އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަލީ ވަހީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް ކަމަށް ކުރިމަތިލައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލިކަން އިއުލާންކޮށް އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ރައްޔިތުންގެ ލޯތްބާއި ތާއީދާއި ހެޔޮ އެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އެންމެނަށް ހަމަހަމަ، ގޮފިތަކުގެ ބާރުވެރި އިންތިޒާމްވެފައިވާ ކޮމެޓީތަކާއި އެކު ރައްޔިތުންގެ ޚާދިމް މަސައްކަތްތައް ކޮށްދޭނަން." އަލީ ވަހީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމަށް ފަހު އަލީ ވަހީދު ކުރެއްވި ޓްވީޓްގައި ވެސް އަދި އާންމު ކުރެއްވި ވީޑިއޯގައި ވެސް އަންނަ ރިޔާސީ އިންތިޚާބާއި ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީއަށް ކާމިޔާބުކޮށްދިނުން އެއީ އޭނާގެ ވައުދެއް ކަމަށް ޓްވީޓްގައި ވިދާޅުވެފައެއް ނުވެއެވެ.
Alhugandu, Jumhooree Partyge Raees kamah kurimathilaifin. Thiya hurihaa rayyithunge loaiybaa, thaaeedhaa, heyo edhumah edhen. Enmennah hamahama, Gofithakuge baaruveri, Inthizaamvefaivaa committee thakaa eku rayyithunnah khaadhim massaiykatheh kohdheynan. InSha Allah. pic.twitter.com/EKSN1YHYeY
— Ali Waheed (@ali20waheed) June 19, 2018
މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ސިޔާސީ ދާއިރާ އަށް ވެންނެވީ ރައީސް މައުމޫންގެ ވެރިކަމުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށެވެ. ރިޔާސީ އިންތިޚާބު ޑީއާރްޕީ އަށް ނާކާމިޔާބުވި ނަމަވެސް އޭނާ ވަނީ ޑީއާރްޕީގެ ޓިކެޓްގައި 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރައްވާ އެންމެ ޒުވާން މެންބަރުގެ ގޮތުގައި މަޖިލީހަށް ވަންނަވާފައެވެ.
ޑީއާރްޕީގެ ތެރޭގައި ފަހުން އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު އަލީ ވަހީދު އެމްޑީޕީ އަށް ސޮއި ކުރެއްވީ 2011 ވަނަ އަހަރުގެ މެއި މަހުއެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ދެވަނަ ފަހަރަށް ކާމިޔާބު ކުރައްވަން އިންތިޚާބަށް ކުރިމަތިލެއްވި ނަމަވެސް އަލީ ވަހީދަށް އިންތިޚާބު ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
އަލީ ވަހީދު ވަނީ 2014 ވަނަ އަހަރު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ހޮވިވަޑައިގެންފައެވެ. އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާދެއްވީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ 09 ވަނަ ދުވަހު އެވެ. އެއީ 2015 ވަނަ އަހަރުގެ މެއި ޑޭ މުޒާހަރާ އަށް ފަހު އިނގިރޭސިވިލާތައް ވަޑައިގެން އެގައުމުގައި ހުންނަވައެވެ.
އަލީ ވަހީދު ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު އެވެ.
އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވިކަން އިއުލާން ކުރައްވާފައި ވާއިރު އަދި އިތުރު ބޭފުޅަކު އަމަގާމަށް ކުރިމަތިލައްވާނެކަން އިއުލާނެއް ނުކުރައްވައެވެ.
2018 ގެ ރައީސް ތިޔައީ. ހިތުން
ފައިސާ ދީގެން ގެނައި މީހުން، ފައިސާ ދީގެން ހަމަ އެހެން ޕާޓީ ތަކަށް ވެސް ގެންދެވޭނެ! މި އަލީ ވަހީދު މީ ދެން ކާކަު ތަ؟
ސާބަހޭ ތޮއްޑޫ ކަރާބެ.
މިކަން މާކުރިންވެސް އެނގޭ.
އެޑްވައިޒަރު އަލީވަހީދުގެ އެޑްވައިސްއަށް އެފުރުސަތު ހުޅުވާލީ، އަންނިގެ އަޅު އަލީ ވަހީދު އެކުރާ މަސައްކަތަކީ، އަންނިއަށް ކޮށްދޭ މަސައްކަތް. ޖުމްހޫރީ ކުދިންތިބޭ ދެން އަތްޖަހަން.
މީ މޫސާމަނިކް އޭ މީ މޫސާމަނިކް އޭ. . ޙެހެ ލަދުން ބޯ ހަލާކް އަލީވަހީދޫ
ޖަމީލު މާ ސަޅިވާނެ. ޢައްޔަ އައްވުރެ
އަލީވަހީދު މަޝްހޫރުވެފައިވަނީ ގައުމުންބޭރުގަ ހުރެގެން ހިސާބު ދިމާނުވާ ފޭކް ރިޕޯޓް ނެރޭ މީހެއްގެ ގޮތުގަ..! މަރުހަބާ ވަރައްބޮޑަށް..ގުޑް ލަކް!
ބުންބުން
ރީނދޫ ޓައީ މަތިން ތިހުންނެވީ ރަތް ޓައީ އެޅުއްވިފަ. މަރުހަބާ އަބްދުﷲ ރިޔާޒް.
"އެއްފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިންވެސް ފުންމާލާނެ" ކަން ޖޭޕީ ގެ އަހުލުވެރިންނަށް ހަނދުމަ ކޮށްދެން!
އަލީވަހީދަށް ދައުވާކޮށް ބަންދުކުރާނެކަން އެނގޭތީ އިތުރަށް ބެކަޕް ވަރުގަދަ ކުރަން ކުރާކަމެއްތީ އޭރުން ވަހީދު ރިޔާސީ އިންތިހާބަށް ރާއްޖެ އައިމާ ޖޭޕީ މީހުން މުޒާހަރާއަށް މަގުތަކަށްނިކުމެ ގައުމު ހަލަބޮލިކުރާނެ. ރިޔާސީ އިންތިހާބު ފަނިކުރަށް ރާވާ ރޭވުމެއް. ޢޭރުން މިމީހުން ބޭނުންވާ ފޮޓޯލިބޭނީ. ޢާބިދާގެ މުހައްމަދަށް ވޯޓާ ކާރިވެސް ނުވެވޭނެކަން އެނގޭތީ.
އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކެވެ. އަލީވަހީދު ޖޭޕީގެ ރައީސް ކަމަށް ކުރިމަތިލާއިރު އަދި އެބަޖެހޭ އަލީ ވަހީދު އެމްޑީޕީގެ ގައުމީ މަޖްލީހުގައި ތިބި ހުރިހާ މެމްބަރުން އުފުރާލައިގެން ގެންނަން ޖޭޕީ އަށް. އެނޫން ނަމަ އަލީ ވަހީދު ޖޭޕީގެ ރައީސް ކަމަށް ކުފޫ ހަމަވާނެ ކަމަށް މަމެންނަށް ނުފެނެއެވެ. ޖޭޕީ އަކީ އެއީ ސީދާ ދަރާއްޖެތެރޭ އާލާތުންގެ ޕާރޓީ އަށް ވާތީވެ އެޕާރޓީގެ ރައީސް އަށް ދަރާއްޖެތެރެއަންސް އިންތައް ކުރިމަތިލުން އެއީ އެކަން އޮންނަން ޖެހޭނެ ގޮތަކީ އެއީ މަމެން ދެކޮޅު ހަދާ ކަމެއް ނޫނޭ. ދަ ރާއްޖެތެރެއަންސް ގެ އެއް ހިއްސު މަދު ބައި ރަނގަޅުވާނީ އަލީވަހީދު ފަދަ ބަދަކު ވެސް ކުރިއަށް ނިކުމެ އެއާލާތް ގަނޑަށް ވޭކް އަޕް ކޯލެއް ދީގެންނެވެ. ހޯލްޑް ދެމް ޓިލް ޔޫ ގެޓް ދަ ޕާރފޯމެންސް ފްރޮމް ދޯޒް ދަ ރާއްޖެތެރެއަން ގަމާރު ދަބީތާއިންސް ކަރަންޓްލީ އިޓްސް ޓު ދަ ވޭސްޓު ޓު ދަ ހައިވޭސް އިޓްސް ޓު ދަ ވޭސްޓް ޓު ދަ ހައިވޭ އޯލް އިން ވަން ވީސޭ އިޓްސް ޓު ދަ ވޭސްޓް ޓު ދަ ހައިވޭ އައި ޑޯން ވޮނާ ޔޫ ޓު ރިއެކްޓް އޮން ދިސް ޔޫ ބެޓަރ ލުކް އިންޓު އިޓް ރާދަރ ދޭން ރިއެކްޓިންގް އޮން އިޓް ބަދާ ބަދާ ކަޅަ ބަދާ ވަލި ބަދާ އިޓްސް އޯލް އިން ވަން ވީ ވިލް ކޯލް އިޓް އިން ދިސް ވޭ ވީވިލް ކޯލް އިޓް އިން ދިސްވޭ ވީވިލް ކޯލް ވީވިލް ކޯލް ވީވިލް ކޯލް އިން ދިސްވޭ. ކަމޯން ޕުޓް ޔުއަރ ހޭންޑްސް އިން ދިއެއާރ އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...
ހިޔާލުތަފާތުވެގެންނެއްނޯނ ފަސާއާޒެހުނީމަ އެވީގުތަކީ
ޖޭޕީގެ ރައީސް ކަމަށް އަލީ ވަހީދު ކުރިމަތިލައްވައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ޖޭޕީ އަކީ އެއީ ބޯރން ޓު ބީ ދަ ރާއްޖެތެރެއަންސް އިންގެ ޕާރޓީ އެއް ކަމަށްވާތީވެ ޖޭޕީގެ ރައީސް ކަމަށް އަލީވަހީދު ރަނގަޅު ވާނެއޭ އެކަމަކު ޖޭޕީން އެބަޖެހޭ އެމްޑީޕީ ފުނޑާލާ އެމްޑީޕީގެ ގައުމީ މަޖްލީސް އުފުރާލައިގެން ގެންނަން ޖޭޕީ އަށް އެއީ އޭގައި އެކަން ކުރަން ޕޮލިޓިކަލް ސައެންސް ފޮތުގައި ބަޔާން ކުރާ ގޮތަކީ އޭ މަމެން ބުނަން ނެތީމު ދޯ. ޔޭއް ޔޫ ނޯ އައި ޑޯން ވޮނާ ވޭސްޓް އެނީ ޓައިމް އޮފް ލިސްނިންގް އޮފް ނޮންސެންސް ކްރިއޭޓެޑް ބައި ރަންރީނދޫ ޓްވިޓަރޭސް އޯލް އިން ވަން ވީވިލް ގޯ އިން ދިސް އޯއް އޯއް އޯއް ވީވިލް ގޯ އިން ދިސްވޭ ކަމޯން ސްޓޭންޑް އަޕް ޕުޓް ޔުއަރ ހޭންޑްސް އިން ދިއެއާރ ޖަމްޕް ޖަމްޕް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އާއްއާއްއައާއާ އާއްއާއްއައާއާ އާއްއާއްއައާއާ އާއްއާއްއައާއާ އާއްއާއްއައާއާ ....
ޑީއާރުޕީ ގައިހުރެފަ މުދަަލާ ފައިސާއަށް 5 އަހަރަށް އެމްޑީޕީއަށް ވިކި ، އެމްޑީޕީގައި 5 އަހަރަށްފަހު މުދަލާ ފާއިސާއަށް ޖުމްހޫރީޕާޓީއަށްވިކި ، ގަނެގެން ގެންދާ ހުރިހާ ޕާޓީތށް ހަލާކުކޮށްލުން މީނަގެ ކަމަކީ! އުރަތްޕެއްނެތް ސިޔާސީ !
ދެން ހެޔޮދުއާޢައި ސަލާމް، އިންޑިޔާއިން ޕްލާންޓްކުރާ ކަރައެއް!
ރިޔާސީ އިންތިޚާބާއި ގުޅޭ ވާހަކަ އަދި ނުދެއްކީ ކުރިމަތިލާފާނެ ކަމަކަށް ބަލައި ކަމަށް ވެދާނެ. އެކަމަކު މިދާގޮތުން ބޮޑަށް ބުރަވެވެނީ އިދިކޮޅު ފަރާތްތަކުން ނެރޭ ކެންޑިޑޭޓަށް ޢަލީ ވަހީދު ވެދާނެ ކަމަށް.
ހައްގުގޮތުގަ ތެދުވެރިކަމާއެކު މަސައްކަތްކުރި މީހުން ތިބިގޮތަށް ތިއްބަ ގޮތްނޭންގޭ ދާއިރާއިގެ ތާއީދު ނެތްމީހަކު ޕާޓީގެ ރައީސްކަމަށް ކުރިމަތި ލިމަކީ ގަބޫލުކުރާކަމެއްނޫން
ޤާސިމާ ޤާސިމާ ނިކަން ހޭއަރާހުންނާތި ތިއީ މަންމަ ކަނަމަދު ވިއްކައިގެން ލިބުނު ލާރިއަށް ފްލެޓް ގަތް ޢަލީވަހީދު ދެންވަނެ ގޮތެއް ނޭންގެ .ވިސްނާނީ ޤާސިމް
ސާބަހޭ! މިފަހަރު ކެހޭނެ ސޭޓު މުޅިން ކޮޅާލަން!
ޑީ.އާރ.ޕީ ދޫކޮށް އެމް.ޑީ.ޕީ އަށް ޢަލީ އަޙީދު ދިޔައީ ވެސް ބޮޑު އެންގަޑެއް ގެ އަވާގައި. މިފަހަރު ތި ދިޔައީވެސް ބޮޑު އެންގަޑެއްގެ އަވާގައި. ވިކިގެން ދާލެއް ފަސޭހަކަމުން ރަޢިއްޔަތުން ގެ ކުރިމަތީގައި އެއްޓިފައި ހުރި މީހެއް ތިޔައީ.
ޖުމްހޫރީ ތި ހަލާކުވީ.
ތޮަޮއްޑޫ ކަރަަަަާަ އެފަޅާލީ މިފަހަރު ގާސިމްބެ
ކުޅިވަރު ކުޅެލާނެ މިފަހަރު ތޮައްޑޫ
ކަރަ
ރާއްތެރެއޭ ކިޔައިގެން ހަޑި ބަހުރުވައިން ވާހަކަ ދައްކާ މީހާ އަށް ބުނަން އޮތް ވާހަކައަކީ ކޮންމެ ތަނެއްގައި ވެސް މާތްމީހުނާއި ދެރަމީހުން ތިބޭނެއޭ މީހާ މާތް މީހަކަށްވަނީ އެމީހެއްގެ ތައުލީމާ އަހުލާގު ރަގަޅު ވީމައޭ!