އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމުން ރާއްޖެއަށް ވެސް ލިބެން އޮތީ ފައިދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖަރުމަނު ވިލާތުގައި ހުންނެވިނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫގެ ވިސްނުމަކީ ދުނިޔެއަށް ހުޅުވާލުމުގެ ވިސްނުމެއް ކަމަށެވެ. އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމުން އައްޑޫއާއި ރާއްޖެއަށް ވެސް ލިބެން އޮތީ ފައިދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އައްޑޫގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް، އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފައި ނުވާ ވިސްނުމެއް،" ނަޝީދު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނިންމީ އެ ގައުމުގެ ސަރުކާރުގެ ކެބިނެޓުންނެވެ. އެ ހުށަހެޅުން ދިވެހި ސަރުކާރާ ޚިއްސާކޮށްފައިވާއިރު، މި ކަމުގައި ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމައެވެ.

 

މި ކަމަށް ރައީސް ނަޝީދު ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައިވާއިރު، މަޖިލީހުގައި ތިއްބެވި އައްޑޫގެ ދާއިރާތައް ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރުންނާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ މި ކަމަށް ތާއީދު ކުރައްވާ މީގެ ކުރިން ވާހަކަ ދައްކަވައިފައެވެ.

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމް ކުރުމާ ދެކޮޅަށް "ސޭވް އައްޑޫ، އިންޑިއާ އައުޓް" ގެ ނަމުގައި މީސް މީޑިއާގެ ބޮޑު ކެމްޕޭނެއް ވެސް އައްޑޫގެ ޒުވާނުންތަކެއް އިސްވެގެން ވަނީ ފަށައިފައެވެ.

އިއްޔެ "ސޭވް އައްޑޫ" ޓީމުން ވަނީ ޕެނަލް ޑިސްކަޝަނެއް ވެސް ބާއްވައިފައެވެ. މި ޕެނަލްގައި އައްޑޫއަށް އުފަން އިލްމުވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް ވެސް ވާހަކަ ދައްކަވައިފައެވެ.

މީގައި ސަރުކާރަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވަނީ މި ކޮންސިއުލޭޓްގެ ސަބަބުން އައްޑޫއަށް ތަރައްގީ އަންނާނެ ކަމަށް ސިފަކުރައްވައި ސަރުކާރުގެ ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކައަށެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމުގެ ނިންމުމެއް އެ ގައުމުގެ ސަރުކާރުން ނިންމާފައި މި ވަނީ، އިންޑިއާއިން ރާއްޖެއަށް "އަތްގަދަ ކުރަން" އުޅޭ ކަމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށެވެ. މި ކަން އިންޑިއާ އާއި ދިވެހި ސަރުކާރުން ވެސް ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

  1. ޢަލީ

    ޔާﷲ މީނާގެ ކިބައިން މިޤައުމް ސަލާމަތް ކޮށްދެއްވާދޭވެ.

    158
    66
    • ދޮންބެ

      މިރާއްޖޭގެ ވަރަށްގިނަ މީހުން ބޭނުންވާކަމެއް މީނާގެ ކިބައިން މިރާއްޖެ ސަލާމަތްކުރުން. އެކަން ކާމިޔާބުކުރެވޭނެ. މީނާގެ ކިބައިން ގައުމު ސަލާމަތްކުރެވޭނެ އަދިވެސް. ބުނެލަން އޮތީ އަދިވެސް މީނާއަކަށް ރައްޔިތުންގެ ވިންދު އެއްގޮތަކަށްވެސް އިޙްސާސްވިހެނެއް ހިޔެއްނުވެޔޭ. ގަދަބަސް ބުނުންމަތީ ދެމިހުންނަތަން މިފެންނަނީ.

      92
      1
      • ކަނީރު

        އޭ ދޮންބެ. އެބުނަނީ ގަދަބަސްތަ ނުވަތަ ފާޅުކުރަނީ ޚިޔާލުތަ؟ އިންސާނެއްދެކެ ނަފުރަތު ކުރިޔަސް ތިވަރު ވާކަށް ނުވާނެ.

        18
        • އެކަލޭގެ

          އެކަލޭގެ ދެކެނީ ހުރިހާ ކަމެއް ކުރަން ޖެހޭނީ އެކަލޭގެ ބުނާ ގޮތަށޭ. މި ގައުމަށް ޖެހިފައި އޮތް ބަލާ މުސީބާތެއް ތިޔައީ.

          16
        • ދާހިލީ

          ހީވޭތަ އެ ކަލޭގެ ގައުމަށް ހެޔޮ އެދޭހެން.

    • ޢާމީން

      ޔާރައްބު އާމީން

      52
      1
  2. ފަހުމީ

    ތިބޭފުޅާގެ ދުރުވިސްނޭ ސިޔާސަތުގެ ތެރެއިން ގައުމަށް ކުރި ފައިދާއެއް އެބައޮތްތަ؟ އަދިވެސް ތިހުންނަނީ ބޮޑުބެ އައިސް ގައުމަށް ކަމެއް ކޮށްދޭނެ ވިސްނުންތަ؟ ބޮޑުބެ އުޅެނީ ގައުމުގައި ބާކީ އޮތް ހަކުރުކޮޅުވެސް ނަގަން. ސާފްވޭތަ؟

    114
    2
    • ޙަފޯ

      ފައިދާވިޔަސް ފައިދާވާނީ، ބޮއްޅަ ކަހަލަ، ޖަރީމާ ހިންގާފައި، އިންޑިޔާ ހައިކޮމިޝަނަށްވަދެ ފިލާ ތިބެން ވިސްނުން އޮތް މީހުންނަށް، އެއީ މިހާރު މިތިބަ ކޮރަޕްޝަނާ ފަސާދައިގެ ބައިގަނޑު ހައްޔަރުން ސަލާމަތްވެ ފިލަން ޖަހާ އައްޑާއެއް

      87
  3. ސޯލިހު

    ކަނޑައެޅިގެން ދޮގެއް

    104
    1
  4. ަސދަސަ

    ލައިލާ އެހެން މީހަކާއި އިނަސް އައްޑޫއަށް ފައިދާ.

    122
    • اکف

      #އިންޑިއާ އައުޓް

      86
  5. އައްޑޫ މީހާ

    އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް ހަދާނެ ކަމެއްނެތް ކެނެރީގެ ބަދިގޭގައި ކޮންސިއުލޭޓް ހަދާ ކޮންސިއުލޭޓް އައްޑޫގައި ހަދަން އެވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް ކެނެރީގޭ ލާދީނީ ނަޝީދަކަށް ލިބިގެނެއްނުވޭ އައްޑޫގައި ކޮންސިއުލޭޓް ހަދަން އުޅެނީ މަކަރުވެރި ހީލަތްތެެރި ރޭވުމަކުންކަން ވަރަށް ރަނގަޅަށް އަހަރުމެން ދެނެތިބިން އަހަރެން ދެކުނިން ކަލޭގެ ވެރިކަމުގައި ހަދާފައިން ޕްލޭނެއް އިންޑިއާގެ މިލިޓަރީ ބޭސްތައް މުޅި ދިވެހިރާއްޖޭގައި ހަދަން އެއްބަސްވެ ފައިސާ ނަގާފަ ހުރީ އޭގެ ބަދަލުގައި އައްޑޫ ފަނާކުރަން ނުއުޅެ ކޮންމެވެސް އެހެން ކަމަކާ އުޅޭ

    109
    2
  6. ކާލި

    ކޮންމެ 50 އަހަރަކުން އިގިރޭސި އިސްތިޢުމާރީ އެޖެންޓުން ދުނިޔޭގެ ކަންކޮޅުތަކުން ފާވާނެ، މީގެ ކޮންމެ އެޖެންޓަކު ގުޅިފާވަނީ އިންގިރޭސިންގެ މަސްލަހަތާއި، މިމީހުންގެ ވިޔަފާރިޔާއި ގެދޮރުވެސް ހުންނާނީ އިގިރޭސިވިލާތުގައި !

    97
    1
  7. ބެއްޔާ

    ނަޝީދު ބާއީ، ތިޔަހެއްދެވީ ރަން ރިހީން ޖަރީކޮށްފައިވާ ބޮޑު އިތުރު ފުޅެއް ކަމަށް ބެއްޔާ އަށް ލަފާކުރެވެނީ!

    91
  8. އަރުމަޑެ

    ގަބޫލު ކުރަންވީ ޕްރޮގެސަރ އުގެއިލްގެ ވާހަކަތޯ ނޫނީ ހާމާނުގެ ވާހަކަތޯ

    82
    1
  9. އަހްމަދު

    އަންނި އެވިދާޅުވީވަރައްރަނގަޅުވާހަކައެއް އައޑޫގައި ކޮންސިއުލޭޓެއް ހުޅުވައިފިނަމަ ރާއްޖެއަށް މިސަރުކާރަށްއޮތީފައިދާ އެއީ އެކަމުންވެސްލާރިގަޑެއް ލޯނެއްގެގޮތުގަނަމަވެސް ލިބޭނެ އެހެންވީމައެއީފައިދާ

    36
    8
  10. އަންހެން

    ކެނެރީގޭ ބަދިގެ ތެރޭގައި އައްޑޫ ކޮންސިއުލޭޓް އަޅާބަލަ. އޭރުން ކެނެރީ، ކެރަފާ އަދި ސިއްކަގެ ހުރިހާ މީހުންނަށް ފައިދާވާނެ. މިހާރުވެސް ރާއްޖޭގެ ބައިތުލްމާލުން އެމީހުންނަކަށްނު ފައިދާވަނީ.

    77
  11. ނަން

    އައްޑޫ އަށް ހެވެއް ތަރައްގީއެއް އެދޭނަމަ ޑައިރެކްޓް ކާގޯ ފްލައިޓް ގަޑެއް ޖައްސަން ހުއްދަ ދީބަލަ

    67
  12. އަލީ

    ވާފައިދާ ތައް އިންޑީޔާގެ ބޮޑުވަޒީރުގެ ދުލުން ބުނެދީ އެކަމުގެ އެއްބަސްވުން ދިވެހިރައްޔިތުންނަށް ދެއްވަން ގޮވާލަން

    48
  13. Anonymous

    ކަލެޭގެ ނުބައި ދުލުގެސަބަބުން މިގައުމު ފަނަާވެ އެންމެފަހުންމިދަނިީ އަޅުވެތި ކަމައް ޔަާ ﷲ މިީނަާގެނުބައިކަމުން ަޅަމެން ސަލަާމަތް ކުރައްވަާދެޭވެ

    72
  14. މޯދީ

    ހޫން ތި ގެންނަން އުޅޭ ތަރައްގީ އަހަރުންނަށް އިގޭ... ބޭނުމެއްނޫން އަންނި އެއް ނޫން ގާސިމް ބުނިއަސް ތި ތަރައްގީ ގެންނާކަށް.. އިންޑިޔާ އައުޓް އޯކޭ އަންނި :@

    75
  15. ޝައިހާ

    ކަލޭ ހީކުރަނީ އަހަރެމެންނަކީ ކޮހުން ކަމައްތަ.؟ ބޮލުގަ އަދި ރޭޒާފުކެއް އެބައުޅޭހެން ހީވަނީ.

    64
  16. ރިޔާޒުބެ

    ދޮން ކަލޯ ކަށްމީރު ރައްޔިތުންނާ މަލި ކު ރައްޔިތުން ތަހައްމަލު ކުރަމުން އެދަނީ ތިޔަވިދާޅުވާ ތަރައްޤީ ތޯ އެހެންވެއްޖެއްޔާ އެތަރައްގީ ބޭނުމެއް ނޫން.

    71
  17. ރިޔާޒުބެ

    މުހައްމަދު ނަށީދޫ އައްޑޫ މެމްބަރުންނާ މޭޔަރަކަށް ނުނިއްމޭނެ އައްޑޫ ރައްޔިތުން ނަށް ނިންމޭނީ.

    60
  18. ހުސެން

    ޔާﷲ މީނާގެ ކިބައިން މިޤައުމް ސަލާމަތް ކޮށްދެއްވާދޭވެ

    61
  19. ދިވެހި ރައްޔިތުން

    ބޯބުރާނތި އަނެއްކާ ހިނދުކޮޅުގަ ތަ؟

    54
  20. އިންޑިއާ އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    69
    1
  21. މާމިގިލީ މީހާ

    މިނިވަން ކަމުން، އަޅުވެތި ކަމައް، ދާނަންހޭ، ނުދާނަމޭ. ރާއްޖެ މިސްރާބު ޖަހާފަ ހުރީ އިންޑިޔާގެ އަޅުވެތި ކަމައް. މި ސަރުކާރުން ކުރާ ކަމެއް މީ.

    55
  22. ޢަހުމަދު1

    ޢެއްވެސް ކޮންސިޔުލޭޓްއެއް ވެރިކ ކަން ކުރާ ރަށް ފިޔަވާ އެހެން ތަނަ ކު ހުރޭތަ. ކޮންސިޔުޅެޓްގެ ބޭނުމަ ކީ އެތަނެއްގެ ރައްޔިތުންނަށް ޙިދުމަތް ކުރުމާއި އަދި ދެގައުމު ސަރު ކާރު ދޭތެރޭ ގުޅުން ބަދަހި ކުރުން. އިންޑިޔާ އައްޑޫ ބޭނުންވާނެ ހަމައެ ކަނި ސަބަބަ ކީ ދެކ ކުނުގައި އޮތް ޗޭގޯސްއަށް ފާރަލާން ބޭސް އެއް ހެދުން. މި ކަން ކުރަން އައްޑޫގައި މިލިޓަރީ ބޭސްއެއް ގާއިމް ކުރަން ބޭނުންވާނެ. ޢަނެއް ސަބަބަކ ކީ ދެކ ކުނުން ފައްޓައި އިތުރަށް ރާއްޖެ އަތްދަށަށް ލާފައި ބޭއްވުން. ޢެއީ ކޮންމެހެން ރާއްޖެ ނުރައް ކާތެރި ތަނަ ކަށް ވާތީނޫން. ރާ އްޖެ ޗައިނާ، ރަޝިޔާ، ޔޫއެސްގެ އަތް ދަށަށް ދިޔަނުދީ ކޮންޓްރޯލް ކޮށްލުން. އޭރުން މުޅި އިންޑިއަން އޯޝަން އެމީހުންނަށް ކޮންޓްރޯލް ވާނެ. ސުޕަ ޕަވަރ އަ ކަށް ވުމުގެ ސިފަ މިފެންނަނީ.

    33
    2
    • ކަނީރު

      އޭ ދޮންބެ. އެބުނަނީ ގަދަބަސްތަ ނުވަތަ ފާޅުކުރަނީ ޚިޔާލުތަ؟ އިންސާނެއްދެކެ ނަފުރަތު ކުރިޔަސް ތިވަރު ވާކަށް ނުވާނެ.

      1
      9
  23. ޝޮކްތެރަޕީ

    ނަޝީދު ވަނީ މަގުޗާޓު ކުރަހަދީފަ

    13
    1
  24. ވާބެ

    އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ހުރެގެން ރާއްޖެއަށް ފައިދާވާނަމަ މާލޭގައި އިންޑިޔާގެ އެމްބަސީއެއް ހުރީމަ ފައިދާވަނީ ކޮންބަޔަކަށްތޯއެވެ. އެހެންވީމާ ރާއްޖޭގައި އިންޑިޔާގެ ކޮންސިއުލޭޓަރެއް އައްޑޫގައި ހުރެގެން އެއަކުން އައްޑޫ ރައްޔިތުންނަށްވާ އިތުރު ފައިދާއެއް އަދި މަންފާއެއް ނެތެވެ. އެހެންކަމުން ތިޔަކިޔާތަން ރާއްޖޭގެ އެހެންރަށެއްގައި އެޅިއަސް އައްޑުއަށްވެސް އެކަމުންކުރާ ފައިދާއެއްވިއްޔާ ކުރާނެތާއެވެ. ދުއްޕާކުރަން އައްޑޫގައި އަޅާނެ ކަމެއްނެތެވެ.

    16
  25. އަބްދޫ

    މިވެނި މިވެނި ފައިދާ ތައް އަންނާނެ ކަމަށް ބުނެދިބަލަ. އިންޑިޔާގަ ދިވެހިގައުމުގެ ކޮންސިއުލޭޓެއް އެބަހުރި އެ ކޮންސިއުލޭޓް އިން އިންޑިޔާގެ ރައްޔިތުންނަށް ލިބޭ ތަރައްގިއާއި ފައިދާ ވެސް ބުނެދީބަލަ. ވިއްސާރަ އިރު ޗަސްބިމުގަ ހިގީމަ ފައިދާވޭ . އިންޑިޔާގެ ކޮންސިއުލޭޓުން އެވަރުވެސް ނުވާނެ.

    15
  26. Anonymous

    ކަލޭ ބަލާބަލަ ޖަންމޫ ކަސްމީރާއި ފަލަސްތީނާއި ސީރިޔާ އިރާގު ލީބިޔާ ފަދަ ގައުމުތަކަށް އިސްތިއުމާރިންގެ ބާރުގެ ދަށުގައި އެންމެ ފަހުން އިންޑިޔާ މަލިކާއި ލަކްސަދީބަށް އަރާ ހިންގާ އިސްތިއުމާރީ އަމަލުތަކަލެޔަށް ފެނޭހޭ ބުޅޭ އެވަރުގެ ބަޔަކު މި ދިވެހި ފަސްގަނޑުން ޖާގަދީގެންނުވާނެ މިކަމާ އެކައްޗަށް ރައްޔިތުން ތެދުވާންޖެހޭ

    17
  27. އީވާ އިންތި ހަސަންކޮ

    މީނަ އިންޑިޔާ ސިފައިން ދިވެހިރާއްޖެ ހިފަން ގޮވިމައްސަލަ 241 ކޮމިޓީން ބަލާނީ ކޮންއިރަކުންހޭ!... މީނަ މިވަނީ ޤަޢުމު ޚަރާބުގެ މަގަށް ގެންގޮއްސަ!

    17
  28. ޖާބެ

    އިންޑީޔާގެ ފަރާތުން މިހާތަނައް އިޤްތިސާދީ ފައީދާއެއް މިފާއިތުވި 10 އަހަރު ކުރީ ކިތައް ޕަސެންޓްއަށްތޯ؟ ނުނީ މިހާތަނައް ދިވެހިރާއްޖޭން އިންޑިޔާއަށް ވިޔަފާރިކޮށްގެން ކުރީ ކިހާވަރެއްގެ ފައިދާއެއްތޯ ނުވިތާކައް އިންޑިޔާގެ އެއާޕޯޓްތަކުން ދިވެހިންނައް ކުރަނީ ކޮންކަހަލަ ދުއްތުރާލެއްތޯ؟ ނޮވެންބަރު 3 ގެ ފަހަތުގަ ތިބީ ކޮންބައެއްތޯ؟ ދިވެހިރާޢްޖޭގެ އިޤްތިސާދީ ސަރަހައްދު އަދި ރިސޯސް ބޭނުންކޮށްގެން އިންޑިޔާއިން ކިހާފައިދާއެއް ނަގާތޯ؟
    ކޮބާ އަދިވެސް ހެލިކޮޕްޓަރު ދުއްވޭނެ ސިފަިއންގެ މީހަކުނެތް ތަމްރީން ވެފަކަ އެކަމަކު ސަމާލް ހިންދީ ލަވަޔުމުގަ މިވެސް އަޖައިބެއް!!!
    އިންޑިޔާއާ ވިޔަފާރިކޮށްގެން ރާއްޖެޔައް ކިހާ ޑޮލަރެއް ނޫނީ ރަނުގެ ގޮތުގަިއ ކިހާވަރެއް ލިބޭބާ ފާއިތުވި 10 އަހަރުގެ ސްޓެޓިސްޓިކްސް އެބަޖެހޭ ބަލަން؟
    އާސަންދަ ނަމުގަ އިންޑިޔާއްއް ކިހާފައިސާއެއްތޯ ރާޖެއިން ބޭރުކުރަނީ ؟

    ނަޝީދު ހަމައިގަބާ ؟

    16
  29. މުސްތޯ

    ފައިދާ އޮތީ ކކަކލޭގެ ޖީބަށް!!!!

    14
  30. ދަންޑަހެލު

    މިކަލޭގެ ބުންޏެއްނޫން ” އައްޑޫމީހުންނަކަށް ތިމަންނަގެކިބައިން ދެނެއްސަލާމަތެއްނުވާނެއޭ“ އެއިގެ ކަންތައްމިފެށިގަތީ: އަދިވެސް ގޫބައްޑާމެން ހޭއަރާކަށް ނުވޭހޭ؟؟؟

    18
    • ޙަސަނާ

      އައްޑޫގައި ގިނައިން އުޅެނީ މި ކަލޭގެ ބުނާހާ އެއްޗަކަށް އާމީން ކިޔައިގެން އުޅޭ ބޮލުރޮދި ކެނޑިފައި ތިބި ބައެއް. އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް އެކަލޭގެ ވާހަކަ ދެއްކީމާވެސް އެމީހުންނަށް އެވަރުގެ މީހަކު ނެތިގެން ތެޅިބާލަނީ.

      11
      • Anonymous

        މީނާ ކިޔާއެއްޗެއްސަށް އާމީންކިޔާނީ އައްޑޫގެ މަދުބައެކެވެ.

  31. ހާޝިރު

    ފައިދާ އޮތީ އަހަރެމެންނައްތަ ނުވަތަ އިންޑިއާއައްތަ އިންޑިޔާއިން ބުނާކަމައް އަޑުއިވެެނީ އެމީހުންނައް މިގައުމުގަ ދާއިމީ ގޮތެއްގަ ތިބެވޭގޮތްހަދައިދީފިނަމަ ކުޑައިންޓްރެސްޓަކާއެކު އެއްބިލިއަން ޑޮލަރުދޭނެކަމައް އެހެންވީމާ ފައިދާބޮޑީ ކޮންބަޔަކައް އެނގޭ އެހާބޮޑު އެއްޗެއް ދީގެން މިތާންގަ އެމީހުން ތިބެންޖެހޭ ސަބަބަކީ ކޮބާބާ

    10
  32. އިބްރާހީމް

    އެއުޅެނީ އަމިއްލަ ގައުމެއް ހަދައިގެން ވެރިކަންކުރަން.

    12
  33. އިބްރާ

    މީނަގެ ކިބައިން މިގައުމު ސަލާމަތް ކުރަން ނު ކުންނާނެ މީހަ ކަށް މިޤައުމު ރޮއިއާދޭސް ކުރަނީ.

    14
  34. މައިކް

    އަޑޫރައިތުްން ވަނީބިކަ. އަޑޫ ހުރިހާ ކުދި ވިޔަފާރިތައް ވަނީ ހަލާކު، ދިވެހިން ގެ އަގެއްވެސް ނޯނާނެއް. ދިވެހިންގެ ބާރެއްވެސް ނުހިގާނެ.

    12
  35. ާއަލީ

    ކެނެރީގޭ ކަނޑުކޮސް ބުނާހުރިހާގޮތެއް ހަދާގެން އަޑޫ މީހުން އުލޭތާމިހާރު 20 އަހަރުވީ ވީކަމެއެބައޮތަ ފުރަތަމަ އަޑޫ ގަ ކުރަންބުނި ކަންކަން ކޮއްބަލަ...ޔާﷲ މީނާގެ ކިބައިން މިޤައުމް ސަލާމަތް ކޮށްދެއްވާދޭވެ

    20
  36. ދުނބުރި

    ތި ކޮންސިއުލޭޓް ގ. ކެނެރީގޭގަ ބަހައްޓަބަލަ އޭރުން މާ ފައިދާވާނެ ކަލެއަށް

    12
  37. ބޭރުމީހާ

    އައްޑޫގައި ހުރި ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތަކާއި ސަރުކާރުގެ ތަންތަން އަންދާލީމާ އެވެސް ތަރައްގީއެވެ. ހެ ހެ ހެ! ރ ނަޝީދަކީ މިރާއްޖޭގެ ބާރުތަކުގެ ވެރިޔާކަމަށް ހެދައިގެން އިންޑިޔާގެ މުށުތެރެއަށް މިގައުމުގެ މިނިވަންކަމާއި ސިޔާދަތު މިހިރަ ލަނީއެވެ.
    ތިކަމަކީ ރީނދޫ ޗެރިކަން ނެގެހެއްޓުމަށް ކުރާކަމެކެވެ. އިންޑިޔާ ކަނޑުގައި ހުރި ޖަޒީރާ ތަކުގެތެރެއިން އެމީހުންގެ ބާރުގެ ދަށުގައިނެއްތަނަކީ ހަމައެކަނި މިރާއްޖެއެވެ. ތިކަލޭގެ އަވާގައި ދިވެހިން ޖައްސައި އިންޑިއާ އިން މިކުރަނީ އެކަމެވެ.

    12
  38. މަސްއޫދު

    ޝާކު ސަމީޓު ބާއްވަން އެޅިގެއާ ކުރިހުރިހާ މަސައްތެއްގެ ބިލްތައް މަސައްކަތްކުރި މީހުންނަށް ނުދީ އައްޑޫ ސިޓީގައި ބެހެއްޓީ ބުދު އަދި ބުނީކީކޭތޯ ތިމަންނައަށް އެގިގެން ވީކަމެއްނޫނޭ ބުދު ބެހެއްޓުމަކީ ބުދުގެ ފަރުދާ ކަހާލިއިރު ލަންކާ ރައީސްގެކައިރީގައި ހުރީ ލާދީނީ ނަޝީދު މިވަރުގެ ދޮގުވެރިއެއްތީ އައްޑޫ ރައްޔިތުން މިފަދަ ދޮގުވެރިއެއްގެ ފަހަތުން ދުވާތީ ހައިރާންވޭ!

    13
    • ވާބެ

      އައްޑޫން މީނާއަށް ސަޕޯޓްކުރާމީހުންނަކީ 100 ރާބޯމީހުން

  39. ސޫއޫދު

    އިންޑިއާނުލާ ނަޝީދުއައް ދިވެހިރާއްޖޭގަ ސިޔާސީހަރަކާތެއް ނުހިންގޭނެ ވީމައެގައުމުގެ އަޅުވެތިކަމުގަ ދިވެހިންޖައްސަން ކޮއްމެ ކަމެއްވެސްކޮއްފާނެ އަރިކައްޓޭ މަޑުކައްޓޭކިޔާފަ ހަންފަތުރަން އިންޑިއާގެ ރާއްޖޭގެ ވެރިކަން ނަޝީދައް ނުލިބި ދެދައުރު ނިމިގެންދަނީ މިއިންއެގެނީ ނަޝީދު އައްދެވެސް ލިބޭނީކުރީގެ ރާއީސްގެ މަގާމުކަން ބަދެލެއްނުގެނެވޭނެކަން ކުރިއައްހުރި އިންތިހާބުތަކުގަވެސް.

    10
  40. ސޮނިބެ

    އަޅުވެތި ކޮށްގެން ވާފައިދާއެއް ވާނެ

    12
  41. ޙަސަން

    އެއވެސް ފައިދާއެއް ނެތް. ކަލެއާއި މުސްލިމުންގެ ލޭބޯ މޯދީއަށް އެކަނި ފައިދާވާނީ. މީދެން މިއަތޮޅަށްޖެވިފައިވާ މުސީބާތެއް. މިކަލޭގެ އަތްދަށުން މިގައުމާއި މި އަތޮޅު ސަލާމަތްވާނެ ގޮތެއް މެދުވެރިކުރައްވާތޯ އެންމެންވެސް ދުއާކުރޭ

  42. ސަންގު

    ރައީސް ތިޔަ އިންޑިޔާގެ ފަރާތުން އަހުރެމެން ސަލާމަށް ވާންބޭނުން
    އެއާޕޯޓް މިނިވަން ކޮއްދިން ދިވެހި ބަތޮލުންނަށް ގައުމީ އިނާމްދޭންޖެހޭ
    އިންޑިޔާ އެޅި ޓަވަރު ފޭނޭތޯ އެއީ މިޒަމާނުގެ ކަމެއްތޯ.

  43. ގައުމީ ލޯބި

    ކަލޭގެ ގޯތި ދީ އިންޑިޔާ މީހުންނަށް.. ތިވަރަށް އެމީހުން ދެކެ ލޯބިވާނަމަ،، އައްޑޫ ވިއްކާފައި ވެރިކަން ހޯދަން އުޅޭނެ ކަމެއް ނެތް..

    އަހަރުމެން ދެވަނަ ކަށްމީރަށް ވާން ބޭނުމެއް ނުވޭ.. ފަލަސްތީނުންވެސް ޔަހޫދީންނަށް ދިނީ ކުޑަބިންކޮޅެއް މިހާރު އެބަލާއިން ސަލާމަތް ނުވެގެން އެއުޅެނީ.. ހިސްޓްރީން މިކަން ވަރަށް ސާފު.. މިއަދު އައްޑޫއިން މިކަން ހުއްދަ ކޮށްފިނަމަ ޖީލުތަކުން މީގެ ހިތިރަހަ ދެމިގެންދާނެ.

    އަފިރިން ސަލާން ދެން މިރަށަށް އެރިޔަސް ފައްސާލާނީ.. މަކަރުވެރި ހީލަތްތެރިޔެއް ކަލެޔަކީ..

    މި އޮތް ހަ ދުވަހު އަފިރިން އޮޅުވާލައިގެން ތިއުޅުނީ.. ދެން ވަރަށް ސަލާމް..

  44. މިތުރާ

    ރައީއީސް ނަށީދު ރޭގަޑު ދައްކާ ފަދުވާލޭ،ދުވާލު ދައްކާ ފަ ރޭގަޑޭ ވިދާޅުވިޔަސް މޑޕ މީހުން އަތްޖަހާނެ،،،،އަށްޑޫ މީހުންނައް ފައިދާވާނެ ގޮތަކީ ކޮބައިތޯ؟ އައްޑޫގަ އިންޓަނޭޝަނަލް ހޮސްޕިޓަލެއް އަޅަޢި ފީޔާ، އޭގެ ފައިދާ ކުރާނެ، އައްޑު އަށާޢި ރާއްޖެ އަށްވެސް،،،،ކޮންސިއުލޭޝަން އޮ ފީހެއް އައްޑޫގަ އުޅެނީ އެހެން ޑުރާމާ އެއް ކުޅެން،،،،ޑުރާމާ ގަދަވެގެން ގޮސް އައްޑޫ މީހުން އައްޑު އިން ފައިބަންވެސް ޖެހިދާނެ،،،ގަމުގަ އުޅުނު މީހުން ގަމުން ފޭބި ފޭދޫ އަށްބަދަލު ވި ގޮތައް🙄

  45. ހާކިމާ

    ހެއްކާއިއެކު އެންމެ ދެފައިދާ ބުނެލާ ދީބަލަ.

  46. Anonymous

    ނެޭފަތު ކުރިީގަވިސްނުން ހުރިީ ކަލެޭ އެހެންވެ އެދުވަހު އިސްތިއުފަާ ދިނިީ