ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ބަލިކަށިކޮށް ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އިންކުއަރީއަށް މައުލޫމާތު ހޯދަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރު ކުރަން ނިންމައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި، މިނިސްޓަރު މާރިޔާ ހާޒިރު ކުރަން ކޮމިޓީން މިހާރު ވަނީ ނިންމައިފައެވެ. އެކަމަކު މިނިސްޓަރު މާރިޔާ ހާޒިރު ކުރާނެ ވަކި ދުވަހެއް ކޮމިޓީން ނުނިންމައެވެ.

މިނިސްޓަރު މާރިޔާ މި ކޮމިޓީއަށް ހާޒިރު ކުރަން މި ނިންމީ ވަކިވަކި ސިފައިން ހާޒިރުކޮށްދޭން އެ ކޮމިޓީން އެދުމުން އެ ކަމަށް ޑިފެންސުންނާއި އެމްއެންޑީއެފުން ދެކޮޅު ހަދާފައި ވަނިކޮށެވެ.

ފުލުހުން ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ވަކިވަކި ފުލުހުން ވެސް ހާޒިރު ވާން ނިންމައިފައެވެ.

އެނގިފައިވާ ގޮތުގައި މި އިންކުއަރީގެ ބޭނުމަށް ސިފައިންގެ އިސް ބޭފުޅުން ހިމެނޭހެން 40 މީހަކު ހާޒިރު ކުރަން ކޮމިޓީން ނިންމިއެވެ. ފުލުހުންގެ ތެރެއިން ހާޒިރު ކުރަނީ އަދި ސީޕީ ހަމީދާއި އޭސީޕީ ރިޔާޒުގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސްގެ ބައެއް އޮފިސަރުންނެވެ.

މާރިޔާ އެ ކޮމިޓީއަށް ހާޒިރު ކުރާއިރު، ނަޝީދުގެ ސެކުއިރިޓީ ބަލިކަށިވުމާ ގުޅިގެން އެންމެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވަނީ ވެސް މިނިސްޓަރު މާރިޔާއަށެވެ.

ނަޝީދަށް ނުރައްކާ އޮތް ކަން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކުރިން މިނިސްޓަރު މާރިޔާއަށް ފޯނުން ގުޅުއްވައި އެ މައުލޫމާތު ދެއްވައިފައެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ފަރުވާ ހޯއްދަވައިފައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަރުމަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަންނި

    އަޅުގަނޑައް ފެންނަނީ ތަޅާނެ ކުދިންކޮލެއް ހޯދަން 😃 (ހަދާންވަނީ މި ފޯންކޯލް މަތިން ހެހެހެ

    38
    1
  2. ނިޒާމް

    ނިޒާމް ފެއިލްވެ ފާލުން ނެއްޓީމަ މަޖްލިސްް
    އަށް ވެރިން ހާޒިރު ކުރެވޭނެ. ރައްޔިތުން ބޭނުންވަނީ މަޖްލިސް އެކްޓިވް ވެ ރަގަޅު ތަހުގީގެއް ހިންގަން. ވަޒީފާގައި ތިބޭނަމަ ޖަވާބު ދާރީވާނޖެހޭނެ. . ރައީސް ސަރުކާރު ހިންގާށޭ ކިޔާފަ 115 މާއްދާ ބޭނުންކޮށްގެން 845ި8 ސިޔާސީ މީހުން ލައިގެން މިހިންގަނީ ވެރިކަމެއް ތަ މިއީ ބަލވރކމެއްދޯ.

    19
    2
  3. ރާއްޖެތެރެ

    ހާޒިރު ކުރީމަ ކިހިނެއްތަ ވަނީ. މިކަހަލަ ޤައުމީޔައެއް ނެއްމީހުންނަ ވެރިން ދިނީމަ ރައްޖެ ހަލަބޮލިވޭ

    31
    1
  4. wab

    ތީހަމަ ރައްޔިތުންނަށް ކަމެއްކުރާކަން ދައްކަން އުޅޭބައެއް، ހުރިހާ ވަޒީރުން ޙާޒިރު ކުރިޔަސް ވާކަމެއް އޮވޭތަ؟ ފިޔަވަޅެއް އެޅިފަ އެބައޮތްތަ؟ މުޅިޤައިމު ބަޔަކު ކައިހުސްކޮށް ރަތްޔިތުން ބަނޑަށް ޖެހިއްޖެ. މަޖްލީހުގަވެސް ގިނައީ ހަމަ ވގުން

    26
    1
  5. އަޒްލިފާ

    އަންނި ފެކްޝަނުން މާރިޔާ ހަންބާލަން ތައްޔާރުވަނީ..

    23
    1
  6. ކީއްކުރަން

    މާރިޔާ ނުފެންނަތާ މާ ގިނަ ދުވަސްވެގެން ބަލައިލަން ހާޒިރުކުރާނީ. މާ ބޮޑު ކަމަކު ނޫން ހާޒިރުކުރަނީކީ.

    5
    1
  7. ކޮރަލް

    ރައްޔިތުން މަޖްލީހަށް މެމްބަރުން ހޮވީ ގާނޫނު ހަދާށެވެ. އެންމެމީހެއްގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރާ ކަށް ނޫނެވެ.

    4
    1
  8. ސޯލިހުބޭ

    ފޫއެޅިފަ ، ލޯވަޅު ހެދިފަ ހުރި ސޮހޮލަކުން ލިކުވާލެއް ބޮޑުވާނެ ، އަމިއްލަ ވެރިކަމެއް ކުރާއިރު ފޫއެޅެންޔާ ،އެ ވަނީ ލީކު ، އަވަހަށް ވަޒީފާ ދޫކޮށް ލައްވާފަ ގެޔަށް ވަޑައި ގަންނަވާ .

  9. ބޭލި

    ބަލަންހުރޭ މިގައުމުގަ ވެރިއަކަށޭ މިހުރީ ކިޔާފަ ވެރިކަމުގަ ހުރި ކަލޭގެ ހަށްޔަރުކޮށް ދައުވާ ކުރާ ދުވަސް ވަނީ ދާދި ކައިރީގަ.

    1
    1