 5, 2021 )
މިހާވަރު ވީއިރު ޒަކަރިއްޔާ މަންސޫރު ކޮބާތަ؟ ޑްރައިވަރެއްގެ މުސާރައަށްވުރެ މުސާރަ ބޮޑުވާނެ
ވިއްޔަ ؟ މިވަރު ކަމަކަށް އަތްބާރު އަޅާލިއްޔާ ވާނީ ކީއްތަ؟؟؟؟؟؟؟
ނަރުސް އެގެޔަށްދިޔައީ 11:30. ސީޕީއާރް ފަށަން އުޅެނިކޮށް ސައިރަންގެ އަޑުއިވުނީ؟ އެމްބިއުލެންސް އައީ 11:48 ވެސްވީފަހުންކަަމަށް ފެމިލީ ބުނީ. މެޑިކަލް މީހަކު ހާދައިރެއް ތިނެގީ ސީޕީއާރް ދޭން. ހުސް ސުވާލު