ދިވެހިރާއްޖެ އުފެދިފައި މި އޮންނަނީ ޖަޒީރާ ރަށްތަކެއްގެ ގޮތުގައެވެ. ޖުމްލަ 26 އަތޮޅު ނުވަތަ ޕްރޮވިންސު ތެރޭގައި 1،190 ރަށް ހާރެއްގެ ސިފައިގައި އެތުރިފައި އޮންނައިރު ރާއްޖޭގެ އެންމެ ބޮޑު އަތޮޅާއި މެދު ވަރަށް ގިނަ ބައެެއްގެ ހިތުގައި ސުވާލު އުފެދެއެވެ. މީގެ ތެރެއިން ކިޔައި އުޅޭ އަޑު އަހަނީ އެންމެ ބޮޑީ ހުވަދޫ އަތޮޅު ކަމުގައެވެ. ނަމަވެސް އަސްލު ހަގީގަތުގައި ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅެއް ނޫނެވެ. ތަބީއީގޮތުން ރާއްޖޭގައި ހުވަދު އަތޮޅަށް ވުރެން މާބޮޑު އަތޮޅެއް އެބައޮތެވެ.

އިހު ޒަމާނުގައި ރާއްޖޭގައި ރަސްމީކޮށް އޮތީ 13 އަތޮޅެކެވެ. އޭރުގެ ސްކޫލު ފޮތްތަކުގައި ވެސް ވަނީ 13 އަތޮޅު އޮންނަ ކަމާއި އޭގެން އެންމެ ބޮޑީ ހުވަދު އަތޮޅު ކަމަށެވެ. އޭރުވެސް ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ބޮޑުތިލަދުންމަތި އަސްލު ހަގީގަތުގައި މާ ބޮޑެވެ. ނަމަވެސް، ބޮޑުތިލަދުންމައްޗަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ކަމުގައި ކިޔައި ނޫޅެނީ އެއީ އެ ޒަމާނުގައި ވެސް އެ އަތޮޅު ދެބައި ކޮށްފައި އޮތުމުންްކަމަށް ވެދާނެއެވެ.

'ހުވަދޫ އަތޮޅު ބޮޑުތިލަދުންމައްޗައް ވުރެން ބޮޑުކަމަށް ހީވަނީ އެއީ ވަރަށް ފަހަކާއި ޖެހެންދެން ހުވަދުއަތޮޅު އިދާރީ ގޮތުން އެއް އަތޮޅެއްގެ ގޮތުގައި އޮތީމަ. އެކަމަކު އެންމެ އިހުއްސުރެން ބޮޑު ތިލަދުންމަތި އޮތީ އިދާރީގޮތުން ދެ އަތޮޅެއްގެ ގޮތުގަ. އެއީ ތިލަދުންމައްޗާއި މިލަދުންމަޑުލު. ފަހުން ތިލަދުންމައްޗާއި މިލަދުންމަޑުލު ހަތަރު ބަޔަށް ބަހާލީ. އެއީ ތިލަދުންމަތީ އުތުރު ބުރި އާއި ދެކުނުބުރި. އަދި މިލަދުންމަޑުލު އުތުރު ބުރި އާއި ދެކުނު ބުރި' ދިވެހި ރާއްޖޭގެ ތާރީހު ދިރާސާ ކުރުމުގެ މާހިރެއް ކަމުގައިވާ އައްޑޫ އަތޮޅަށް ނިސްބަތްވާ ނާޖިހް ދީދީ 'ވަގުތު' އަށް މައުލޫމާތު ދެއްވިއެވެ.

ހުވަދޫ އަތޮޅާއި ބޮޑުތިލަދުންމަތި އަތޮޅު

އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގައި އޮތް 13 އަތޮޅުން ބައެއް އަތޮޅުތައް ވަކި ކުރައްވައި 26 އަތޮޅެއް ކަމުގައި ހަމަޖެއްސެވިއެވެ. މިއާއިއެކު ހުވަދުއަތޮޅު ގއ. އަދި ގދ. ގެ ގޮތުގައި ދެބައި ކުރެވުނުއިރު ބޮޑުތިލަދުންމަތި ވަނީ ހަތަރު ބަޔަކަށް ބައިކޮށްފައެވެ. އެއީ މިހާރުގެ ހއ، ހދ، ށ. އަދި ނ. އަތޮޅެވެ. ބޮޑުތިލަދުންމަތި ހަތަރު ބަޔަށް ބައި ކޮށްލި ނަމަވެސް، މި ހަތަރު އަތޮޅުވެސް އަސްލު ހިމެނެނީ ގުދުރަތީ ގޮތުން އުފެދިފައިވާ އެއް އަތޮޅު ކަމުގައިވާ ބޮޑުތިލަދުންމަތީ އަތޮޅުގެ ތެރޭގައެވެ.

ބޮޑު ތިލަދުންމަތި އަތޮޅުގެ ބޮޑުމިނުގައި ޖުމްލަ 3،850 އަކަކިލޯމީޓަރު ހުރިއިރު އެ އަތޮޅުގައި ޖުމްލަ 199 ރަށް އޮވެއެވެ. މި އަތޮޅުގެ ގިނަ ރަށްތައް ބޮޑުކޮށް އުފެދިފައިވާއިރު އަތޮޅުގެ ޖުމްލަ ހިކިފަސްތަނަނުގެ ބޮޑުމިނުގައި ހުރީ 51 އަކަކިލޯމީޓަރެވެ. ހުވަދު އަތޮޅުގެ ބޮޑުމިނުގައި 3،152 އަކަކިލޯމީޓަރު ހުރިއިރު އެ އަތޮޅުގައި ޖުމްލަ 226 ރަށް އޮވެއެވެ. ނަމަވެސް އެ ރަށްތައް ކުޑަވެފައި އަތޮޅުގެ ޖުމްލަ ހިކިފަސްތަނުގެ ބޮޑުމިނުގައި ހުންނަނީ 38.5 އަކަކިލޯމީޓަރެވެ. އެހެން ނަމަވެސް، ދުނިޔޭގައި ގުދުރަތީ ގޮތުން އުފެދިފައިވާ އަތޮޅެއްގައި އެންމެ ގިނަ ރަށްތައް ހުރީ ހުވަދޫ އަތޮޅުގައެވެ. މިކަމަށް ހުވަދޫ އަތޮޅަށް ވަނީ ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ އެއްވެސް ލިބިފައެވެ.

'ބޮޑު ތިލަދުންމަތި ހުވަދު އަތޮޅަށް ވުރެން ބޮޑު. ބޮޑު ތިލަދުންމަތީގެ ސައިޒަކީ 3،850 އަކަ ކިލޯމީޓަރު. ހުވަދު އަތޮޅުގެ ސައިޒަކީ 3،152 އަކަ ކިލޯމީޓަރު. އެހެންކަމުން ރާއްޖޭގައި އޮތް އެންމެ ބޮޑު އަތޮޅަކީ ބޮޑު ތިލަދުންމަތި. ހުވަދޫ އަކީ ދެވަނަ އަށް އެންމެ ބޮޑު އަތޮޅު. ސައިޒުގެ ގޮތުން ބޮޑު ތިލަދުންމަތި ބޮޑު ނަމަވެސް، ރާއްޖެ އިންވެސް އަދި ދުނިޔެ އިންވެސް އެންމެ ރަށް ގިނަ އަތޮޅަކީ ހުވަދޫ އަތޮޅު' މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގައި މަސައްކަތް ކުރައްވަމުން އަންނަ ނާޖިހް ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ރެކޯޑު ފޮތުގައި އޮތް ދުނިޔޭގެ އެންމެ ބޮޑު އަތޮޅާއި ރާއްޖޭގެ އެންމެ ބޮޑު ދެ އަތޮޅު

ނާޖިހް އިތުރަށް ވިދާޅުވެފައި ވަނީ އޭނާގެ ސްކޫލު ދުވަސްވަރު ދިވެހިރާއްޖޭގައި ވެސް އަދި ދުނިޔޭގައި ވެސް އެންމެ ބޮޑު އަތޮޅުކަމަށް ބެލިފައި އޮތީ ހުވަދޫ އަތޮޅު ކަމަށާއި ނަމަވެސް މީގެ އަހަރުތަކެއް ކުރީގެ ގިނިސް ރެކޯޑު ފޮތުގައި ދުނިޔޭގެ އެންމެ ބޮޑު އަތޮޅުކަމަށް ބުނެފައި އޮތީ މާޝަލް އައިލޭންޑްސްގެ ކްވަޖަލެއިން އަތޮޅުކަމަށެވެ. ކްވަޖަލެއިން އަތޮޅުގެ ބޮޑު މިނަކީ 2،304 އަކަ ކިލޯމީޓަރު ކަމުގައިވާއިރު މި އަތޮޅަށް ވުރެން ރާއްޖޭގެ ބޮޑު ތިލަދުންމައްޗާއި ހުވަދޫ އަތޮޅުވެސް ބޮޑުކަމަށް ނާޖިހް ވިދާޅުވިއެވެ. އެންމެ ކަމުން އޭރު ދުނިޔޭގެ އެންމެ ބޮޑު އަތޮޅުގެ ރެކޯޑު މާޝަލް އައިލޭންޑްސްގެ އަތޮޅަކަށް ދެވިފައި އޮތީ ނުބައިކޮށެވެ.

ބޮޑުތިލަދުންމައްޗަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅަށްވާއިރު، އެއީ މުޅި ދުނިޔެ އިންވެސް 7 ވަނަ އަށް އެންމެ ބޮޑު އަތޮޅުކަމަށް ދުނިޔޭގެ ޖިއޯގްރަފީ ދިރާސާތައް ކުރަމުން އަންނަ ވޯލްޑްއެޓްލަސް އިން ބުނެއެވެ. އެ ލިސްޓުގައި ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު އަތޮޅު ކަމުގައިވާ ހުވަދޫ އަތޮޅު އޮތީ 9 ވަނާގައެވެ. ވިކިޕީޑިއާގައި ދުނިޔޭގެ އެންމެ ބޮޑު އަތޮޅުތަކުގެ ލިސްޓުގައި ރާއްޖޭގެ ބޮޑު ތިލަދުންމަތި އޮތީ 6 ވަނާގައެވެ. ހުވަދޫ އަތޮޅު އޮތީ 8 ވަނާގައެވެ.

މީގެ އަަހަރުތަކެއް ކުރިން ޓެކްނޮލެޖީގެ ގޮތުން ރާއްޖެ އެތައް އަހަރެއް ފަހަތުގައި އޮތްއިރު ރާއްޖޭގެ އަދި ދުނިޔޭގެ އެންމެ ބޮޑު އަތޮޅަކީ ހުވަދު އަތޮޅު ކަމުގައި ދެކުނަސް، މި ޒަމާނުގައި އުނގެނިގެން ހުރި ކޮންމެ ބޭފުޅަކު ވެސް އެެއީ ހަގީގަތެއް ނޫންކަން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ނޭނގޭމީހާ

  ބޮޑު ތިލަދުންމަތީ އެއީ އެންމެބޮޑު އަތޮޅު އެކަމު ސަރުކާރުން އަޅާނުލާ އަތޮޅު.އެންމެ އާބާދީ ބޮޑު އަތޮޅު

  83
  8
 2. ދަރަނި ދަންތުރަ

  ރިނދޫ ޕާޓީން ވޯޓުބޭނުންވީމަ ބޮޑުތިލަދުންމަތި ފެއްނާނެ ހާއްސަކޮށް ކުޅުދުއްފުށި ވޯޓުލާ ނިމުނީމަ ރާޑަރަށް އެއަތޮޅު ނާރާނެ ކުޅުދުއްފުށީ ރައްޔިތުން މިކަމާ ވިސްނަން ވެއްޖެ ... ؟

  51
  5
 3. މިނިވަން

  އަތޮޅުބޮޑުވުމަކީ ފަޚްރެއްނޫނެވެ. އަދި ރާއްޖޭގައި އެންްމެ ބޮޑުއަތޮޅަކީ އެންމެ މީހުންގިނަ ތަނެއްވެސްނޫނެވެ. އަދި އެންމެ ތަރައްގީ ތަނެއްވެސްނުމެނޫންމެއެވެ. ރާއްޖޭގައި މީހުން ދިރިއުޅެންފެށީއްސުރެ މިއަތޮޅުތައް މިއޮތީ އަޅާނުލެވި ދޫލޮށްލެވިފައެވެ. މިއަތޮޅަށް ވިހާމީހުންްތައް ދިރިއުޅެން އަންނަނީވެސް މާލެއަށެވެ. އަތޮޅުތަކުން ލިބެންހުރި ވަސީލަތްތައް ބެނުންކޮށްގެން ނަފާހޯދާ ބަޔަކު ނޫޅެއެވެ. އަދި ސަރުކާރުތަކުން މިއަތޮޅުތަކުގެ ޕްލޭނެއްހަދާ ތަރައްގީ ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެއެވެ. އަދި އެކަމަށް އަތޮޅުގެ ރައްޔިތުންވެސް މާބޮޑުފަރުވާލެއް ބަހައްޓާހެންވެސް ހިއެއްނުވެއެވެ. އަތޮޅުތައް ބޮޑެތީ އެއަތޮޅުތަކުގެ ގުދުރަތީ ސައިޒެވެ. ސައިޒުން ބޮޑުވިވަރަކަށް އަޅާލުން ކުޑަކަން ފާހަގަވެއެވެ.

  25
  4
  • ޒައިކް

   މީހުން ވެސް ގިނަ ވާނެ ބޮޑު ތިލަދުންމަތީގަ.. މާލެ ފިޔަވާ އެންމެ އާބާދީ ވެސް ބޮޑީ އެ ސަރަހަށްދުގަ އެއީ އިދާރީ ބޮޑު 4 އަތޮޅުގެ މައްޗަށް އެކުލެވޭ ޤުތުރަތީ އަތޮޅެއް.. ތަރައްޤީ ނުވަނީ ސަރުކާރުތަކުން އަޅާ ނުލާތީއާ އެތެރޭގެ ހަދަަދައާއި ވާދަ ވެރިކަން ބޮޑުކަމުން.. އެކުވެރިކަން އެއްބައިވަންތަ ކަން ވަރަށް ކުޑަ..

 4. މުހައްމަދުﷲ

  ބޮޑު ތިލަ ދުންމަތި އަކީ ގު ދުރަތީ އަތޮޅެއް ނޫން

  6
  37
 5. އަބްދޫ

  ހުވަދު އަތޮޅު އޮންނަނީ ދުނިޔޭގަ މިކިޔާ އަތޮޅު ބްރޭންޑަށް ؛. ހއ ހދ ށ ނ މިއަތޮޅުތައް ނުވަތަ ތިޔަ ކިޔާ ބޮޑު ތިލަދުންމައްޗާއި ހުވަދު އޮޅު ވެށީގެ ގޮތުން ވަރަށް ބޮޑު ތަފާތު އެބަހުރި އެހެންވެ ބޮޑު ތިލަދުންމައްޗަކަށް އަތޮޅޭ ނުކިޔާ . އަތޮޅަކީ ބޭރު ދުނީ ގަ ފަރު އޮވެފަ އެފަރުގެތެރެއިން އެތެރެވަރީގަ ރަށް ތައް އުފެދި ފަ ހުންނަ ތަންތަނަށް ކިޔާ ނަމެއް ހުވަދުއަތޮޅުގަ ވަށައިގެން މަދު ކަނޑުއޮޅިތަކެއް ހުރެފަ އޮންނަނީ ވަށައިގެން ފަރު ދުނިޔޭގަ އަތޮޅު ކިޔަނީ އެހެން އޮންނާތީ. އައްޑުއަތޮޅު ވެސް އޮންނަނީ ހުވަދު އަތޮޅު އޮންނަ ހެން ބޭރު ދުނީގަ ފަރެއް އޮވެފަ. ބޮޑު ތިލަދުންމަތި އޮންނަނީ އަތޮޅު ސިފައިގައެއް ނޫން. ބޮޑު ތިލަދުންމައްޗަކި ރަށެއް އޮންނައިރު ކޮންމެ ރަށެއް މިއޮންނަނީ މާކަނޑުގަ ފުއްޓަރު ގަ ހުވަދު އަތޮޅު އޮންނަކަހަލަ އެތެރެވަރި އެއް ބޮޑު ތިލަދުންމައްޗަކު ނޯވޭ .އަތޮޅު ނުކިޔަނީ އެހެންވެ. ރާއްޖޭގެ އާބާދީ ސިޔާސީގޮތުން ބަހާފަ ހުރިހާ ސިޔާސީ އިދާރާތަކަށް އަތޮޅު މިނަންދެވި އޮތީކީ އައްޑުއަތޮޅާ އ ހުވަދު އަތޮޅު އޮންނަގޮތަށް އެތަންތަން އަތޮޅު ސިފައިގަ އޮތީމައެއްނޫން. އެންން ސެވިފަ އެވަނި ސިޔަސީގޮތުން ބަހާލުމަށް ފަހު ދެވުނު ނަމެއްގެގޮތުގަ.

  25
  23
  • ގުމް ހަރީރާ

   އެޓޯލް، މި ލަފްޒް ސާޗް ކޮށްލައްވާފަތޯ ކޮމެންޓް ތިކުރެއްވީ. އަތޮޅެއް ވާނީ ހަމަ އަތޮޅަކަށް. ކޮންމެ ގޮތަކަށް އެތެރެވަރިއާ ބޭރުވަރި އޮތަސްވެސް.

   25
   7
   • ބަބޫ

    އަތޮޅަށް އިގިރޭސިން ލިޔަނީ އެޓޯލް. އިންސާނަކާ ހިއުމަން އަކާ ތަފަަތުވާނެތަ. އަތޮޅެއް އަތޮޅަކަށްވަނީ އެ ބުނި ސިފަ ހުރީމަ. އެހެން ނޫނީ އަތޮޅަކަށް ނުވާނެ

    2
    1
  • ހަޖަމޭ

   މާ ބޮޑަށް އެނގިފަ ތިހުރީ.. ދުނިޔޭގެ މި އިލްމަށް އެންމެ ފުންނާބު އުސް އާލިމުންނަށް ވުރެއް ތިޔަކަހަލަ ހަޖަމު މައްސަލަ ޖެހިފަ ހުރި ހަސަދަވެރި ޖާހިލެއްގެ ބަސްތޯ ޤަބޫލުކުރަންވީ؟؟ މިފަހަރު ދެން ހަޖަމު ކޮށްލައިގެން ހުރޭ.. ޤުދުރަތީ 13 އަތޮޅު އޮވޭ ރާއްޖޭގަ އެންމެ ބޮޑު އަތޮޅަކީ ބޮޑު ތިލަދުންމަތި.. އެއީ ހަޤީޤަތް ބަދަލެއް ނުވާނެ ލައްކަ ދުވަހު އޮޅުވާލަން މަސައްކަތްކޮށްފީމެއްނު ދޯ..

   7
   2
 6. ބިޑި ކ!

  ބޮޑު ތަން ވީމާ އަވަހަށް ބިޑަކާ ނުލާ ވިއްކާލެވޭނެ

  9
  3
 7. ސަންފާ މާރިޔާ

  ބޮޑުތިލަންމަތީގައި އެންމެ އަޅާނުލާ ދޫކޮށްލާފައި އޮތީ ނ،އަތޮޅު. ނ.އަތޮޅު މީހުން މިކަންކަމުގައި ތެދުވަން ޖެހޭ

  11
  3
 8. އަބްދޫ

  ރާއްޖޭގެ ލިއުންތައްބަލަމާ ބޮޑު ތިލަދުންމައްޗަކަށް އަތޮޅެކޭ ނުކިޔާނެ. އަތޮޅު މިކިޔަނީ ހުވަދު އަތޮޅު އައްޑުއަތޮޅު ފަދަ އަތޮޅު ބޭރުން ރަށްތަކުގެ ވަށައިގެ ން ބޭރު ދުންނޏެއް ގެ ތެރޭގަ ރަށްތައް އުފެދިފާހުންނަ ތަންތަނަށް. ރާއްޖޭގަ ކޮންމެ އިދާރީ ދާއިރައަކަށް ސިޔާސީ ގޮތުން އަތޮޅުކިޔަސް ޖޯގްރަފީ ގޮތުން އަތޮޅު ކިޔަނި އައްޑޫ ހުވަދޫ ފަދަ ރަށް ތައް އުފަދިފަ ހުންނަގޮތަށް ހުންނަ ތަންތަނަށް.

  17
  16
  • ސިލިކާމަރާ

   އަރިއަތޮޅު، ނިލަންދެ އަތޮޅު، ފެލިދެ އަތޮޅު. ރާއްޖެ އުފެދިފައި އޮންނަނީ އަތޮޅުތަކަކަށް. އެޓޯލް. ކޮންމެ އަތޮޅެއްގައި ހާއްސަ ސިފަތަކެއް ހުންނަނީ. ރާއްޖޭގެ އެންމެ ބޮޑު އަތޮޅަކީ ބޮޑުތިލަދުންމަތި. ގްރޭޓަރ ނޯތް

   23
   9
  • ނައިކް

   ދެލޯ ކަނު މީހަކަށް ކިޔަ ބުނާ ލިއުމެއް ފެނިގެން ތިޔަ އުޅެނީ.. ގޫގަލް ސަރޗަކޮށްލަބަލަ ދުނިޔޭގެ ފުންނާބު އުސް މާހިރުންގެ ލިއުންތައް ކިޔާލަން.. ހުވަދޫއަކަށް ވެސް އަތޮޅެކޭ ނުކިޔާނެ ތިޔަ ބީދައިން ބަލަންޏާ.. މޮޅު އެއްޗެކޭ ވީދެނީ މަޖަރާ ހީލަތުން އޮޅުވާލި އޮޅުވާލުން އަތަށް ގޮވީމަ.. ދެން ލަލަލާ

 9. ތިލައިދީބު

  ތިލަދުންމަތި ގުދުރަތީ އަތޮޅު ޒަމާނުއްސުރެ އޮންނަނީ ދެބަޔަށް ބައިކޮށްފަ އެއީ މިލަދުންމަޑުލާ ތިލަދުންމަތި.ބޮޑު ތިލަދުންމައްޗަކީ ބައެއް ފަހަރު މުޅި އުތުރުވެސް ކިޔާފަ އެބަހުރި.ފާދިއްޕޮޅު މާފިލާފުއްޓަކީ ބޮޑުތިލަދުންމަތީގައި ވެރިކަން ކުރިރަށް.ދެން ބޮޑުތިލަދުންމަތި ކިޔަނި ތިލަދުންމަތި،މިލަދުންމަޑުލު،އިހަވައްދިޕޮޅު،މާކުނުދޫ އަތޮޅު.

 10. ޓެސްޓު

  ޓެސްޓް

  1
  1
 11. ޙައްވަ

  ބޮޑުތިލަ ދުންމައްޗަކީ އެއްމެބޮޑުއަތޮޅަށްވީއިރު ސަރުކާރުތަކުން އެއްވެސްވަރަކަށް ޓޫރިޒަމް ތަރައްގީކޮއް ދޭކައް އެއްވެސްކަމެއްނުކުރޭ އަ ދި އަބަ ދުވެސް ރާއްޖޭގެ ދެކުނުތަރައްގީ ކުރެވޭތޯ މަސައްކަތްކުރާނީ

  2
  1
 12. މޫސަ

  ބޮޑު ތިލަ ދުންމަތި ކިޔާ އަތޮޅެއް ރާއްޖޭގައި އޮވޭތަ؟

  1
  1
 13. އަބްދޫ

  ބަޔަކު ބޮޑު ތިލަދުންމަތި ކިޔަކަސް އެއީ ތިލަދުންމަތި ދެބައިކޮށްފަ އޮތީ ހއ. ހދ. އަށް ދެން އޮތީ މިލަދުންމަޑުލު އައީ އަންޒަމާނުއްސުރެ ކިޔާގޮތް މިލަދުންމަޑުލު ދެބައި ކުރުމަށް ފަހު ށ އާި ނ އުފެދިފަ އޮތީ ބަޔަކު ބޮޑު ތިލަދުންމައްޗޭކިޔަސް ތިލަދުންމައްޗަކި ހއ. ހދ. މިދެބައި ތާރީހް އޮޅުވާލަން ނޫޅުއްވާ.އަދި ރާއްޖޭގެ ޖޯގްރަފިީ އޮޅުވާލަން ނޫޅުއްވާ.

 14. އަބްދޫ

  ތިލަދުންމަތީ ގެ އަކަ ކިލޯމީޓަރު 3850 ހަމަ ވަނީ އިހަވަންދިއްޕޮޅާއި މަކުނުދޫ އަތޮޅު ހިމެނިގެން. ހޯރަފުށި ހިމެނޭ ސަރަހައްދަކީ ވަކިން އޮންނަ ވަކި އަތޮލެއް. މަކުނުދޫއަކީ ވެސް ފޯއްމުލައް އޮންނަހެން.ވަކިން އޮންނަ ވަކި އަތޮލެއް.

  1
  2
 15. ޅޮލް

  ކޮބާ އަައްޑޫ އަދި ފުވަމުލަށް؟

 16. ކުޑަމޮހަނު

  ހުވަދޫ މީހުން ގަބޫލުކުަރަން ދެކޮޅު ހެދިޔަސް ކަމުގެ މާހިރުނ ދެކޭގޮތް ބަދަލެއް ނުވާނެ. އެމީހުންގެ ލިސްޓުގަ ހުވަދޫ އަންނާނީ ބޮޑުތިލަދުންމައްޗައް ފަހު.

  ބޮޑުތިލަދުން މައްޗަކީ އަތޮޅެއް ނޫނޭ ބުނާ މީހުންގެ ހޭލުންތެރިކަން ކުޑައީ. އެހެންވީރު ހައްދުންމައްޗަކީވެސް އަތޮޅެއް ނޫންތާ

  41
  1
 17. ޙާމް

  ޢުތުރު ބޭފުޅުން އުޅޭދެން ޢެންމެ ބޮޑު އަތުޅު ކިހިލި ޖަހައިގެން. އުތުރު މީހުންނަކީ ތާއަބަދު ކޮންމެވެސް ގޮތަކުން ދެކުނަށް އޮއްގާ އުނކޭތޯ ބަލާ ބައެއް. ރޭސިޒަމްގެ ފިރިހަމަ ނަމޫނާ ދައްކާ ބައެއް.

  • މަރީ

   ރޭސިސްޓް މީހާ އެނގިއްޖެ ކޮމެންޓް ކިޔާލީމަ

 18. Anonymous

  ބޮޑު ތިލަދުން މަތީގަ މަކުނުދޫ ނުހިމެނެނީތަ؟

 19. މަޔާ ހޮކި

  ނަން އެކަނި ބޮޑު ވީ