ކޮވިޑް ޖެހިގެން އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދެވުން ލަސްވެ ނިޔާވި މައްސަލަ ތަހުގީގުކޮށް ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓުން ހާމަވެގެން ދިޔައީ މުޅި ސިއްޚީ ނިޒާމު ބޮއްސުން ލާފައިވާ މިންވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ޚައިތަމް މިއަދު ވިދާޅުވެއްޖެއެވެ.

މިޝްކާގެ މަރުގެ މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޚައިތަމް ކުރެއްވި ޓްވީޓެއްގައި ވަނީ ސިއްޚީ ނިޒާމު އޮތް ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

"މި ރިވިއުއިން އެނގިގެން ދިޔައީ މުޅި ސިއްޚީ ނިޒާމު އިސްލާހު ކުރަން ޖެހިފައިވާ ކަން، އެއް ދިމާ ދެ ދިމާއެއް ނޫން، މުޅި ނިޒާމު ވަނީ ފެއިލްވެފައި، މުޅި ނިޒާމުގައި ވަނީ ދޯޅަހިކަމާއި ފަރުވާ ކުޑަކަން، ނިޒާމު އޮތީ މުޅިން ބޮއްސުން ލާފައި،" ޚައިތަމް ކުރެއްވި ޓްވީޓްގައިވެއެވެ.

ޚައިތަމް ވަނީ މި މައްސަލަ އަވަހަށް ތަހުގީގުކޮށް ނިންމައި ރިޕޯޓް ނެރުނީތީވެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) އަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މިޝްކާ ނިޔާވީ އޭނާގެ ބެލެނިވެރިޔާ އެމްބިއުލަންސެއް ފޮނުވައި ދިނުމަށް ތަކުރާރުކޮށް އެތައް ފަހަރަކު ގުޅައިގެން ވެސް އެމްބިއުލަންސް ނުލިބިގެން އެންމެ ފަހުން ދަރުބާރުގެއަށް މީހަކު ގޮސް އެމްބިއުލަންސެއް ހޯދައިގެން މިޝްކާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މިޝްކާގެ ގެއަށް އެމްބިއުލަންސް ގޮސްފައި ވަނީ އެމްބިއުލަންސަށް ގުޅިތާ ދެ ގަޑިއިރު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަންކޮ

    ސާބަހޭ ނަސީމް.

    1
    2
  2. ޢާޞޤށި

    ރިޕޯރޓް ނެރުނީމަ ތިނިމުނީ، ޒިންމާއުފުލާނެ މީހެއްނެއް، މުޅިރައްޔިތުން ގޮވަނީ ސަރުކާރު ފެއިލް ވެފައޭ، ޤައުމުގެ ބަޖެޓް ތިކަމަށް ހުސްވީ، ރަޔްޔިތުން ޖޫރިމަނާކޮށްގެން ލިބޭލާރިން މިހާރު ސަރުކާރު މިހިންގަނީ، ކޮބާ ކުރީގެ ހެލްމިނިސްޓަރ އެއްކަމެއްވެސްނުވޭ، މިހާރު އެވާހަކަވެސް ދައްކާލާނެ މީހަކުވެސްނެތް، އަދިވެސް އިތުރު މީހުންވެސް މަރުވާނެ މިބަލި ކޮންރޯލް ވެފައޮއްވާ ފަތުރާލީ ސަރުކާރުން، ސްކޫލްތަށް ވެސް ހުޅުވީ ސަރުކާރުން،

  3. ކާލި

    އެހެން އެވީ މަޖިލިސްގެ ނިޒާމް ފެއިލްވެ ބޮއްސުން ލުމުގެ ސަބަބުން ނުންތޯ ؟

  4. އައްޑޫ މީހާ

    ކަލޯމެންގެ ސަރުކާރު ދެއްތޯ ކަލޯމެން ހައްލު ކުރާނީ އަވަހަށް ފެއިލްވެފަ ހުރި ކަންކަން ހައްލުކުރޭ މަޖިލިސް މެޖޯރިޓީވެސް އޮތީ ކަލޯމެންނަށް އަވަހަށް ރައްޔިތުންގެ ހައްގުގައި ނިކުމެ ކަންކަން ހައްލުކުރޭ ނުކުރެވެންޏާ ސަރުކާރު ޖަވާބުދާރީ ކުރުވާ ނޫނީ އިސްތިއުފާ ދީފަ އެންމެން ފެޔަށް ޖެހިލާ ރަނގަޅު ކުރެވޭނެ ފެންވަރުގެ މީހުން އެބަތިބި އެކަން ފެންނާނެ ދަރުމަވަންތަ ހޮސްޕިޓަލަށް ބަލާލީމަ

  5. Anonymous

    ތިމީހުންގެ ޕާޓީމީހެއްވެއްޖެއިޔާ އެއްވެސް ޢިލްމެއް ހިލްމެއްނެތް ރިޓޔާދް އޫމުރުގެ މުސްކުޅި މީހެއްވިޔަސް ތިމެމްބަރުން މަޖިލީހުންރުހުންދީފަ ވަޒީރުކަމަށްވެސް އައްޔަންކޮށްލަނީ އެއީ ޒިނަމާ އުފުލޭނެފަދަ ގާބިލު މީހެއްތޯވެސް ވިސްނާނުލާ، ދެން އެކަމުގެ ހިތި ނަތީޖާ ކުރިމަތިވީމަ ކޮންހާ ހާސަރެއްކިޔާކަށްތަ؟؟ ދެން އަތްޖަހަޖަހާ ތިބެންވީ ނޫންތަ؟؟

  6. ބުއްޅަބޭ

    ލަދެއް ނުގަނޭތަ؟ އަމިއްލައަށް ތި އޮރިޔާން ވެވެނީ!

    3
    1
  7. ހަސަދު

    ސިއްހީ ނިޒާމް އެކަންޏެއްނޫން އިގޭތޯ. މުޅިގައުމު ބޮއްސުންލާފަ ފެއިލް ވެފައި. ވަރަށް އަވަހަށް ހައްލެއް ބޭނުންވޭ. ހައްލަކީ ސަރުކާރު ބަދަލުވެ ކަންކުރެވޭ ވަރުގެ ބަޔަކާ ގައުމު ހަވާލުކުރުން.