‏ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ބަލިކަށިވެ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ފުލުހުންގެ ކައުންޓަރ ޓެރަރިޒަމްގެ ޑިރެކްޓަރު، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ހާޒިރުކޮށްފިއެވެ.

މިއަދުގެ އެކި ވަގުތުތަކުގައި ފުލުހުންގެ ބޭފުޅުން ގެންދަނީ މި ކޮމިޓީއަށް ހާޒިރުކުރަމުންނެވެ. އެންމެ ފުރަތަމަ އެ ކޮމިޓީ އަށް ހާޒިރުކޮށްފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އެއަށް ފަހު، ފަރީދު އިސްމާއީލް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

މި ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ދަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

އެނގިފައިވާ ގޮތުގައި 241 ކޮމިޓީން ވަނީ މި އިންކުއަރީއަށް ހާޒިރު ކުރާނެ ބައެއްގެ ލިސްޓެއް ތައްޔާރުކޮށްފައެވެ. މި ލިސްޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސިފައިންނާއި ފުލުހުންނެެވެ.

ސިފައިންގެ އިސް ވެރިން ހިމެނޭހެން 40 ސިފައިންނާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި އިންޓެލިޖެންސްގެ ޔުނިޓްގެ ބައެއް އޮފިސަރުންގެ ނަން އެ ލިސްޓުގައި ހިމެނެއެވެ.

ކޮމިޓީއަށް ސީޕީ ހަމީދާއެކު ވަކިވަކި ފުލުހުން ހާޒިރުވާނެ ކަމަށް އެ މުއައްސަސާއިން ވިދާޅުވި އިރު، ވަކިވަކި ސިފައިން ހާޒިރު ކުރުމަކީ މަޖިލީހަށް ލިބިދޭ ގާނޫނީ ބާރެއް ނޫން ކަމަށް ވިދާޅުވެ އެމްއެންޑީއެފުން ވަނީ އެ ކަމަށް ދެކޮޅު ހަދައިފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނު ވިލާތުގެ މިލިޓަރީ ހޮސްޕިޓަލަކުން ވަނީ ފަރުވާ ހޯއްދަވައިފައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަރުމަނުގައެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނީލޯފަރު ހިނގުމާއި މަޖިދީ މަގާއި ދެމެދު ކަންމައްޗަށްވާ ގޮތަށް ހުރި ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލި އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭގެ ފަހުން ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހަރުކަށި ފިކުރުގެ ވިއުގައަށް ނިސްބަތްވާ ކަމަށް ތުހުމަތުވާ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ހައްޔަރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ މީހާ

    މިއީ އަޅެ ކިހާބޮޑު ކަމެއް މިކަމަކުން ސަލާމަތެއް ނުވިއެއްނުން މިވަރުގެ ބަލާއަކާ ދިމަލެއް ނުވާނެ މިގައުމުގައި ބޮޑު ބަލިމަޑުކަމެއް ފެތުރި ރައްޔިތުން ހަނާވަމުން ދާއިރު އެކަމަކާ ސަރުކާރު ޖަވާބުދާރީ ކުރާކަށް މި މަޖިހަކުން އުޅޭތަނެއް ނުފެނޭ މުޅިންވެސް މިކަލޭގެ ހިމާޔަތް ނުވެގެން އުޅޭތަން މިފެންނަނީ މިވަރުގެ މީހަކު ނެތިގެން މިގައުމަށް ދީފައިވާ ގެއްލުން ކުޑަކަމުން މިގައުމުގެ ހަލާކު

    10
  2. ޙަސަނާ

    ތިމީހަކީ ދިވެހިރައްޔިތުންނައްޖެހިފަހުރި ބޮޑުބަލާމުސީބާތެއް މި މަޖިލިހަކައްވެސް ދިވެހިރައްޔިތުންނަކީ މުހިންމުބައެއްނޫން ކޮވިޑުގައި ގައުމުގެ 8 މީހަކުން އެކަކު ފައްސިވެދިޔައިރުވެސް މާލޭގަބަލިމަޑުކަން ފެތުރޭތީ ޖަރުމަނައްގޮސްފިޅާހުރިމީހަކާގެން ތެޅިމަރުވަނީ ...