ށ. ކަނޑިތީމުގައި ކޮވިޑް-19 ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ކުރަން ބޭނުން ނުވާ ކަމަށް ބުނެ އެރަށު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރަކު ޑިއުޓީ އަށް ނުނިކުންނަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ކަނޑިތީމު ސިއްހީ މަރުކަޒުގެ މެނޭޖަރު މުހައްމަދު ފަހުމީ "ވަގުތު" އަށް ވިދާޅުވީ، ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަނީ ދެ ޑޮކްޓަރުން ކަމަށާއި އެ ދެ ޑޮކްޓަރުން ވެސް މިވަގުތު ތިބީ ސަލާމުގައި ކަމަށެވެ.

ކޮވިޑް ބަލި މީހުންނަށް ފަރުވާ ނުދިނުމަށް ބުނެ ޑޮކްޓަރުން ސަލާމުގައި ތިބީތޯ ކުރި ސުވާލުގެ ޖަބާނުގައި ފަހުމީ ވިދާޅުވީ، އެތަނުން އެއް ޑޮކްޓަރަކު ސަލާމުގައި ހުރީ ބަލީގެ އަލާމާތްތައް ފެނިގެން ކަމަށާއި އެނެއް ޑޮކްޓަރުގެ އެކި ކަހަލަ ޝަކުވާތައް ހުރެގެން ސަލާމުގައި ހުރީ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، އެ ޑޮކްޓަރު ކުރާ ޝަކުވާތަކުގެ ތެރޭގައި ޕީޕީއީ ލައިގެން މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ބަލި މީހުންނަށް މިވަގުތު ފަރުވާ ދެވޭނެ ޑޮކްޓަރަކު އެރަށުގައި ނެތެވެ.

ރައްޔިތުންގެ ފަރާތުން އެކަހަލަ ޝަކުވާތައް އައިސްފައިވާތީ، ޑޮކްޓަރާއި ވާހަކަ ދައްކާފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

"އެ ޑޮކްޓަރުގެ ޝަކުވާތައް އެބަހުރި. ޕީޕީއީ ލާށާއި ކޭސްތަކުގައި އެޓެންޑްވުމުގައި" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، ޑޮކްޓަރުން ސަލާމުގައި ތިބުމާއި ގުޅިގެން މިވަގުތު 18 މީހަކު ކަރަންޓީނު ނިމި، ދޫކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިފަދަ ޝަކުވާތައް ހުރުމާއި ގުޅިގެން އަތޮޅު ހޮސްޕިޓަލާއި ގުޅިގެން މިވަގުތު އަންނަނީ ޑޮކްޓަރު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން"

ފަހުމީ ވިދާޅުވީ، މިފަދަ ހައްސާސް ދަނޑިވަޅެއްގައި އެފަދަ ކަމެއް ދިމާވެދާނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުން އެކަމާއި ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށެވެ. އެއީ އެކަމުގައި ކުރެވެން ހުރި މަސައްކަތެއް މިވަގުތު ކުރަމުން އަންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑިތީމުގައި މިވަގުތު ކޮވިޑް ޖެހިފައި 48 އެބަތިއްބެެވެ. އަދި އެރަށުގައި ބަލި ކޮންޓްރޯލް ކުރުމަށް ރަށުގެ ރައްޔިތުންގެ ފަރާތުންނާއި ނަރުހުންގެ ފަރާތުން ލިބެމުން އަންނަ މަސައްކަތް ފަހުމީ ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޖުހާ

    ވަގުތުން ޑީޕޯޓްކޮއް ފޮނުވާލާ.

    64
    • ސައްލޭ

      ދިވެއްސެއް ނޫންބާ؟

      18
      2
      • ކަނޑި

        ބޭރުމީހުން

        21
    • އަލީބަލީ

      އަދިވެސް ރާއްޖެތެރޭގަ ޑޮކްޓަރުންނަށް ގައިޑްލައިންއާއެއްގޮަތަށް ފަރުވާކުރާކަށް ނޭނގެދޯ އަނެއްކާ ގައިޑްލައިންއެއް އޮވޭތަ

      25
      1
  2. މޯޑު

    ކޮން ބަދަލެއް ޑިޕޯޓް

    34
  3. ކަނޑި

    ޢަދިވެސް ފަހުމީ އެދަނީ ރައްޔިތުންނަށް އޮޅުވާލަމުން. ކީއްވެތޯ ހަގީގަތް ހާމަކުރަން ނުކެރިގެން ތިއުޅެނީ؟ކީއްވެތޯ ޑޮކްޓަރުން ދެކޮޅުހެދިވާހަކަ ބުނަންނުކެރިގެން ތިއުޅެނީ؟ ތިމާގެ ނާގާބިލުކަން ގަބޫލުކޮށް ތިޔަކަމުން ދުރަށް ވަޑައިގަންނަވާ!

    30
    1
  4. ޙ@

    ފަހުމީމެން ތިކަން ހަލްލު ކުރަން އެއްވެސް މަސައްކަތެއް ނުކުރޭ. ޢޭނަގެ އޮްންނާނީ ފޮނި އަނގަ. ޙަރާން ކުރެވޭކަމެއް

    25
    2
  5. ޫނަންނެއް

    ޑީޕޯޓް ކޮއްލަން ވީ ހަމަ

    20
  6. އައްޑޫ މީހާ

    ރައްޔިތުން ކަންބޮޑު ނުވެ ކޮރަފާ ނަސީމުތޯ ކަންބޮޑުވަނީ ؟ ދައްކާ މޮޅެތި ވާހަކަ މިހާރު ރަށުގައި ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ ގޮތެއްްނެތް އެކަމަކު ކަންބޮޑު ވާކަށް ނުޖެހެޔޯ!

    37
    1
  7. މަރީ

    ރައްޔިތުމީހާއަށް ހުރިހާ ދެރައެއް މި ލިބެނީ ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނޭ ފަހުމީ ވިދާޅުވިޔަސް، ރައްޔިތުން ވަރަށް ކަންބޮޑުވާންޖެހޭ ކަމެއްތީ، ރައްޔިތުން ބަލިވީމަ ބަލާލާނެ ޑޮކްޓަރަކު ނެތުމަކީ، ފަހުމީ ކީކޭ ކިޔަންތޯ ތިޔައުޅުއްވަނީ.

    24
  8. ހައިދަރު

    ޕީޕީއީ ލައިގެން އުޅެން އުނދަގުލިއްޔާ ނުލާ އުޅޭށޭ ބުނޭ! އެގޮތައްވެސް ނުރުހެންޏާ ޑރ. ކަމުގެ ފާސް އަތުލާ. ކޮން ފުއްޕުމެއް ފުއްޕޭނީ

  9. ކަނޑި

    ރައްޔިތުން ކަންބޮޑުވާން ޖެހޭނީ ކިހާވަރެއްވީމަތޯ؟ ތިކަހަލަ ކިތަށްކަންތައް ތިތާހިނގައިފިތޯ؟ އެހައްދުވަހު ނޫންތޯ މީހެއްގެ ގަޔަށްއަޅަންނެގި ލޭފޮދުވެސް އެޅޭނެ ގޮތެއް ނެތިގެން އުކާލީ! ފަހުމީ ތިތަނާ ހަވާލުވިފަހުން ތިތަނަށް ލިބުނު އެއްމެ ކުރިއެރުމެއްވެސް އަޅެބުނެބަލަ؟ މިވީ 2 އަހަރު ތެރޭ ގަޑިޔަށް އޮފީހަށް ދެވުނީ ކިތައް ދުވަހުކަންވެސް ކެރެންޏާ ހާމަ ކޮށްލަބަލަ!

  10. ވަދޫދު

    ކިހާ ފެންވަރެއްގެ ބައެއްތޯތީ އަނެއްކާ

  11. ޖަލީލް

    ކޮން ބަދަލެއް...!!! ބޭރުމީހެއްވިއްޔާ ޑީޕޯޓް ކޮށްލާ. ދިވެއްސެއް ވިއްޔާ ހުއްދަ ކެންސަލް ކޮށްލާ.

  12. Anonymous

    India vehjjaa OK vaane.

  13. ހުދު ހުދު

    ފަހުމީ މަސައްކަތަށް ގާބިލް ނޫނީ. ބޮޑަށް ހީވަނީ ތި ސިއްހީ މަރިކަޒުގެ މީހުން ވެސް ބޭނުން ވަނީ ތި ގޮއި ހެން.

  14. އަހްމަދު

    ރައްޔިތުންކަންބޮޑުވާނެދޯ ރައްޔިތުންގެ ޓެކްސްފައިސާއިން މުސާރަނަގައިގެން ޚިދުމަތްނުކުރާނަމަ ރައްޔިތުންގެ ނުޖެހޭއެފަދަޑޮކްޓަރެއް ރަށުގަބަހައްޓާކަށް ވަރަށްސާފު ވަގުތުންފޮނުވާލަންވީ

  15. ބައި ކަނޑި

    ރައްޔިތުން ހަނާވިޔަސް ފަހުމީ ބުނާގޮތުން ހާސްވާކަށް ނުޖެހޭ. ޢެއީ އެބޭފުޅާއަށް ބަރާބަރަށް މުސާރަ ލިބޭ ރައްުޔިތުން ގޭގަ ޢަނގަޔާ އަތާ ދިމާނުވެ ކޮންމެވެސް ތާކުން ޑޮކްޓަރެއް އަންނަންދެން ގޭގަ އަޖައިބު ވެދާނެ ބަޔަކު މީހުން. ޑޮކުޓަރުވެސް ފަހުމީވެސް ތިޔަތަނުން ފޮނުވާލަންވީ ކަމުދާ އެކަކުވެސް ނެތް. ޢެކަކުވެސް އެމީހެއްގެ ޒިންމާ އަދާކުރާކަށް ބޭނުމެއް ނުވާކަމަށް މިފެންނަނީ.

  16. ކަނޑި

    ބަދަލުކުރަންވީ ހަމައެކަނި ޑޮކްޓަރެއްނޫން ތިޔަތަނުގެ ބޮޑު 2 ވެރިން ވެސް ބަދަލުކުރަން ޖެހޭ