ތިމާވެއްޓާއި ރައްޓެހި އުސޫލުން ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން ސާވިސް ކުރުމުގައި ހަރަކާތްތެރިވާ ޓެކްނީޝަނުންނަށް ބޭނުންވާ ސެޓިފިކޭޝަން އަދި ލައިސަންސިން ސިސްޓަމް ތައްޔާރުކުރުމަށްޓަކައި މިއަދު ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެފްޖޭއެސް ކުންފުންޏާއެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަރު ޝައުނާއެވެ. އަދި އެފްޖޭއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރ ފަރީހާ ޝަރީފްއެވެ.

އެއެއްބަސްވުމުގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން ސާވިސިންގ ޓެކްނީޝަނުންނަކީ މަސައްކަތުގެ ފަންނީ ހުނަރާއި އިލްމު ލިބިފައިވާ ބައެއްކަމުގައި ހެދުމަށްޓަކައި، ސެޓިފިކޭޝަން އަދި ލައިސަންސިން ސިސްޓަމްއެއް ތައްޔާރު ކުރެވިގެން ދާނެއެވެ.

އަދި މިދާއިރާގައި މަސައްކަތް ކުރާ ސަރވިސިންގ ޓެކްނީޝަނުންނަކީ ލައިސަންސް ލިބިފައިވާ ބައެއް ކަމުގައި ކުރިޔަށް އޮތްތަނުގައި ވެގެން ދާނެއެވެ.

ޖައްވު ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް މަދުކުރުމަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ، އެފަދަ ގޭސްތައް ބޭނުން ކުރާ އާލާތްތައް ބަރާބަރަށް މަރާމާތުކޮށް ސާވީސް ކުރުމެވެ.

އަދި އެފަދަ އާލާތްތައް މަރާމާތުކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރަށް ހަރުދަނާކޮށް، އެ ފަރާތްތަކަކީ ތިމާވެއްޓާއި ރަށްޓެހި ޓެކްނޮލޮޖީތަކަށް އަހުލުވެރި ބަޔަކަށްވުމަކީ، މިފަދަ ވިހަ ގޭސްތައް މަދުކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސސ

    ރައްޔިތުންގެ އަތުން ޓެކުސް ނަގާނެ މޮޅެތި ރޭވުން !

    9
    2
  2. އަލްޖިބްރާ

    އަނެއްކާ އަނެއް ބަޔަކު ލާރިގަޑެއް ކާނެގޮތް ފަހި ކުރީ !

    14
    2
  3. އިސްތިއުފާއޭ

    ތަމެން އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ

    10
    2
  4. ވވވ

    ރައްޔިތުން ފެލާނެ އިތުރުމަގެއް...ސާބަހޭ ނާގާބިލް ދޯހަޅި ސަރުކާރު

    13
    2
  5. ޢިސްތިއުފާ

    ކިހާބިޑުކަމެއް

    9
    2
  6. ހުސޭނުބޭ

    މެންދުރުގަޑީގައި ބޭބެ ހޫނުއަރައިގެން އުޅޭތީ ފަންކާކޮށްދޭ ކުދިންނަށް ލައިސަންސެއް ދޫކޮށްދީބަލަ! އެވަރިހަމަ ބޭބެގެ އަންހެނުންނަށް ވިޔަސް

    6
    1
  7. ވާހިދު

    އެއަރކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން މަސައްކަތުގައި 11 އަހަރު މި ހޭދަކުރީ އެއްވެސް ލައިސަންސަކާ ނުލާ އަދި އެއްވެސް ކޯހެއްވެސް ނުހަދާ އަމިއްލަ ވިސްނުމާއި ހުނަރުވެރިކަމުގައި.. ކޮން ލައިސަންސެއް މިހާރު ހަދަންޖެހެނީ..؟ މާކަނޑުން މަސްބާނާ އެންމެންނަށް ލައިސަންސް ހަދަންވީނުން؟ ތިމާވެށި ހަލާކުނުވާ ގޭސް އެކަނި އިމްޕޯރޓް ކުރެވޭ ގޮތަށް ހެދީމާ އެނީމުނީ. ހިޔަޅު ވިސްނުން މިފަހަރު ކަމަކުނުދިޔަ..

    3
    1
  8. މޫސާކަލޭފާނު

    މިހާރުމާބޮޑަށްވެސް ލަސްވެއްޖެ މިދާއިރާއިންކިޔަވައިގެންތިބި ކުދިންނަށްލިބުނު ވަރަށްއުއްމީދީ އުފާވެރިޚަބަރެއް ތިކަންތައްތިގޮތައްވެއްޖެއްޔާ މިހާރު ހުރިހާފައިދާއެއްނަގަނީ ބަންގާޅީން ދިވެހިޓެކްނީޝަނުންނަށް މިހާރުއިތުރުހިތްވަރެއްލިބިގެންދާނެ ވަރަށްބޮޑަށްޝުކްރިއްޔާ